ހަނީމޫނަށް ރާއްޖެ އައި އިންޑިއާގެ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ރާއްޖެ އައި ފަހުން ކޮވިޑް-19 އަށް ފައްސިވެ ދެމީހުން ކަރަންޓީން ވާން ޖެހުމުން އެކަމަށް ބޮޑު ހޭދައެއް ކުރަންޖެހި އެންމެ ފަހުން އަތުން ފައިސާ ހުސްވެ އިންޑިއާ ސަރުކާރުގެ އެހީއަށް އެދިއްޖެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ފްރީޖާނަލް" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮވިޑަށް ފައްސިވި ފިރިހެން މީހާގެ އަނބިމީހާ ވަނީ އެދެމަފިރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން އެދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި އަދި މިނިސްޓްރީގެ ޓްވިޓާ ހޭންޑަލް ޓެގްކޮށް ގިނަ ޓްވީޓްތަކެއް ކޮށްފައެވެ.

ޑިމްޕްލް ވަޝިނާ ނަމަކަށް ކިޔާ އަންހެން މީހާ ބުނި ގޮތުގައި ފިރިމީހާ ކޮވިޑަށް ފައްސިވުމުން އެމީހުން މިހާރު ބައިތިއްބާފައި ތިބީ ރިސޯޓެއްގެ ދެކޮޓަރިއެއްގައެވެ. ދެކޮޓަރިއަށް ވެސް ފައިސާ ދައްކަން ޖެހުމުން އަތުން ފައިސާ ހުސްވެފައިވާ ކަމަށް އޭނާ ބުންޏެވެ. "އަހަރެން މިހުރީ ދިވެހިރާއްޖޭގައި. އަހަރެންގެ ފިރިމީހާ ވަނީ ކޮވިޑަށް ފައްސިވެފައި. (ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ނުފެނޭ.) އަހަރެމެން ކަރަންޓީން ކޮށްފައި ތިބީ ރިސޯޓްގެ ދެކޮޓަރިއެއްގައި. ދެކޮޓަރިއަށް ފައިސާ ދެއްކުމުގެ ގާބިލްކަމެއް އަހަރެމެންގެ ނެތް. އަހަރެމެން ބޭނުން ވަނީ އިންޑިއާ ސަރުކާރުގެ އެހީއެއް." ޑިމްޕްލް ލިޔެފައި ވެއެވެ.

އޭނާ ބުނާ ގޮތުގައި ކަރަންޓީން ނިމޭއިރު އެމީހުން ފަސްލައްކަ ރުޕީސް ހަމައެކަނި ރިސޯޓަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.

ޑިމްޕްލްގެ ޓްވީޓާއި ގުޅިގެން އަދި މިހާތަނަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޑިމްޕްލް ޓްވީޓްތައް ކޮށްފައި ވަނީ އިއްޔެގެ އެކި ވަގުތުތަކުގައެވެ.

ޑިމްޕްލްގެ ޓްވީޓަށް ރިޕްލައިކުރި އިންޑިއާގެ ބައެއް މީހުން ވަނީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ދުނިޔެ އޮއްވާ އެދެމަފިރިން ހަނީމޫނަށް އެހެން ގައުމަކަށް ދިއުމުން ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. މާމީ

  ދެން އަވަހައް ރާއްޖެއިން ހަމަޖައްސާ އެމީހުންގެ ޚަރަދު ކަލޭމެންގެ ލޮލާ ލޯ ދިމާވާމީހުން ވީމަ.. ބަޔަކައް އޅުދާސް ވިއަސް ބޮޑުވަރު

  35
  2
 2. އަންނި

  މިސަރުކާރުން ތިޔަބޭފުޅުންގެ ހުރިހާ ހަރަދު ބަރަދެއް އަދާ ކޮއްދޭނަން.

  45
  2
 3. ރައިހާނާ އަލީ

  ރިސޯޓަށްލާރިގަނޑެއްލިބުނީތާ .. ދެތިންމަސް ވަންދެން މު ވައްޒަފުންނަށް މުސާރަނުދިނަސް ތިޔަލާރިގަނޑު ވެސް ތަނަށްލިބޭނެ..

  38
  1
 4. ދަލޭކާ ދިޔެ

  އެދެމަފިރިން އެއީ އާދައިގެ ބައެއް ވީމަ ތި މައްސަލަ އަކަށް ވީ. ޏާޗަރަންގީ ކުޅެމީހުން އުފަން ދުވަސް ފާހަނގަ ކޮށް ޕާޓީބާއްވާއިރު އެއީ މައްސަލައެއްނޫން.

  35
 5. Anonymous

  ހާސްނުވޭ. މިގައުމު އޮތީ ރޭޕިސްތާންއައް ވިއްކާލާފަ. މިގައުމުގަ ތިބި ތޮގޫތުން ކަލޭމެންގެ ބިލް ދައްކަދޭނެ

 6. ޒާ

  މަރުވިޔަސް ތިޔަ އިންޑިއާ އަޅާނުލާނެ. އެކަމަކު ގައުމުގެ މީހުންގެ ހައްގުގާ އުޅޭކަމަށް ވަރަށް ދައްކާނެ. އިންޑިއާ ސަފީރު އުޅެނީ ރާއްޖޭގައި ގެދޮރާއި ބުރިޖް ނޭޅިގެން.

 7. ވާނުވާ

  ހީވަނީ ސްކޭމް އެއް ހެން. ތި ހުރިހާ ޓްވީޓް އެއް މިހާރު ވަނީ ޑީލީޓް ކޮށްފަ

  3
  1
 8. ޙާމަ

  ޔަޤީން ތިދެމީހުންނަށް ދެން ހުރިހާ ޙަރަދެއް ކުރާނީ ރާއްޖޭގެ ސަރުކާރުން، އާސަންދަ އާއި އެންސްފާ އިން

 9. ަސދަސދ

  އެމީހުން ބޭނުންވަނީ ރާއްޖޭގެ އަގުވައްޓާލަން. މިވަގުތަކީ އިންޑިޔާ ނޫސްވެރިން ގެނެސްގެން އިސްތިހާރުކުރަމުންދާ ދަނޑިވަޅެއް. އެހެންކަމުން އެކަމަށް ހިޔަނި އެޅޭގޮތަށް ވާހަކަ ދެއްކުމުން ރާއްޖެއިން ތިދެމަފިރިންނަށް އެހީވާނެކަން އިނގޭތީ އެކަން އެގޮތަށްކުރީ

 10. ކަންއިނގޭ

  ތިހެން ނުވީސް އިންބައުންޑް ޓުރެވެލް އެށް ނަގައިން އައި ނަމަ. އޭގެން ކަވަރ ކުރާނެ