ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އޭނާ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް މަލީހްގެ ނަމަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ސުވާލު ކުރައްވައިފިއެވެ.

މަލީހްގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި އެ ޕާޓީގެ 14 މެންބަރުންގެ ސޮޔާއެކުގައެވެ.

މަލީހްގެ އިތުބާރު ނެތް މައްސަލައިގެ ގަރާރުގައި ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީއިން ހަދަން ޖެހޭ ގަވާއިދުތައް ނުހެދި ލަސްވާއިރު އެ ކަމުގައި މިނިސްޓަރު މަލީހްގެ އިހުމާލު އޮތް ކަމުގައެވެ. އެކަމަކު މަލީހް ވިދާޅުވަނީ މިނިސްޓަރު ކަމުގައި އަދާކުރައްވަން ޖެހޭ ޒިންމާއެއް އަދާ ނުކުރައްވާ ނުހުންނަވާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި އިތުބާރު ނެތް މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ވެސް މަލީހް މީގެ ކުރިން ދެއްކެވި ވާހަކަތައް ތަކުރާރު ކުރެއްވިއެވެ. އެއަށް ފަހު ވިދާޅުވީ މަޖިލީހުން ފޮނުވާފައިވާ ނޯޓިސްގައި އޭނާގެ ނަން އޮތީ ނުބައިކޮށް ކަމަށެވެ. އެހެންކަމުން އޭނާއަށް ފޮނުވާފައިވާ ނޯޓިސްގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވިއެވެ.

"ލިޔެކިއުންތަކުގައި ޝައްކު އުފެދޭތީ އެ ހުށައެޅުންތަކަކީ ބާތިލު އެއްޗެއްކަން ނިންމައި ދިނުމަށްޓަކައި މިވަނީ މި މަޖިލީހަށް ފޮނުވާފަ. އެ ލިޔުމުގެ ފުރަތަމަ ޕެރެގްރާފުގައި ބަޔާންކުރާ ނަމާ، ހަތަރު ވަނަ ޕެރެގްރާފުގައި ބަޔާންކުރާ ނަމާ ދިމާ ނުވާކަން ފާހަގަކުރަން." މަލީހު ވިދާޅުވިއެވެ.

މަލީހް މިހެން ވިދާޅުވުމުން އޭނާގެ ވާހަކަ މެދުކަނޑާލުމަށް ފަހު، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ތަކުރާރުކޮށް އޭނާގެ ނަމަކީ ކޮބައިތޯ ސުވާލު ކުރެއްވިއެވެ. އަދި މަލީހްގެ ފުރިހަމަ ނަމަކީ މުހައްމަދު މަލީހް ޖަމާލްތޯ ވެސް ނަޝީދު އައްސަވައެވެ.

"އިއްޒަތްތެރި ވަޒީރަށް ކިޔަނީ ކޮން ނަމެއްތޯ؟ އިއްޒަތްތެރި ވަޒީރަށް ކިޔަނީ ކޮން ނަމެއްތޯ؟ މިހާރު މިތާ މި ހުންނެވީ މުހައްމަދު މަލީހު ޖަމާލުތޯ؟" ރައީސް ނަޝީދު ސުވާލުކުރެއްވިއެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްއިން ވެސް ވަނީ މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ވޯޓް ދޭން ނިންމާފައެވެ. މަޖިލީހުގެ 87 މެންބަރުން ތިއްބަވާއިރު އެމްޑީޕީގެ 65 މެންބަރުން ތިއްބަވައެވެ. އަދި ޕީޕީއެމްއާއި ޕީއެންސީގެ ނުވަ މެންބަރުން ތިއްބަވައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޕުޗުސް

    ދެގެރި ތަޅަންޏާ ބާރަށް ދޫނި ދައިގަންނާނެ. ފޫނެއް ފަޔަށް އިލޮށި ވަންނާނެ. އިލޮށި ހެރޭނީ ދެގެރި ބޮލަށް.

    16
    1
  2. ރަނާ

    ތިމާ މެޑެލް ޖަހަން އުޅެން ހަދައިގެން ބުއްޅަބޭ ތިމާގެ ގަމާރު ކަން ސާބިތު ވެގެން މިދިޔައީ ދޮއްތަ

    32
  3. ޖަނާޒާ

    މަނިކުފާނުގެ ނަންފުޅުވެސް އަދި އަހާލާނެ ދުވެހެއް އައުން ވ. ކައިރި. ކޮބާބެއަށް ވެ ވަޑައިނުގަންނަވާ، މަނިކުފާނު! އަހަރެންނަށް ޔަޤީން ފުރޭތައަކަށް މަލީހު ނުކިޔާކަން! ދަންނަވަންތޯ !އެއްކަލަދުވަހު މަނިކުފާނުގެ އަރިހުގައި ލަންޑަނުގައި، ލަންކާގައި ، އިންނެވި މަލީހު ތިޔައީ! # އެމްޑީޕީ ގެ މަކަރުލްސިޔާސީ ފޮތުގެ 124 ވަނަ ޞަފުހާގައި މަނިކުފާނު ލިއުއްވި ގޮތަށް މަލީހުގެ ނަން މިއަދުވެސް އެ އޮތީ! ތަފާތަކީ ކުލަ އިނގޭތޯ! ސުކުރިއްޔާ! ދެން މިއަދުގެ ޢަޒުލާއި އަޖަލު ތަފާތަކީ..

    31
  4. ޅަބޭ

    މަޖިލިސް ރައީސް ތިފާޑައް މިނިސްޓަރުންނާ ފޮށުމަކީ ރައްޔިތުންނައް މިވަގުތު އެންމެ ބޭނުންތެރި ކަންތައް

    36
    1
  5. ަސދަސ

    ފުވަށްމުލަކު ރައްޔިތަކު ސަރުކާރުގެ މިނިސްޓަރަކަށް ހުއްޓައި އަދި އޭނާ އައްޔަންކުރި ރައީސްވެސް ހުއްޓާ މަޖިލިހަށް ހާޒިރުކޮށް ތިލަދުގަންނަވާލީ ކޮން ހަސަދައެއް ފިލުވަންތޯ ؟

    33
    1
  6. ނަން ހަދާންނެތެމީހާ

    މިފެންނަނީ އަންސަންސޫކީގެ ސިސްޓަމް ބާރެއްލިބޭއިރައް މީހާޔައް މީހާ އޮޅެނީ ކީއްތޯ ކުރާނީ ރުފިޔާއައް ބޫތް ކޭމަވަގޮއް އެންމެފުރަތަމަވެސް ޖީއެސްޓީ މިހާރު އިންކަމްޓެކްސް މުޅިންވެސް ރައްޔިތުން ކުރާ މަސައްކަތުން ހޯދާ ރުފިޔާކޮޅު އަތުލާނެ ގޮތެއް އޮއްތޯބަލަނީ ހުޅަނގުގެ ސަގާފަތް ކުރިއަރުވަން މިހާރު މިއނގެނީ ހުޅަނގުގައުމުތަކުމީހުން އަޅުވެތިކޮއްގެން އުޅޭނެ މިންވަރ ޑިމޮކްރަސީގެ ނަމުގައި ގައުމުގެ ހަރުމުދަލާ ރިސޯސްތައް ބޭރުމީހުންގެ މިލްކިއްޔާތަކައް ހަދާފައި މިޔޮއް ތަހުޒީބް ޒަމާނުގައި އެހެންވީމަ ކާބަފައިން ނުކިޔަވާތިއްބަސް ބައެއްގެ އަޅުވެތި ނުވެ އަމިއްލަ ހާލައިގެން ގައުމް ވިއަކާނުލާ މިހާހިސާބައް ގެނެސްދީފައި

    16
  7. ސަރުދާރުޖީ

    މަލީހު "ޅަ" ކަމުން މި ސުވާލަށް ޖާވާބު ދޭކަށް ނޭގުނު. އަޅުގަޑު ނަމައީ ޖަވާބެއް ނުދޭނަން! އެއީ އެތަނަށް ވަދެ އެތާ ކޮށިގަޑުގަ އިނީ އައިޑެންޓިފިކޭޝަން ކަށަވަރުވެގެން ކަމަށްވާތީ. ދެން މަޖްލިސް ރައީސަކަށް އަޅުގަޑުގެ ކާފައާ މާމަގެ ނަމެއް ނޭހޭނެ!

    13
    • ޖެކެކެ

      ކާފައިންގެ ނަން އެހޭނީ ރޮޒައިނާ އަށް.

  8. ދަރަނި ދަންތުރަ

    ކޮބާ ރާކަނިމަސް މީރުތަ އަދިވެސް މަލީހު މެނަން ކެނެރީގޭ ނަސީދު އާ އެމް ޑީ ޕީ ދަހެއްނުވާނެ ފަހަރަކު މީހަކު އައުޓު ، ޖޭ ޕީ ގެ ލީޑަރު އެއޮތީ ހަނގުއަނބީގެ ބަނޑުދަށުގައި ޖޭ ޕީ ގެ ހުރިހާ މިނިސްޓަރުން ލަފުގަހިފާ އެއޮށްއުކަނީ ސާބަހޭ ސާބަހޭ ސޯލިއިބޫ ވެސް ހައްޕު ހައްޕު ހައްޕު...

    4
    1
  9. ކިނބޫ

    މީހުނާ މުޚާޠަބުކޮށް ވާހަކަ ދައްކަން ދަރިންނަށް ދަސްކޮށްދޭން ޖެހޭނޫންތަ! އެހެރަ ނެރޭ އަޑެއްވެސް މާތްކަލާނގެއާ ވަކީލު.

  10. ދޮގެއް؟

    ރަނގަޅު. އެބަޔަކު ފޭހުނު އިލޮށި އެބައެއްގެ ލޮލަށް ހެރެންވާނެ. ރައްޔިތުން ބޮލަށް ފައިން އަރާފަ ގޮސް މަލީހަކަށްވެސް ނުފުއްޕުނުތާ! ބުއްޅަބެއަށްވެސް ހަމަ ތިދަތުރު ޖެހޭނެކަން ކަށަވަރު.

  11. ދދދދދ

    މަލީހު އާއި ޖޭޕީ އަށް ތަހުނިޔާއާއި މުބާރިކުބާދު އަރިސްކުރަން. ކަލޭމެނަށް ދުވަހަކުވެސް ނުވިސްނޭނެ.