ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މޫދަށް ވެއްޓުނު އަށް އަހަރުގެ ކުއްޖަކު ސަލާމަތްކޮށްދިން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދެ މުވައްޒަފުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރުއަދާކުރައްވައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ‏26 ފެބުރުވަރީގައި އެއަރޕޯޓު ޓާމިނަލް ސަރަހައްދުގައެވެ.

އެ ދުވަހުގެ ހެނދުނު މި ހާދިސާ ހިނގިއިރު، މޫދަށް ވެއްޓިފައި ވަނީ އަށް އަހަރުގެ ރަޝިޔާ ކުއްޖެކެވެ.

"ވަގުތު"އާ ވާހަަކަދައްކަމުން އެ ކުއްޖާ ސަލާމަތް ކުރި މީހުންގެ ތެރޭގައި ހިމެނޭ އަޒީޒް ބުނީ، ޑިޕާޗާ ޖެޓީ ކައިރީގައި ތިން ކުދިން ސަކަރާތް ޖެހުމުގައި އުޅުނުތަން ފެނިގެން އެތަނުން ކުއްޖަކު މޫދަށް ވެއްޓިދާނެތީ ވަރަށް ބޮޑަށް ހުށިޔާރުވެގެން ހުރި ކަމަށެވެ.

"އެތަނުން ރެޕަކު އަޅުގަނޑު ކައިރީގައި ބުނި އަޒީއޭ ބަލައްޗޭ ތިއިން މީހަކު ފުންމާލަފާނެއޭ އެ އުޅޭ ގޮތުން، އެހެންވެ އަޅުގަނޑުމެން ތިބީ އެ ކުދިންނަށް ފަރާލަައިގެން ތިބީ، އެހެން ހުއްޓާ އަޑު އިވުނީ އެއްޗެއް ވެއްޓުނު އަޑާ ހަޅާ ލަވާގަތް އަޑާ". އަޒީޒް ބުންޏެވެ.

އަޒީޒް ބުނީ، އެ އަޑު އިވުމާއެކު، ބަލަން ނުހުރެ އެ ކުއްޖާ ސަލާމަތް ކުރުމަށް އޭނާ މޫދަށް އޭނާ ފުންމާލި ކަމަށެވެ. އޭނާ މޫދަށް ފުންމާލި ގަޑީގައި ޒަރީރްވެސް ފުންމާލިއެވެ. އަޒީޒް ބުނީ، ޒަރީރް ފުންމާލިކަން ނޭނގޭ ކަމަށާއި، ދެ މީހުންގެ މަސައްކަތުން އެ ކުއްޖާ ސަލާމަތް ކުރި ކަމަށެވެ.

"އިރާދަކުރެއްވީތީ އެ ކުއްޖާ ސަލާމަތް ކުރެވުނު، އަތުގައި ހުރި ހުރިހާ އެއްޗަކާއި އެއްކޮށް ފުންމާލެވުނީ". ޓާމިނަލް ސާވިސްގައި މަސައްކަތް ކުރާ އަޒީޒް ބުންޏެވެ.

އެ ކުދިންނަކީ، ކުރަމަތި ރިސޯޓަށް މައިންބަފައިންނާއެކު ޗުއްޓީ ހޭދަކުރަން އައި ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެ

    އިބޫ އަށް ވުރެ ކުރިން ބައްދަލުކޮށް ސުރުޚީ ޖަހާލީ.

  2. ކާފަ

    ހަޤީޤީ ރައްޔިތުންގެ މަޖިލިސް އަދިކިރިޔާ މިފެންނަނީ..

    4
    1
  3. ބަލަ

    ބަލަ ކުރިގެ ރައީސް ނަޝީދަކީ ވަރައްވެސް ކުލަދާނަ ވެރިއެއް ފަސްމީރު ކުރިރުކެއް މަޖްލީސްވެސް ކަންޓްރޯލުކުރެވޭ ނަމަވެސް ދެންދޯ މިކަހަލކަންކަމުގާ ރައްޔަތުންދެކޭގޮތް ހިންހަމަނުޖެހެނީީ؟؟؟؟؟