ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ ފަރާތުން ގާއިމުކުރަން ހަމަޖެހިފައިވާ "އޯޕަން އެކްސެސް ނެޓްވޯކް" ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަޙައްދުގެ މަސައްކަތްތަކަށް ބޭނުންވާ ޕެސިވް ކޮމްޕޯނަންޓްގެ ވަސީލަތްތައް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ: އެޗްޑީސީ

އަދި ޕެސިވް ކޮމްޕޯނަންޓްގެ ފުރަތަަމަ ފިޔަވަހީގެ ދަށުން މިކަމަށް ބޭނުންވާ ޑަކްޓްގެ މަސައްކަތްތައް ނިމި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާއިރު، އެ މަސައްކަތްތައް އޭޕްރިލް މަސް ތެރޑޭގައ

އެޗްޑީސީން ބުނީ، މި މަސައްކަތް ފުރިހަމަވުމުން ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުުމުގެ ކުރިން މި ޔުނިޓްތަކަށް ބޭނުންވާ ހުރިހާ މުވާސަލާތީ ހިދުމަތްތަކެއް އެއް ނެޓްވޯކަކުން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

އޯޕަން އެކްސެސް ނެޓްވޯކްގެ ދަށުން މުޅި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތެއް މުވާސަލާތީ ވިއުގާއަކުން ގުޅާލުމަށްޓަކައި މައިގަނޑު އެއް އިންފްރާސްޓްރަކްޗަރ ގާއިމު ކުރެވިގެން ދާނެ ކަމަށް އެޗްޑީސީން ބުނެފައެވެ. އަދި މި ނެޓްވޯކްގެ ސަބަބަބުން މިހާރު މުވާސަލާތީ އެކި ހިދުމަތްތައް ދެމުންދާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހުޅުމާލެ އަކީ ޒަމާނީ ވަސީލަތްތަކާއި އެކު ދިރިއުޅެން ފަސޭހަ އަވަށަކަށް ހެދުން ކަމަށެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ މި މަސް ތެރޭގައި ހިޔާ ފްލެޓްތައް ހައްގުވެރިންނާއި ހަވާލުކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣުރާ

    ޭޭޭޭަ. ތިފުލެޓް ތައް މުށިޖަހާަ ދޮރުފަތް ހަރުކޮއް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެކޮމްޕޮލީޓް ކޮށްފަ ދޭންވީ ލިބޭބަޔަަށް އެހެންނޫނީ ކޮބައިތޯ އިންސާފު ހައްތަހާ މުޒާހަރާ އަށް ނުކުންނަމީހުންގެ އަދަދު އިތުރުވާނީ މިސަރުކާރުން ރައްޔިތުންްނާ ދޭތެރޭ ކަންތައް ކުރަނީ ވަރަށް ނާއިންސާފުން ަަަަަަަަަަަަަަަަަަަަަަަަަަަަަަަ