ރ. އަތޮޅަށް އިތުރު އެއާޕޯޓެއް މުހިންމު ކަމަށާއި މި ސަރުކާރުން އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ އެ އަތޮޅުގައި ދެން އަޅާ އެއާޕޯޓެއް ހަދާނީ ހުރިހާ ރަށަކަށް އެންމެ ރަނގަޅު ގޮތަކަށް ބައްލަވާފައި ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވީ ރ. އަތޮޅުގައި އިތުރު އެއާޕޯޓެއްގެ މުހިންމު ކަން ރ. އަލިފުއްޓާއި ރ. އިނގުރައިދޫ ކެމްޕެއިން ޓީމުން ފާހަގަކޮށްފައިވަނިކޮށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ އަތޮޅުގެ ދެކުނުގެ ރަށްތަކަށް ފަސޭހަ އިން ދަތުރު ކުރެވޭނެ ނިޒާމެއް މުހިންމެވެ. އެހެންވެ، ރ. އަތޮޅަށް ވައިގެ މަގުން ދަތުރު ކުރެވޭނެ އިތުރު މަގެއް ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެކަމަކު، މިވަގުތު އެއާޕޯޓު އަޅާނެ ވަކި ރަށެއް ފައިނަލް ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރ. އަތޮޅުގައި އެއާޕޯޓެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. އެ އަތޮޅުގައި މިވަގުތު އެއާޕޯޓެއް އޮންނަނީ ހަމައެކަނި ރ. އިފުރުގައެވެ. މިދިޔަ ސަރުކާރުން ރ. ފައިނުގައި އެއާޕޯޓެއް އެޅުމަށް މަސައްކަތް ކުރިއެވެ. އެކަމަކު، ދައުރު ނިމުނު އިރު ވެސް އެކަން ވެފައެއް ނުވެއެވެ.

ރ. އަތޮޅަށް އިތުރު އެއާޕޯޓެއް މުހިންމު ކަމަށް ރައީސް ވިދާޅުވި އިރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު މިދިޔަ އަހަރުގެ ތެރޭގައި ވިދާޅުވީ އެއާޕޯޓްތައް އަޅަމުން ދަނީ ސަރުކާރުން ތައްޔާރުކޮށްފައިވާ ނެޝަނަލް އެއާ ކަނެކްޓިވިޓީ ޕްލޭންއާ އެއްގޮތަށް ކަމަށެވެ. އަދި އެއާޕޯޓުތައް އަޅާނީ ޕްލޭނާ އެއްގޮތަށް ވަކި ތަންތަނެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަށް ހަމަޖެހިފައިވާ ކަން ޕްލޭންގައި ނެތް ކަމަށް އޭރު އޭނާ ވިދާޅުވިއެވެ.

އިފުރު އެއާޕޯޓަކީ 2015 ވަނަ އަހަރުން ފެށިގެން އޮޕަރޭޓްކުރަމުން އަންނަ އެއާޕޯޓެކެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މި އަހަރުގެ ތެރޭގައި އިތުރު ފަސް ރަށެއްގައި އެއާޕޯޓު ތަރައްގީ ކުރުމަށް ނިންމާފައިވާކަން ހާމަ ކުރައްވައިފައެވެ. އަދި ހަތަރު އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙަސަން

    ރ.އަތޮޅު ދެކުނު ސަރަޙައްދަކީ މުޅި ރާއްޖެއަށް ބެލިޔަސް ރިސޯޓްތައް އެންމެ ގިނަ ސަރަޙައްދެވެ. އަދި އަބާދީގެ ގޮތުންވެސް ގިނަ ރައްޔިތުން ދިރިއުޅެމުންދެއެވެ. އެހެންކަމުން ރ. ބެރިޔަންފަރު ހިއްކައިގެން އިންޓަރނޭޝަނަލް އެއަރޕޯޓެއް ހެދުމަކީ ވަރަށް ފައިދާހުރިކަމަކަށްވާނެއެވެ.

    1
    3
  2. ޖަނާޒާ

    ކޮބާތޯ! ކާށިދޫ ފަޅުހިއްކައިގެން އަޅުއްވާ ރިސޯޓް! ކޮބައިތޯ ކާށިދޫ ކަނޑުގައި، އަޅަން ވައުދުވެލެއްވި މަސްކަނދުފަތި. ކޮބާތޯ ކާށިދޫގައި އަޅުއްވަން ވަޢުދުވި ގޭދޮށު މަސްފެކްޓަރީ ! ކޮބައިތޯ ކާށިދޫގައި އަޅުއްވަން ވަޢުދުވި އެގްރިސެންޓަރު! އަދި ވެސް މަނިކުފާނަށް ވަޢުދުތޯ ނުވެވިގެން ތިޔަ އުޅުއްވަނީ! ކާށިދޫން އެމް.ޑީޕީ. ސައިޒްކުރާނެ ރައްޔިތުން މި ކައުންސިލް އިންތިޚާބުގައި! ކަލޭމެންގެ ދޮގު ވަޢުދުތަކާއިހެދި ކާށިދޫގައި އެމްޑީޕީ ބަލިކަށިވެއްޖެ! ކިހާދެރަކަމެއްތޯ މީ

    13
    1
  3. ޟައިނާ

    ސާބަހޭ ރައީސް ތިކުރައްވާހދުމަތަށް

    1
    13
  4. ހެހެހެ

    އެއާރޕޯޓަކީ ޖަޒީރާގެ އާގޮތެއް އޮތަ

    10
  5. ޒާ

    މިދިޔަ ސަރުކާރުން ރ، ފައިނުގައި އެއެއާޕޯޓެއް އަޅަން އުޅުމުން އެރަށުގައި ތިބި އެމްޑީޕީ އެކްޓިވިސްޓުންނާއި އެމްޑީޕީއަށް ސަޕޯޓްކުރާ ތިމާވެށީގެ މީހުން ފަޔަށް ހިނިއެރީ. އެކަން ވިޔަނުދީ ހަޅުތާލުކޮށް ހުއްޓުވީ. ދައުރު ނިމުނުއިރުވެސް އެކަން ނުވީއަކީނޫން. ކުރިޔަ ނުދިނީ. އެނިލައްވާތޯ ފ. އަތޮޅުޕްރޮޖެކްޓުވެސް ބަޔަކު ހުއްޓުވިކަން. މިއަދު އެތިބީ ރާކަނިމަސް ކެވިފަ.

    16
  6. ފުތާބެއްޔާ

    މި އިންތިހާބު ނިމި ދެން އަންނަ ރިޔާސީ އިންތިހާބުގަ ހަމަ ތިއަތޮޅު މީހުން އެއާޕޯޓު ކޮބާހޭ ސުވާލު ކޮއްފިއްޔާ އިބޫ ބުނާނެ އެއާޕޯޓު އަޅަން އުޅުން ރަށަކީ ވަރަށް ގިނަ ވެލާ ކަހަނބު ބިސް އަޅަން އަރާ ރަށެއްވީމަ މިހާރު މިދަނީ އިތުރަށް ދިރާސާ ކުރަމުންނޭ، އަންނަ ދައުރުގަ ރ އަތޮޅުގަ ތިމަން މަނިކުފާނު އޭ380 ޖެއްސޭވަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދޭނަމޭ. ދެން ރައީތުން އަނެއްކާވެސް ގުބޯހެދިގެން އަތާފަޔާ ޖަހާފަ ⚖️ ތިލަފަތަށް ވޯޓުލާނެ

    13
  7. ކޮވިޑް

    ދިވެހިން އެއަރޕޯޓް ބޭނުމެއް ނޫން ބޭނުންވަނީ ޖައްވުގާ ދިރި އުޅެވޭނެ ގޮތެއް ހަދައި ދިނުން އޭރަށް ދަރިން ނަށް ދުނިޔޭން ބޭރަށް ދަރިން ކިޔަވަން ފޮނުވާކަށް ވެސް ނުޖެހޭނެ.ދެއްތޯ؟

    11
  8. ހޯހޯ

    ޢި ން ތިހާބު ކާރިވީ ހުރިހާކަމެއްވެސް ރައްޔިތު ން ނަށް ބޭ ނުނ ންވޭ ހަމަ ނިމު ނީ ދެ ން ބޭ ނު ންވާ ނެ އެއްކަމެއްވެސް ނޯވެ. ފޮ ނިކެ ނޑިޔަސް ބޮޑުވަރު އެއްކަމެއް ވެސް ނުވާ ނެ ރައީސް މީހާ ހު ން ނަކަ ންވެސް ރައްޔިތުން ނަށް ނޭގޭ

    10
  9. ޗަކޮއެ

    ކޮންކްރީޓް ތރައްގީއަށް މަލާމާތްކޮށްގެން ކެމްޕޭން ކުރިމީހެއް މިހާރުދައްކާވާހަކަ ނިކަންދެކިބަލަ.

    16
  10. ޒަރާނާ.

    ބަލަޖަޒީ ރާ މިވަނީ ޔާމިނު ބުނިގޮތައް 25 މިނެޓުން ދެވޭހިސާބުގަ އެއާޕޯޓު އަޅާ ބު ރިޖުއަޅާ ތާ ރުއެޅިމަގާ ބަނދަ ރާ ޕާ ރކުތައްވެސް ލައިގެންދޯ ނޫނޭ މޮޅު

  11. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

  12. ދަވަގާ

    ތިޔާއީ ނުވާނެ ކަމެކޭ ތިޔާއީ ބްރޯ މެން ފަތުރާ ޕްރޮޕެގެންޑާއޭ މިހާރު ވެސް ރިސޯރޓްސް ތަކުގެ އިންޖިނިއަރިންގް ޑިޕާރޓްމެންޓްގެ ހުރިހާ މަގާމް ތަކަކީ އެއީ ދިވެހިން ލިބޭނެ މަގާމް ތަކޭ އަދި ހައުސް ކީޕިންގް ހުރިހާ މަގާމް ތަކަކީ ދިވެހިން ލިބޭނެ މަގާމް ތަކޭ އެކަމަކު ކުދި ކުދި މުސާރަ ޖަހައިގެން ބޭރު މީހުން ގެންނަނީ ބޮޑެތި މުސާރައިގެ މަގާމް ތައް ދެނީ ބޭރު މީހުންނަށޭ ނޮކޫ މޯލްޑިވްސްގެ އެޗްއޯޑީން ނަށް އިންޑިއާ މީހުން ގެނައީ މަސައްކަތު މީހުންގެ ނަމުގައޭ މިހިރީ ކުރާ ބޮޑެތި ވައްކަން ތަކަކީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޑީގައި ހުރެގެން އިމިގްރޭޝަން އާއި ގުޅިގެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ހުރިހާ ރިސޯރޓްސް ތަކަށް ގެންނަ މުސާރަ ބޮޑެތި ބޭރު މީހުން މީހެއްގެ އަތުން 1000 ޑޮލަރުގެ ކަޓެއް ދަމައިގަނެއޭ އޭނާ މިކަން ކުރަނީ ސީދާ އިމިގްރޭޝަންގެ ބެލުމުގެ ދަށުންނޭ ބޮޑެތި ވަގުން ކުރާ ބޮޑެތި ވައްކަން ތަކޭ މިހުންނަނީ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަކީ އެއީ ބޮޑެތި ވަގުންނޭ ވަގާ ވަގާ ވަގާ

  13. مس

    މިހާރު އެންމެ މުހިއްމީ ކޮވިޑުން ސަލާމަތް ވެވޭނެ ގޮތް ހޯދުން ވޯޓް ހޯދުމަށްޓަކައި ފޮނިބާސާ ކަޑާ އިރު ސަރުކާރުން މިނުރައްކާތެރި ކޮވިޑު ޖެހޭމީހުން ނުބެލެހެއްޓިގެން ގެއަށް ފޮނުވާ ބަލިނުޖެހި ގޭގައިތިބޭ ހައިރިސްކު މީހުނަށް ބަލިޖެހި މަރުވަމުން އެދަނީ ސަރުކާރުން ބަލިޖެހޭމީހުން ބެލެހެއްޓޭ ވަރުގެ މާލީހާލަތެއް ނެތިގެން ކަމަށްވާއިރު ރައްޔިތުންގެ ފުރާނަޔަށްވުރެ އިސްކަންދޭން ޖެހޭކަމެއް އޮވެގެން ވާނެތޯ ؟

    • ރައްޔި

      ކޮވިޑު ވެކުސިން ދީފައި ވަނިކޮށް މިއަދު މަރުވި މީހާވެސް މަރުވީ ވެކުސިނަކުން ކޮވިޑެއް ނުހުއްޓުވޭ އަދި ހާލުގޯސް ނުވެވެސް ނުދާކަން ވެކުސިން ދީފައި ވނިކޮށް މަރުވާ މީހުނަށް ވިސްނާލުމުން ދޭހަވޭ ވީމާ ކޮވިޑަށް އޮތް ހައްލަކީ ކޮވިޑު ޖެހޭމީހުނަށް ވަކި ހާއްސަ ތަނެއް ހަމަޖައްސާ އެމީހުންގެ ފަރާތުން އެހެންމީހުނަށް ބަލިނުޖެހޭނެގޮތް ހެދުން! އެކި ރަށްރަށުގައި އެއާރޕޯޓް ޢެޅުމާއި ސިމެންތި މަގު ހެދުމަށް ވުރެއިސްކަމެއް ދެއްވަން ޖެހެނީ ކޮވިޑުން ސަލާމަތް ވާނެގޮތް ހެދުން ވެކުސިނަކީި ވެސް ވޯޓަށް ޖެހި މަޅިއެއް ކޮވިޑުން ސަލާމަތް ކުރުމެއްނޫން !މިހާރަކަށް އައިސް ކޮވިޑުޖެހިފައި ތިބިމީހުން ގެއަށްފޮނުވާ އެމީހުން ޢުޅޭ ނުޢުޅޭގޮތެއް ބެލުމެއް ނެތި ދޫކޮށްލާފައި އެވަނީ ޖެހިފައި ތިބޭމީހުން ކުޑަމިނުން މިގޭމަގު މަތީގައިވެސް ނިކުމެ އުޅޭތަން ފެނޭ މިޢީ ވަރަށް ދެރަ ހިތާމަހުރި ކަމެއް !