ޑރ.މުހައްމަދު އިޔާޒްމެންގެ މަސައްކަތް މަސައްކަތް ޖާހިލިއްޔަ ޒަމާނުގައި އަބޫ ޖަހުލުމެން ކުރަމުންދިޔަ މަސައްކަތާ ވަރަށް ގާތްކަމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް އައްޝައިހް ހުސެން ރަޝީދު އަހުމަދު ވިދާޅުވެއްޖެއެވެ.
ހުސެން ރަޝީދު މިހެން ވިދާޅުވީ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކޮށް ތިބުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އެންގުމުން އެކަމާއި ދެކޮޅަށް އިޔާޒް ވައިބާ ގްރޫޕެއްގައި ދައްކަވާފައިވާ ވާހަކަތަކަށް އިޝާރާތްކޮށެވެ.
ވައިބާ ގްރޫޕްގައި އިޔާޒް ވިދާޅުވެފައި ވަނީ ގައިދިރުކޮށް ސަފު ހެދުމަށް އެއްވެސް އިމާމަކު ބާރު ނޭޅުމަށް ނަސޭހަތްތެރިވާ ކަމަށެވެ. ވައިބާ ގްރޫޕްގެ ސްކްރީން ޝޮޓާއިއެކު ޝައިހް ހުސެން ރަޝީދު ވިދާޅުވީ ނަމާދު ކުރާއިރު ކޮރޯނާގެ ޙާލަތުގައި ނަމާދަށް ދާމީހުން ދުރުދުރުގައި ނުބޭތިއްބުމަށް ޢިޔާޒު "މުދިމުންނަށް އިންޒާރު ޖައްސަވަމުން، ޤައުމުގައި ފިތުނަ ފަސާދަ އުފައްދަވަމުން އެބަ ގެންދަވާ." ކަމަށެވެ.
"މިބޭފުޅުންގެ މިމަސައްކަތް ޖާހިލިއްޔަ ޒަމާނުގައި އަބޫ ޖަހުލުމެން ކުރަމުންދިޔަ މަސައްކަތާ ވަރަށް ގާތެވެ. ތަފާތަކީ މިބޭފުޅުން އިސްލާމް ދީނުގެ ނަމުގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް މިބޭފުޅުންގެ ޢަމަލުތައް ހިންގަވަމުން ދިއުމެވެ. އަޅުގެ ވެރި ރަސްކަލާކޮ! ރާއްޖޭގައި އުފެދިފައިވާ ދީނީ ހަރުކަށި ގޮތްތަކުން ދިވެހިން މިންޖު ކުރަށްވާނދޭވެ! އަދި މިފަދަ ހަރުކަށި ފިކުރުގެ މީހުންނަށް ހެޔޮ ވިސްނުން ދައްކަވާނދޭވެ!" ޝައިހް ހުސެން ރަޝީދު ފޭސްބުކްގައި ލިޔުއްވާފައި ވެއެވެ.
ޝައިހް ހުސެން ރަޝީދު ވިދާޅުވީ "މިމީހުން ތިމާމެންގެ ނުބައި ހަރުކަށި ފިކުރު ނިސްބަތް މިކުރަނީ ﷲއާއި އެއިލާހުގެ ރަސޫލާގެ އަމުރުފުޅަށް" ކަމަށެވެ.
ކޮވިޑް-19 ފެތުރެން ފެށުމުން އިސްލާމީ އެންމެ ބޮޑު ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، މިސްރު، އިންޑޮނޭޝިއާ ފަދަ ގައުމުތަކުގައި ވެސް ނަމާދު ކުރަމުން އަންނަނީ ގައިދުރުކަން ބަހައްޓައިގެން ސަފުތައް ހަދައިގެންނެވެ. ނަމަވެސް ރާއްޖޭގައި މިގޮތައް އަމަލުކުރުމަށް އިޔާޒް އާއި ޝައިހް އަލީ ޒައިދު ފަދަ އިލްމުވެރިން ވަނީ ދެކޮޅު ހައްދަވާފައެވެ. ރާއްޖޭގެ އެންމެ މަޝްހޫރު އިލްމުވެރިން ކަމަށްވާ ރައީސް މައުމޫނާޢި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފަދަ ބޭފުޅުން ވަނީ ގައިދުރުކޮށް ތިބެ ސަފު ހަދައިގެން ނަމާދު ކުރުމަށް ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ.
ޙުސައިން ރަޝީދަކީ އިޔާޒަށްވުރެ މާނުބައި މީހެއް.
ކާކުގެ މަސައްކަތްތޯ އަބޫޖަހުލުގެ މަސައްކަތާއި ގާތީ ފެނިގެންދާނެ އާޚިރަތްދުވަހުން.
އިޔާޒް ގަބޫލުކުރާގޮތުގައި އިޖްމާއަކީ ވާއެއްޗެއްނޫން ނަމަވެސް މޮބައިލްފޯނު ބޭނުންކުރަންވީމަ އިޖުމާއަށް ތަބާވުން މިއީ ހެޔޮގޮތެއްނޫން. ޙުސަން ބުންޏަސް ތިއީ ތެދު. ޙާލަތާއެއްގޮތަށް ކަންކަން ބަދަލުވެގެން ނުދާނަމަ އެއީ މަގުފުރެދުމެއް. ބަލިތަކުން ރައްކާތެރި ވުމާއި ސަބަބު ތަކުގައި ހިފުމަށް އިސްލާމްދީން ބާރުއަޅާ. ތެދެއް މިހާ ހަރުކަށި ސޭހުން ތިބުމުން ހިތްތައް ފަތަހަވުމުގެ ބަދަލުގަ ގާވާނީ. މިރާއްޖޭގަ އުތެމަފަދަ އިބުލީސްވތައް އުފެދެނީ މިފަދަ މީހުނާހެދި ސަލާމަތްނުވެގެން
އިޔާޒު މިފަހަރު ރަގަޅު. ކޮރީނާ އަކީ ހުސަން ރަޝީދު ބުނާހެން ފެތުރޭ އެއްޗެއްނޫން. ސަރުކާރުގެ ވެރިން ބެއްދިޔަސް ކޮރޯނާ ނުފެތުރޭ. މިސްކިތުން އެކަނި ކޮރޯނާ ފެތުރެނީ އަޖައިބެއް. ހީވާކަހަލަ މަގުމަތިން ހިފަހައްޓާ ޓެސްޓުކުރާ އެއްމެނީ ޖަމާއަތައް ނަމާދައްދާ މީހުނޭ
ޢެއީ އަބޫޖަހުލަށްވުރެ ނުބައި މީހެއް ތި ރަޝީދަކީ
ތިޔަ ދެމީހުނަ ކީވެސް އޭގެ ދޭތި ތަފާތު ތަން ކޮޅަ ކީ އެ ކަތި ބިޔަވެފަ ވަރުގަދަ ކަން އަނެ ކަތި ކުޑަވެފަ އަނަރޫފަ ކަން
އޭ ބޯގޯސް.. ގުރާދޫއަށްދޭބަލަ..
ޝޭޚު ހުސެއިން ރަޝީދަކީ ކުރިން އަހަރެން ވަރަށް ރުޅި އަންނަ ދީނީ މީހެއް. ޢެކަމަކު އެބޭފުޅާއަށް މިހާރު ސަޕޯޓު ކުރަން ފަށައިފިން . ކުރިން ފަތުވާ ދެއްވި ކްރިސްމަސް ތަހުނިޔާ ކިޔުމަކީ މައްސަލައެއްނޫނޭ. ޝޭޚު ރަޝީދަކީ މިހާރު އުސްތާޒް މައުމޫން ފަދަ މެދުމިނުގެ ދީނީ އިލްމުވެރިއެއް. އަދިވެސް އިތުރު އިނާޔަތްތައް އެބޭފުޅާއަށް ދިނުމަށް މިސަރުކާރައް ގޮވާލަން. ޢިޔާޒު އެއުޅެނީ އޭނަ ބައްޕަ ކަޅުބެ އަބުދުއްލަތީފު ރާއްޖޭގައި ދީނީ މަސްލަހަތު ނަގާލަން އުޅުނުގޮތައް.
އެއީ ލާދީނީ ފިކުރަށް އޭނާ ތަބާވާތީ.
ކަލޭ ބޭނުންވާ ވައްތަރުގެ ފަތުވާ ދެންޏާ ރަގަޅުވީ؟
އަޔާޒަކީ ފަހު ޒަމާނުގެ ރޯނު އެދުރެއްބާ!
މަޖިލީހުގަ ގައިދުރުނުކޮށް ޕާޓީބޭއްވީމަ މިސްކިތުގަ ގައިދުރުކުރުމާ ދެކޮޅު ތަނެއްގަ ބަޔަކު އޮރިޔާމުން އުޅޭނަމަ މިސްކިތުގައި އައުރަ ނިވާކުރުމާ ދެކޮޅު ތިތިބީ ރަނގަޅަށް އިލްމު ކިޔަވައިގެން
ޤްރްޢާންގަ އޮތްގޮތާ ގާތީ އިޔާޒްގެ ބަސް...
ކޮރޯނާ ވައިރަސް އަކީ މިސްކިތުގެ ޖަމާއަތަށް ބަދަލެއް ގެންނަން ޖެހޭ ހޭ ނުރައްކާތެރި ބައްޔެއް ކަމަކަށް ފެންނަމުންދާ ހަގީގީ މަންޒަރުން ސާބިތެއް ނުވޭ...ބަޔަކު އަޑުނަގާފަ ނުރައްކާތެރިޔޭބުންޏަސް އެބަލީގެ ނުރައްކަލެއް އެބުނާހާއެއް ނުވޭ...ދުނިޔޭގެ އެބަތިބި މިލިއަނުން މީހުން އުޅޭ ގައުމުތައް ކޮރޯނާވައިރަސް އޮވެމެ މިކަހަލަ އެއްވެސް ފިޔަވަޅެއްނާޅާ ގައުމުތައް...ނުރައްކާތެރިނަމަ އެތަންތަނުގައި ތިބުނާ ނުރައްކާތެރިކަން ހާމަވެގެން ނުދަނީ ކީއްވެބާ...ކުޑަމިނުން އެކަކުވެސް މާސްކުވެސްްނާޅާ އުޅެނީ..މިއަށްވިރެ މާބޮޑަށްވެސް ބައިބޯއެތަންތާ...ޔަހޫދީން ޖަހާހާބެރަކަށް ނަށާކަށް ނުޖެހޭ...އެމީހުންގެ ދަށުވާކަށްނުޖެހޭ...
ކޮވިޑާ ގުޅިގެން ހުރިހާ ގައުމެއްގައިވެސް އަމަލުކުރަމުން އަންނަނީ ދުނިޔޭ ސިއްހަތު ޖަމިއްޔާ އާ އަދި އެގައުމެއްގެ ސިއްހީ ޓެކްނިކަލް މީހުން ހިމެނޭ އިދާރާއަކުން ދައްކާވާހަކަ މިކަމާ ގޮތް ކިޔަން އިޔާޒު އެއީ ކާކު
އެމެރިކާގަ ކޮންމިސްކިތެއްގަ ޖަމާއަތުގަ ނަމާދުކުރާތީތަ ކޮރޯނާބަލީގަ އެއްވަނައިގަ އުޅެނީ. މިމީހުން މިސްކިތާ ހިތާވެގެން މިއުޅެނި . މިސްކިތުންނެއް ނޫނޭ ބަލިޖެހެނީ. މީހާ ހިސާބަށްތުރެ ނުތާހިރުވީމަ ވާގޮތް.
ކަލޭތިޔައީ އަބޫޖަހުލައްވުރެ 10 ގުނަ ނުބައި ނުލަފާމީހެއް.
ކަލޭ ބިރު ގަންނަނީވެސް އަދި ލަދުގަންނަނީވެސް މިނިކަމެތި އިންސާނުންނަށާއި ކަލޭގެ އެކުވެރިޔާއައް. މައުމޫނުވެރިކަމުގަ ކަލޭ މިސްކިތުގަ އަހަރެމެން އެއްކޮއްފަ ދެއްކިވާހަކަ މިއަދުވެސް ހަދާން އެބަހުރި. ލަދެއްނުގަނޭތަ؟ އަހަރެމެން ބިރުގަންނަނީވެސް އަދި ލަދުގަންނަނީވެސް ﷲ އައް.
ކަލޭތިޔައީ އަބޫޖަހުލައްވުރެ 10 ގުނަ ނުބައި ނުލަފާމީހެއް.
ކަލޭ ބިރު ގަންނަނީވެސް އަދި ލަދުގަންނަނީވެސް މިނިކަމެތި އިންސާނުންނަށާއި ކަލޭގެ އެކުވެރިޔާއައް. މައުމޫނުވެރިކަމުގަ ކަލޭ މިސްކިތުގަ އަހަރެމެން އެއްކޮއްފަ ދެއްކިވާހަކަ މިއަދުވެސް ހަދާން އެބަހުރި. ލަދެއްނުގަނޭތަ؟ އަހަރެމެން ބިރުގަންނަނީވެސް އަދި ލަދުގަންނަނީވެސް ﷲ އައް.
އަބޫޖަހުލުލައްވައި ޚަދީސްފޮތްނެރެ ދީނަށްފުރައްސާރަކުރާމީހަކަށްވުރެނުބައީކާކުތޯ ދުވަހަކުވެސްދީނަށްފުރައްސާރަކުރާބަޔަކަށްރައްދުނުދީ ދީނަށްބަސްބުނާމީހުންފަހަތުންދުވަނީއުބައްޔުބުނިސަލޫލްހެދިގެން. މިކަހަލަމުނާފިޤުންގެނުބައިކަމުން މިގައުމާއި އިސްލާމުން ސަލާމަތްކުރައްވާޝި
ހުސެން ރަސީދު ބަލިމަޑު ރަސޫލުންގެ ޒަމާނުގަ ބޮޑެތި ބަލިތައް އުޅުނުއިރު ނަމާދު ކުރިގޮތް ކިޔާދީފަ ތިކިޔާ އެއްޗެއް ބުނިނަމަ ވަރައް ފުރިހަމވީސް. ބަލިމަޑު ކަމެއް ހިގާދާއިރު ދީނުގަ އަންގަވާފައިވާ ގޮތެއްއޮންނާނެ ހެންހީވަނީ. ބޭފުޅާ ވެސް ތިއެއްޗެއް ކިޔަނީ ވިސްނާނުލާ. ދީނުގަ އޮންނަނީ ޖެހިޖެހިގެން މީހުންތިބެ ނަމާދައް ސަފުހަދަން. ދެންވެސް ކިޔާދީ ބޭފުޅާއަށް އިގެފައިވާ އެއްޗެއް ބަލިމަޑު ކަމެއްގަ ސަފުހަދަން ނަމާދުކުރަން އޮންނަ އުސޫލު. ޔަގީން ކަމަކީ ނަމާދަކީ ފަރުލެއްކަން އަދި މިސްކިތައް ނަމާދައް ފިރުކިފަވެސް ދާންޖެހޭކަން. މިކަން ބޭފުޅާއަށްވެސް ދޮގެއް ނުކުރެވޭނެ ބުރޯ
ގުދޯ ގުދޯ ނުގޮވާ، އަބޫޖަހުލަށް ދޫކުރާނެ އެކަކުވެސް ތިތާކުނެތް
އެބަ ރަނފަޅުވޭ.
ޙުސެއިން ރަޝީދަކީ ބީތާއެއް. ޢިސްލާމްދީން އެންގިހުރެ އަމިއްލަނަފްސް އޭދޭހާ ކަމެއް ކުރަމުން ދާ މީހެއް.
ގައިދުރުކޮް ހަ، މައެކަނި ނަ މާދުކު؟ރީ މަ ބަލި ންރަކާތެރިއެތް ނުވާނެ ސަރުކާރުގެ ބޮޑުން ޕަޓީތަށްބަވަނީގައިދުރުނުކޮށް މ ޖި މަޖިލީސް މެންބަރުންޕަޓީތަށްބަވަނި ެ އެތްބަޔަކު ގައިދުރުކޮށް ނި މާދު ކުރިޔަސް މިކަ މުން ސަލާ މަތެށްނުވާނެ މިސަރުކާރު އޮވެގެން
ހުސައިން ރަޝީދު ބަލަ ދިވެހި ރާއްޖެޔަކު ހަޤީގީ ކޮރޯނާއެއް ނެތޭ މިތާ އޮތީ ސިޔާސީ ކޮރޯނާ ކިޔާ އެއްޗެއް އެޗްޕީއޭގައި ތިބި ސިޔާސީ ވިޔަފާރި ވެރިން އަބުރާ ގޭސް ގަޑެއް ޑަބުލިއުއެޗްއޯ އަޑީގައި ތިބި ޔަހޫދީން ގުޅިގެން !
ޢިޔާޒަކީ ވަރަށް އަނިޔާވެރިމީހެއް. މިފަދަ އަނިޔާވެރި ފިތުނަވެރިންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށި! އާމީން.
ހުސެން ކޮބާތަ ދީނައް ފުރައްސާރަ ކުރާއިރު. އަބޫ ޖަހުލު އޮޅިއްޖެ މަށައް މިހާރު.
ހުސެންރަސިދަކި އަބުޖަހުލުގެ އަ މަލުތަކާއެ މެގާއިކުރާ މިހާއަދި ރަޖޭގެ އަބޫޖަހުލަ އެ؛ން މެސަޕޯޓްކުރާ މިހަ
ޙުސައިން ރަޝީދު އަޙްމަދު ގެ ތިޔަ ވާހަކަ އިޔާޒު ގެ ޢަމަލުތަކާ ވަރަށް ގުޅޭ. ދެން އެންމެ އަވަހަށް ފެންނާނީ އައްޓަމަހެއް އެންގަޑާ އަޅައިގަންނަހެން އިޔާޒު ޙުސައިން ރަޝީދާ އަޅައިގަނެގެން އުޅޭތަން.
ހުސައިން ރަޝީދު މާރަގަޅު ނުންތޯ އިސްތިސްޤާ ނަމާދުކުރުމަށް ދެންނެވިއްޔާ، ގައިދުރު ކުރުމަށްވުރެން ތިޔަ ގައިދުރު ކުރާތާ އަހަރުވަނީ ކޮންކަމެއްތޯ ހާސިލްވީ !
އަސްލުވެސް ވެކްސިން ކަންތަކާ ނޫޅޭ ތިބުނި ނަމާދެއް ކުރިނަމަ އޮންނާނީ ތިކަން މިހާރު ނިމިފަ ހަމައެކަނި ކާފަރުންގެ ތެރޭގަ ދެން ކޮވިޑް ފެތުރޭނީ އެއީ ނަމާދު ނުކުރާމީހުން
މީނަގެ އަމިއްލަ ސިފަ އެހެންމީހުނަށް މިގޮވަނީ ހުސެއިން މީ އެމްޑީޕީ އިން ރާވާ ކުޅިގަޑު ދީނުގެ ނަމުގަ ހިމާޔަށް ކުރުމަށް އަންނިމެން ބަހައްޓާފަ ހުންނަ އެޖެންޓެއް
ދެ މީހުންނަކީވެސް އެއްކަހަލަ ދެމީހުން. އަބޫޖަހުލަށް ގޮވި މީހާއަކީ ޤާނޫނުގެ ކިބައިގައި ހުރި ސިފަތައް ބަރާބަރަށް ހުރި މީހެއް. އަނެއް މީހާގެ ހުރި ސިފަ ރަނގަޅަށް ތިޔަ ބުނެދިނީ. އެކަކު އަނެކަކުގެ ދުލުން އަނެކަކުގެ ހުރި ސިފަ ރަނގަޅަށް ބަޔާންކުރަމުން ބޭޒާރުވަމުން ދިއުމަކީ ދުރުތިބީންނަށް ހުރި މަންފާއެއް އަދި އިބްރަތެއް. ދީނީ އިލްމުވެރިންގެ ހެދުންއަޅައިގެން އުޅޭ ދުލުގައި ހަޑިހުތުރުކަން ހުރި ބަޔަކު ރައްޔިތުންނަށް މި ފެންނަނީ.
ކޮން އިރަކުން ތޯ މަސައްކަތް ( ތިބާގެ އަތް މައްޗަށް ލައިގެން ހުރީ ހިތާމައިގެ މިދަނޑިވަޅުގައި ވަރަށް ގިނައިން އުޅޭ ވައްތަރެވެ ވަރަށް ބޮޑަށް ޝުކުރިއްޔާ ހިތުގެ ބަލިތައް ޖެހުމުން ލޭނާރު ފަޅައިގެންދާ މަންޒަރު ފެންނަ ވީޑިއޯ އާންމުކޮށްފި އެވެ
ދިވެހި އެންމެހާ މުސްލިމު އަޚުންނަށް ގޮވާލަނީ ހުސައިން ރަޝީދަށް ހެޔޮވިސްނުން ދެއްވައި މާއްދިއްޔަތަށް ވުރެ ފަހުން އަންނާން އޮތް ދުވަހާއި މެދު ބިރުވެތިވާ އަޅެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރުމަށް.
އިމާމުން ގޮވަން ޖެހެނީ ނަމާދަށް އަންނާށޭ. ސަފުސީދާކުރާށޭ، ގާތްގާތުގައި ސަފުހަދާށޭ. ސަފަކަށްފަހު ސަފެއް ފުރަމުން ދާށޭ. އެކަމަކު، ގާތްގާތުގައި ސަފުހަދާށޭ ބުނުން، މި ހާލަތުގައި އިމާމަށް ދޫކޮށްލެވިދާނެ. ދެން މައުމޫމުންގެ ތެރެއިން ބޭނުންވާ ބަޔަކު ގައިދުރުކޮށް ތިބޭނީ.
ހުސެން ރަސީދަކީ އަންނި ބުނި ކޮއްމެ ބަހެއް އެއީ ރަނގަޅު ބަހަކަށް ހަދައި އޭނަ ތަރުޖަމާ ކުރާ ފޮތް ތައް ވެސް އަންނި ޕުރޮމޯޓް ކުރަމަށް އަންނި ލައްވާ ނެރެދީ އުޅޭ މީހެއް. ދީނީ އިލްމުވެރިޔަކު މަސައްކަތް ކުރާ ގޮތަކީ އަބޫޖަހަލު ކުރާ މަސައްކަތަކާ އެއްގޮތް ކުރި އިރު ދީނަށް ފާޅުގައި ފުރައްސާރަ ކޮށް ވާހަކަ ދައްކާ އަންނި ރަނގަޅު ކުރި ޝެއިހެއް މިނޫނީ ނުހުން ނާނެ. ހުސެން ބޭނުން ވަނީ އަންނި ރުއްސައިގެން މަތީ މަގާމު ގައި ހުންނަން ކަމަށް ވާނަމަ އަބޫ ޖަހަލުގެ މަސައްކަތާ އެއްގޮތް ވަނީ ޑރ އިޔާޒު ތޯ ނުވަތަ މަގާމުގެ ދަހިވެތި ކަމުގަ އުޅޭ ހުސެން ތޯ؟ ފިތުނަ ފަސާދަ މިތާ އުފައްދަން މަސައްކަތް ކުރަނީ ޑރ އިޔާޒް ތޯ ނުވަތަ ހުސެން ތޯ؟ ބަލަ ހުސޭނާ....... ކަލޭގެ އަނގަ މައިތިރި ކޮއްފަ މަޑުމަޑުން ހުރެވޭތޯ ބަލާބަލަ! ޑރ އިޔާޒު އާއި ކަލެޔާ ޢިލްމީ ގޮތުން ނާއި އަޚްލާގީ ގޮތުން ވެސް ވަރަށް ތަފާތު. ވީމާ ހުސެން އަނގަ މަޑުން ލައިގެން ހުރުމަށް ނަސޭހަތް ތެރި ވަން.
ޝައްކެއްނެ އެއްވެސް މައްސަލައެއްނޫން މިހާލަތުގައި ގައިދުރުކަންބަހައްޓާގެން ނަ މާދުކުރުން
އެކަ މަކު މިއުޅޭ ހުސެއިނާއި މައު މޫނާއި އައްނިއާއި މ މި މީހުންގެ ކަންތައްތައް މިހުންނަނީ ހަރުބީ ބޮޑެތިކާފަރުންގެ ކައްތައްތައް ހުންނަގޮތައް
ދެރަކަ މެއްދެއްތޯ.
ހުސައން ރަޝިދަކީ ޖާހިލެއް އިޔާޒަކީ އެކްސްޓްރިމިސްޓެއް! ދެކޮޅަށް ހުސްވެފެއިތިބި ދެ މީހުން!
ބަލި މަޑުކަމާއި ތަދު މަޑުކަން ދިމާވީމަ ޝަރުޢު ކުރައްވާފައި ވަނީ އިސްތިސްގާ ނަމާދު ކުރުމަށް ތޯ ނުވަތަ ގައިދުރުކުރަން އެކަނި ތޯ ؟
މިހެން މިބުނީ އަސްލު ދިވެހި އަބޫޖަހުލު
ސަހީހު ބުޙާރީ އޮއްވާ ސަހީހު މުސްލިމް ތަރުޖަމާކުރުމުގައިވެސް ވާނެ ހިކުމަތެއް. އެއީ ލާދީނީ މީހުން ބޭނުންވާ ކަހަލަ ތަންތަންކޮޅު ނަގާ އެއަށް ދަމަން.
ތިޔަ ޙުސެން ރަޝީދުގެ ޢަމަލުތައް މަށަށް އެންމެ ވައްތަރުވަނީ ޢަބުދުﷲ ބުން އުބައްޔު ބުން ސަލޫލް ގެ ޢަމަލުތަކާ!
ހުސެން ރަޝީދަކީ އަބޫޖަހުލު ރަސޫލާއަށް ފުރައްސާރަ ކުރިގޮތަށް ފުރައްސާރަ ކުރި މީހެއްގެ ދިފާއުގައި އެއްމެފުރަތަމަ ބަސްބުނި މީހާ.
ކަލޭތިއީ ދެއަނގައިން ވާހަކަދައްކާ ބަހްލޫގެއް
ވަރަށް ސާފު . އަބޫޖަހުލުގެ މަަސައްކަތާއި ހުސެއިންރަޝީދުގެ މަސައްކަތާއި ކުޑަތަފާތެއްއުޅެނީ. ކޮރޯނާ އިސްތޮހާރުކުރާ ޔަހޫދީއެޖެއްޓެއް.
ޖަންގަލީގެ އުސޫލާ އެއްގޮތަށް އެކަތި އަނެކަތި ހަފާކެއުން ރަނގަޅެއްނޫން... ބަޔަކު ގައިދުރުކޮށް ކަންކަން ނުކުރަނިއްޔޭ ކިޔާފަ މިސްކިތުގަ ގައިދުރު ނުކުރުން ރަނގަޅެއްނޫން. މައްކާގެ ދެހަރަމްގަވެސް ނަމާދު ކުރަނީ ގައިދުރުކޮށް. އިޔާޒް މެން ތަބާވަނީ އެހެން އިސްލާމް ދީނަކަށްތަ؟ ނުވަތަ ދުނިޏޭގަ ތިބި އިލްމުވެރިންނަށް ނުއެގޭ އިލްމެއް ލިބިގެން ވަނީތަ؟
ކަލޭމެނާ ކަލޭމެންގެ ނުބައިކަން ވަނީ ކަލޭމެނާ އެކީ . އަހަރުން ނަމާދު ކުރާނީ ގޭގަ . ތި ފިިތުނަ އަކަށް ނުވަންނާނަން.
ތިޔަ ޙުސެން ރަޝީދުގެ ޢަމަލުތައް މަށަށް އެންމެ ވައްތަރުވަނީ ޢަބުދުﷲ ބުން އުބައްޔު ބުން ސަލޫލް ގެ ޢަމަލުތަކާ
އިޔާޒު ކިޔާއެއްޗެއް ކިޔާލަ ކިޔާލަ ހުރޭ މިހާލަތުގަ ގައި ދުރުކޮއްވިޔަސް ކައިރިކޮއްވިޔަސް މިސްކިތަށް ގޮސް ނަމާދު ކުރާކަށް މަށެއް ބޭނުމެއްނޫން. އަހަރެން ނަމާދުކުރަނީ ގޭގަ. އަހަރެން މިސްކިތަށް ނުދާތީއޭ ބުނެ އަހަނާ ދިމާލަށް ކަލޭ ތީ ކާ ފަރެކޭވެސް ނުބުނެވޭނެ. ކަންކަމުގާ ހައްދު ފަހަނަ ނާޅާށެވެ ތިޔައީ ގޯހެކެވެ. އެއީ ކާފ ފަރެކެވެ މިއީ މިމީހުންގެ އާންމު ބަހެކެވެ. މިމީހުންނަށް މީހުން މުސްލިމްކޮށް ކާފ ފަރު ކުރެވޭހެއްޔެވެ
ހުސޭން ރަށީދަކީ ދައްކާވާހަލަ އަޑުއަހަން ނޫނީގަބޫލު ކުރްން ހެޔޮވާވަރުގެ މީހެނޫން އަހަރުމެން ގްބޫލެނުކުރަން ހަސެއިނުހެ ވާހަކަ
މީިނާ ފަތުވާ ދޭނީ ނަޝީދު އަންގާއެއްޗެއް އެންގި ގޮތަކަށް ވރށ ޖައްބާރު ގޮތްކުޑަމީހެއް މިއީ!
ތި ދެމީހުންކުރެ، ޖާހިލިއްޔަ ޒަމާނުގައި އަބޫ ޖަހުލުމެން ކުރަމުންދިޔަ މަސައްކަތާ ގުޅެނީ ކާކުކަމެއް ނޭގުނު، ތިބޭފުޅާ ތިހުންނެވީ ކީރިތި ރަޞޫލަ (ޞ) އަށް މަލާމާތްކޮށް ހަޖޫޖަހާ މީހުނަށް ތާއީދުކޮށް އެމީހުންގެ ފަހަތުގައި
ތި ދެމީހުންވެސް ކުރާ މަސައްކަތަކީ ފިތުނަ ފަސާދަ ދެން!!! މަ ދެކޭގޮތުގައި ކަލޭމެން ދެމީހުންވެސް ތައުބާވެ، ތެދުމަގަށް ނިކުންނަންޖެހޭ
ބައެއްމީހުންނަކީ ސިޔާސީ މީހުން ބޭނުންވާ ގޮތަށް ފަތުވާ ނެރޭމީހުން! މިފަހަކަށްއިސް މިކަހަލަ މީހުން ވަރަށް ގިނަ!
ގުދޯ ގުދޯ ނުގޮވާ ތިބެބަލަ. ދެމީހުންވެސް ތި ތިބީ ހަމަ އެއްް އޮޑިއެއްގަ ދުއްވަމުން ތިދަނީ ލާދީނީ ފިކުރު ކުރި އަރުވާ ކެއުޅާއެކު.ތި ދެމީހުން ވެސް ބަލަނީ އަމިއްލަ ޖީބު ބަރުކުރެވޭ ތޯ.އެ އީ ސޭޙުގެ ތާކިހާ އަޅައިގެން ތިބެ.
ސޭކުހުސެއިންރަޝީދު އަބޫޖަހުލުގޭގައި ގުޅެބޮޑުވީމައެގޭނެ
ތިމީހުން ކޮންދީނެއް ކިޔަވައިގެން ތިބިކަމަށްތަ މިދައުވާކުރަނީ ތީރޯނުއެދުރުން މަށަށްވެސް އެންގޭ ޤްރުއާން ކިޔަވަން ތަރުޖަމާވެސް އެންގޭ ދިވެހިބަހުން ނޫންބަސްބަހުން ލިޔެފަ ހުންނަފޮތްތައްވެސް އެންގޭކިޔަން ދެންމަވީ ދަންނަބޭކަލަކަށް ވެގެން މަބޭނުންވާގޮތަށް ފަތުވާދޭންފަށަން މިޒަމާނުގަ މަށަކަށް ހިޔެއްނުވޭ އެއްވެސްމީހަކަށް ވަހީއަންނަހެނެއް އެކިމީހުންލިޔެފަހުރި ފޮތްތައްކިޔައިގެން އޭގެން މިމީހުން ގޭސްގަނޑުމިއަންބުރަނީ މުހަންމަދު ޖަމީލްދީދީގެ ފޮތްތައް މަށަށްއެންމެ ރަންގަޅީ
ތިޔަ ފުންނާބު އުސް އިލްމުވެރިންތަށް އިސްނަގައިގެން އިސްލާމްދީނުގަ ހުރި އިޖާބަނުކޮށް ދޫކޮށް ނުލައްވާނެކަމަށް އައިސްފަ ހުރި ދުއާތަށް އެންމެން އެއްކޮށްގެން ކުރަންވެއްޖެއެއްނު އަހަރަކަށްވުރެ ގިނަދުވަސްވީ މިކަމެއްގަ އުޅޭތާ ހައްޖައްވެސް ދެވުނީކީއެއްނޫން އަނެއްކާ މިފަހަރުވާނެގޮތެއް ނޭނގޭ އެހެންކަމުން ދީނުގަ އައިސްފަހުރި އެފަދަ ޔަގީން ފަރުވާތަކުގަ ހިފުމުގަ އިޔާޒްވެސް އުޅެންވެއްޖެއެއްނު މިދީން ގަބޫލު ނުކުރާ މީހުންނަށް މިދީނުގަ ހުރި ތަފާތު ދައްކާލަންވެސް އެކަން ކުރަންވެއްޖެއެއްނު ހަމަ ވެކްސިނުން މިކަން ނިމޭނެދުވަހަކަށް ތިބެންވީތަ؟