ރާއްޖެއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަ ސަފީރު އަތުލް ކެޝަޕް އިއްޔެ ދެއްވި ރޯދަ ވީއްލުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު ވަޑައިގެން ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރައްވައިފިއެވެ.

އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ރާއްޖޭގެ އިސް ބައެއް ބޭފުޅުންނަށާއި ނޫސްވެރިންނަށް އިއްޔެ ބޭއްވެވި ރޯދަ ވީއްލުމުގައި މެންބަރު ރިފާއު ވަޑައިގެންނެވީ ކަޅު ކުލައިގެ ޓީޝާޓެއްގައި " ޕްރޭ ފޯ ޕެލަސްޓއިން ، ސޭވް ގާޒާ" މި ދެއިބާރާތާއި ފަލަސްތީނާއި ރާއްޖޭގެ ދިދަ ރަމްޒުކޮށްދޭ ލޯގޯއެއް ޖައްސަވައިގެންނެވެ.

މީގެ އިތުރުން މެންބަރު ރިފާއު ވަނީ ފަލަސްތީނު މީހުންނާ މެދު އެމެރިކާގެ މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފާޑުވިދާޅުވެ, ސިޓީއެއް ވެސް ސަފީރަށް ރައްދުކުރައްވާފައެވެ.

ސިޓީގައި ބޮޑަށް ފާހަގަކޮށްފައި ވަނީ ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރު ސަރަހައްދުގައި މުޒާހަރާކުރަން ތިބި ފަލަސްތީނުގެ އާއްމުުންގެ ގަޔަށް އިޒްރޭލުން ބަޑި ޖަހައި އޭގެ ތެރެއިން 130 އަށް ވުރެ ގިނަ މީހުން މަރައިލި ޖަރީމާ ތަހުގީގުކުރަން އެމެރިކާއިން ދެކޮޅު ހަދާފައިވާ މައްސަލައެވެ.

" ދުނިޔެއާ ދެކޮޅަށް ތެދުވެ އިސްރާއީލުގެ އަސްކަރިއްޔާ ތަހުގީގު ކުރުމާ ދެކޮޅު ހެދި ސިޔާސަތުން އިޒްރޭލަށް ބާރުދިނީތީ އެމެރިކާގެ ތަސައްވުރު އަބަދުގެ އަބަދަށް ހަޑިވާނެއެވެ،" ސިޓީ ނިންމަވައިލައްވަމުން ވިދާޅުވެފައި ވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ އުދުވާނުގެ ސަބަބުން ބައިނަލްއަގުވާމީ ހިމާޔަތް ދިނުމަށް ސަލާމަތީ މަޖިލީހަށް ކުވޭތުން ހުށަހެޅި ގަރާރު އެމެރިކާ އިން ވަނީ ވީޓޯކޮށްފަ އެވެ. އަދި އިސްރާއީލުގެ ދިފާއުގައި އެމެރިކާއިން ގަރާރެއް ހުށަހެޅި ނަމަވެސް އެމެރިކާ ފިޔަވައި އިތުރު ގައުމަކުން އެ ގަރާރަކަށް ވޯޓެއް ނުދެ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ނަސިރު

  ސާބަހޭ ބޮޗޭ އެމަކު ތިކަލޭގެޔަ ބައްދަލް ކުރަން ގޮސްއެތިބަ އަންހެނުންތަށް ހެވިފަ ފޮޓޯނެގި އެރު ލަދެއްހަޔާތެއް ނެއް ރަންޑިންތަކެއްހެން އެތިބީ ހެވިފަ ފަލަސްތީނުގަ ހިންގާގަތުލު އާންމަށް ހަމަ އެކަނިި ދުނިޔޭގަ.ތާއިދުކުރާ އެމެރިކާ ތީމުސްލުމުންތަ ނޫނީ ޔަހޫދީންތަ މުސްލިމުންމަރަމުން ގެންދާ އިޒުރޭލަށް ވަގިވެރިވާ ގައުމެއްގެ ސަފީރަކަ ބައްދަލް ކުރަންގޮސް ލަދެއްހަޔާތެއް ނެއް މިއޮއްފަދަ ރޯދަމަހު މުސްލިމުންގެ އަދުއްވުން ކައިރިއަށްގޮސް. ހެދުންބާލާގެން މަގުތައްމަތީ ހިގިއްޔާ މާތަހިރުވަނެ

 2. މަރޭ

  ސާބަހޭ.ތިކަހަލަ ނުވިކޭމީހުން ބޭނުން ވަނީ.

  • އާނ ދޯ

   ރަނގަޅު ވާހަކައެއް.. މިހާރު ނުވިކޭ އަދި ފިނޑިނޫން މީހުން މަދު.. އުއްމީދުކުރަން ދެންތިބި މެމްބަރުންނަށްވެސް މިކަމުން ރަނގަޅު މިސާލެއް ފެންނާނެކަމަށް..

 3. ކެޔޮޅު

  އަލްހަމްދުﷲ

 4. ފާގަ

  ބޮޗޭ ތި ޓީޝާޓް ލައިގެން ކެޝަޕް އާއި އެކު ފޮޓޯއެއް ނެގިނަމަ ވަރަށް ސަޅިވީސް

 5. ގަލޮޅު މީހާ

  ސާބަސް ރިފާއު

 6. Anonymous

  ރިފާއު ކަލޭތީ މޭންއެއް. އަހަންނަކީ ގިނަ ކަންކަމުގައި ހިޔާލް ތަފާތު މީހެއް. ނަމަވެސް ތިޔަ ކަމުގައި އަހަރެން ހަމަ މިހުރީ ރިފާއު އާއި އެކު

 7. Anonymous

  ދެއްކުންތެރި އެއްޗެއް މީ

 8. ުއުންމަތް

  ވަރަށް ރަނގަޅު އަމަލެއް........ހަމަ ސާބަސް ދަރިޔާ