ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޗައިނާގައި ފުރަގަސް ފަރާތުން ސުންކު (ސާމްޕަލް) ނަގާތީ ޖެޕާނުން އެކަމާއި ހިތްހަމަ ނުޖެހިއްޖެ އެވެ. ޖަޕާނުން އެކަމާއި ހިތްހަމަ ނުޖެހި އެ ގައުމަށް ނިސްބަތްވާ ރައްޔިތުންގެ ކޮވިޑް ސުންކު އެގޮތަށް ނުނަގަން މިހާރު ވަނީ އެދިފައެވެ.

ޗައިނާއިން މިހާރު ދަނީ އެ ގައުމަށް އެތެރެވާ މީހުން ކޮވިޑަށް ޓެސްޓު ކުރުމަށް ފުރަގަސް ފަރާތުން ސުންކު ނަގަން ފަށާފައެވެ.\

"ބައެއް މީހުން މިހާރު އެބަ މައްސަލަ ޖައްސާ، އެ ޕްރޮސީޖާގެ ސަބަބުން އެ މީހުންނަށް އުނދަގޫތަކެއްވާކަމަށް". ޖަޕާނުގެ އޮފިޝަލަކު ބުނެފައި ވެއެވެ.

ޗައިނާގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން ފުރަގަސް ފަރާތުން ސުންކު ނަގަން ފަށާފައިވާއިރު، ފުރަގަސް ފަރާތުން ނަގާ ސުންކުން ކޮވިޑް-19 ޖެހިފައި ތިބޭ މީހުން މާ ފަސޭހައިން އެނގިގެންދާ ކަމަށް، ޑޮކްޓާރުން ބުނެފައި ވެއެވެ.

ޗައިނާއަކީ ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް ފެނުނު ގައުމެެެވެ. އެ ގައުމުގައި މިހާރު ކޮވިޑް ކޮންޓްރޯލްކޮށްފައިވައިރު، މިހާރު ބަލި ފެންނަމުން ދަނީ ވަރަށް މަދުންނެވެ.

"ބައެއް ޖަޕާނުން މީހުން ވަނީ ޗައިނާގަައި ހުންނަ ޖަޕާންގެ އެމްބަސީއަށް އައިސް، އެ މީހުން ޗައިނާއަށް އައި ފަހުން އެގޮތަށް ސުންކު ނަގާ މައްސަލަ ހުށަހަޅާފައި، އެ މީހުން ބުނާގޮތުން އެކަމުގެ ސަބަބުން އެ މީހުންނަށް އެކަމަކީ ނަފްސާނީ ވޭނަކަށް ވަނީ ވެފައި"ޗީފް ކެބިނެޓް ސެކެރެޓަރީ ކަޓްސުނޮބޫ ކަޓޯ ބުންޏެވެ.

މިފަދަ ގޮތަކަށް ކޮވިޑަށް ޓެސްޓުކޮށްފައި ވަނީ ޖަޕާނުގެ ކިތައް މީހުންކަން އަދި ސާފް ނުވާ ކަމަށް ވެއެވެ.

މިގޮތަށް ސުންކު ނަގަން އަދި ފަށާފައި ވަނީ ޗައިނާގައި އެކަންޏެވެ.