ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ގާތަށް ވެސް ފްލެޓް އެޅުނު އެހެން މީހަކު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

މާލޭގައި ބޯހިޔާވަހިކަމުގެ ހައްގު ނުލިބޭ އެންމެ ފަހު މީހާއަށް އެ ހައްގު ލިބެންދެން މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވެފައިވާ ވައުދު ހިމެނޭ ފޮޓޯއެއް ހިއްސާ ކުރައްވަމުން ރުކުމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ވައުދާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

"ޑރ. މުއިއްޒު އެހެން ވިދާޅުވީމަ ޔަގީންވާ ސަބަބަކީ ޑރ. މުއިއްޒަކީ ފްލެޓް ބައްޕަ އަށް ވުން، މުއިއްޒު ފްލެޓް އެޅި އަދަދާ ގާތް ކުރާ އަދަދަށް ވެސް އެހެން މީހަކަށް ފްލެޓް އެޅިފައެއް ނެތް،" ރުކުމާ ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރުގެ މަގާމު ހަތް އަހަރު ވަން ދެން މުއިއްޒު ފުރުއްވިއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރުގެ މަގާމު މުއިއްޒު ފުރުއްވިއެވެ.

މި ހަތް އަހަރު ދުވަހުގެ މުއްދަތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފްލެޓްގެ މަޝްރޫއުތަކެއް ގެންދެވިއިރު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައި އެ ބިމުގައި ކުރިއަށް ގެންދިޔަ "ހިޔާ މަޝްރޫއު" ގައި 7،000 އެއްހާ ފްލެޓް އިމާރާތް ކުރިއެވެ.

އޭރު އެ މަޝްރޫއުގައި ފްލެޓް ލިބޭނެ ކަމަށް މީހުން ކަނޑައެޅުމުގައި ހިނގާފައި އޮތީ އިންސާފުން ބޭރު މަރުހަލާއެއް ކަމަށް ބުނެ މި ސަރުކާރުން ވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓު މުރާޖައާކޮށް ވަރަށް ގިނަ ބަޔެއްގެ ނަން އުނިކޮށްފައެވެ. އޭގެ ތެރޭގައި ވަރަށް ނިކަމެތި ހާލަތުގައި ދިރިއުޅޭ ބައެއް ފަރާތްތައް ވެސް ހިމެނެއެވެ.

މުއިއްޒު ވިދާޅުވާ ގޮތުގައި އޭރު ވެސް އެ މަރުހަލާ ކުރިއަށް ދިޔައީ އިންސާފުން ކަމަށާއި ލިބުނު ފަރާތްތައް އަތުން ފްލެޓް މިހާރު އަތުލާފައިވަނީ އިންސާފުން ބޭރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަބްދޫ

    ޔާމީނުގެ ވެރިކަމުގަ 7000 އާއި 4000 ފްލެޓް އިމާރާތް ކުރެވެމުން ދަނިކޮށް މިސަރުކާރު އައި ނޫސްތަކުން ދުށިން 4000 ބިމުއަޑީގެ ކޮންކްރީޓް ނިމުނުވާހަކަ ފަހުން މަސައްކަތް ހުއްޓުވާ 4 ކޮޓަރީގެ 1700 ގެ ބަދަލެއް ވެސް ކިޔާ އުލުނު އޭގެ ފަހުން 3 ކޮޓަރީގެ 2500 އޭވެސް ކިޔާތީ އިވުނު. މިހާރު އެ 4000 ފްލެޓް އަށް ވީގޮތް ރު\ކުމާ ސާފުކޮށްދެއްވަބައްލަވަ.އަޅުގަނޑު މިލިއުނީ ތިޔަ ދާއިރާގެ ރައްޔިތެއްގެ ހައިސއްޔަތުން

  2. ޢަދުރޭ

    ރުކުމާގެ އެ ބަސް ދޮގެއް ނުކުރެވޭނެ . ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެއީ ފެންނަން އޮތް ޙަޤީޤަތް

  3. ވަތަނީ

    ރުުކުމާ އެވިދާލުވި ތެދު ބަސްފުޅަށް އަޅުގަނޑު ތާއީދު ކުރަމެވެ އިންތިޚާބާ ދިމާކޮށް،
    ތިމަންނާއީ ފުލެޓް ދޮބެއީމެވެ ތިމަންނާއަށް ވޯޓްދޭށޭ. ހުރިހާ އެންމެންނަށް ފުލެޓާއި ގޯތި ދޭނަމުއޭ. ބުނާ މީހުންވެސް އުޅެއެވެ.މިބާވަތުގެ މީހުންނަކީ އެހެންމީހުން ކޮށްފައިވާ މަސައްކަތުން
    ފައިދާ ހާސިލްކޮށް، ތިމާމެންގެ އުރައްޕެއް ނެތްކަން މީހުންނަށް އިހްސާސް ވިއަނުދިނުމަށް
    ފޫގަޅައި އެހެންމީހުންގެ އަގުވައްޓާލުމަށް އަވަދިނެތި އުޅޭބައެކެވެ.

  4. މަރީ

    އަނގައޭ ކިޔާ

  5. މާޓި

    ވަގުތާ ދެކޮޅަށް ލިޔާ އެއްވެސް ކޮމެންޓެއް ގެނެސްނުދޭކަން ފާހަގަ ކުރަން. ވަގުތު ފެއިލް

    4
    1
  6. ޔެސް

    ޔެސް މުއިޒް އަކީ ހަމަ ފްލެޓް ބައްޕަ. މޑޕ މީހުން ހަޖަމް ކޮއްލާ

    1
    1
  7. ައޮފްބެ

    ރުކުމާވެސް ގޮނޑި ނުލިބުނީމަ ސައިޑް ބަދަލުކޮށްލި ނޫނޭވާގަދަ::(

  8. ޢަދުރޭ

    ވަގުތާ ދެކޮޅަކަށް ކޮމެންޓްލިއެވޭނީ ވަގުތައްވުރެ ބާރަށް ދަތުރުކޮށްގެން މި ކޮމެންޓް ކިޔާނިމޭއިރު އެދިއައީ އެވަގުތު .ވަގުތު އަބަދުވެސް އުޅޭނީ ކުރީގަ ކަލޭމެން އެމްޑީޕީ މީހުން ތިބެން ޖެހޭނީ ފަހަތުގައި ބަކަ ތަޅަތަޅާ މާލޭގެ މޭޔަރަކަށްވެސް ހަމަ ހޮވާނީ މުޢިއްޒު ދެން ލަލަލާ..

    1
    1