ގައިދުރުކަމާއެކު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދަން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިއުމާއި، ހާލަތު އިތުރަށް ގޯސްވަމުން ދާކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާތީ ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިއަދުގެ މެންދުރު ނަމާދުން ފެށިގެން ކޮވިޑްގެ މިހާލަތުން ލުޔެއް ލިބެންދެން ގްރޭޓަރ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް، ގައި ދުރުކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެވަރަށް ބޮޑު ހިތްދަތިކަމަކަށްވުމާއި، މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތްކަމަކީ މިސްކިތް ބަންދުކުރުމުގެ ބަދަލުގައިގައި ދުރުކަމާއި އެކު ނަމާދުގެ ޖަމާއަތް، ހެދުން ކަމުގައި ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާދެއްވާފައިވާތީ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ ހާލަތު ރަނގަޅުވާން ފެށުމާއެކު ކުރިއެކޭ އެއްގޮތަށް ޖަމާޢަތުގައި ނަމާދު ގާއިމު ކުރެވިގެންދާނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދުކުރުމުގައި ސަމާލުކަން ދޭންވީ ކަންކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

ސިޓީކައުންސިލުން ސަމާލުކަން ދޭންވީ ކަންކަން:

  • ނަމާދުކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓްއަޅާފައި ނެތުން.
  • ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން.
  • ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމު މިސްކިތްތަކުގައި ހަމަޖެއްސުން.
  • ކޮންމެހެން ބޭނުންކުރަށް ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއާކޯން ބޭނުން ނުކުރުން.
  • އެއާކޯން ބޭނުން ކުރާނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭގޮތް ހެދުން.

ނަމާދަށްދާ މީހުން ސަމާލުކަންދޭން ޖެހޭކަންކަން:

  • ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން.
  • މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން.
  • މާސްކު އެޅުން.
  • މިސްކިތައް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން.
  • މިސްކިތުގެ އެކިތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން.
  • ނަމާދަށް ސަފުހެދުމުގައި ގައިދުރުކަން ބެހެއްޓުން އަދި ގައި ދުރު ކަމާއެކު ނަމާދު ކުރުން.
  • ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި އުމުރުން ދުވަސް ވެފައިވާ މީހުން ގޭގައި ނަމާދުކުރުން.
  • ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން.
  • މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން.
  • މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން.

އިމާމުން ސަމާލުކަން ދޭންޖެހޭ ކަންކަން:

  • ބަންގިއަށް ފަހު 5 މިނިޓު ތެރޭގައި ގަމަތްދީ ނަމާދު ފެށުން.
  • އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުން.
  • ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުން.

މިނިސްޓްރީން މިފަދަ ދަނޑިވަޅެއްގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި، ފަރުޟު ނަމާދުގެ އިތުރުން ހެޔޮ އަމަލުތައް ގިނަކޮށް، ފެތުރިފައިވާ ބަލިމަޑުކަމުން ﷲ ގެ އަޅުތަކުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތަށް ދުއާ ދެންނެވުމުގައި ދެމިތިބުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފަ އެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސަނީ

    މިސްކިތުންނެއް ނޫން ވައިރަސް އަރަނީ،
    އެޗްޕީއޭ ވާނުވާ ނޭނގިގެން ސައިކަލް ދުއްވުން މަނާ ކުރީމަ އެހެންމިވީ..
    ސައިކްދުއްވުން މަނާ ކުރީމަ މީހުން ބައި ހަދާފަ ދަނީ ބާޒާރުކުރަން.. ހީވަނީ މަގުމަތީ ބާޒާރުހެން

    15
    1
    • އަވދް ކަޅި

      މީ މަދައްުކަމުން އައިވާހަކަ މިއުޅެނީ ރަމަޟާމަހަށް މިސްކިއްތަށް ބަންދުކުރުމާ ކައުންސިލް އިންތިހާބު ބޭއްވިޔަނުދީ ގައުމު އިންޑިޔަ އަށް ހިބައިން ދިނުމަށް

  2. ސަތަރޭ

    އެމްޑީޕީ ހަރުގޭން ނުކުތް ނުކުތާ ތަކެއްހެން ހީވޭ، ކިއާލީމަ

    14
    1
  3. އަބްސީ

    ލާދީނީ ވެރިކަން، ޓްއަރިޒަމް އޯކޭ، ކެފޭ ރެސްޓޯރަންޓް އޯކޭ މާސްކްވެސް އަޅަން ނުޖެހޭ، މިސްކިތް ކަޑަ، ރޯދަމަހަށް މިސްކިތް ބަންދު ކޮށްގެން މުޅިން މިބައިގަޑު ހިތްހަމަ ޖެހޭނީ

    14
  4. ދަންބެރު

    ކޮންމެރޯދަމަހަކު މިއެމްޑީޕީ މީހުންގެ ފިކުރު މިސްކިތާއި އަޅައިގަނެގެން އުޅެނީ ކީއްވެ.

    15
  5. ޙަފޯ

    ވައިރަސް ފެތުރެނީ ރައްޔިތުންނާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ހަމަޔަށް ކޮންމެހެން ދޭންޖެހޭ މައުލޫމާތު ނުދީ ލަސްކުރުމުގެ ސަބަބަުން. ކޮވިޑް ޕޭޝަންޓުން ފިލުމުންވެސް އެމައުލޫމާތުތައް ރައްޔިތުންނަށް އަންގާފަ ނެތުމުން.

    11
  6. Anonymous

    ބަޔަކު ނުކުމެ ހަޅޭއްލެވީމަ އެނގެނީ.
    ހާދަ ފޯރިއެއް ހުންނަ ބައެކޭ މީ މިސްކިތް ބަންދުކުރަން. ކުޅިވަރުކުޅެން އޯކޭ ސްކޫލް ތައް ވެސް އޯކޭ.
    ފިޔަވަޅު އަޅަން ތިބޭ މީހުން ލަދު ގަންނަށް ޖެހޭ.
    އިޙްމާލު ކޮންމެ ކަމެއްގައި. މިސްކިތް ބަންދުކުރަންޏާ ކުޅިވަރުތައް ވެސް ހުއްޓުވަން ީީީީީީ ވީ. ޑރ. އިޔާޒަށް ފެނިވަޑައިގަންނަވާ ރަނގަޅު ކަންތައް ހަމަ ގިނައީ.

  7. ލލ

    ޢެޗްޕީއޭގައި ތިބީ ކޮރަޕްޓު ވިޔަފާރި ޑޮކްޓަރުން !

  8. ސސ

    ފުރަތަމަ ބަންދު ކުރަންވީ މަޖިލިސް ކުރާގޭ ! ސިޓީ ކައުންސެލް އިދާރާ !