ދައުލަތުގެ ކާރު ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ބޭނުން ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅު ކަންކަން ރާވައި ހިންގަން ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގައި ކުރިއަށްދާ މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގައި އަނދުން ހުސައިން ވިދާޅުވީ ކޮމިއުނިކޭޝަން މިނިސްޓްރީގެ މުވައްޒަފުންތަކެއްގެ ފަރާތުން މިނިސްޓަރު މަލީހަށް އަމާޒުވާ އެތައް ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ޖެހެނީ އެ ޝަކުވާތަކާ ގުޅިގެން ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.

މި ގޮތުން އެއް ޝަކުވާއަކީ އޮފީހުގެ މަސައްކަތްތައް ލަސް ކުރުމުގައި މިނިސްޓަރު މަލީހް މަސައްކަތް ކުރައްވާ ކަމާއި އޮފީހުގެ މަސައްކަތްތައް ހުރަސް އެޅުއްވުމަށް ވެސް މިނިސްޓަރު މަލީހް މަސައްކަތް ކުރެއްވުން ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުން ދީފައިވާ ކާރުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން އުފުއްލެވުން އާންމު ކަމަކަށް ހަދާފައި އޮތް ކަމަށާއި އެ ކާރުގައި ތިއްބަވައިގެން ސަރުކާރާ ދެކޮޅު ހަރަކާތްތައް ރާވައި ހިންގެވުމުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް އަނދުން ހުސައިން ތުހުމަތު ކުރެއްވިއެވެ.

"ދައުލަތުން ދީފައިވާ ކާރުކޮޅުގައި ސަރުކާރާ އިދިކޮޅު މީހުން އުފުލުން އާންމު ކަމަކަށް ހަދާފައިވޭ. އެ ކާރުކޮޅުގައި ސަރުކާރާ ދެކޮޅު ހަރަކާތްތައް ރާވައި ހިންގައި ބައިވެރިވުން އާންމު ކަމަކަށް ހަދާފައި އެބަ އޮވޭ،" އަނދުން ހުސައިން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި އެ ޕާޓީގެ 14 މެންބަރުންގެ ސޮޔާ އެކުގައެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްއިން ވެސް ފާސްކޮށްފައިވަނީ މަލީހްގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވުމަށެވެ. މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން 65 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. ޕީޕީއެމްއާއި ޕީއެންސީގެ ނުވަ މެންބަރުން ތިއްބަވައެވެ.

މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގައިވަނީ ކޮމިއުނިކޭޝަން މިނިސްޓްރީއިން އެކުލަވާލަން ޖެހޭ ބައެއް ގަވާއިދުތައް މިނިސްޓަރު ކަމުގައި މަލީހް މިހާތަނަށް ހުންނެވި ދެ އަހަރު ދުވަހުގެ މުއްދަތުގައި ވެސް އެކުލަވާލެވިފައި ނުވުން ފަދަ މައްސަލަތަކެވެ. މިއަށް ޖަވާބުދާރީވެވަޑައިގަންނަވަމުން މަލީހް ވިދާޅުވަނީ މިނިސްޓަރުގެ މަގާމުގައި ހުންނަވާ އަދާ ކުރައްވަން ޖެހޭ ޒިންމާއެއް އަދާ ނުކުރައްވާ ނުހުންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޖަނާޒާ

    ބުހުތާނުލްއެމްޑީޕީ ފޮތުގެ 132 ވަނަ ޞަފުހާގެ 2 ވަނަ ފޮޅުވަތް

    26
    1
  2. ނަމަ

    އެހެންވީމަ ދައުލަތުގެ ކާރު އެއްނު އަތުލަންވީ

    28
    1
  3. ޢަހު

    ދޮގު ތުހުމަތާއެކު މަލީހު މަގާމުން ވަކިކޮށްފިއްޔާ ވ ހިތި ގޮތަކަށް އިބްރާގެ ވެރިކަން ނިމޭނެ އިންޝާﷲ

    34
    2
  4. ަައަބޯ

    އަނދުން ހުސެންއަކީ ޤާނޫނުހަދާމަޖިލީހުގައި އިދެމެ އެކަމަކު ޤާނޫނު އަމުދުންނޭތްގޭމީހެއްކަން ވަރަށްސާފުކޮށް އިނގިއްޖެ ވަޒީރެއްގެ ރަސްމީވާޖިބުއަދާކުރުން ފަސޭހަކުރުމަށްޓަކައި ދީފައިވާ ދައުލަތުގެ ވަޞީލަތެއް އެއްކޮޅުމީހަކަސް އިދިކޮޅުމީހަކަސް ބޭނުންކުރަންވާނީ ދަުލަތުން އެކަމަށް ކަނޑައަޅާފަިވާ ހަމަތަކާއި، އުސޫލުތަކުގެތެރެއިންކަމުގައި އިގެޖެހޭ އެވަރުނުދަންންމީހުން ތިފަދަ އިއްޒަތްތެރި ގުޑިއެއްގައި އިންނާތީ ހަމަ އަޖާބުވެއްޖެ.

    31
  5. ޣ

    ކާރާއި ބެހޭ މަުލޫމާތު އަނދުން ހުސެންގެ ހުންނާނެ
    މިހާރުވެސް އޭނާގެ ގަރާޖުން 70 ކާރަށް ގަރާޖު ސިޓީ ދީފައޮތް މައްސަލަދަނީ ޓުރާންސްޕޯޓުން ބަލަމުންވިއްޔާ.

    46
    • ފްލެޓް

      އަނދުނުގެ ދައްތަ އަށް ފްލެޓް ދިން ގޮތްވެސް ބަލަން ބޭނުން

  6. ޢަހު

    ޢަނދުން ހުސައިނުމެން ބޭނުންވަނީ ވެރިކަން ހޯދަން އެހެން އެއްވެސް ކަމެއް ބޭނުމެއް ނުވަނެ ވަޢުދު ނުފުއްދުނީ އިބުއަށް ދެން މޮޔަ ގޮވަން ތިއްބަ ވެރިކަންވެސް ﷲ ގެ އިރާދަފުޅުން ބިވެގެންދާނެ ލަހެއްނުވެ އިންޝަﷲ

    30
  7. Happy

    ތިހަމަ ތެދުފުޅެއް!

    14
    2
  8. ބިސްބޮންގޮންގު

    ދައުލަތައް ހޯދާ ހުރިހާ ކާރުތަކެއްގެ ޑީލު ބާރުގެ ބޭނުންކޮށްގެން ސިރިއަސް އެންޓަރޕްރައިސަސް އާއި ހޮޅިގޭ އަލިދީދީގެ ގަރާޖަށް ބިޑުތައް ކަޓުވާލާފަ ތޮޔަ ނަގާ ހަރާމް ފައިސާތަކޯ؟ އަނގަނުވީދި ހުރުން މާ ބުއްދިވެރިވާނެ އަނދުންގޭ ރިހަފޮޅިގަނޑު!!

    27
  9. ބެއްޔާބެ

    އަމިއްލަ ގެސްޓްހައުސްގައި ބޭނުންކުރާ ވެހިކަލްތައް ސަރުކާރުގެ ބިމެއް ކަމަށްވާ ބިއްލޫރިޖެހިގެ ޕާކިން އޭރިޔާގައި ބޭއްވުމަކީ ވެސް މަގާމުގެ ނާޖާއިޒު ފައިދާ ހޯދުން ނޫންތޯ

    30
  10. އާސިދާ

    ހޫވިލް ބިލީވް ދެޓް..ސޭ ސަމްތިން ރެސްޕޯންސިބްލް

  11. އަލިބެ

    އަނދުން ހުސޭން ގެ ކާރުތަކާހެދި ހިސާބު މީހިންނަށް ބޮޑު އުނދަގުލެއް ގަވާދާހިލާފަށް މަގުމަތީ ޕާރކޮއްފަ ސާކަލެއް ޕާރކްކުރާނެ ޖާގަނުދީ މުޅިތަންހިސޯރުކޮއްފަ ގޭގަ ގަރާޖުހަދާފަ ރީޗަށް ބަހައްޓާފަ

    ޕޮލިހުންނަށް ފެންނާނީ ނިކަމެތި މީހާގެ ސައިކު

    25
  12. ކީއްކުރާނީ

    އަދުން ހުސެން އެގޭނީ ފައިސާގެ ބޭނުން ހިފައިގެން މީހުންގެ ދަރީން ގޮވައިގެން ބެންކޮކަށް ދާން.

    12
  13. ބޯހަލާކު

    މަލީހު އަތުގަ މީހަކާ ވާހަކަދައްކަން ތިބެލާނެ ތަނެއްވެސް ނެތީތަ؟ މަގުމަތީގަ އުޅޭ ސޮރެއްތަ މަލީހަކީ؟ މާރުކޭޓު އަށިތަންމަތީ ނިދާފަ އާއްމު ފާހާނާބަރިން ފެންވަރައިގެން އުޅުނުމީހެއްކަން އަދިކިރިއާ އަދުން ހުސޭނު ބުނީމަ މިއެނގުނީ

  14. ސައިފް

    އަނދުން ހުސެން އެމްޑީޕީ މެންބަރުން މަލީހަށް ފާރަލީތޯ؟ ނޫނީ އިންޑިއާ ސިފައިން ފާރަލާފައި އަދުން ކައިރީގައި ބުނި ވާހަކައެއްތޯ. އަދުންމެން ގާނޫނު ހަދަން ވަދެތިބިއިރު މީހުންނަށް އެގޮތަށް ފާރަލާ ޒާތީ މިނިވަންކަން ގެއްލުވާލެވޭތަ

  15. ދޮނޭ

    ކިހާއަވަސް މި އެންޑީޕީގެ ބާރު ފަތުރަން ކުށެއްނެތް މިނިސްޓަރުން ވަކިކުރަން ފެށިލެއް ޖަލީސްތެރެ ހީވަނީ އެ ބައިގަނޑުގެ ގެދޮރުހެން

  16. ނޫސްކިޔާމީހާ

    ގޮޑަށް އެއްލާލިޔަސް ޖާވާހިރު ހަމަވާނީ ޖަވާހިރަށް އޭގެ ވިދުމަ ކަށް ބަދަލެއް ނާންނާނެ. މަލީހަ ކީ ކިޔަވައިގެން ހުރި ފޯއްމުލަ ކު ރައްޔިތުން ފަޚުރުވެރިވާ ދަރިއެއް.

  17. އެންދެރި

    ދެން ކާރު އެތެރ ކުރާ ގޮތާ ބާކާރުއާކާރުގެ ގޮތުގަ ގެންނަ ގޮތް ފަދަ މައްސަލަ ތައް ބަލަން ޖެހެ އެވެ.

  18. މަބޭ

    ދައުލަތުގެ ކާރުގަ ގާނޫނާ ދީނާ ހިލާފުކަންކަންކުރުން އޯކޭތޯ