ހައުސިން ޔުނިޓު އަޅައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދި، ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ރާއްޖެ ގެނެވޭނެ ދުވަހެއް ނޭނގޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ހުރީ ސްރީ ލަންކާ ފުލުހުންގެ ބަންދުގައި ކަމަށާއި އޭނާ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ލަންކާ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުން މިފަދައިން ވިދާޅުވެފައިވާ އިރު ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން އެތައް ސަތޭކަ ބަޔަކަށް ވިއްކައި، އެމީހުންގެ އަތުން ބުކިން ފީގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ނެގުމަށްފަހު މަސައްކަތް ނުކޮށް އަދި ފައިސާ ވެސް އަނބުރާ ނުދިން މައްސަލާގައި ހައްޔަރުކުރަން އިންޓަޕޯލް އިން ވަނީ އަމުރެއްވެސް ނެރެފައެވެ.

އައްމަޓީ ހައްޔަރުކުރަން ދިވެހި ފުލުހުން އެދިގެން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައި ވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އޭނާ ހައްޔަރުކުރަން އިންޓަޕޯލް އިން ނެރުނު ނޯޓިސްގައިވާ ގޮތުން އޭނާ އަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތާއި ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތެވެ.

އައްމަޓީ ހައްޔަރު ކުރަން ރެޑް ނޯޓިސް ނެރުނު އިރުވެސް އޭނާ ދިރިއުޅެނީ ސްރީލަންކާގައި ކަން ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް އެނގިފައިވެއެވެ.

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ސްރީ ލަންކާ އިން ހައްޔަރުކޮށްފައި ވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ.

ސީ ލައިފް ކުންފުންޏަށް ފައިސާ ދެއްކި 203 މީހަކު ސީލައިފަށް ދެއްކި ފައިސާ އާއި އެމީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން މެދުވެރިކޮސް އެޗްޑީސީ އިން ވަނީ އެމީހުންނަށް ދީފައެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީ އާއި އެޑްވާންސްގެ ގޮތުގައި ސީލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ބަދަލު ދެނީ އެ މަޝްރޫއު ކުރިއަށް ގެންދަން އެޗްޑީސީ އަށް ދައްކާފައިވާ ފައިސާ އިން ކަމަށް ސަރުކާރުން ކުރިން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްލާމް

    ދީނާއިގެން ކުރިއަށް

  2. Anonymous

    އައްމަޓީ ގެނައިމަ އަހަެެމެންނަާް ލިބެނީ ކޯންޗެއް؟ އެޗްޑީސީން ކޯޓުގައި އެގްރީމެންޓެއްވި، ޔަހޫދީންހެން މިހާރު ބުނަނީ އެއީ އެކަމުން ސަލާމަތްވާން ހެދި އެއްޗެއްކަމަށް. ގުޅީފަޅުން ފުލެޓްހަދަން އުޅުނީވެސް އަމިއްލަބައެއް. ތިލަފުށި ދުމާ މެހީގެ ސަބަބުން އެތާ ދެިވެސް ނޫޅެވޭނެ. އެތަން ނުހެދުނީމަ އެމީހުނަށް ފްލެޓް ގަންނަން ގެއްލުމުގެ ބަދަލާ އެކީ ދިން. ދެން ސީލައިފުގެ މީނާމެދު ހެދި އެއްބަސްވުން ތަންފީޒް ނުކުރަން ސުހައިލު މިއުޅެނީ ކީއްވެއޯ؟

  3. އަނީ

    ކަލޯ ގަޔާ.މީ އެއްކަލަ ފިލްމު ކުޅޭ އައްމަޓީ ދޯ.... :ޕ