ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބިރު ދެއްކެވި ކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިންނަށް މަލީހް ގޮވާލައްވައިފިއެވެ.

މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ މަޖިލީހުގެ މެންބަރުން އޭނާއަށް ބިރު ދެއްކުން ގޮތުގައި ސިފަކުރައްވައި އިއްޔެގެ ޖަލްސާގައި ވާހަކަ ދެއްކެވިއެވެ. އެކަމާ ގުޅިގެން އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ފޮނުވަން ރައީސް ނަޝީދު ނިންމެވިއެވެ. އަދި ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާކަން ފެންނަ ނަމަ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ނިންމެވުމާ ގުޅިގެން، މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާއާ ޚިލާފުވެފައި ކަމަށެވެ. އެ މާއްދާގައި ވަނީ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެހެން މީހަކު ދައްކާ ވާހަކައަކާ ގުޅިގެން ނޫނީ ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމުގައެވެ.

މި ކަމާ ގުޅިގެން ރައީސް ނަޝީދަށް އަޅުއްވާނެ ފިޔަވަޅެއް ވީހާ ވެސް އަވަހަކަށް މަޖިލީހުގެ އިދާރާގެ އިސްވެރިންގެ ގޮތުގައި ތިއްބެވި މަަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއާއި، މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ގޮތެއް ނިންމެވުމަށް މަލީހް ގޮވާލައްވާފައިވެއެވެ.

"އަޅުގަނޑުމެން ދަނީ ރަނގަޅަށް ދިރާސާކޮށް ހޯމްވޯކް ހަދައިގެން، އިއްޔެ މަޖިލިސް ރައީސް ނަޝީދު ވަނީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ހ. އާ ޚިލާފުވެ އަޅުގަނޑަށް ބިރު ދައްކާފަ، ރެކޯޑިން އެހެރީ، މަޖިލިސް ރައީސްއަށް އަޅުއްވާނެ ފިޔަވަޅެއް އަމީންއާންމު އާއި ކައުންސިލަ ޖެނެރަލް ނިންމަވާ، މަޖިލިސް ޚަރާބުވެއްޖެ،" މިނިސްޓަރު މަލީހްގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވިއެވެ.

އެންމެ ފުރަތަމަ މަލީހްގެ އިތުބާރު ނެތް ކަމަށް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްންނެވެ. އޭރު ފާސްކުރީ މަލީހްގެ އިތުބާރު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ދެންނެވުމަށެވެ.

އޭގެ ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މަލީހް މަގާމުގައި ހުންނެވުމުން މަޖިލީހަށް އޭނާގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުއްވީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި 14 މެންބަރުންގެ ސޮޔާއެކުގައެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ވެއްދޭނީ 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

މަލީހަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އެކަމަކު އެ ސަރުކާރު ހިނގަމުން ދިޔަ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މި ސަރުކާރު ގެނައުމަށް މަލީހް ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މި ގޮތުން އޭރު ގުޅިފައިވާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ. ވަޒީރު ކަމަށް ވަޑައިގަތީ އެ ޕާޓީގެ ސްލޮޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރަންރީނދޫލަޝްކަރު

    ކަލޭގެ ކަންތައް މާމައްޗަށް މިހާރު ތިދަނީ.. ރައީސް ނަޝީދުއާއި ގެޅިގަނެގެން ނޫޅެއްޗޭ.. ކަލޭވަޒީރު ކަމުން ތިހުރީ ވަކިކޮއްފަ.. ދެންރޮއި..ގަދަޔަށްރޮއި.ބާރަށްރޮއި.

    10
    48
    • މާމަތީގައި

      ތިޔަ ބުނީ ރަނގަޅަށް މިދަނީ މާ މައްޗަށް. އެކަމަކު މައްޗަށް ގޮސްގެން ނޫނީ ހަމައިން ނެއްޓިފައި ހުރި މީހަކު މައިތިރިއެއް ނުކުރެވޭނެ. ދަގަޑު ކެނޑޭނީ ދަގަޑުން. އެކޮޅުކޮޅުން އެލުވިޔަސް ނުހުއްޓޭނަމޭ ބުނެފައި އޮތީ. އެކަން އެދަނީ ދައްކަމުން. ތުނޑުހަސަނާޖެހުނު މީދަލެކޭ އެއްފަދަ. ކޮންމެ ދުވަހަކު އެދަނީ ހަމަލާއެއް ދެމުން. މިވަރުން ދަންޏާ ފެންނާނީ ތުނޑު ހަސަނަށް މީދާ ހެދިގޮތަށް ހަދާފައި އޮތްވައި.

      2
      1
  2. ރީމާ

    ގެއްލުނު އެތި ބޮޑުވެ ކޮސްގޮވުން ގިނަވެއްޖެ، ދެންވެސް ތި ދޫ މައިތިރި ކޮށްބަލަ

    14
    24
  3. މިތުރު

    އަނގަ ގަދަ މިތުރަށްވުރެވެސް ކުރީގަ، ރައްޔިތުންގެ މަންދޫބުން ގޮތްނިންމީމަ ރާޑިވީ އުތަ؟

    10
    21
  4. ޥަރުބް

    ވަރަށް އަސަރު ކޮއްފަ ހުރިހެން ހީވޭ😥😥

    9
    19
  5. ޖަނާޒާ

    މަލީހް! ކަލޭ މޮޔަ ދޯ! ކޮސްނުގޮވާދެން މަޑުކޮށްލާ! ޖަޒުބާތުތައް ލަގޮޑިއަށް ވައްޓާލައިގެން ދެނ

    11
    19
  6. ޑައެލޯގް

    އަހަންނަށްއެގޭ ރީދޫނޫން ހުރިހައި މިނިސްޓަރުން ވަކިކުރާނެކަން މަލީހަށް ވިސްނިއްޖެތަ؟

    36
    3
  7. ައޮފްބެ

    ކޮންހައިސިއްޔަތަކުންބާ ތިބުނަނީ!

    11
    8
    • ނަގޫރޯޅި

      ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން. ކޮބާ މައްސަލައަކީ؟

      12
      1
  8. ނަޝީދު

    ދެން އެންމެ ފިޔަވަޅެއް ވެސް އަޅާނީ ބޮނޑި ބަތް ކާން

    2
    4
  9. ޢަދުރޭ

    އަޅުގަނޑު ..މީ ..މަލީހު ..ނަމަ .. ރައީސް .. ނަޝީދުއަށް..ފާޑުކިޔުން..ޖަމްޢިއްޔާ ..އެއްވެސް ..އުފެއްދީމުސް

    7
    2
  10. ޖާބިރު

    "އަޅުގަނޑުމެން" < މިބަހުން އިނގޭ އެއްޗަކީ މަނިކުފާނުވަނީ ބަޔަކާއި ގުޅިގެން ސަރުކާރާއި ދެކޮޅަށް ކޮންމެވެސް ކަމެއް ކުރަން ފަށާފަކަން. ގިނިކަންޏާ ވަކާލާތު ނުކުރައްވާ ތޮށިގަނޑު ދަމާގަތީމަ އަސްލު ކުލަ ތި ފެންނަނީ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ނެތް ރައްޔިތުންނަށް ހެޔޮ އެދިގެން މިނިސްޓަރ ކަން ކުރައްވާ އެންމެ ބޭފުޅެއްވެސް. ވަރަށް ސާފު. ސަރުކާރު މުދާ ބޭނުންކޮށްގެން ވަގެއްގެ ދިފާއުގައި މަސައްކަތް ތިކުރައްވަނީ. ބޭރުކުރަން މާލަސްވެސް ވެއްޖެ. ޕާޓީގެ ލީޑަރ އުޅޭ ގޮތަށްތާ ކުދި ސޯބްތައްވެސް އުޅޭނީ.

    2
    11
  11. މުހަންމަދު

    މިވަގުތަށް ނުވާނެ ކަންކަމާއި އަޑުނުލާ މަޑުންހުރޭ. އަދިވެސް ޔާމީނަށް ވަގަށް ގޮވަން ނުކުތިއްޔާ މާރަގަޅު ވާނެ.

    1
    10
  12. ހުސެން

    އެޅޭނެ.މެޖޯރިޓީ ސިހެނީ ދާދީ އަވަހަށް އިން ޟާ ﷲ ސޮހިގެން މަޖުލީހުގެ ރައީސް ގެ އިތުބާރު ނެތުން ނެގޭނެ އަދި ރައީސް ސޯލިހުގެ އިތުބާރު ނެތް ކަމުގެ ވޯޓުވެސް ނެގޭނެ. ކުރާނީ މަޖުލިސް ތެރެއިން.

    11
    3