ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ ކަމުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން މުހައްމަދު މަލީހް ޖަމާލް މަސައްކަތް ކުރެއްވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ކަމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީގެ 14 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށައަޅާފައިވާ މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި މަލީހްގެ ޒިންމާއެއްގެ ގޮތުގައި ފެނިވަޑައިގަތީ ސަރުކާރާއި ވާދަވެރި ފަރާތްތައް ބަލަހައްޓަމުން ގެންދަވާ މަންޒަރު ކަމަށެވެ.

ވިސާމް ވިދާޅުވީ ފާއިތުވެ ދިޔަ ދުވަސްތަކުގައި މިނިސްޓަރު މަލީހް އިދިކޮޅު ފަރާތްތަކުގެ ކާރުކޮޅުތަކުން ފެނިފައިވާ ކަމަށެވެ. އަދި ސަރުކާރާއި ވާދަވެރި ފަރާތްތައް މަލީހްގެ ކާރުކޮޅުގަައި ތިއްބަވާ މަންޒަރު ދުށް ކަމަށް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ މިިނިސްޓަރެއްގެ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންނަށް ފޯރުކޮށްްދެން ޖެހޭ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރު މަލީހް އެ ޒިންމާ އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށް ވިދާޅުވިއެވެ.

ވިސާމް ވަނީ ރައީސް ޔާމިންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލާއެކު އެމަނިކުފާނު މިނިވަންކުރުމުގެ މަސައްކަތް މަލީހް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. މަލީހްގެ މަންމައަކީ ޖަމީލްގެ ބޮޑުދައިތައެވެ. ޖަމީލްއާއި މަލީހަކީ ދެބެއިންގެ ދެދަރިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް މިއަދުގެ ޖަލްސާގައި ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މާސީ..

    އަޅެ، މީ ބޯ ހަމަ ޖެހޭ ބައެއްތަ؟؟ ނޫނީ މޮޔައިންގެ ފައުޖެއްތަ؟؟؟ ލަދުން ބޯ ހަލާކު/// ނުކިޔަވާ ތިބޭ ބަޔަކު ބޮޑު ގޮނޑިތަކަށް ލީމާ ވާނެހައެތި ވަނީ؟؟؟

    57
  2. މާމީ

    މިހިރަ ބުރާންޗާ މަލީހު ދުވަހަކު ނުއުޅުނަސް ޔާމީން މިނިވަން ކުރާނަން ކަލޭހީކުރީ ނުވާނެ ކަމައްތަ.

    66
    3
  3. މާމީ

    ކަލޭ ހީކުރީ ކަލޭމެނައް ޔާމީނު ޖަލުގަ މަރާލެވިދާނެ ކަމައްތަ

    55
    1
  4. ސަޏި

    މީ އަދި ކާކު؟ ހަބަރުކިޔަން ހުންނަ ސޮރު މަޖްލީހަށް. ފިލްމު ކުޅެން އޮންނަ ސޮރު މަޖްލީހަށް. މިސޮރައް ހީވީ ތިމަންނަ ހަބަރުކިޔަން ދުވަސްކޮޅަކަށް ހުރީމަ ސިޔާސީ ސަނަދު ލިބުނީއޭ. ކިޔަވަންދޭބަލަ

    56
  5. ޯބޯޖަލީލު

    މިއީ ވެސް ބުރާންޗެއް...

    52
  6. މަލްބޭ

    މިހާރަކު ނުފެނޭ ތިޔަ ރައްޔިތުންނާއި ދޭތެރޭ ވިސް ނަވާ ރައްޔިތަކައް ކަމެއް ކޮއްދޭމީހަކު ހައްތާފެންނަނީ މަލީހް އެހެންނޫންނަމަ ތިމަޔާ ތިމާގެ މާމަ ދަރިންނާއި ތިމާގެ މުނިމާދަރިންނައްވެސް ނުވިސްނަ ރައްރަށުގެއާއި ފަޅުރައްރަށާއި ގިރިޔަކަސް ނުބަލާ ހިތުހުރި ގޮތަކައް ބޭރުގެމީހުންނައް 99 އަހަރައް ވިއްކާ ނުވީތާކައް ބޭރުގެ ސިފައިން މިގައުމުގައި ފައިހިއްޕާކައް ފުރުސަތެއް ނުދޭނެ ނަންވާނީ މަލީހް ރައްޔިތުންގެ ޓެކްސްޕޭ ރުފިޔާއިން މުސާރަޔާ އިނާޔަތާ ނަގައިގެން ނާޗަރަންގީ ކުޅުން ބައިކުދިންކޮޅައް ހުވަފެން ދައްކައިގެން

    38
    1
  7. ހަމަ ސުވާލު

    މެމްބަރު ވިސާމް ނޫނީ ވިސާމް ގާތް މީހަކު ނަދީމްގެ( ޓާރމިނަލް ކެފޭ) މަރާ އެއްވެސް ގުޅުމެއް ވޭތޯ؟؟؟

    30
    1
    • ތޯތޯ

      ވަރަށް ރަނގަޅު ސުވާލެއް.. ދިވެހި ފުލުހުންނަށް ތީގެ ޖަވާބު ދެވޭ ވަރަށް ހެކި ހުއްނާނެ.. ސިއްރު ހެއްކަށް ނުފޫޒު ފޯރުވައި، މަރުގެ އިންޒާރުދީ ބިރު ދެއްކިކަން ރޯމާ ދުވާލުހެން އެނގެން އެބައޮތް..

  8. ގޯހޯމްްބްރޯ

    ބިތކައިފަތޯ!

  9. އެމަންޖެ

    މަލީހް ޖަލައްލާ އެކަމުގެ އަދަބެއްގެ ގޮތުގައި 10 އަހަރައް.

    1
    2
  10. ޟިސާލު

    ގާޒީއަކު ވަގައްނެގި މީހަކު ސަލާމަތްވެއްޖެ.
    3ބ ރުފިޔާ ދަވާލި އަދީބު ސަލާމަތްވެއްޖެ.
    ދެން ކީއްވެ ޔާމީން ނުވާންވީ.
    ހަމަ ބިރު ގަންނަނީ

  11. ލިލީ

    ޢެހެންދޯ، ދައްކާނެ ވާހަކައެއް ނޭންގެންޏާ އަނގަނުތަޅާ ތިބެބަލަ.

  12. އަހްމަދު

    ކޮއެފުޅާ މައުމޫނާ ޔާމީން އެއީ އެއްބަފާދެބޭން ޣައްޝާން އާއި މައުމޫންއަކީ ދެބަފައިން ކީއްވެބާ މައުމޫން ތިޔަކޯލިޝަނުގަ ޕާޓްނަރެއްގެގޮތުގައި ބަލައިގަންނަނީ

  13. ހަކުރު

    މީ ރ ޓީވީއައް ހަބަރުކިޔަން އަރާ އެންމެ ހަޔާތްކުޑަގޮލާ ކަލޭ ހީކުރީ ތިޔަގޮނޑީގަ އަބަދު އިނދެވޭނެ ކަމައްތަ
    މިމީހުންނައް ހީވަނީ މިތިބީ މަޑިފަތިމައްޗައްއެރިފަކަމައްދޯ

  14. އަލި

    މީ އަޅެ އެއްޗ ހުރި ބީތާއެއްތަ... ގޯސްކަމެއް ހިނގާއިރަށް އެވަރިހަމަ މީގެ 50 އަހަރު ފަހުން ހިނގިޔަސް އެއީ ޔާމިނު... ތަންތާ ތިބޭ އުޑެއް ބުޑެއް ނުދަންނަ މޮޔަ ބީތާއިން ތަންތަނަށް ލީމަ ވާނެ ހައެތި މިވަނީ...އަހަރެންގެ ވޯޓް ރީނދޫ ގުންޑައިންނަށް ހަރާމް..ދުވަހަކުވެސް ނުދޭނަން

  15. ނާސިރާމުހައްމަދު

    އަމިއްލައާށް ތިޔަބުނެވެނީ ރައިސްޔަމީނަށް އަދަބުދީފައިވަނީ މިމަޖުލީހުން ބާރާނުފޫޒާ މީހުން ކޯޓްތެރެއަށްވަދެ ބިރުދެކުމުން ކަމަށް ހަނދާކުރާތި ތިޔަރީދޫޓައިއަޅައިގެން އަބަދަކު ނުހުރެވޭނެކަން ގަމައުމުވިއަކާދެބޯގޮރިންތިޔައީ މިގައުމުގެ ހަލާކު