މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 165 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 132 މީހަކު ފައްސިވީ މާލެއިންނެވެ. މީހުން ދިރިއުޅޭ އެހެން ރަށްތަކުން 13 މީހުން އަދި ރިސޯޓްތަކުން 19 މީހަކު މިއަދު ފައްސިވިއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކުން ވެސް މިއަދު މީހަކު ފައްސިވިއެވެ.

މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 20144 އަށް ވަނީ އަރާފައެވެ.

މިއަދު 127 މީހުންވަނީ ބަލިން މުޅިން ފަސޭހަވެފައެވެ. މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވިމީހުންގެ ޖުމްލަ ޢަދަދުވަނީ 17،470 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2605 މީހުންނެވެ. އޭގެތެރެއިން 186 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ހޯދަމުންނެވެ.

މިއަދު 165 މީހަކު ކޮވިޑަށް ފައްސިވީ 4،970 ސުންކު ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަމްޝާ

    ވެކްސިން ޖެހުން މީ މަށަށް ކުރެވުނު އެންމެ މޮޔަ ކަންތައް.. މީގެން މަށަށް ވީ ފައިދާއެއް މަށަކަށް ނުފެނޭ.. 6 ޖަހާއިރު ގެއަށް ވަންނަންޖެހޭ.. މާސްކު އަޅަންޖެހޭ.. މައިމޫނާ އަންގާ ގޮތަށް މި އުޅެންޖެހެނީ.. ކުކުޅު ހާލަށްވުރެ ހާލުގަ މި އުޅެނީ.. ވަގުތު ކުދިން ޕްލީސް މި ކޮމެންޓް ޖަހައިދެއްޗޭ

  2. ގެރި

    އިބޫ ސޯލިހަކީ ގައުމަށް ޖެހިފައޮތް މުސީބާތެއް

  3. ޙހހހ

    ދުއްވާ އެއްޗެއްސަށް ޖަަހަން ވެކްސިންއެއް ތައްޔާރުކުރަން އިންޑިޔާގައި އެދިބަލަ ، އޭރަންނު އެއްޗެތި ދުއްވޭނީ ، މިހާރު މިޖެހެނީ މަޖީދީ މަގުގައި ފިތިބާރުވެގެން ހިނގަން

  4. ކާފަބޭ2020

    ކޮވިޑުނުކުމެއުޅޭގަޑިތައްބަލާ އެގޮލާއެންމެގިނައިން އެއްތަނުން އަނެއްތަނަށްދަނީ އިންޖީނުލީއުޅަނދުފަހަ ރުގަކަމުން އެތަކެތި ދުއްވުންމަނާވިއަސް އެގޮލާޖެހޭއަދަދު މަދުނުވަނީކީއްވެތޯ؟

  5. ޖ

    އެޗްޕީއޭ ކަންތަކާ ހުރެ ކޭސްތަށް އިތުރު ވަނީ... އެޗްޕީއޭއިން ތަންތަން ފާސް ކުރަން ތި ފޮނުވަނީ ބަލިވެ އުޅޭ ބައެއް.. . އެމީހުން ހުރިހާ ތަނެއް އިންސްޕެކްޓް ކުރަން ވަންނަމުން ދާއިރު އެމީހުން ތިބީ ސިއްހަތު ސަލާމަތުން ކަމެއް ނޭގެ.... ބަލަ އާންމުންގެ ތަންތަނަށް ވަންނަމުން ދާއިރު، ފާޑު ފާޑުގެ ނަންނަމުގަ އިންސްޕެކްޝަން ހިންގަމުން ދާއިރު ބަލި ނެތް ބަޔަކު ފޮނުވާ... ވަރަށް ނުރައްކާތެރި ކަމެއް.. އެޗްޕީއޭއިން މިކުރަނީ ހުސް އެންމެން ރިސްކް ތެރެއަށް ވެއްޓޭ ކަންތަށް

  6. އިންޑިޔާ ވެކްސިން

    ކޮވިޑް ކޭސްތައް އިތުރުވަނީ އިންޑިޔާގެ ވެކްސިން ޖަހަންފެށިފަހުންބާ. އަދި މީހުން މިބަލީގައި މަރުވާ އަދަދު އިތުރުވާންފެށީ ވެކްސިން ޖަހަންފެށިފަހުންބާ.

  7. ކޮވިޑް19

    -ޕޮޒިޓިވް މީހުން އިތުރުވާނެ ގިނައިން ޓެސްޓުކުރުމުންވެސް. އެއީ 2020 ޑިސެމްބަރގަ ލުއިދޭން އުޅުނުއިރު މަގުމަތީ ޓެސްޓުކުރާވަރު މަދުކަމައްފާހަގަ ކުރެވުނު.

  8. ކޮވިޑް19

    ޕޮލިހުން ކުޑަކޮށް މަގުމަތީން ޓެސްޓުކުރުން އިތުރުކޮށްލީމަ ނަމްބަރު އިރުވަނީތޯ؟