އަންނަ އޭޕްރީލް 10 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ 135 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އެދިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ވޯޓު ފޮށި ބަހައްޓަން ބޭނުންވެގެން 135 ރިސޯޓަކުން އެދިފައިވާ ކަމަށެވެ.

އީސީން ވަނީ މި އިންތިހާބުގައި ޖުމްލަ 735 ވޯޓު ފޮށި ބަހައްޓަން ނިންމާފައެވެ.

ޝަރީފް މީގެ ކުރިން ވިދާޅުވީ ވޯޓު ފޮށީގެ އަދަދު ގިނަވެފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ގުޅިގެން ކަމަށެވެ. މީގެކުރިން އީސީން ބަހައްޓަން ނިންމީ 532 ފޮއްޓެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި އިންތިހާބު ފަސްކުރަން ޖެހުނީ ވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ފުރަބަންދުކުރުމާ ގުޅިގެންނެވެ. ދެން މި އަހަރުގެ މާޗު މަހު އިންތިޚާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަނީސް އިންތިޚާބު ނުބޭއްވޭ ގޮތަށް އިންތިޚާބުގެ ވަގުތީ ގާނޫނު އޮތުމުން އެ ތާރީޚަށް ވެސް އިންތިޚާބު ނުބޭއްވެއެވެ. ސިއްހީ ކުއްލި ހާލަތުގައި ވެސް އިންތިޚާބު ބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހު ކުރުމުން މިހާރު ނިންމާފައި އޮތީ އޭޕްރީލް 10 ގައި އިންތިޚާބު ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަނާޒާ

    އިސީ ސަރީފަކީ މި ޤައުމަށާއި ޕީޕީއެމްއަށާއި ރައީސް ޔާމީނަށް އެންމެ ޢައްދާރުވި މީހާ! މީނަ މީ ނުބައި އިންސާނެއް! 135 ރަށޭ މީނަ ބުނެފިއްޔާ ހަދާނީ މަކަރު! ކަންނިމޭއިރު 150 ރަށުގައި ވެސް ބަހައްޓާނެ ވޯޓްފޮށި!

  2. ރިސޯޓް ބޯއީސް

    1000 ފޮށި ބެހެއްޓިއަސް މޑޕ އަކަށް ވޯޓެއް ނުދޭނަން. ރިސޯޓް މުވައްޒަފުންގެ ހައްގުތައްވަނީ ސަރުކާރުން ފޭރިގަނެފަ. ތިޔަތިބީ އަހަރުމެންނަށް އަނިޔާވެރިވެފަ. ކަލޭމެނައް ހަލާކު ހުރި. މިއަނިޔާވެރިންގެ ކިބައިން އަޅަމެން ސަލާމައްކުރަށްވާންދޭވެ.އާމީން

  3. ކޮރަލް

    ތަންތަން ބަންދު ކޮށް މަގު މައްޗަށް ނިކުތުން މަނާ ކުރާ އިރު ވެސް މަގުތައް ފުރާ ލާ ވޯޓް ލާން މީހުން ނެރެން މަސައްކަތް ކުރަނީ އެވެ.