ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ޓުއަރިސްޓު ރިޕްރަޒެންޓޭޓިވް ކައުންޓަރުތަކެއް ކުއްޔަށް ދޫކުރުމަށް އިއުލާންކޮށްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވީ މި ކައުންޓަރުތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށާއި އަދި ކައުންޓަރުތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެގޮތުން މި ކައުންޓަރުތައް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުން ބީލަން ފޮތް އީމެއިލްގެ ޒަރިއްޔާއިން ފޮނުވާނެ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ވިދާޅުވެފައެވެ.
މި ކައުންޓަރުތައް ކުއްްޔަށްް ނެގުމަށް ބޭނުންވާ ފަރާތްތަކުންް އެކަމަށް ޝައުގުވެރިކަން ފާޅުކޮށް މިމަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އެދެން ޖެހޭނެ ކަމަށް އެެމްއޭސީއެލް އިން ވަނީ ވިދާޅުވެފައެވެ.
މިގޮތަށް ދޫކުރާ ކައުންޓަރުތައް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތަކީ، ޓުއަރިސްޓު ރިސޯޓެއް، ހޮޓެެލް ނުވަތަ ގެސްޓުހައުސްއެއް ނޫން ނަމަ ޓުއަރ އޮޕަރޭޓަރަކަށް ވާން ޖެހޭ ކަމަށާއި، އެފަރާތެއްގެ އަތުގައި އެކަމަށް ހުއްދަ އޮންނަން ޖެހޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ވިދާޅުވެފައެވެ.
މިގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެ ކަމަށާއި، ކައުންޓަރުތައް ދިނުމަށް ހަމަޖެހިފައި ވަނީ ބީލަމަށް ލާ ފާރްތަތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށް އެމްއޭސީއެލް އިން ވަނީ ވިދާޅުވެފައެވެ.
އަނެއްކާ އަނެއް ލާރިގަނޑާ ކޮމިޝަންގަނޑެއް ދަވާލަން ތައްޔާރުވަނީ.... އެމްއޭސީއެލް އައް ފަންސުރެއް ގަތައް، އޭގެންވެސް ކަޓުނަގާފަ އޮންނާނީ...
މިސްކިތް ތަށް ބަންދު ކޮއްފަ ތިކަންތަށް ކުރިޔަށް ގެންދޭ. ލާދީނީ ސަރުކާރު