އަންނަ ހުކުރު ދުވަހުވެސް ސަރުކާރު އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރާނެ ކަމަށް ބުނެފިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން މިކަން އިއުލާނު ކޮށްފައިވަނީ މިއަދު މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ.

އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަމުން އަންނައިރު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ މާލެ ސަރަހައްދުގައި ބަލީގެ ވޭދަނަތައް އިތުރުވަމުން އަންނާތީ ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެެވެ. އޭގެ ތެރޭގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާ ކޮށްފައެވެ.

އެހެން ނަމަވެސް މިފަދަ ފިޔަވަޅުތަކަކަށް ބެލުމެއް ނެތި އިދިކޮޅުން މުޒާހަރާ ކުރަމުން އަންނާތީ ފުލުހުން ވަނީ އެފަދަ ކަންކަން ހުއްޓުވައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުވުމުގައި މުހައްމަދު އިސްމާއީލް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ "ރަތް އިންގިލާބު" ހަރަކާތް ދެން ނުހުއްޓުވޭނެ ކަމަށާއި އެގޮތުން އަންނަ ހުކުރު ދުވަހު އިހުތިޖާޖު ކުރުން އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ހުކުރު ދުވަހު ބާއްވާ އިހުތިޖާޖު ވެގެން ދަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އިހުތިޖާޖަށްވުރެ ވަރުގަދަ އިހުތިޖާޖަކަށް ކަމަށެވެ. އަދި މި ހަރަކާތަކީ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ހަރަކާތެއް ކަމަށާއި ކުއްލި ހާލަތުގައިވެސް ނުހިފެއްޓޭނެ ހައްގުތަކެއްވާކަން ސަރުކާރުންވެސް ގަބޫލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ މިދިޔަ ހުކުރު ދުވަހަށްވުރެ މާ ފުޅާކޮށް ވަރުގަދަކޮށް އިރާދަކުރެއްވިއްޔާ އަންނަ ހުކުރު ދުވަހު އަޅުގަނޑުމެންގެ އިހުތިޖާޖު ކުރިއަށް ގެންދާނަން،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އަންނަ ހުކުރު ދުވަހު މުޒާހަރާ ކުރުމަށް ނިންމާފައިވާއިރު، އެންމެ ފަހުން މިދިޔަ ހުކުރު ދުވަހު އެކޯލިޝަނުން ބާއްވަން އުޅުނު މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ބައެއް މީހުން ހައްޔަރު ކޮށް މުޒާހަރާއަށް ހުރަސް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ބަނބޫ

    ސާބަހޭ ސާބަހޭ
    ،ދާނަމޭ ނިކަން ކެރިގެން
    ވާނަމޭ ބަތަލުންނާ ޖެހިގެން

    35
    9
  2. ސަނީ

    މުސާރަ ލިބިއްޖެ، 1000 ހިފައިގެން ދާނީ، ޖޫރިމަނާ ދައްކާފަ އަަންނަން..

    27
    7
  3. އިކްރާމް

    ޥެރިޔާ ޖަލުގަ އޮންނަތާ 545 ޑޭސް..
    އަދީބާ ޒިޔަތު ގޭގަ ޓީވީ ބަލަން

    ހަމަ ބުއްދިން ވިސްނާމީހަކައް އެނގޭނެ މީ އިންސާފް ނޫންކަން !!

    34
    10
  4. އިބްރާހިމް

    ބަރާބަރު. ނުކުންނަންވީ އެއްވާމެއްގާ. އަބަދަކު ޣައިރުޤާނޫނީ އެންގުންތަކަށް ފުލުހުން ތަބައެއްނުވާނެ. މިހާރުވެސް ވ މައްސަލަ ބޮޑު. ޣައިރު ޤާނޫނީ އެންގުންތަށް އަންގާތީ. ބުއްޅަބޭވެސް ވެރިކަން ދޫކޮށްލީ މިފަދަ އެއްވުންތަށް ހުއްޓުވަން ނެރުނު ޣައިރު ޤާނޫނީ އަމުރުތަކުގެ ސަބަބުން. އަންނަ ހުކުރުދުވަހުގެ އެއްވުމަށް ދިވެހި އެންމެހައި ރައްޔިތުން ނުކުމެ ސަރުކާރަށް ނޫނެކޭ ބުނަންވީ.

    32
    9
  5. އިބްރޭ

    ރަނގަޅު ކަމެއް، މި އަނިޔާވެރީންގެ ކިބައިން ސަލާމާތް ވާންޖެހޭ

    35
    9
    • އ. ޖ. އ

      ކޮވިޑް އިން ސަލާމަތް ވާން ބޭނުން ނުވަނީތޯ

      1
      1
  6. މާމީ

    ފުލުހުން ކިތައްމެ އަނިޔާ ކުރިއަސް ދާނަން

    2
    1
  7. ދާނަން

    މަވެސް ދާނަން އިރާދަކުރެއްވިއްޔާ އިންޝާﷲ

    1
    1
  8. Happy

    މުޒާހަރާ ހުއްޓުވެންވާނެ!!

  9. ލޮކްޑައުން

    ގެރެންޓީކޮށް ލޮކްޑައުން އިއުލާން ކުރާނެ. ކޭސް އިތުރު ވާނެ ޚާއްސަ ހާލަތު އިއުލާނު ކުރާވަރަށް. ތިޔަ ފުރުސަތެއް ނުދޭނެ

    1
    1
  10. ހަަރު

    ކަލޯ މޮޔަވީތަ ހެޔޮނުވާނެ ގޭގަތިބެބަލަ..މައިތިރި ވެގެން ...ގޮވާލާއިރަށް ނުކުންނަ ގުނބޯތައް ކޮން

  11. ކޮވިޑް

    ކޮވިޑް ކޭސްތައް ގިނަވަނީ މީއްޗެހިންނާ ހެދި

    1
    4
    • އަލި

      ކަލެއަށް މާބޮޑަށް އެނގެނީ...ދެން އަތް ޖަހާ...މިއަދު މީ ރީނދޫ ގުންާދއިން ކުރާ ކަމެއް ނަމަ ކަލޭ ތިހެނެއް ނުބުނާނެކަން ޔަގީން..

  12. ހިއްވަރު

    އަވަހައް ހިއްވަރާއެކު ނުކުމެ ވައްޓާލަންވީ ﷲ ކާމިޔާބު ދެއްވަނީ އަދަދު ގިނަވެގެންނޫން ކެއްތެރިކަމާއި ހިއްވަރާއެކު ކުރާމަސައްކަތައް އަދަދަކީ އެއްޗެއްނޫން