މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ދޭ، ނޫސްވެރިކަމުގެ އިނާމު މި ފަހަރު 12 ދާއިރާކުން ދޭން ނިންމައި، ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ މެއި ތިން ވަނަ ދުވަހު ބާއްވަން މިހާރު ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އިނާމް 11 ދާއިރާއަކަށް ހާއްސަކޮށްފައިވެއެވެ. އޭގެ ކުރީ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދީފައި ވަނީ ނުވަ ދާއިރާއަކުންނެވެ. މިފަހަރު އާ ދާއިރާއަކަށް އިތުރުކޮށްފައި ވަނީ، ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ އިތުރުން، އޯޑިއޯ ޖާރނަލިޒަމެވެ.

މި އަހަރު އިނާމުދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:

(ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)

(ށ) ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ

(ނ) ސިޔާސީ

(ރ) ޝަރުއީ އަދި ޤާނޫނީ

(ބ) ވިޔަފާރިއާއި އިޤުތިޞާދު

(ޅ) ކުޅިވަރު

(ކ) ފޮޓޯ ޖާރނަލިޒަމް

(އ) ވީޑިއޯ ޖާރނަލިޒަމް

(ވ) އޯޑިއޯ ޖާރނަލިޒަމް

(މ) ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް

(ފ) ފީޗަރ / ރިޕޯޓް

(ދ) އެންމެ އުންމީދީ ނޫސްވެރިޔާ

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުން ކަމަށް މީީޑިއާ ކައުންސިލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަނާޒާ

    ނޫސްވެރިކަމުގެ އިނާމެއްނޫން! ނޫސްވެރިން ގަހަށްލުން! ގަޅިހެއްދުން! މީ ދެން އަޅުގަނޑުގެ ޚިޔާލު ، ނޫސްވެރިންނަށް ހައްޤު މިންވަރު ދޭންކެރޭ ސަރުކާރެއް އަދި ނާދޭ މިރާއްޖެއަކަށް! ވ. ދެރަ