ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާއި ގުޅިގެން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމަށް އިކޮނޮމިކް މިނިސްޓަަރ ފައްޔާޒް އިސްމާއީލާ ހަވާލުކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކުރެއްވުމައެކު މަލީހް މަގާމުން ވަކިވެފައިވާތީ، އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމަށް ފައްޔާޒްއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.

މަލީހްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ މެންބަރުން ފާސްކޮށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ސިޓީއެއް ފޮނުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލިހަށް ހުށަހެޅި ލިޔުމުގައި ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީން ހަދަން ޖެހޭ އެއްވެސް ގަވައިދެއް މަލީހު މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް ހަދާފައިނުވާ ކަން ސާފުކޮށް އެނގޭ ކަމަށެވެ.

މި ގާނޫން ހެދުމަށް ލާޒިމް ކުރާ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމަ އަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކަކަށްވެފައި އެ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަން ކަށަވަރުވާ ކަމަށް ވެސް މަލީހާ ދެކޮޅަށް ހުށަހެޅި މައްސަލައިގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލެކްސް

    ހުރިހާތަނަކަށްވެސް ފައްޔާޒް ބްރޯ އުތަ؟

  2. ހަނާ

    ބްރޯ ސާބަހޭ

    4
    1
  3. ސާމިޔާ

    ކެބިނެޓުގަހި މެނުނު އެން މެރީތި އަދި
    އެން މެލޯބި މިނިސްޓަރު ވަކިކުރިކުރުން ކުށްވެރިކުރަން!! މަލީހުއަށް އުފާވެރި ދުވަސްތަކަކަށްއެދެން!! އެ މްޑީޕީއަށް
    ނާކާ މިޔާބީއަށްއެދި ދުޢާކުރަން !!

  4. ޅަބޭ

    މިފައްޔާޒަކީ ކެނެރީގޭ ނަޝީދައް ހަމައެކަނި ނުކުޅެވުނު މީހާ.

  5. އަމީރާ

    އަނެއްކާ އަނެއްކަން! ދެން ފެންނާނީ ތިކަލޭގެ އިގްތިސާދޭ ކިޔާފަ އިންޓަނެޓް އުއްވާލި ތަން! ޖަޒީރާވަންތަ މިބޮޑު ވަބާއިން ގައުމު ސަލާމަތް ކުރައްވާށި! ދެންވެސް އެޖެންޑާ ނުވަތަ ކޮވިޑް 19 އަށް ވޯޓު ދޭތި!

  6. އަހުމަދު

    ތިއޮތީ ރައީސް ނަޝީދަށް ގޮންޖަހާފަ

  7. ޒޫމާ

    އާމިނިސްޓަކަށްލަނީ އަކްރަމް ކަމާލުއްދީން މުލުވަގު؟
    މުހައްމަދު ސަލީމް ރާއްޖެޓީވީ ދޮގުހަދާ މެޝިން
    މައުމޫން ދަންނަކަލޭފާނު
    ގާސިމްގެ ރާނިޔާ
    ހަސަން ބަނޑޭ ރޭޕިސްޓު
    ނާޒު ރާއްޖެޓީވީ
    ސްޓެޓިކް އިސްމާއިލް
    މާލިމީ ގޭރައިޓްސް

    • ކޮތަރު

      މިކޮމެންޓުން އެކައްޗެއްވެސްނޭގުނު ؟
      އިއްޔެއިން ފެށިގެން އަހަރެމެން ފަހާ އިންޓަނެޓްދުވާތީ ހީވަނީއެހެން ފަދަކަމެއްހެން
      .... މިދިޔަމަހު ފޯނުބިލަށްއެރީ ދެހާސް ރު ފިޔާ .. ދޫދޫމަތިންބުނާއަޑުއިވެނީ މާރިޗްމަހުން ފެށިގެން ފޯނުބިލުދައްކަން ނުވެސްޖެހޭނެއޯ .. ޝުކުރިއްޔާ އައުވާނުންނަށް !! އިންޓަނެޓް ފުރީ ދެން ވޯޓުވެސް ފުރީ ..

  8. ތުރިޕުލްއެލް

    އިއްޔެ 1:45 ފެށިގެންއިންޓަނެޓް ސުޕީޑް ވަރައް ފާސްޓްވެއްޖެ އިބޫސޯލިހު އެންޑް ނުއަތު ބުރުމާއައް ވަރައްވެދުން

    4
    1
  9. ސާބަހޭބުރޯ

    ޔަގީން އައްނިއަކައް ބުރޯއަކާނުކުޅެވޭނެކަން ކުޅެފިއްޔާ ސައިޒައް ކަނޑާލާނެ ސާބަސް ބުރޯ

  10. ޞަފޫ

    ކައިދައްކާލާތި އަތުޖެހުނުވަގުތު!