ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ކަމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުން ހުށައެޅީ "ފެންނުދީ ކަތިލާ" އުސޫލުން ކަމަށް މަލީހް ސިފަކުރައްވައިފިއެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި، ޖަވާބުދާރީވުމަށް ދެއްވި ފުރުސަތުގައި މަލީހު ވިދާޅުވީ ސަރުކާރަށް ދެ އަހަރުވެެން ދިޔަ އިރު، އެއްވެސް މައްސަލައަކާ މީީގެ ކުރިން މަޖިލީހަށް ހާޒިރުނުކޮށްފައި ނުވާ ކަމަށެވެ. އަދި ކުއްލިއަކަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަ މަޖިލީހުގެ މެންބަރުންނަށް ހަޖަމުނުކުރެވިގެން ކަމަށް މަލީހް ވިދާޅުވިއެވެ.

"ކޭމްއަކީ ވަކި ގާނޫނަކުން ބާރު ލިބިގެން ހިނގާ މިނިވަން މުއަސަސާއެއް. ކޭމްގެ ބޯޑުގެ ޗެއާ އައްޔަން ކުރައްވަނީ ރައިސުލްޖުމްހޫރިއްޔާ. ބޯޑުގެ މަޝްވަރާގެ މަތިން ދުވަހުން ދުވަހަށްް ކޭމްގެ އިދާރީ ހިންގުން ހިންގަވަނީ ސީއީއޯ އިލިޔާސް އަހްމަދު. ކޭމްއާއި ގުލޭ ގޮތުން ރައްޔިތުން މަޖިލީހަށް އަދި އެހެނިހެން މުއަސަސާތަކޭ އެއްގޮތަށް ޖަވާބު ދާރީވާން ޖެހޭނީ މިނިސްޓަރު، މިނިސްޓަރު ޖަވާބު ދާރީ ކުރުވުމަށް ފާއިތުވެ ދިޔަ ދެ އަހަރު އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ. ފެންނުދީ ކަތިލުން މިޔަށް ކިޔަނީ" މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ މިހާތަނަށް ރައީސް އެ މިނިސްޓްރީ އާ މަތިކުރެއްވި އެއްވެސް ކަމެއް ނުކުރައްވާ ދޫކޮށްލާފައި ނުވާނެ ކަމަށެވެ. އަދި އެ ވުޒާރާއަކީ މުޅިން އަލަށް މިސަރުކާރުގައި އުފެދުނު ވުޒާރާއަކަށް ވީ ހިނދު، އެތަން ފުރަތަމަ އޮތީ ބާ ގުދަންގަނޑެއް ގޮތަށް ކަމަށް ވިދާޅުވިއެވެ. އަދި އެތަން އޭރު ހުރީ އިންސާނުން މަސައްކަތްކުރަން ގެންގުޅެން ހެޔޮނުވާނެ ފެންވަރެއްގައި ކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ދައުލަތުގެ ވުޒާރާއެއްގެ ފެންވަރަށް ހަދާފައިވާ ކަމަށް މަލީހް ވިދާޅުވިއެވެ.

މަލީހްގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި އެ ޕާޓީގެ 14 މެންބަރުންގެ ސޮޔާއެކުގައެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް މިއަދުގެ ޖަލްސާގައި ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވިއިރު ޖުމްލަ 60 މެމްބަރުން ވޯޓުގައި ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިސްނާ

    ކަލޭމެންނަށް އެމްޑީޕީ ވަރެއް ނެތިގެން އުޅުނަސް އަހަރެމެންނަށް އެނގޭ އެއީ ވަރަށް ހަޔާތްކުޑަ ޕާޓީއެއްކަން. ވެރިމީހާ ބުނެފައެއްނޫންތަ އޮތީ ތިމަން މަނިއްޕުޅު ކޮށްފަ ނުކުރާނެކަމެއް ހިތަށްވެސް ނުގެނެވޭނޭ. ތިމަން މަނިއްޕުޅުގެ ހުރި ނުލަފާކަން ދައްކާލާނަމޭ.

    28
  2. އ. ޖ. އ

    ފެން ބޮބުނުލެއް މަދީ އަދިވެސް

  3. އަލި

    އަހަރެމެން ހައިރާނެއް ނުވޭ ކަލޯ ތިޔަހެން ބުންޏަސް...ތިޔަބުނީ ރީނދޫ ގުންޑާއިންގެ ވާހަކަ