ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ކިތަންމެ ރީތި ނަމަވެސް އޭނާ ސަލާމަތް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 14 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށައަޅާފައިވާ މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ އޭނާއަށް މަލީހު ކިތަންމެ "ނަލަ" ނަމަވެސް މި ފަހަރު ވަޒީރުކަމުގައި ބަހެއްޓޭނެ އިތުރު ފުރުސަތެއް ނެތް ކަމަށެވެ. އަދި ވަޒީރު ކަމުގައި ބަހައްޓަނީ އެ މީހެއް ވާހަކަ ދައްކާ ގޮތް މޮޅުވެގެން ނޫން ކަމަށް ވިދާޅުވިއެވެ. ވަޒީރުކަން ހަވާލުކުރަނީ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް އަދި މަލީހު ރީއްޗެއް ކަމަކު، މަލީހް ނަލައެއް ކަމަކު، އަޅުގަނޑު ކިހިނެއްތޯ މަލީހް ސަލާމަތް ކުރާނީ؟" ސަނީފް ވިދާޅުވިއެވެ.

މަލީހްގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި އެ ޕާޓީގެ 14 މެންބަރުންގެ ސޮޔާއެކުގައެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް މިއަދުގެ ޖަލްސާގައި ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވިއިރު ޖުމްލަ 60 މެމްބަރުން ވޯޓުގައި ބައިވެރިވެފައިވެއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އޭނާއަށް 14 ދުވަހު ނޯޓިސް މަޖިލީހުން ފޮނުވިކަން އިއުލާނު ކުރީ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ. ނަމަވެސް މަލީހް ވަނީ އިތުބާރު ނެތް ކަމަށް ބުނާ މައްސަލައިގެ ގަރާރުގައިވާ ކަންކަން ދޮގުކުރައްވައިފައެވެ.

އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިގެން އުޅެނީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ހައްގު ބޭނުން ކޮށްގެން ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައެއް އެމްޑީޕީ މެމްބަރުންނަށް ހަޖަމު ނުވެގެން ކަމަށް މަލީހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަނިލް

    ކަލޭސަލާމަތްކުރަން ލާދީނީ އަންނިއާއި، ރާޓީވީ އަންނާނެ.

    21
    1
  2. ފަލި

    މަނިކާ ދައްކަނެ ވާހަކަވެސް ނޭގިގެންތޯ ތިޔަ ޒާތުގެ ވަހަކަ ދައްކަނީ ދައްކާނެ ބަހަނަ ނޭގޭ ކަމުގައިވާނަމަ ހަނު ހުރޭ ކަރާމަޓްތެރި މަޖިލިސް ހޯޯ ހޯ ދުވަހެއް އަންނާނެ

    23
  3. ސާބަސް

    ތީވެސް ހަމަ އޭގެ މީހެއްދޯ މިހާރު އަދި މިއެނގެނީ ރަނގަޅައްވިއްޔާ ކާމިޔާބުނުވީކަން ނޭންގެ ދެން މިކަހަލަމީހުންހަދާ ގާނޫނުތައް ހުންނާނެގޮތް ވިސްނާ
    ހައްތާވެސް މިހަރު ހޮވާފަތިބި މަޖޮލިހުގެ ބޮޑުބަޔަކީ މިވައްތަރު

    22
    1
    • ެއެމްޑީއެން

      އެމީހަކު ބޭނުންގޮތަކައް އެޅެވެންޖެހޭނެ. މިނިވަން ގައުމެއް.

      1
      8
    • ޖސޖސ

      މެމްބަރު އާޒިމް ބުނީ ރ.ޔާމީން ސަރުކާރުގެ މީހުންނޯ މިވައްތަރީ. އެކަމު މިޔޮއްގެން ފަލީޙަތްވީ އަމިއްލަޔަށް އޭގެމީހެކޯ ތިމަންނަޔަކީ އެކަމު ލ.ޕާޓީން ބުނާގޮތަށް ވޯޓުނުދީފިއްޔާ މިކަލޭގެ ދުވަސްދާނެވިއްޔަ.

  4. ޢަދުން

    ޢެހެންވީމާ ކޮރަޕްޓް އެގްރޯނެޓް ބަލާބަލަ ކުންފުނީގެ ސަބަބުން ދައުލަތް ހުސްވަނީ އިބޫ.. ނުފެނޭތަ.. ޖަލަން ލާނަން އަދި..... މުޅި ރައްޔިތުންގެ ލާރި ހަދާގޮތް ފެނޭތަ... ކޮމިސަން ކޮބަ

  5. ޙ

    ޢެއްޖިންސު......ރީތި ވީތޯ.....އަމިއްލަޔަށް ފަލީހަތް ތިޔަވީ

  6. ހަސަންތަކުރު

    ސަނީފު ވވރީތިނަމެއް،އެކަމަކުބަސްމަގު
    ވަކަރުގޭދަރިންގެބަސްމަގު

  7. ޢަބްދުﷲރަޝީދު

    ކިތަންމެރީތިކޮށްކަމަށްހީކޮށް ތިނަދޫ ކަލޭގެ ތުނބުޅިހަދާފަހުއްޓަސް ދައުރުހަމަވަންދެން ކަލޯމެނަށް މަޖިލީހުގައިނުތިބެވޭނެ އިންޝާއަﷲ

    13
  8. އޮޅުވާލި ވޯޓު

    އަނެއް‘ކާ ވާމިއޮތީ މީހަކާދިމާވެފަތާ ތިޕާޓީގަމުޅިން ވެސްތިބެނީތިކަހްލްމީހުން

  9. މުހަންމަދު

    ގިޔާމަތް ދުވަހުން މާތްﷲ ހަޒުރަތުގައި ކަލެޔަށް ތިޔަގޮތަށް އަގައެއް ނުތޅޭނެ................

  10. ކެކެކެ

    ފިރިހެންކުދިން ރީތި މީހެއް!
    އޮއި މަތިން އުދުހޭ ރޭލާއި އަޑިން ދިއްވާ ރޭލުން ފިލިޕީންސާއި އައްޑޫ ގުޅުވަނީ. ތަ ދެރަނިވެއި ކަލޯ އަޅާ މަނިކާ ރޯއްދާ؟

  11. ކުންނާރ

    މީ އަނެއްކާ ހައހައި އެއްބާ ކިހިނެއްތޯ އިނގޭނީ މިމީހުންގެ ވާހަކަޔަކުން

  12. ޏޏ

    މިއަދު އެމްޑީޕީން މަޖިލިސް މެޖޯރިޓީ ބޭނުން ކުރަނީ ނަހަމަގޮތުގައި އެކަމުގެ ހިތިވެސް އަދި ބޯނެކަން ޔަޤީން !