ރާއްޖޭގައި ފެތުރިފައިވާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދައުލަތުން ކުރި ޚަރަދު ތިން ބިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އިކޮނޮމިކް ރެސްޕޮންސްގެ ދަށުން 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށެވެ. އެއީ 867.9 މިލިއަން ރުފިޔާއެވެ.
ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުން އަންނަ އިރު، ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައް ހުރީ 100 އަށް ވުރެ މަތީގައެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 180 އަށް އަރައިފައެވެ.
ޖެނުއަރީ މަހުން ފެށިގެން ފައްސިވާ މީހުންގެ އަދަދުތައް އިތުރުވާން ފެށިފަހުން، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ރާއްޖެ އިން މިހާތަނަށް 19،979 މީހަކު ކޮވިޑަށް ފައްސިވެ 62 މީހަކު ވަނީ ނިޔާވެފައެވެ.
މި ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 17،343 މީހުންނެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން ފަރުވާ ހޯދަނީ 2،567 މީހުންނެވެ.
އެއީ ވައްކަން ކުރި ބައިވެސް ލައިގެން
ކުރި ޙަރަދޭ!!!!!!ބަލަ ބަލަ ކުރި ވައަކަމޭ ލިޔެލުން މާރަނގަޅުވާނެ. އިންޝާﷲ މިބަލާވެރި ކަމުން ވެސް އަހަރެމެން ސަލާމަތް ކުރައްވާނެ.
ލާރިގަނޑު ކާލިވަރުތޯ ތިޔަ ވިދާޅުވީ؟
ތިޔައީ ދިވެހިންގެ ޚަޒާނާއިން އިބްރާހިމް މުޙައްމަދު ޞާލިޙާއި އޭނަގެ އައުވާނުންގެ ފައިކޭޓަށް އެޅި ޢަދަދު. ކޮވިޑު ވަގުން ކިޔަނީ ވަނަމަކަށްނޫނެވެ.
ކޮންޓުރޯލޭ؟ ހަހަހަހަ... ބަޔަކު މުއްސަނދި ވަނީ ކޮވިޑް އާއި ހެދި!
ނަތީޖާސުމެއް
3 ބިލިއަން! އެންމެ ! ހާދަ މަދޭ! ކޯއްޗެއްތި ނެގުނީ ޚަޒާނާއިން! ކަމަކުނުދޭ ! މާ މަދީ އަދި ނަގާ! ބޭނުމީ ރައްޔިތުން!