22:19

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން އިތުރު 5،759 މީހަކަށް މިއަދު ދީފި

22:18

ރާއްޖެއިން އިތުރު 136 މީހަކު ކޮވިޑަ-19 އަށް ފައްސިވެއްޖެ.

19:54

ހއ. ދިއްދޫގައި ކަރަންޓީންގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

17:36

ރ. އަތޮޅު އަލިފުށީގައި ސްކޫލް ކުދިންތަކެއް އަރިދަފުސް ރޯގޭގެ އަލާމާތްތައް ހުރުމުން، އެ ކުދިން ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފި

15:14

ކޮވިޑް-19 ގެ ވައިރަސް 90 ސިކުންތުގެ ތެރޭގައި ފިލުވާލެވޭ ސްޕްރޭއެއް އޮސްޓްރޭލިއާގައި އުފައްދައިފި.

13:58

ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 63 އަށް އަރައިފި.

12:49

އައްޑޫ ސިޓީގެ ހުޅުމީދޫގައި ކޮވިޑް-19 ފެތުރެމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް ހަފްތާއަކަށް އިތުރުކޮށްފި.

11:49

އައިޖީއެމްއެޗް އަށް ނިޔާވެގެން ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

08:51

08:51

ހަނީމޫނަށް ރާއްޖެއައި މީހަކު ކޮވިޑަށް ފައްސިވެ، ފައިސާ ހުސްވުމުން އެހީއަށް އެދިއްޖެ.

އެތައް ބަޔަކަށް ކުއްލި ފަރުވާދޭންޖެހޭ ޙާލަތަކަށްގޮސް އެފަރުވާ އެންމެނަށް ދެވޭނެ އެނދާއި ވަޞީލަތް ނެތިގެން އެތައްބަޔަކަށް ފަރުވާ ނުދެވި ދޫކޮށްލަންޖެހޭފަދަ މަންޒަރު ރާއްޖެއިން ނުފެންނާތީ ކޮވިޑްގެ ނުރައްކާތެރިކަން މީހުންނަށް ގަބޫލު ނުކުރެވެނީ ކަމަށް ވެދާނެކަމުގެ އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު މިރޭ ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ރާއްޖޭގެ ޙާލަތުއޮތީ ވަރަށް ނުރައްކާ ހިސާބެއްގައިކަމަށާއި އެހެންނަމަވެސް މިކަމުގެ ސީރިއަސްކަން އަދި ނުރައްކާ އޮތް މިންވަރާމެދު ބައެއް މީހުން ނުވިސްނާކަމަށެވެ.

މިއަދު ވެސް ރާއްޖެ އިން 165 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދު ފައްސިވި މީހުންގެ ތެރެއިން 132 މީހަކު ފައްސިވީ މާލެއިންނެވެ. މީހުން ދިރިއުޅޭ އެހެން ރަށްތަކުން 13 މީހުން އަދި ރިސޯޓްތަކުން 19 މީހަކު މިއަދު ފައްސިވިއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކުން ވެސް މިއަދު މީހަކު ފައްސިވިއެވެ. މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 20144 އަށް ވަނީ އަރާފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 2605 މީހުން އެބަތިއްބެވެ. އޭގެތެރެއިން 186 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ހޯދަމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބޭޗާރާ

    ކޮވިޑަކީ ދުނިޔޭގައި އުޅޭ ބައްޔެއް. އެހެންނަމަވެސް މިހާރު ތިކަން ވެފައި ތިއޮތީ ވިޔަފާރިއަކަށް. ހަތިޔާރާއި ސިގިރޭޓްގެ ވިޔަފާރިއެކޭ އެއްގޮތަށް މީޑިއާގައި ޑްރާމާ ކުޅެގެން މީހުން ހައްދަައިގެން ފައިސާ ހޯދަން އުޅޭ ކަމަކަށްވެފައި. އެއިޑްސްއާއި ކެންސަރާއި ދުންފަތުންޖެހޭ ބަލިތަކުގައި މަރުވާ މީހުންނަށްވުރެ ތި ބަލީގައި މަރުވާ މީހުންގެ އަދަދު މިހާރު މާމަދު. ބަންގާޅުގައި އަދި މިހާތަނަށް ތިންއަކުރުގެ އަދަދަކުން މީހުން މަރުވެފައެއް ނެތް. މެދުއިރުމަތީގައިވެސް މީހުން އުޅޭ ނިސްބަތާ އަޅައިބަލާއިރު ކަން އޮތީ މިހެން. އެފްރިކާ ބައްރުވެސް އޮތީ މިކަލަހަ ގޮތަކަށް. މި ބަލި ދުނިޔޭގައި އޮތްވަރަށްވުރެ މިހާރު ބަލިމަޑުކަން ބޮޑުވެފައި އޮތީ މީޑިޔާގައި.

    22
    1
  2. ލިރާތް

    ސަރުކާރުން ބިރު ނުގަނަ އެއްޗެ،ދެން ކިހިނެއް ރަޔިތުމީހާ ބިރު ގަންނާނީ.ރަސިޔާގަ ބާވާ ފެޔާ އަކަށް ސަރުކާރު ގެ ވަފްދަކާ އިންޱަސްޓުރީގެ ވަފްދެ އެބަފުރާ 05 ގަ

    13
    1
  3. އަހު

    ސަރުކާރުން ބިރު ނުގަނަ އެއްޗެ،ދެން ކިހިނެއް ރަޔިތުމީހާ ބިރު ގަންނާނީ.ރަސިޔާގަ ބާވާ ފެޔާ އަކަށް ސަރުކާރު ގެ ވަފްދަކާ އިންޱަސްޓުރީގެ ވަފްދެ އެބަފުރާ 05 ގަ

    13
    1
  4. އޫޝާއު

    އެޗްޕީއޭއިން ހިންގާ އިންސްޕެކްޝަންތަކަށް ފޮނުވަނީ ކެއްސާ ކިބިހި އަޅާ ރޯގާ ޖެހިފަ ތިބޭ މީހުން.... ކޭސްތަށް މިހާ ގިނަ ވަގުތު ރޯގާ ޖެހިފަ ތިބި ބަޔަކު އިންސްޕެކްޓަރުންގެ ގޮތުގަ އެޗްޕީއޭއިން ފޮނުވުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން.... ތިތާ ތިތިބަ އިންސްޕެކްޓަރުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭ. ... އެޗްޕީއޭއިން ރޯގާ ޖެހިފަ ތިބި ބަޔަކު ފޮނުވައިގެން އެހެން މީހުން ތި ނުރައްކަލަށް ވައްޓާލަނީ.... އަދި އެޗްޕީޢޭއިން ބުނާނެ ބަލީގެ އަލާމާތް ހުރިއްޔާ ގޭގަ ހުންނާށޭ، އެކަމަކު ހުދު އެޗްޕީއޭއިން ތިފޮނުވަނީ ބަލީގެ އަލާމާތް ހުރި މީހުން، ހިތާމަ ހުރި

    17
    1
  5. ޝީޒާ

    ދެން އެހެންވީޔާ ގިނަމީހުން މރވނ ގޮތެއް ހޯދަން ވީއެއްނޫން. އޭރުން އެކި ގައުމު ތަކުން ދޭ އެހީގެ އަދަދު ބޮޑުވާނެ

    7
    2
  6. ޒުހުރާ

    ކޮވިޑް ދެކެ ބިތުނުގަންނަނީ، ބައްޔަކީ ބިރުން ފިލަން ދުވަން ޖެހޭވއެއްޗަކަށް ވުރެ ބޮޑަށް ރައްކާތެރި ވާންޖެހޭ އެއްޗަކަށްވާތީއާއި ފިލުމުން އެއިން ރައްކާތެރިވެވޭނެކަމުގެ ގެރެންޓީ އެކަކަށްވެސް ނުދެވޭތީ.

  7. Anonymous

    މަރުވެދާނެތީވެސް އަހަރެމެން ބިރެއް ނުގަނޭ. އެއީ ވާނެއެްްޗެއް. ﷲ އަށް އަހަރެމެން ބިރުވެތިވަނީ.

  8. އަޙްމަދް

    އެތައް ބަޔަކަށް ކުއްލި ފަރުވާދޭންޖެހޭ ޙާލަތަކަށްގޮސް އެފަރުވާ އެންމެނަށް ދެވޭނެ އެނދާއި ވަޞީލަތް ނެތިގެން އެތައްބަޔަކަށް ފަރުވާ ނުދެވި ދޫކޮށްލަންޖެހޭފަދަ މަންޒަރު ރާއްޖެއިން ނުފެންނާތީ ކޮވިޑްގެ ނުރައްކާތެރިކަން މީހުންނަށް ގަބޫލު ނުކުރެވެނީ ކަމަށް ވެދާނެކަމުގެ އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު މިރޭ ވިދާޅުވެއްޖެއެވެ.
    ———————————————————-
    ކޮވިޑޭ ކިޔައިގެން މީހުން ބިރުގައްނަވަން ދޮރުން ދޮރަށް ޓީމުތަށް ފޮނުވަން ވީނޫންތޯއެވެ.

  9. ސސ

    ނަޒުމާ ލެބޯޓްރީ ހަދައިގެން ވިޔަފާރި އުސޫލުން ޓެސްޓު ހަދަން ރައްޔިތުން ކަރަންޓީނު ވާނެތޯ، މިތާ ތިޔަބުނާ ނުރައްކާތެރި ކޮވިޑް އޮންނަމަ ފުރައުންޓް ލައިން މީހުންވެސް ބަލިޖެހޭނެ ނުންތޯ އެކަކުވެސް ބަލިނުވޭ ﷲ ގެ ރަހުމަތުން !

  10. ސިޗޭ

    ދިވެހިން އެކަކު އަނެކަކު ބޮލުގަ ދޮގު އިލްޒާމް އަޅުވަނީ މަރުގެ ފަހަށްވެސް ބިރުނުގަންނާތީ ދޯ؟

  11. ހަރާމީ

    ދިވެހިން އޮފީހު ބަޖެޓުން ކައްވާލައިގެން ބޮޑެތި އިމާރާތް ހަދަނީ ބޯރަނގަޅުކަމުންނޭ ބަޔަކު ބުނޭ. އަނެއްބަޔަކު ބުނަނީ އެއީ ނަރަކަ ދެކެ ބިރުނުގަންނާތީއޯ...

  12. ހަމީދު

    ދެން ދިވެހިން ބިރުގަންނަވަން އެއްފަހަރަކާ ގިނަ ބަޔަކު މަރާލަންތަޖެހެނީ..؟ ކޮންމެހެން ގަންނަޖެހޭތަ ބިރު..؟