ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އަޅަން ފެށި ހިޔާ ފްލެޓުތައް މި ސަރުކާރުން ދިން ގޮތާ މެދު ޝަކުވާ ބޮޑުވެފައި ވަނިކޮށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު މަޖިލިހަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ސަލީމް ހުށަހެޅުއްވީ އަސްލަމާއި ތޯހާގެ އިތުރުން މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވެސް ކޮމިޓީ އަށް ހާޒިރު ކުރާށެވެ.

ކޮމިޓީން ނިންމާފައި ވަނީ މާދަމާ އެ ބޭފުޅުން ކޮމިޓީ އަށް ހާޒިރު ކުރެވޭތޯ މަސައްކަތް ކުރުމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓުތައް ބޭނުންވެގެން 23،000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހެޅިއެވެ. މި ސަރުކާރުގެ ފްލެޓް ކޮމިޓީން އަލުން އިވެލުއޭޓްކޮށް ދާއިމީ ލިސްޓުތައް އިއުލާން ކުރިއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަކުވާކޮށްފައެވެ.

އެކަމަކު، މި ސަރުކާޜުގެ ފްލެޓު ކޮމިޓީން ބުނެފައި ވަނީ، ފްލެޓު ލިބިފައި ވަނީ ހައްގު މީހުންނަށް ކަމަށެވެ. އަދި ފްލެޓު ނުލިބޭ މީހުންގެ ތެރޭގައި ފްލެޓު ހައްގުވާ މީހުން ވެސް ހިމެނޭ ކަމަށް ފްލެޓު ކޮމިޓީން ވަނީ ބުނެފައެވެ.

އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތައް އަންނަ މަހުގެ ތެރޭގައި ހަވާލުކުރަން ފަށާނެއެވެ. އަދި ފިނިޝިން މަސައްކަތަށް ތިން މަސް ދުވަސް ދޭއިރު، އެ މުއްދަތުގައި ކުލި ނުނަގާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ނަޝީދު

  ކީއްކުރާނި މީހަކު އަޅާފަ ހުރި ފްލެޓް ކޮޅެއްވެސް ހައްގުވެރިންނައް ބަހާލާކައް ނޭނގުނު...

 2. ހޮޅި

  ޢަހަރެމެންގެ ފްލެޓް އަތުލައިގެން ތި ތިބީ.

  އެލިޔުން އެއީސައްހަ އެހްޗެއް .

  ވަގައް ނެގި އެއްޗެއްކަން އެނގި ހުރެއެ ބޭނުން ކުރުންވެސް
  ޢެކަމުގާ ބައިވެރި ވުން ފަދަ .
  އެތަން ނުހައްގުން އަތުލާ އެހެން ބަޔަކައް ނުދެވޭނެ .

 3. ފިޔަވަޅު

  ކިތައް ސަރުކާރުން ފްލެޓް ދީންތަ މީގެ ކުރިން.

  ޢެއްވެސް ސަރުކާރަކުން ވެރިކަމަށް އައިސް އެ ފްލެޓް ތައް އެމީހުން އަތުން އަތުލިތަ .އަތެއް ނުލަ .
  .
  މާނަ އަކީ މި ސަރުކާރު މީ މިިހާތަނަށް ދިވެހި ޤައުމް ދުއް އެންމެ ދަންދޮރު ނުދަންނަ ނާޤާބިލު. ޢަނިޔާވެރި ސަރުކާރޭ.

 4. ބުތު

  ދެން ތިމަސައްލަ ހުށަހަޅަންވީ އަލިފުދާލު މަޖިލިސްއަށް ........

  1
  1
 5. ހުސެން

  އަސްލަމް ބޭރުކުރާކަށް އެމްޑީޕީ މީހުންނަށް ނުކެރޭނެ.

 6. ޑިމޮކްރަސީ

  މިވެރިންނަށް ރަގަޅުވާނި ތިތަންތަން ގެދޮރުބޭނުންޖެހިފަ ތިބި ތިތަންތަންލިބުނަށް އެދި އެތައްއަހަރެއްވަނދެން އިންތިޒާރު ކުރަމުންް އައި ނިކަމެތި ރައްޔިތުްނނަށް ތިތަންތަން ދިނުމަށްވުރެ މާކެޓް ގަ ވިއްކާލުން އެކަން ކޮށްފަ ތިވާހކަ ދެން ނިންމާލާ ތިލިބޭނެކަމަށް އިންތިޒާރުގަ ތިބި ބައެއގެ ހިތައްވެސް މާފަސޭހަވާަނެ އޭރުން އެކަމުގެ އިންތިޒާރުގަ އެމީހުންގެ ޢުމުރު ހޭދަކުރާކަށް ނުޖެހޭނެ

 7. އަޙްމަދު

  އެނާއަށް ރަނގަޅަށް މާސްކު އަޅަން ދަސްކޮށްދީބަލަ!

 8. ލލ

  ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާހާވެސް މިއުޅެނީ، ރައްޔިތުންގެ އަތުން ކަޓުނެގުން ދައުލަތުގެ ކޮންމެ ކަމަކުން !

 9. އަންނަ މަހުގެ ތެރޭގައި ..

  އެއީ މިދިޔަ މަހުގައި ބުނި އެއްޗެއް. މިއީ މާރޗް!

 10. ޟމމމ

  ކަލޭމެން ނިކަމެތިންނަށް ގޯތުލިބުނަކަ ނުދޭނެ. މުއްސަދިން ފަތިފައްޗައް ގޯތިތައް ގަންނާނެ. ނިކަމެތިންނަށް ބޮޑުއަގުގަ ކުއްޔަށް ދީގެން އެމީހުން ފެލާ ލައިގެން ގަންނަން ދިޔަ އަގުހޯދާނީ. ތަންތަނުގެ ކުލިވެއްޓިދާނެތީ ތިތަބައިގަނޑު މީހުނަށް ބޯހިޔާވަހިކަން ލިބުނަކަ ނުދޭނެ.