ރައްޔިތުން މަޖިލީހުގެ މެމްބަރުން ވަޒީރަކަށް އިތުބާރު ނެތް ކަމަށް ނިންމާ ހިސާބުން، އެ ނިންމުން ނިންމި ސަބަބު ބަޔާންކޮށްދޭން ނުޖޭހޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

އެމްޑީޕީގެ 14 މެންބަރުންގެ ސޮޔާއެކު އާޒިމް މަޖިލީހަށް ހުށަހަޅުއްވި އެ މައްސަލަ 59 މެންބަރުންގެ ވޯޓާއިއެކު ވަނީ ފާސްވެފައެވެ. އަދި މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމަށް ނިންމާ މަގާމުން ވަކިކުރެވިފައިވާއިރު އެ މައްސަލާގެ ބަހުސްގައި އާޒިމް ވިދާޅުވީ ވަޒީރަކު މަގާމުން ވަކިކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ނުކުރެވި، ސަރުކާރުގެ އަމާޒަށް މިނިސްޓަރަށް ވާސިލް ނުވެވޭ ނަމަ އެކަމުގައި އިތުރު ވާހަކައެއް އަދި ބަހަނާއެއް ވެސް އަޑުއަހަން ބޭނުން ނޫން ކަމަށެވެ. އަދި ރައްޔިތުން އުންމީދުކުރި ކަންކަން މިނިސްޓްރީއަށް ކޮށްދެވިފައި ނުވާތީ، މަލީހްއާ މެދު ގިނަ މެމްބަރުން ހިތް ނުތަނަވަސް ވެފައިވާކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ހިތްހަމަނުޖެހުނީމާ އެ ވަޒީރަކު އެ މަގާމުން އެކަހެރިވާން ޖެހޭނީ. އެކަހެރިވެގެން ދާން ޖެހޭނީ. އެއީ އަޅުގަނޑުމެން މިތަނުން ނިންމާ ނިންމުމެއް. މީ ތުހުމަތުތަކެއްކޮށް، ތަހުގީގެއް ހިންގަންޖެހޭ ވަރުގެ ކަމެއް ކަމުގައި ނުދެކެން." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ ވަޒީރަކާއި މެދު އިތުބާރު ނެތިއްޖެ ނަމަ މަޖިލީހުން ކަންކުރަން ޖެހޭނެ ގޮތް ގާނޫނުގައިވާ ގޮތުގެ މަތިން ފާހަގަ ކުރައްވައިފައެވެ.

ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 10 މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ ގަރާރުގައި ބަޔާންކޮށްފައިވާ މައްސަލަ ތަހުގީގްކޮށް ބެލުމަށްފަހުގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.

މި ބަހުސްގައި މިނިސްޓަރަށް ޖަވާބުދާރީވަން ލިބިވަޑައިގެންނެވި ތިން ފުރުސަތުގައިވެސް މަލީހު ވަނީ ކުރަން ޖެހޭ ހުރިޙާ މަސައްކަތެއް އެ ވުޒާރާތެރޭގައި ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިގެން އުޅެނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކޮށްގެން ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައެއް އެމްޑީޕީ މެމްބަރުންނަށް ހަޖަމު ނުވެގެން ކަމަށް މަލީހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޙްމަދު

    އިތުބާރު ގެއްުލުނު ސަބަބު ބުނެދޭން ނުޖެހޭނެ ކަމަށްދެކެން! ތީޒާތިވެގެން ތިމާޕާޓީ މީހާއަށް މިނިސްޓަރުކަން ދޭންވެގެން ކުރިކަމެއް!

    21
    1
  2. މުހަންމަދު

    ގިޔާމަތް ދުވަހުންﷲ ހަޒުރަތުގައި ކަލޯ ޖެހޭނެ އެސަބަބަބު ބުނެދޭން، އެދުވަހު ކަލެޔަށް ޝަފާއަތް ތެރި ވާކަށް ކެނެރީގޭ ނަޝީދެއް، ޕާލިމެންޓްރީ ގުރޫޕެއް ނޯންނާނެ.

    25
  3. ޖޮބޭ

    އާޒިމް ގަމާރު ކަލޭގެއާ ކަލޭތިހުރީ ހަމަހޭގައިތަ ބުރާންޗާ ކަލޭ ހީކުރަނީ މިގައުމު މީ ކަލޭގެ މައިންބަފައިންގެ ތރިކަ އެ ކަނި އެއްޗެއްތަ.

    21
    1
  4. ހެހެހެ

    ހަގީގަތުގައި މަލީހު އިތުބާރުނެތްކަމަށް ނިންމީ ބުރުމާ ދެކެ ބިރުން މަޖިލީހަށް ފޮނުވީ އެތަނަކީ ކަރާމާތްތެރި ވަކަރުގޭ ކުދިންކޮޅެއް އުޅޭތަނެއްވީމާ ލަދެއްގެ ކަންފުޅެއްވެސް ނޯންނާނެތާ މަބުރޫކުތަ ނޫނީ ހަސަން އިސްމާއިލްތަ ނޫނީ ހާމިދުތަ މިނިސްޓަރަކަށް ލަނީ

  5. ސަމީލް

    ވަޒީރުން އެހެންވީމަ މަޖިލީހަށް ޖަވާބުދާރީ ވާކަށްވެސް ނުޖެހޭނެތާ ދޯ.

  6. ހާލުފޮޅި

    ބުނެދޭން ޖެހޭނެ.. މިދެން ކާކުތަ؟ ރައްޔިތުން ކައިރީ ރޮއެ އާދޭސްކޮށްގެން މަޤާމެއް ލިބުނީމަ ކޮންމެ މީހަކު މިހުންނަނީ ސައިޒު އޮޅިފަ

    13
  7. މެދުހެންވޭރު

    އާނ ނުޖެހޭ ބުނެދޭކަށް. އަހަރުމެންގެ އިތުބާރު ކަޅޭއަކަށް ނެތް. ރައްކާވޭ.

  8. ކަނަމަނަ

    ޢާޒިމުއަކީ އެއްވެސް އުރައްޕެއްހުރިމީހެއްނޫން ހަމަ ހުސް ތޮށިގަޑެއް

  9. އއއ

    ދެން ކާކު ހަނދާންކުރަންތައް މަޖިލީހަށް ޖަވާބު ދާރީ ކުރުވާށޭ ކިޔާފަ މީހުން ތި ހާޟިރު ކުރަނީ ، ވިސްނާ މީހަކު މޮޔަވެދާނެ މިއީ މެޖޯރިޓީ ލީޑަރުގެ ހާލަތު.