ރައްޔިތުންގެ މަޖިލިހުގައި "ރޯޔަލް ފެކްޝަން" ފަޟީހަތްވެއްޖެ ކަމަށް ވިދާޅުވެ، ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވެރިކަން ކުރާ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މަލީހުގެ ޓުވީޓުގައި، "ރޯޔަލް ފެކްޝަން" ކަމަށް ވިދާޅުވަނީ ކޮން ބަޔަކަށް ކަމެއް ސާފެއް ނުވެއެވެ. އެކަމަކު، ބެލެވޭ ގޮތުގައި މަލީހު އެ އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނަކާއި ނަޝީދުގެ ފެކްޝަނެއް މަޖިލިހުގައި އޮންނަ ކަމަށް މީގެކުރިން އަޑު ފެތުރިފައިވެއެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލިހަށް ވެއްދީ، ނަޝީދާ އެކީގައި އެންމެ އަރިސްކޮށް އުޅުއްވާ ބޭފުޅުންނެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލިހުން ފާސް ކުރީ 59 މެމްބަރުންގެ ވޯޓުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވިއެވެ. އެ ވޯޓު މަޖިލިހުގައި ނެގީ މަލީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ވެސް ނެރެފައި ވަނިކޮށެވެ.

މަޖިލިހުން އެ ނިންމުން، ނިންމުމާ ގުޅިގެން މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "މުޅި ޕްރޮސެސް ގާނޫނުއަސާސީއާ ހިލާފު" ކަމަށާއި އޭނާގެ މައްޗަށް އެމްޑީޕީން އެޅުވީ ދޮގު އިލްޒާމެއް ކަމަށެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އުޅުއްވަނީ ހެއްދެވި ފަރާތަށް ވެސް އޮޅުވާލަންތޯ މަލީހު ވަނީ ސުވާލު ކުރައްވައިފައެވެ.

"މަޖިލިހުގެ ރޯޔަލް ފެކްޝަނުން އިއްޔެ ފަޟީހަތްވެއްޖެ. ބޭނުންވީމަ ކޮށްލުން. އިއްޔެ ވޯޓު ނެގި ގަޑީގައި ވެސް މެމްބަރުންނަށް އޮޅުވާލި. ގޯސް ގޯސް، ކައްޗަށް އެޅި ބިންގާ،" މިނިސްޓަރު ކަމުން ވަކި ކުރި ފަހުން ކުރެއްވި ޓުވީޓުގައި މަލީހު ވިދާޅުވިއެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލިހަށް ހުށަހެޅި ލިޔުމުގައި ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީން ހަދަން ޖެހޭ އެއްވެސް ގަވައިދެއް މަލީހު މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް ހަދާފައިނުވާ ކަން ސާފުކޮށް އެނގޭ ކަމަށެވެ.

މި ގާނޫން ހެދުމަށް ލާޒިމް ކުރާ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމަ އަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކަކަށްވެފައި އެ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަން ކަށަވަރުވާ ކަމަށް ވެސް މަލީހާ ދެކޮޅަށް ހުށަހެޅި މައްސަލައިގައިވެއެވެ. ނަމަވެސް އެ ވާހަކަތައް މަލީހު ދޮގު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޝަރީފާ

    ބަލަގަ މަލީހަށްވެސް ކަމެއް ކުރެވޭނީ ވެރިމީހާގަ ތަޢުލީމާއިއެކު ޗަސްޕެއް ހުރެގެންނެވެ. ވެރިމީހާއަކީ އބ ނުދަންނަ މީހެއްކަން ދަށުގައިތި މީހުނނަށް އެގޭތީ އޭނަ އެ ހުންނަނީ ހަނުބަހައްޓާފައެވެ. އޭނަވެސް އެ ހުންނަނީ އަމިއްލަޔަށް ފެންވަރު ޤަބޫލުކުރާތީ ލަދުން އެއްޗެއް ބުނަން ނުކެރިފައެވެ.

    40
    4
  2. މޯދީ މާމަ

    ހާދަދެރަވެފައޭ ތިހުންނަނީ ވަޒީރުކަން ގެއްލުނީމަ... މޮޔަގޮވަން ފެށުނީ ގެއްލުނު އެއްޗެއްގެ ބޮޑުކަމުންދޯ.. އެހެން ވަޒީރުންވެސް ބޭރުކޮއްފި ތިގޮތަށް މޮޔަފުޅުވެގެންނެއް ނޫޅޭ.. އެހެންނޫނަސް ކަމެއްވެސް ކޮއްދެވުނީޔެއްނޫން އެކަން އެބައެގޭ 1 މެމްބަރަކު އެވޯޓްދިނީ އިތުބާރު އޮތްކަމަށް... ދެންވެސް މަޑުން ގޭގައި އޮވެބަލަ ވަޅުދިޔަ ހިއްކަން.. ނޫނީ ކަންނެލިއަށްދޭ..

    13
    21
  3. ކާފަ

    ރޯޔަލް މިނިސްޓަރ ބޭރުކޮއްލީމަ ހާދަ ދެރައޭދޯ.. ޤާސިމްބެ ވެސް ނައޭ ވޯޓްދޭކަށްދޯ.. އެކަމުންވެސް އެނގެނީ ކަމެއްވާ މީހެއްނޫންކަން ލީޑަރ ވެސް ޤަބޫލްކުރާކަންދޯ.. ދެން ޖަމީލްބެ އާއި އެކުދޭ ޕޕމ ފައްތާލަން.. ސަޅިވާނެ..

    15
    19
  4. Happy

    ކާކުބާ ފަލީހަތްވީ... ކަލޭތިހިރިބޭރުކޮށްފަ 😂

    9
    13
    • ސައިމާ

      ބާރު އޮތީމަ ބޭރުކުރެވިދާނެ. ބޭރުކޮށްފަވެސް އިންޓަނެޓް އަގުހެޔޮ ނުކުރެވޭނަމަ ކޮބާތޯ މޮޅުކަމަކީ؟؟؟ މިހާރު އިންޓަނެޓް ފްރީތޯ؟؟؟

  5. އެދުރުކަލޭގެ

    އެންމެ ކުޑަމިނުން އިދިކޮޅުންވެސް ވޯޓުދިނީ ވަކިކުރަން! ދެކޮޅަށް ވޯޓުދިނީ އެންމެ މެންބަރެއް. އެމެމްބަރު ކަންނޭގެ އެއީ ރޯޔަލް ފެކްޝަން!

  6. ޙިޔާލު3

    ތިގޮތަށް ވަކިކުރަންޏާ ހަ އުސްމިނިސްޓަރު ވެސް ރަ އީސްވެސް ވަކިކުރަންވީ ވަޢުދު ނުފު އްދާ ވެރިން އިތުބާރު ކޮބަ އިތޯ. ބޭނުންވީމާ ބޭނުންގޮތެ އް ހަދަނީ ހަމަ އަދިރި އަދިރިންނެކޭ ކޮބަ އިތޯ ތަފާތަކީ އ

  7. ހުމޭ

    ދުލަކީ ހަދަ ފާޑެއްގެ އެއްޗެކޭ.. ލިބިފަ ހުރި އިލްމުގެ ބޭނުންވެސް ނުކުރެވުނު ދޯ

  8. އާސިދާ

    އަޅީ އާޒިމަކީ އަބަދުވެސް ވަރައް ދެކޮޅު ނުބަލާ މީހުން ބޮލުގައި ކަންކަން އަޅުވައި މީހުންނާ ހަސަދަވާ މީހެއް....އެއީ އޭނާ އެންމެކުރާހިއްވެސްވާ ކަންކަން..

  9. އަލީއާޒިމް

    އަލީހަސަދަވަނީ އޭނަދޮންކަމުން އެޖެންޑާ19