2017 ވަނަ އަހަރުގެތޭގައި މަރާލާފައިވާ މުޙައްމަދު އަނަސްގެ މަރާއި ގުޅޭ ތަޙުގީގު ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ކުރަމުން އަންނަ ކަމަށާއި މިހާރު ކުރަމުން އަންނަ އެންމެ މުހިއްމު މަސައްކަތަކީ މައްސަލައާގުޅޭ ފޯނަކުން ފޮރެންސިކް ހެކިތަކެއް ހޯދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ މިރޭ އެމްޑީޕީގެ ކެމްޕޭން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަނަސްގެ މަރުގެ ތަޙްޤީޤާއި ގުޅޭ ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ހޯދަންޖެހޭ ބައެއް ފޮރެންސިކް މަޢުލޫމާތު ލިބުމާއެކު ރިޕޯޓު އެކުލަވާލައި ޢާއްމުކުރުމަށް ކޮމިޝަނުން ނިންމައި އެމަޢުލޫމާތު ދެއްވާފައިވާކަމަށެވެ. "މިހާރު ގާތްގަނޑަކަށް (ތަޙްޤީޤު) ނިމިފައި އޮތްކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. ހަމައެކަނި ފޮރެންސިކް އެވިޑެންސަށް ބޭރަށް ފޮނުވަން ޖެހޭ އެންމެން އެއްޗެއް އެބައޮތް. އަޅުގަނޑަށް ހީވާ ގޮތުން ފޯނެއް ފޮނުވަން ޖެހެނީ ފޮރެންސިކް އެވިޑެންސަށް. ފޯނު ސިންގަޕޯއަށް ފޮނުވުމަށްފަހު ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުމަށް ފަހު އިރާދަކުރެއްވިއްޔާ އެންމެ ފަހުގެ ރިޕޯޓް ކޮމިޝަނުން ނެރޭނެ." ރައީސް ވިދާޅުވިއެވެ.

އަނަސްގެ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ ރޭ ސައިކަލުތަކެއްގައި އައިބަޔަކަށް ފިލަން އޭނާ ދުވެފައިގޮސް ހެންވޭރު ލިޓަސް ގަރާޖަށް ވަނުމުން ބިންމައްޗަށް ވައްޓާލުމަށްފަހުގައެވެ. އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ޙަމަލާދީފައި ވެއެވެ.

މި މައްސަލާގައި ޅ.ކުރެންދޫ އަސުރުމާގެ އަޙްމަދު ޒަޔާނާއި މ.ދިމިޝްގު އުސްމާން ޝަރީފާއި ސ.ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ލ.ގަން ތުނޑި ރަންނާރި ޖުނައިހު ޢަބްދުﷲއާއި ދަފްތަރު ނަމްބަރު 1746 ސިމާހްގެ މުސާ އާއި މ.ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާނާއި، ތ.ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުލަތުންވަނީ މިމައްސަލައިގައި ދަޢުވާކޮށްފައެވެ.

މައްސަލައިގައި ދައުވާކޮށް ޝަރީޢަތް ވެސް ކުރިއަށް ދާއިރު ރައީސް އުފެއްދެވި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ވެސް މިމައްސަލަ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބަކަރި

    ވޯޓެއް ލިބޭތޯ ނުވާވަރުގެ ވައުދުވާން ފެއްޓެވީ ދެއްތޯ

    51
  2. ގެރި

    ޕާޓީ މީހެއްގެ ކަމަކަށް ވީމަތަ އެހެން މައްސަލަތައް ނުބަލާ ވަކި މައްސަލައެއް ބެލެނީ.. ހޯރައިއްބެ ދޫކޮށްލިހެން އެހެން ކުށްވެރިން ދޫނުކުރިއަސް ރަނގަޅު

    44
    1
  3. ގުންޑޭ

    އިސްތިއުފާ.. ތިކަމެއްވެސް ނުވާނެ.. ހުސް ދޮގު ހެދޭނީ މި ސަރުކާރަށް

    47
    1
  4. ކާފަބޭ2020

    ޥެރިކަމާހަވާލުވެއަދި 24ގަޑިއިރެއްނުވޭނޫންތޯ؟ ކުރީގެމަރުތަކަށް އިންސާފުކޯދުލާއެރީތޯ؟ މިހެންވެގެންތާމަލީހުބޭރުކުރީ؟ އިންތިޚާބެއްކައިރިވާއިރަށް މަރުލިސްޓުނެރުމުގެބޭނުމަކީ އެއާއިލާތަކަށް އިތުރުހިތްދަތިކަމެއްދިނުންތޯ؟ ތިޔަބޭޅުންގެ އިންޞާފް ރައީސްޔާމީނުޖަލުގައަދީބުގޭގަމުއްދަތެއްނެތި އަލީ އަރާމުގަލަންޑަނުގަ އަނިޔާލިބުނުމީހުންރޯލަރޯލާގޭގަ ނޭވާހޮޅިން ލޭބޯލީމަ ގޯސްހެދީނޭވާހޮޅި މިކަހަލައިންޞާފު ރައިއްޔަތުންނަށް އަންހެނަކުނޮޅާކެއިމަ ގޯސްހެދީލަކުޑިޖެޓީ 😄😄😄😄😄

    47
  5. ނަންރީތި ހުސޭނު

    އިންތިހާބު ކައިރި ވާ ވަރަކައް ކަޑަބެޔާ މި ވަގުންތައް މޮޅު ވާހަކަ ދައްކާނެ، މި ވެސް އޭގެ ބޮޅެއް. މި 2 އަހަރު ރައްޔިތުންގެ ލާރި ބަނޑު އެޅި ވަރު ކިޔާބަލަ މާތާހީރު ވާނެ.

    49
  6. Anonymous

    ޔާﷲ، މިޖައްބާރު ވެރިކަން ނިމިދިއުމުގެ ހެޔޮތައުފީގު މިން ވަރުކުރައް ވާށި.

    50
    • ފުވައްމުލަކު ޒުވާންޖީލު

      އާމީން އާމީން އާމީން އާމީން ރެއާދު ވާލު ތަކުރާރުކުރަމުން ކިޔަމޭ ހަރުއަޑުންއާމީން،

  7. އއއ

    ހާދަ ބިރުބޮޑު ވާހަކަ އެއް ތި ވިދާޅުވީ.

    35
  8. ސސ

    ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާހާވެސް،

    12
  9. މޫސާ

    އަދީބު އޭނާގެ ގޭގައި މިނިވަނެއްގެ ގޮތުގައި ދޫކޮށްލާފަ ހުރި މައްސަލަބަލަންވީނުން؟ ކޮބަ ޒިޔަތު؟ ރައްޔިތުންގެ ފައިސާ ކެއުމުން އިންސާފު ގާއިމު ކުރާގޮތް އެބަ ފެނެ.

    23
  10. އިފާޝާ

    ފޯނަކުން ހެކިހޯދުމުގެ މަސައްކަތް އެބަކުރަމޭ ބުނާއިރު ހެކިހޯދަނީ ކަލޭތަ؟ ޢިލްމު ޙިލްމު ނެތް ކަލޭގެ އިސްތިޢުފާދީފަ ހިންނަވަރަށް ދިޔުން މިއަދު ރައްޔިތުންނަށް ރަގަޅުގޮތަކީ!

    21
  11. ސިކުނޑި

    ރިޕޯޓް ނެރުމަކީ އިންސާފު ހޯދައިދިނުން ގަބޫލު ކުރައްވާނަމަ، މަނިކުފާނަށް ވަރަށްވެދުން.

    11
  12. މަރުދުރު

    ރިޕޯޓް ނުނެރެވިގެންތޯ މިއުޅެނީ. އަފްރާސީމްގެ މަރާގުޅޭ ރިޕޯޓް ނެރެފި. ނޫސްވެރިޔާ ރިލްވާނާ ބެހޭ ރިޕޯޓެއް ނެރެފި. އެތައް އެތައް ރިޕޯޓެއް ނެރެފި. ވާ ކަމެއް ހަރާމް. އަހަރެމެން މިހާރު ކަލޭދައްކާ ވާހަކަ ގަބޫލެއްނުކުރަން. އަޑުއަހާކަށްވެސް ބޭނުމެއްނޫން.

    20
    1
  13. އަލި

    އިންތިހާބު ކާރިވާތީ އަނަސްގެ މައިންބަފައިން ހިތް ހަމަ ޖައްސަން ދައްކާ ހަޔާތްކުޑަ ވާހަކަ ތިޔައީ.... ވޯޓް ހޯދަން އުޅޭ ގޮތެއްހެން ހާދަ ހީވޭ.... ރީނދޫ ޕާޓީއަށް އަހަރެންގެ ވޯޓް ހަރާމް.. ވ ސަލާމް

    21
  14. ދަރަނި ދަންތުރަ

    ބަލަ ސޯލިބޭ ރިލްވާން ދިރިގެން އައީތޯ މިހާރު އެވާހަކަ މިހާރުނުދައްކާ ، އެހެން މަރުތަކާހެދި ތިޔަތެޅެނީ ސާބަސް

    17
  15. ހުސޭނުބޭ

    ބޮޑު ސަރުކާރަކުން މަރެއްގެ އެންމެ ފޯނުކޯލެއްގެ ހެކި ހޯދަން ތެޅޭ ތެޚުން! ދެން އަދި އެހެން މަރުތަކުގެ ހަޤީޤަތް މި މީހުންނަށް ހޯދޭނެބާ!

    16
  16. ދޯދި

    ތިހެން ޕެންޑްރައިވް ތަށް ވެސް ގެންގުޅުނު... މިފަހަރު ފޯނު ކޯލަކުން ހެކި

  17. ދިވެހިރައްޔިތުން

    ގޯތި ނުހައްޤުން މިސަރުކާރުން އަތުލި ރައްޔތުންގެ މައްސަލަ ވެސް ހައްލުކޮށްދެނީ ދޯ؟ ހުރިހާ ކަމެއް އަގައިން ވިދާޅުވިމަ ނިމުނީ.....މިހާރު އަމުލުން ނުދެއްކޭ ކަމަށްވަންޏާ ޤާބޫލުކުރުމެއް ނެތް.

  18. ހެހެހެ

    މީތަ މި ކަރާމާތްތެރިޔާ ކުރަންޖެހޭ ކަމަކީ މި ކަންކުރަން މުސާރަދީފަ ބަޔަކު ތިބޭނެ