މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 2.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ސިމްބޮލިކް ރެކޯޑްސްގެ މަޝްހޫރު ރެޕް ލަވަކިއުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)'ގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދައިފައެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ޕެސްޓް ހިމެނޭހެން ފަސް މީހުންނެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު މިއަދަށް ހަމަވާއިރު، މިއަދު ކްރިމިނަލް ކޯޓުން ވަނީ އެ އެންމެންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައެވެ/

އެގޮތުން ޕެސްޓާއި އަހުމަދު ހުޝާމް އަދި މުހައްމަދު ސުއައިދުގެ ބަންދަށް ޖެހީ 10 ދުވަހެވެ. އަދި އަހުމަދު ޝަމޫން އާއި އަބްދުﷲ ސާޖިއުގެ ބަންދަށް ޖަހާފައި ވަނީ ފަސް ދުވަހެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި އެންމެން ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ޕެސްޓް އާންމުންނަށް މަޝްހޫރުވެފައި ވަނީ "ރީތި ކުދިން" މި ލަވައިންނެވެ. އޭގެ ފަހުން އޭނާ ކިޔާފައިވާ އެތައް ލަވައެއް ޒުވާނުންގެ މެދުގައި މަގުބޫލުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލާދީނީ އަންނި

    ޕެސްޓު ހާސްނުވޭ މިނިވަން ކޮށްދޭނަން.

    4
    5
  2. ޕުޗުސް

    އަޗަ ޕަކަ ޓަކަޕަކަ ކޯވަރެއް

    2
    1
  3. ޑިމް

    ކިތައްމެ ކުޅަދާނަ އާޓިސްޓަކަސް މި ރާއްޖޭގަ އަގު ވަޒަން ނުކުރަންޏާ ޑިޕްރެސް ވެގެން ލާރި ހަދަން ނުބައި ގޯޅި އަޅާނެ!

    7
    6
  4. އަލިދީދީ

    އަދިވެސް ގަބޫލެއް ނުކުރާނެ ލަވަޔާއި މިޔުޒި އަކީ މަސްތުވާތަކެތި ލާމެހި ގުޅިފައިވާ ތަކެތި ކަން..
    އެހެން ވީމަ އެކަންކަމާ ދުރު ހެލި ވާންވީ ވެސް..
    އިސްލާމް ދީނުގައި ކަނޑައެޅިގެންވާ ހަރާމް ތަކެތި

    6
    5
  5. ރަދީފް

    ޕެސްޓް ކޮބާ ތައް ރިވެތިން ވީ.ހެހެހެހެހެެ