ހއ. ބާރަށުން ކަރަންޓީންގައި ނެތް ހަތަރު މީހަަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުން މިއަދު ފައްސިވެފައި ވަނީ ކަރަންޓީންގައި ހުއްޓާ އެރަށުން ފައްސިވި ނުވަ މީހަކާއި ގާތުން އެއްތާވި ހަތަރު މީހެކެވެ.

އެރަށުން ނުވަ މީހަކު ފައްސިވުމާއެކު ގާތުން އެއްްތާވި މީހުން ހޯދުމަށް އެރަށަށް ވަނީ އަރާ ފޭބުން މަނާ ކޮށްފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް ވިދާޅުވީ، އެރަށުން ފަހުން ފައްސިވެފައިވާ ހަތަރު މީހުންނަކީ މީގެ ކުރިން ފައްސިވެފައިވާ 9 މީހުންނާއި ގާތުން އެއްތާވި މީހުން ކަމަށާއި މިއާއި އެކީ އެރަށުން ފައްސިވި މީހުންގެ އަދަދު 13 އަށް އަރާފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ފަހުން ފައްސިވެފައިވާ ހަތަރު މީހުންނަކީވެސް އެއް ގެއެއްގައި ދިރިއުޅެމުން އައި މީހުން ކަމަށާއި އެމީހުން ފައްސިކަން އެނގިފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ނަމަވެސް މިހާރު ތިބީ ވަކިން ކޮތަރިއެއްގައި އެކަހެރި ކޮށްފައި ކަމަށެވެ.

"އެމީހުން މިވަގުތު ތިބީ ވަކި ކޮޓަރިއެއްގައި އެކަހެރިކޮށްފައި. އިތުރު ފަރުވާ ދޭން ޖެހިގެން ބަދަލު ކުރަން ޖެހިއްޖެނަމަ އެކަންވެސް އަޅުގަނޑުމެން ކުރާނަން" ޝަމީމް ވިދާޅުވިއެވެ.

ފަހަކަށް އައިސް އަތޮޅުތެރޭގެ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    މިސަރުކާރުން ވަނީ ރޯޔަލް ހުއްދައިގެ ދަށުން މިބަލިމަޑުކަން މުޅި ރާއްޖޭގައި ފަތުރާފަ.

    7
    3
  2. ދަރަނި ދަންތުރަ

    ހާދަދެރައޭ މިއީ ވިސްނާނުލާ އުޅުމުން ދިމާވާ ކަންކަން ، ދެންވެސް ބާރަށު ރައްޔިތުން މިކަމާ ސަމާލުވުމަށް އެދެން ﷲ އިރާދަކުރެއްވިއްޔާ މިރަށުން އިތުރުބަޔަކަށް މިބަލިނުޖެހި ސަލާމަތްކުރައްވާށި އާމީން

  3. އަޚް

    އާމީން

    ބައެއް މީހުންނަކީ ކޮންމެކަމެއް އޯކޭވާ މީހުން...ގިނަ ޒުވާން އުމުރުފުރާގެ މީހުން އަނެކާއާއި ދޭތެރޭ ވިސްނާ ވިސްނުން ވަރަށް ކުޑަވާނެ.....ކޮންމެ ކަމެއް ގައްޑާވީމާ ގިނަފަހަރަށް ލަނޑުލިބޭ...މިސާލަކަށް ގާލްފްރެއިންޑްގެ ކަންތައްވެސް މީތި ކަޑައޭ ބްރޯ....