މި ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވަކި ކުރުމަށް ފިސްތޯލެއް ނުލާނެ ކަމަށް ވިދާޅުވެ، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ކުރީ ސަރުކާރަށް މަޖާޒީ ބަހުން ފާޑުވިދާޅުވެއްޖެއެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާއި ގުޅިގެން ސިރާޖް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ވަޒީރުން ވަކިކުރުމުގެ ކަންކަން ހިނގަނީ ގާނޫނު އަސާސީގެ ތެރެއިން ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ގެ ގެއިން ފިސްތޯލެއް ފެނުނު މައްސަލާގައި އޭނާ މިނިސްޓަރު ކަމުން ވަކި ކުރެވިގެން ދިޔަ މައްސަލައަށް އިޝާރާތް ކުރައްވަމުން ސިރާޖް ވިދާޅުވީ މިހާރު ވަޒީރެއް ވަކިކުރަން ވުމުން ފިސްތޯލެއް ނުލާނެ ކަމަށެވެ.

ފެބްރުއަރީ 1، 2018 ގައި އޭރު ޖަލު ހުކުމްތަކާއި ޖަލު ބަންދުގައި ތިބި ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް އަންގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން އެ މަހުގެ ފަސްވަނަ ދުވަހު އޭރުގެ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ދަށުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރު ކުި މައްސަލައަށް އިޝާރާތް ކުރައްވައި ސިރާޖް ވިދާޅުވީ މިހާރު ފަނޑިޔާރަކު ވަކި ކުރަން ފުރާޅުން ޓިނެއް ވެސް ނުނަގާނެ ކަމަށެވެ.

"މިހާރު ފަނޑިޔާރަކު ވަކިކުރަން ވީމަ ފުރާޅުން ޓިނެއް ނުނަގާނެ. ވަޒީރެއް ވަކިކުރަން ވީމަ ފިސްތޯލެއް ނުލާނެ. މިހާރު ކަން ކުރާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާން ކުރާ އިޖްރާއަތްތަކާ އެއްގޮތަށް. މަޖިލިސް 19 ތަފާތުވާނެ." ސިރާޖު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ 2015 ވަނަ އަހަރު އޭނާ 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެއެވެ.

މިއަދު ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ހަތަރު މެންބަރަކު ތިއްބެވިއެވެ.

މަލީހްގެ އިތުބާރު ނެތްކަން ރައްޔިތުން މަޖިލީހުގައި މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްވެފައިވާއިރު މިހާރު ވަނީ އެ ވުޒާރާގެ ވަޒީރުކަމުގެ މަގާމް ހުސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢިންސާފު

    ފިސްތޯލަ ލީ މީހާ އެހެރީ ގޭގަ ބަހައްޓާފަ .ކެރެންޏާ ޖަލަށް ލާބަލަ.

    15
  2. ޖޖޖޖ

    ލަދުހަޔާން ނެތި ެައްޔިތުން ނަމުގައި ފޭރެންކެރޭ ބައެއްދޯ މިހާރު ތިތިބީ.

    15
  3. ޢަޒްރާ

    ފިސްތޯލަ ލީމީހާ އެހެރީ ވައްކަންކޮށްގެން ވެސް ތިފަޅީގަ ދެން ކޮން ރިހައެއް ކައްކާކަށް ކަލޭމެންނަށް މަޖިލިސްދިނީ ގަމާރުން ވިއްޔާ ރާކަނި ކެވޭނެ އަދި އަޗާތަޅަން ވިނޫން

    15
  4. ޙހހހ

    ޜ.ޔާމީނާ ދެކޮޅަށް ދޮގުހެކިދިންނަމަ މަލީހް ސަލާމަތްވާނެ ދެއްތޯ

  5. ދަރަނި ދަންތުރަ

    އިސްލާމް ދީނަށް ފުރައްސާރަކޮށް ގައުމު އަޅުވެތިކޮށް ހަޒާނާ ލޫޓުވާލަން ވެސް މިހާރު ފިސްތޯލަ ބޭނުމެއްނުކުރާނެ ހަމަ އިރާ ވީދާ ނޮޅާ ކާނީދޯ ސިރާޖު

  6. ޙ

    ޤައުމެއް ބިކަވެ ނިކަމެތިވެ ހަނާވެގެން ދަނީއެވެ. އިއްޔެ މިމީހުން އަތުގަ ހިފައިގެންވެރިކަމަށް ގެނެސްދެން މަސައްކަތްކުރި މީހުން މިއަދު އަގެއްނެތް ބައެއްގެ ގޮތުގައި ރައްޔިތުންގެ ކުރިމަތީގަ ނީލަން ކިޔަނީއެވެ. ތިމާމެންގެ ހުރި ނާގާބިލްކަން ފޮރުވަން އެ މީހުން ޤުރުބާން ކުރަނީއެވެ. ކުރެވުނު ކަމެއް ހަރާމެވެ. ވެންޓިލޭޓަރުތައް ވީތަނެއް އެގޭމީހަކު ނެތެވެ. ވަޒީފާގަ ހުންނަން އިތުބާރު އޮތް އެކަކުވެސް ނެތެވެ.އަގަ އޮތިއްޔާ ކާޅެއް ނުކާނެއެވެ. ތިގޮތަށް ވެސް ....... ރަގަޅެވެ.

  7. ދޮނޭ

    މިހާރު ވަޒީރުން ބޭރުކުރަނީ ކުށެއްނުދެއްކިގެން މަޖިލީހަށްގެސް ފަހައި ބަވައި ބިރުދައްކައިގެން ބޭރުކުރަނީ މީ ރަނގަޅުގޮތެއްތަ؟