އިދިކޮޅު ފަރާތްތަކުން އަންނަ ރިޔާސީ އިންތިޚާބަށް ނެރޭ ކެޑިޑޭޓަރަކީ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވާން ފެއްޓެވުމާއި އެކު އިދިކޮޅުގައި ތިއްބެވި އިސް ބޭފުޅުންގެ މެދުގައި "ހުޅުފަޅައިގެން" ގޮސްފައިވާ ކަމަށް ދަނީ ވާހަކަ ފެތުރެމުންނެވެ. މިކަމަށް ބާރުލިބޭ ބައެއް ވާހަކަތައް އިބޫގެ އަނބިކަނބަލުންނާއި އިބޫގެ އާއިލާ ބައެއް މެންބަރުންގެ ފަރާތުން ދަނީ ފެންނަމުންނެވެ.

އިބޫގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިއްޔެ ހުސައިން ޟަލާހުއްދީންގެ ޅެންބައިތަކުން ވަނީ އިބޫ އާއި ދެކޮޅު ފަރާތްތަކަށް ރައްދު ދެއްވާފައެވެ. ފަޒްނާ ޓްވީޓް ކުރެއްވި ޅެންބައިތުގައި ވަނީ "ވިމާ މޮޅު ނަސަބަކުން އަޔަތީ، ތިމާމެން ކިބުރުވެރި މިވަނީ. ރިމާދަށް ފުރޮޅިގެން އެދަނީ ދިމާއަށް އަނގުރު އަލިފާނޭ."

https://twitter.com/thadhs/status/1004031857460236289

ފަޒްނާގެ ޓްވީޓްގެ މާނަ ރައްދުވަނީ ކޮން ފަރާތްތަކަކަން ހާމަކޮށްދެނީ އިބޫގެ ކޮއްކޮ އައިމިނަތު ސާލިހް ކުރި ޓްވީޓަކުންނެވެ. އައިމިނަތުގެ ޓްވީޓްގައި ވަނީ "އެމްޕީ މަހްލޫފް ފާޅުކުރެއްވި ޚިޔާލަކާއި ގުޅިގެން ބަޔަކު ރަންބުއްދިވެ، އިބޫ ޞާލިހް ބޯ ކަނޑާ ހަވަރަށް ދޭން ގޮވަން ޖެހެނީ ކީއްވެބާ. ހާދަ ދެރަވަރޭ."

ފަޒްނާ އަކީ ރައީސް ނަޝީދުގެ ބޮޑުބޭބެ ސިއްކަ އަހްމަދު އިސްމާއިލްގެ ދަރިކަނބަލެކެވެ. ނަމަވެސް އިބޫ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވަން ރައީސް ނަޝީދު ތާއިދު ނުކުރައްވާ ކަމަށް ވެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ބެހޭ ގޮތުން ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ޤަރާރަށް ވެސް އިބޫ ދެކޮޅު ހެއްދެވިއެވެ.

އަދި ރައީސް ނަޝީދު ޤާނޫނާއި ހިލާފަށް ކުރިއަށް ގެންދެވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް އިބޫ ރައީސް ނަޝީދަށް ތާއިދު ކުރެއްވި މަންޒަރެއް ނުފެނެއެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ނިކުންނަވަން އިދިކޮޅު ބައެއް ފަރާތްތަކުން ތާއިދު ކުރެއްވި ނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީގެ ވިސްނުމަކީ ރައީސް ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

72 ކޮމެންޓް

  1. އައްޔަ

    ވީ އާރ ވިތް އިބޫ

  2. މަރިޔަމް

    އިބޫ ގައިގައި ރައީސެއް ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް އެބަ ހުރި

  3. ކާފަ

    އިބޫ އަކީ މަޑުމައިތިރި ކެއްތެރި އެންމެނާއި ގުޅިގެން އުޅެން އިނގޭ ލީޑަރެއް! ސައިލެންޓު ގިނަ ވޯޓް އިބޫ އަށް ލިބޭނެ. ނަޝީދާއި ދެކޮޅަސް ވިޔަފާރިވެރިން ވެސް އިބޫ ބެކް ކުރާނެ

    • ވިސްނާ

      ބަރާބަރު ވާހަކައެއް!

  4. ހަލީލް

    ދެން އެމްޑީޕީ މީހުން ނިކުމެ ތަނެއް ދޮރެއް ނުބަލާ އިބޫ އަންހެނުންނަށް ބަވާލާ...

    • ނާއްޓެ

      ބަވާނެ. ތީ ޝައްކެއް ވެސް ހުރި ކަމެއް ނޫން. ބަވާލާއިރު ޔަގީން މަންމައަށް ކީއްކުރަން ބައްޕައަކަށްވެސް ނުބަލާނެކަން.

  5. އަމީލު

    ކޯލިޝަން އެކަކުވެސް ނަޝީދު އާއި އެކު ކޯލިޝަން ހަދަން ބޭނުމެއް ނުވޭ 2008 ކޯލިޝަން އެއްބަސްވުމައް އޭނާ ކަންތައް ކުރި ގޮތުން

    • ޗިއްލޫ

      ދެންކީއްވެ ބުނަން ނުކެރިގެން އުޅެނީ؟؟؟ ނަޝީދަކީ ކުއްވެރިއެއް އޭނައަކަށް ކުރިމަތިނުލެވޭނަ، ރައްޔިތުންވެސް އެކަންވިޔަކަނުދޭނަ!!! ވެރިކަމަށް އަންނަން ބޭނުމީޔާ އޭނަ ވަގައްނެގި އަބްދުއްލާ ގާޒީއަކީ އޭނަ ވަގަށްނެގި މީހެންނޫންކަން ސާބިތުކޮށްދޭން އެބަޖެހޭ، އެކަމެއްް އޭނަޔަކަށް ވާކަށްނެތް ހުރިހާ ރައްޔިތުންގެ ކުރިމަތީގަ އެނަވަނީ އެކަމަށް އެބަސްވެފަ!!!

  6. ނުރަބޯ

    މީހާ ރޯބަރަހަނާގައިހުރެ އެހެން މީހުންނަށް އަނގުރުއަލިފާނުގެ ބިރު ދައްކަނީތަ......؟؟؟

    • އަޅުގަނޑު

      ޔާﷲ

  7. އާދަމް

    އިބޫ އަކީ ރަނގަޅު ބޭފުޅެއް...ނަމަވެސް ޑިމޮކުރަސީގަ އެންމެ ތާއީދު ބޮޑީ އެންމެ ހަޔާތްކުޑަ މީހުނަނަށް.. އިބޫއަކީ ތަންކޮޅެއް އަހުލާގު ހުރި ބޭފުޅެއް..

  8. ދިވެއްސެއް

    ރައީސްއެއްގެ ހުންނަންޖެހޭ ހުރިހާ ސިފައެއް އިބޫގައިގައި ނުހުރެދާނެ. އެކަމު ނަޝީދުއަށް ވުރެ ރަގަޅު އެތައްސަފަޔެއް އިބޫގައިގައި އެބަހުރި. ގައިމުވެސް ނަޝީދަށްވުރެ ބޮޑަށް މަ އިބޫއަށް އިޚްތިރާމް ކުރަން.

  9. ސަން އަހުމަދު

    ވިތާހިރު މޮޅުއެރަންމުތަކީ އާބިދާގެބަޑުންވިހޭ ދަރިއޭ

    ހިތާކޮށް ފިކުރުބެލިނަމައީ އިބާރާތެއްކަމަށް ވާނޭ

    • ކެނެރީ ސޮނި މުގާބޭ

      އާބިދާގެ މޮހޮންމަދަކީ ދިވެހިޖީލުގެ ފިރުއައުން... އެއީ ބޮޑު އާފާތެއް... ރޯދަނުހިފާ ސުންޕާ ނަސްރާނީ މާ ވަހުސީ...

  10. އަބްދުއްލާ

    ނަސީދާ އެކު މަސައްކަތް ކޮށްގެނެއް ގައުމަށް ހަމަޖެހުމެއްނެތް ؟ އިބޫ ނެރެގެން ޕާޓީން ނަސީދު ދޫކޮށްލައިފިނަމަ ޕާޓީ ގެ ކުރިމަގު އުޖާލާ ވެގެންދާނެ.

  11. އެދުރުބެ

    ޢެމްޑީޕީ މަސްޓް މޫވް އޮން ވިތައުޓް އަ ޓެރަރިސްޓް.

  12. އަޒީ

    އެމް.ޑީ.ޕީ އިންވަކިން ކެނޑިޑޭޓަކު ނެރޭނަމަ އެންމެ ރަނގަޅީ ހަމަ އިބޫ ގުޅިފަިވާ ޕާޓީތަކުން އެކަކުނެރޭނަމަ އޭކޭ އެހެނީ ޢޭކޭ އަކީ ކެބިނެޓް ގެ ތަފާތު ދާއިރާތަކާއި މަޖަލީހުގައި ގިނަތަޖްރިބާލިބިވަޑައިގެންހުނނެވި ބޭފުޅަކަށްވުމުން އިބޫއަށްވުރެ ސަރުކާރެއް ހިންގުމުގެ ތަޖްރިބާބޮޑުވާނެތީ އާއި ސަރުކާރެހްހިނގުމަކީ ތަޖުރިބާނެތި ނުކުރެވޭނެ ކަމެއްކަން ދުރުނޫން މާޒީއެއްގާ ދހިވެހި ރައްޔިތުން ދެކެފައިވުން

  13. Anonymous

    މިވެރިކަމާ ގުޅޭ ޅެމެއް

  14. ގައުމު

    އަހަރެމެން ބޭނުމީ އިބޫ

  15. މާމިގިލީ މީހާ

    އިބޫ އަކަށް އެއްވެސް ތާއީދެން ނޯންނާނެ.. ރައީސް ވަހީދަށް ވީވަރު ވެސް ނުވާނެ.. އިދިކޮޅު ކޯލިސަން ތިޔަ އޮތީ ގޮވާފައި.. ގާސިމް ވަދެއްޖެ ތަނެއް ހަލާކު ކުރާނެ.. ބުރުމާގެ ކަށި ބާރަށް އެބުރިގެން ވެސް

  16. ވިސްނާ

    އިބޫ އަކީ މަޑުމައިތިރި އަދި ރިވެތި އަޚްލާގެއްގެ ވެރިއެއް! ސިޔާސީ ތަފާތު ތަޖުރިބާ އެކި ގޮތްގޮތުން ލިބިލައްވައިގެން ހުންނެވި އެންމެ ޒަމާންވީ މަޖިލިސް މެމްބަރު! އިބޫ އައް ސާބަސް!

  17. ފަޅުވެރިން

    ސިއްކައަކީ ނަޝީދުގެ ބޮޑުބޭބެއެއް ނޫން، ނަމަވެސް ނަޝީދުގެ ބޮޑުޅިޔަނު! އެހެނީ ސިއްކަ އިނދެގެން އުޅެނީ ނަޝީދުގެ ބޮޑުދައިތަ ޒަމީރާ ޢުމަރާ ކަމަށްވާތީ! އަދި އާމިނަތު ޞޯލިޙަކީ އިބޫގެ ކޮއްކޮއެއް ނޫން، ނަމަވެސް އިބޫގެ ދައްތަ. މަޢުލޫމާތު ރަނގަލު ކޮށްލެއްވުން އެދެން.

  18. އެނގޭތަ

    ހަޤީޤަތަކީ މުހައްމަދު ނަޝީދަކީ، ފެބަރުއަރީ 7 2012 ގައި ކޮންމެ ފަދަ ޙާލަތެއް ދިމާވެގެން ވިޔަސް، ވެރިކަން ދޫކޮށްލެއްވި ބޭފުޅެކެވެ. ހޯއްދެވީ އާއިލާ އާއި އަމިއްލަފުޅު ހަށިކޮޅުގެ ރައްކާތެރިކަމެވެ. ރައްޔިތުން ވެރިކަން ޙަވާލުކުރީކީ އަމިއްލަ އާއިލާއަށް ވަގުތު ދެއްވާކަށް ނޫނެވެ. އާއިލީ ބޭފުޅުން އުޅުއްވާނީ އާއިލާއާ އެކުގައެވެ. ވެރިކަމަށް ކުރިމަތިލައްވަން ޖެހޭނީ، މޭ އައްޑަނައަކަށް ދިއްކޮށްގެން ރައްޔިތުންގެ ދިފާޢުގައި ހުންނެވޭނެ ނަމައެވެ.

  19. ފާރޫޤް

    އިބޫ އަންހެނުން ގެ ބޮޑާ ކަންވެސް ކުޑައެއްނޫން މުއްސަންޖެއްގެ ދަރިޔަކަށް ވީތީ. ކޮބާ އެތަން މިއަދު؟ ވަކިމީހެއް ނޫން އެންމެންވެސް ނަސަބާ ހަސަބާ ކަސަބުން ބޮޑާ ވެފަ ތިބެނީ. ޥެރިކަމަށް ކުފޫ ހަމަވާއެކަކުވެސް ނެތް. އިބޫއަކީވެސް މީހުނާ ދޭތެރޭ ޒާތީ ގޮތްތަކެއް ގެންގުޅޭ މީހެއް. އޭނަޔަށް މާލޭގެ މުއްސަދި ވިޔަފާރިވެރިއެއްގެ ދަރިއަކާ އިންދެވުނީމަ އޭނަހިތުން ދެން މަޖްލިސް ގަ ތިބި ރާއްޖެތެރޭއައް ނިސްބަތް ވާ މެމްބަރުންނަކީ އޭނަޔާއަރާ އަރަ ފޯދިގެންވާބަޔެއްނޫން.

    • މިބޫ

      ހުރިހާ ދާއިރާއެއް ތަމްސީލު ވާގޮތަށް އެމް. ޑީ. ޕީ ގެ ގައުމީ މަޖިލިސް އެކުލެވިގެން ދިޔައީ ރާއްޖެތެރޭގެ މީހާގެ ވެސް ގައުމުގެ ކަންކަން ނިންމުމަށް ބައިވެރި ކުރުމުގެ ގޮތުން އިބޫ އެކަމަށް ކުރި މިންނެތް މަސައްކަތުން. އިބޫ ބަރާބަރު

  20. ކަޅޮއޮއްފުންމި

    އިބޫ ނަމަނަމަ އަންނިޔާ ދެކޮޅަށް ނުނުކުންނާތި. ޕީޕީމެން އެއުޅެނީ ހަމަ އެމްޑީޕީ ބައިބައި ކޮށްލަން. އެހެން އެއްވެސް ބޭނުމެއްގައެއްނޫން.

    • ސައްތާރު

      އަންނިއަކީ ކަލާނގެތަ؟؟؟ ކަލޭމެން ހާދަ ބިރެއްގަނޭދޯ އޭނަދެކެ، އަންނިއަކީ ގޮތްކުޑަ ކއްތއެއް އިގިރޭސި ވިލާތާއި ކުރިސްޓިއަނުން ގެންގުޅޭ ޕަޕެޓެއް!

  21. ދުރުބަލާ

    ނަޝީދާ ހެދި ޕާޓީ ގެ އިމޭޖް ވަނީ މުޅިން ހުތުރުވެފައި. ޕާޓީގެ ކުރިމަގުވެސްވަނީ ގެއްލިފައި. އެންމެ ބުއްދިވެރިވެފައި މަގު ކުރީ އިދިކޮޅުން ސަލާމަތުން ހުރި ބޭފުޅަކު ނެރެ އިންތިޚާބު ކާމިޔާބު ވޭތޯ ބެލުން. ނަޝީދު ސަލާމަތް ވުމުގެ މަގު ފަހިވާނީ އޭރުން.

  22. ޜާޒީ

    @ ޢަޒީ. ޢޭކޭ ރަނގަޅުވާނީ ސަރުދާރަކަށް. ޢެއީ ބޮޑު ރޯނުއެދުރެއް. ބޮޑާކަމާއި ކިބުރުވެރިކަމާއި ބޭފުޅިޒަމް ގެ ލާމަސީލު މިސާލެއް.

  23. ޢަލީ އަބްދުއްލާ

    ޜައީސް ނަޝީދު މި ކްރިޓިކަލް ދަޑިވަޅުގައި ކަންތައްކުރެއްވި ގޮތުން ވަރައް ބޮޑައް ފޫހި ވެއްޖެ. ޢަމިއްލަ އެދުން، ޑިމޮކްރަސީއެއް ނޫން
    ޢިބޫ އަމިއްލަ ގޮތުން ވާދަ ކުރަން ގޮވާލަން
    ޢަޅުގަނޑު ދަންނަ އެންމެންގެ ވޯޓު ހޯދަ ދޭނަން
    ޢެމްޑީޕީ މީހުން ބުނަނީ އަލްހާނައް ހަދާލިހެން ހަދާލާނަމޭ. ނޯވޭ ހަދާން ނައްތާލާ.
    ޢަމިއްލަ ގޮތުން ނިކުންނަވާ.
    ޜާއްޖޭގެ ގިނަ ރައްޔިތުން ބޭނުމެއް ނުވެ ނަޝީދެއް، ޔާމިނެއް، ގާސިމެއް، އުމަރެއް.

  24. ރަށްދު

    ނަސީދަކީ ބޮޑު ކާފަރެއް ތާއީދެއްނުކުރަން

  25. ޗިއްލޫ

    އަޅުގަނޑަކީ މިހާރު އެއްވެސް ޕާޓީއަކަށް ތާއިދުކުރާ މީހެއްނޫން، ކުރީގަ އެމްޑީޕީއަށް މަރުދިނިން، އެކަމަކު ޕާޓީ ވެރިކަމަށް އައިއިސް އިސްލާމްދީން ނޫން އެހެން ދީންތައް މިގައުމަށް ގެންނަން ނަޝީދު ކުރެއްވި މަސައްކަތާއި އެއްވެސް ހަރުދަނާ ކަމެއްނެތް ވާހަކަދައްކާ ޕާޓީއަކަށް އެމްޑީޕީވީމަ ޕާޓީން ދުރައްޖެހެހުނީ!!! ކަނޑައެޅިގެން އެބައިނގޭ ކުއްވެރިޔަކަށް ރައީސްކަމަށް ކުރިމަތިނުލެވޭނަކަން ގާނޫނު ބުނާގޮތުން، ދެން ގާނޫނާ ހިލާފަށްތޯ ނަޝީދު ވެރިކަމަށް ގެންނަންތިޔައުޅެނީ؟؟؟ އިބޫނޫނީ ހަމަޖެހޭ އެކަކުވެސް އެމްޑީޕީ އިސްސަފްގަނެތް، އިބޫލައިފިޔާ މަގޭވޯޓާއި މަގޭ ބަސްގަބޫލު ކުރާބައެއްގެ ޥޯޓްވެސްއިބޫއަށް އެހެންނޫނީ މިހާރުގެ ވެރިމީހަޔަށް!

  26. ވާނުވާ

    މި ނޫހުގައި މިވާހަކަ ލިޔުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން.

  27. ރާއްޖެ

    ހަޔާތުގައި ތިމާއަށްލިބޭ ފުރުސަތުގެ ބޭނުންނުހިފައިފިނަމަ އެފުރުސަތު އެނބުރި އައުމަކީ ނާދިރު ކަމެކެވެ. އިބޫ އަށް ތާއީދު
    ކުރަމެވެ

  28. އައިސީ

    މޮޅު ނަސަބަކުން ޖެހޭ އަންނަން ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް ވާން ބޭނުން ނަމަ އެއީ މޭންޑޭޓްރީ ކަމެކެވެ. މޮޅު ނަސަބަކުން މަމެން މިތަނުގައި ބަޔާން ކުރަނީ އެއީ ބޭފުޅުޒަމްގެ އާއިލާ ތެރޭން އަންނަން ޖެހޭނެ މީހެއް ނޫން ދެން ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް އަންނަ މީހަކު ވާން ޖެހޭނީ ލަދުހަޔާތުގެ ކަންފުޅެއް ވެސް ހުރި މީހަކަށް ވެގެން ނުވާނެއެވެ. ވަރަށް ކެރެން ޖެހޭނެ ޕާރޓީ މީހުންނާއި ދިމާލަށް ވެސް ބޭނުން އައުގުރާނަ އެއް ގޮވެން ޖެހޭ ފެންވަރުގެ ލަދު ހަޔާތް ކުޑަ މީހަކަށް ވާން ޖެހޭނެއެވެ. ދެން އަނެއް ކޮޅުން ބަލާއިރު އެފަދަ މީހަކީ އެއީ ރާއްޖޭގެ ބޮޑު އާބާދީ އަކުން އަންނަ މީހަކަށް ވާން ޖެހޭނެއެވެ. އިބޫ އައިސް ފައިވަނީ ހިންނަވަރު މީހަކަށް ވުމުން ހިންނަވަރަކީ އެއީ ރާއްޖޭގެ ކުޑަ އާބާދީ ތަކުގެ ތެރޭގައި ގުނާލެވޭ ރަށަކަށް ވެފައި އަދި ފާދިއްޕޮޅުގައި ވެސް ވެރިކަން ކުރާ ރަށަކަށް ނުވާތީވެ ސީދާ ރައްޔިތުންގެ ވޯޓަށް ގޮސް ގެން އިބޫ ރާއްޖޭގެ ރައީސް އަކަށް އަންނަން ބޭނުން ނަމަ ނައިފަރު މީހުންގެ ވޯޓް ވެސް އިބޫ އަށް ނުލިބޭނެއެވެ. ނުލިބޭނީ ނޫން އެމެން ނުދޭނީ. ރާއްޖޭގެ ޕޮލިޓިޝަނުން ގަބޫލުކުރިއަސް އަދި ނުކުރިނަމަވެސް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވަރަށް ބޮޑަށް ކުޅެދޭނެ ކަލްޗްރަލް ވޯޓް. މިކަން އިނގޭ މާތޮޑާ އަސްލަންޓޭ ވާދަ ކުރުމުން އަސްލަންޓޭ ފެއިލްވީ އެއީ ކަލްޗްރަލް ވޯޓް އަސްލަންޓޭ އަށް ނުލިބުނީ ވިލިމާލޭ ދާއިރާ އަށް ނިހާނު ހޮވުނީ އެއީ ވިލިގިލީގައި ތިބި ހުވަދު އަތޮޅު މީހުން ދޭ ކަލްޗްރަލް ވޯޓްގެ ސަބަބުން. އަދި ވެސް ނިހާނު ހޮވޭނެ އެދާއިރާ އަށް ކުރިމަތި ލައިފިނަމަ ސަބަބަކީ އެއީ ކަލްޗްރަލް ވޯޓްސް ތަކަށް ބަދަލެއް ނާންނާނެތީއެވެ. މިކަން ނޭގޭނެ އަންހެން ވެރިންނަށް އެމެން ވާނީ އިމޯޝަނަލް ޕޮލިޓިކަލް ވުމަށް ވުރެން ބޮޑަށް އެހެންވީމާ އެެމެންނަށް ނުވިސްނޭނެ މިލެވެލް. މީ ވަރަށް މަތީ ޗެޕްޓަރ އެއްގެ ވާހަކަ މަމެން މިދައްކަނީ.

  29. ދިސްވޭ

    އިބޫގެ އަނބިކަނބަލުން އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވީ ޅެންބައިތަކުން ކަމަށް ވުން އެއީ މަމެން އުފާ ކުރާ ކަމެކެވެ. އިބޫ އަންހެނުންގެ މޯޓިވް އަށް އޮންނާނީ އެންމެ ކަމެކޭ އެއީ އިބޫ އޭނާ އާއި އިނދެގެން އޭނާ ވަރިކޮށް ނުލާ އޭނާ ގޮވައިގެން ތާ އަބަދަށް އުޅެމެ އަދި އޭނާގެ ބައްޕަ ކަމަށްވާ ސިއްކަގެ ވިޔަފާރި ކުރިއަރުވާތީވެ އޭނާ އިބޫ ދެކެ ވާނީ ކުލުނު ލޯތްބެވެ. އެހެން ކަމުން އެއީ އިބޫ ދެކެ އެންމެ ބޮޑަށް ލޯބިވާ އިންސާނަކު ދައްކާނަމަ މިދުނިޔެއިން ދެއްކޭނެ އިންސާނަކީ އެއީ އިބޫގެ އަންހެނުން ނެވެ. ކަން މިހެން ހުރުމުން އިބޫގެ އަންހެނުންނަށް ޕޮލިޓިކްސް އަކީ އެއީ ކޯއްޗެއް ކަން ނޭގޭނެއެވެ. އިބޫގެ އަންހެނުންނަށް ނޭގުނު ނަމަވެސް މާލެ އާއި އަދި ލާމުން ދެކުނު އަދި ބޮޑު ތިލަދުންމަތި މީހުންގެ ވިސްނުން ވަރަށް ބޮޑަށް ތަފާތުވާނެ ރިޔާސީ އިންތިޚާބުގައި އެެމެން ވޯޓް ލާއިރު. އެމެން ވޯޓް ދޭނީ ހަމަ ނަސްލަށް ބަލާފައެވެ. މިސާލު އެފެންނަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ކަން ކުރާ ރޮޒެއިނާ އާއި މެދު އައްްޑޫ މީހުން ޓްރީޓް ކުރާ ގޮތުން. ރޮޒޭނާ އަކީ އެއީ މީދޫ ދާއިރާގެ އެމްޕީ ކަމަށް ވެވުނީ އެއީ ވަރަށް ހަނި އެންގަލް އަކުންނެވެ. އެކަމަކު އައްޑޫ މީހުން އޭނާ އަކީ އެމެންގެ އެމްޕީ އެއް ކަމަށް ނުދެކޭ ގިނަ މީހުން އޭނާ ފުރަގަހަތުގައި ތިބެގެން ކިޔަނީ މާލޭ އެއްޗެއް މަމެން ގެ ރަށު ބަހުން ވާހަކަ ދައްކަން ނޭނގޭއިރު ކޮން މުންޖެއްހޭ މިކިޔަނީ. މީ އިންސައިޑް ސްޓޯރީ އަކީ. އައްޑޫ ހިތަދޫގައި ވޯޓް ލާ ވޯޓަރުން ތިބޭ ކޮޅެއްގައި ތިބޭނީ ތިނަދޫ މީހުން ސިޔާސީ ގޮތުން. ސަބަބަކީ އައްޑޫ ހިތަދޫ މީހުން ދެކޭ ގޮތުގައި ތިނަދޫ މީހުންނަށް އެމެން ވަނީ ދަރާފައި ސިޔާސީ ގޮތުން. ހިތަދޫ މީހަކު ސިޔާސީ ގޮތުން ތިނަދޫ މީހުންނާއި ދެބަސް ނުވާން އަބަދު ވެސް ހިފަނީ އެމެން ތިނަދޫ މީހުން ނަށް ސިޔާސީ ގޮތުން ދަރާފައިވާތީއެވެ. ޕޮލިޓިކަލް ސައެންސް އަކީ އެއީ ކަލްޗަރ އެއްގެ މައްޗަށް ބިނާ ވެފައިވާ ސޯޝަލް ސައެންސްގެ ބްރާންޗެއްގެ ތެރޭން އުފަންވާ އެއްޗަކަށް ވާއިރު ކަލްޗްރަލް ކަނެކްޝަން އެއީ ފިލުވާލެވޭނެ ކަމެއް ނޫނެވެ.

  30. ވެންއިޓް

    އިބޫ އަކީ އެއީ ހިންނަވަރު މީހެއް. ހިންނަވަރު މީހަކު ރިޔާސީ ކެންޑިޑޭޓަކަށް ގަބޫލެއް ނުކުރާނެ މާލޭ މީހުން އަދި ލާމުން ދެކުނު މީހުންގެ ބޮޑު ބަޔެއް. އެއީ ޔަގީން ކަމެކޭ. ސިޔާސީ މައިދާނުގައި މީޑިއާ ތަކުން ފަތުރާ ޕްރޮޕެގެންޑާ އެއީ ދޮގެއް ކަން އެންމެންނަށް އިނގެއެވެ. އެމްޑީޕީން ފަތުރާ ޕްރޮޕެގެންޑާ އެއް ދޯ އަނިޔާވެރި ސަރުކާރޭ ކިޔައިގެން ދޯ. ބްރޯ ހައްޔަރު ކުރުން ރައީސް މައުމޫނު ހައްޔަރު ކުރުންެ އެއީ މާލޭގެ ގިނަ މީހުން %80 އުފާކުރާ ކަމެއް އަދި އައްޑޫ މީހުން އުފާކުރާ ކަމެއް. ދެން ތިބި ކާރނަލް ނާޒިމް އާއި ދެން ތިބި ބަޔަކު ހައްޔަރު ކޮށްގެން ގެންގުޅުނަސް މާލޭ މީހުން ނަށް ކަހިރުވަކޭ ހިތަށް ނާރައެވެ. ސަބަބަކީ އެމެން މާލޭގައި ކުރާ ވިޔަފާރި އަށް ލޮޅުމެއް ނާރާތީއެވެ. ސޯ މީޑިއާ އިން ޕްރޮޕެގެންޑާ ފަތުރާ މީހުންނަށް ހީވަނީ އެމެން އަނިޔާވެރި ސަރުކާރޭ ބުނުމުން ރައްޔިތުން އެކަން ގަބޫލުކުރާ ކަމަށް. ނުކުރޭ އެކަމެއް. ހަމަ އެގޮތް ވާނީ ރާއްޖޭގެ ކުޑަ އާބާދީ އަކުން އަންނަ މީހަކު ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް ވެގެން. ގާސިމް އިބްރާހިމް ދެފަހަރަށް ކުރިމަތިލުމުން ވެސް ފެއިލް ވަނީ އެއީ ގާސިމް އަށް ކަލްޗްރަލް ވޯޓް ނުދެނީ ޚުދު އޭނާގެ ޕާރޓީ ގައި ތިބޭމީހުންވެސް. ސްޕެޝަލީ މާލޭ މީހުން ނުދޭނެ ރާއްޖޭގެ ކުޑަ އާބާދީ އަކުން އަދި ދަ ރާއްޖެތެރޭން އަންނަ މީހަކު މާލޭގައި ކުރާ ވެރިކަމަށް ގެންނަން. ހަމަ ހިލާ ފުރުސަތު ނުދޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. ދެން އައްޑޫ ހުވަދޫ އަދި ފުވައްމުލަކު މީހުން ހިތެއް ނުރުހޭނެ އުތުރުގެ މީހަކު ރާއްޖޭގައި ވެރިކަން ކުރަން އެމެން ތިއްބާ. ނުރުހޭނެ ނުރުހޭނެ ހަމަ ނުރުހޭނެއޭ. އިބޫ ނިކުމެ ބަލަ ރިޔާސީ ރޭހަށް ވޯޓްގެ ލޭންޑްސްކޭޕް މިތަން ދައްކާނެ ވޯޓްގެ ނަތީޖާ އިއުލާން ކުރާއިރު. އެއީ ހަމަ ޔަގީން ކަމެކޭ. ވެން އިޓް ކަމްސްޓު ދަ ރާއްޖެތެރެއަންސް ދެއަރ އިޒް ނޯ ރޫމް ފޯރ ހިމް އިން ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް..

  31. ދަހަނާ

    ދަރުބާރު ފެކްޝަނާ ސޮދަގާތް ފެކްޝަނުން ކިތަންމެ އިބޫ ނެރޭހިތްވިޔަސް އިބޫ އަށް ހިލޭ ކެމްޕޭން ކޮށްދިނަސް އިބޫ އަކަށް އެމްޑީޕީ އާންމު މެންބަރުންނާ ރައްޔިތުންގެ ތާއީދެއް ނެތް. އެކަން އިބޫއަށް ހަމަ ރަނގަޅަށް އިނގޭނެ.

  32. ކަދަބެ

    އިބޫ އަށް ތާއީދު.. މަހުލޫފް އަށަ ތާއީދު.. މި ދެ ބޭފުޅުން ގައިގަ ހުރީ ރަނގަޅުވެރިކަމެއް ކުރެވޭހާ ކޮލެޓީ.
    ނަޝީދު އަށް ތާއީދު ނުކުރަން.. އިޓް ވޯޒް އިބޫ އެންޑް މަހުލޫފް ހޫ ވޯޒް ދެއަރ

  33. ސަލާމަތީ ހިދުމަތްތައް

    އަޅުގަނޑުމެން ހަދި އެސްމަންޓުތަކުން އިބޫ އަށް ފުލުހުންނާއި ސިފައިންގެ ތެރެއިން %86 ލިބޭނެކަމަށް އެބަ ދައްކާ. ފަހުވަގުތު އެމީހުން އިންތިހާބުގައި ގޮސް ހަދައިފި ނަމަ ނިކުންނާނީ އިބޫ ފަދަ މީހެއް ނެރުމުން. ރައީސް ނަޝީދު ކައިރީ އަހާބަލަ ވެރިކަމުގައި ހުރި އިރު ފުލުހެއް މޫނަށް ކުޅު ޖެހިންތޯ؟ 7 ފެބްރުއަރީގައި ބަންޑާރަކޮށި ތެރެޔައް ކިތައް ފަހަރު ހޭ ނެތިގެން ސިފައިން ހޭ އަރުވަން މޫނަށް ފެން އެޅިތޯ. ރައީސް ނަޝީދަކަށް ނެތް ތާއިދެއް އަހަރުމެން ތެރޭ. ޤައުމަށް އަޔަސް ވެގެންދާނީ ބޭނަޒީރު ބުއްޓޫ ޕާކިސްތާނަށް ވެރިކަމަށް ކުރިމަތި ލާން ގޮސްގެން ވީ ހެން.

  34. ފަޒީލް

    އިބޫގެ ދީނީ މައްސަލަތަކެއް ނެތް. ނަޝީދުގެ ދީނީ މައްސަލަތަކާއި ހުރެ މި ދަނޑިވަޅުގައި ވަރަށް ވޯޓު ގެއްލޭނެ. ރިސްކް ފްރީ ކޮށް މިކަން ވާނީ

  35. ވިޔަފާރިވެރިޔެއް

    އިބޫ ކަށަވަރު ކުރެވިއްޖެ ނަމަ ޗަންޕާ، ކޮލި އަދި މާލޭގެ ބޮޑެތި ވިޔަފާރިވެރިން އިބޫ ކޮޅަށް އަރާނެ. ނަޝީދު ތިން ފޯ ދަ ލޯންގ ރަން. ޔޫ ކެން ބިކަމް ބޮޑު ވަޒީރު އެން ރޫލް ދަ ކަންޓްރީ އޯ ގޯ ފޮއަ މިޑް ޓާމް އިލެކްސަން.

    • ނުވާނެއޭ

      ތަމެން ވިޔަފާރިވެރިއެއް ނަމުގައި ކޮމެންޓް ތިޔާ ކުރަނީ ރަންރީނދޫ ޓްވިޓަރޭ އެއް ނޫންތޭ ކުޅަދާނަ އެއް ނޫން މާލޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންގެ ވޯޓެއް ދަ ރާއްޖެތެރޭ މީހަކަށް ހޯދަން. އެއީ ނުވާނެ ކަމެކެވެ. އެމެން ނުދޭނެއެވެ. މާލޭގައި ތިބި ބޮޑެތި ވިޔަފާރިވެރިން ރާއްޖޭގެ ވެރިކަމަށް ގެންނަން ބޭނުންވަނީ ވެސް ރައީސް ޔާމީން ފަދަ ގަޓް ހުރި ކެރޭ ހަޔާތުގެ ކަންފުޅެއް ވެސް ނެތް މީހެކެވެ. އެމެން ބޭނުމެއް ނުވާނެ މާ އަބުއި ކޮށް އުޅޭ މީހުން ރާއްޖޭގެ ވެރިކަމަށް ގެންނާން.

      • އިބުރޭ

        ނޮންސެންސް، ރައީސް ޔާމީނަކީ ވެލިދޫ މީހެއް؟

  36. އަލީ

    ގަންޖާ ބޯ ނަސީދު ނޫނީ އެމްޑީޕީއިން ރައީސްކަމަށް މީީހަކު ކުރިމަތިލިއަކަ ނުދޭނެ . އެމްޑީޕީ އަކީ ނަސީދު ގެ ވާރުތަ މުދަލެއް.

  37. އައިކުޑް

    އިބޫގެ އަނބިކަނބަލުން އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވީ ޅެންބައިތަކުން ކަމަށްވިނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ މިއުޅެނީ އަންހެން ވެރިން ކުރާ ރަނޑު ކަންކަން ކުރަން ނޫނޭ މިއުޅެނީ ފިސާރި ފިރިހެންވަންތަ ރިޔާސީ އިންތިޚާބަކާއި ކުރިމަތިލާން. ރާއްޖޭގެ ރިޔާސީ އިންތިޚާބަކީ އެއީ ފިރިހެން ވަންތަ އިންތިޚާބެއް އެ އިންތިޚާބުން ވިންވާނީ ވެސް ޖެންޓުލްމެން ސްޓައިލްގެ މީހުންނެވެ. ހިންނަވަރު އިބޫ ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް އިދިކޮޅުން ނެރެގެން މާމިގިލި ވެލިނަގަން އުޅުނު މީހުންގެ ދަރިން ކަމަށްވާ ގާސިމް މެން ނެރެގެން އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއެވެ. ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ދަ ރާއްޖެތެރޭން ކެންޑިޑޭޓަކު ނެރޭނަމަ ނެރެން ޖެހޭނީ އެއީ އައްޑޫ ހިތަދޫން އެކަނި ދެން ނެރެން ޖެހޭނީ މާލޭން މާލޭ މީހެކެވެ. ރާއްޖޭގެ ކުދި އާބާދީ ތަކުން އަންނަ މީހުންނަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ނުލިބޭނެއެވެ. ނުލިބޭނީ ނޫން ނުދޭނީ ބޮޑެތި އާބާދީ ތަކުގެ މީހުން. ރާއްޖޭގެ ބޮޑެތި އާބާދީ ތަކުގެ އަހުލުވެރިންނަކީ އެއީ ވަރަށް ލަދުހަޔާތް ކުޑަ ވެސް ބަޔެކެވެ. އެމެން ދެކޭ ގޮތުގައި ވެރިކަން ކުރަންވާނީ އެމެންގެ މީހެކެވެ. މީ ނިކުންނާނެ އެންމެ ބޮޑު މައްސަލަ އަކީ. އިބޫ އަށް ފާދިއްޕޮޅު ނައިފަރުން ނައިފަރުގެ އެމްޑީޕީ މެމްބަރުންގެ %10 ވޯޓް ވެސް ނުލިބޭނެއެވެ. ނުދޭނެއެވެ. އެމެން ބޭނުންވާނީ ނައިފަރު މީހެއް އިބޫގެ ބަދަލުގައި ނެރެން ސަބަބަކީ އިބޫ ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ ނައިފަރުގައި އޮތް އަތޮޅު ވެރިކަން ހިންނަވަރަށް ބަދަލު ވާނެ ކަން އެމެންނަށް އިނގޭތީއޭ އޭގެ ހެކި ފެނުނީ ށަވިޔަނި މިލަންދޫ އިން ކެނެރީގެ ނަޝީދުގެ ވެރިކަމުގައި. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި ޑާއި..

  38. ހެޔޮބަސް

    އިބޫއާ،ނަޝީދު ތަފާތު އިބޫއަކީ ކުށްވެރިއެއްނޫން، ނަޝީދަކީ ކުށްވެރި
    އެއް އިބޫ އިސްލާމްދީނާ،ރަސޫލާއަށް،އަދި ދީނީޢިލްމުވެރިންނަށް ނިސްބަތްވާގޮތަށް ނޭދެވޭ
    ބަހެއްބުނެ ބުދަށްނިސްބަތްވާތަކެތި ބެހެއްޓެވިކަން އެގިފައިނުވޭ ފުރިހަމަ ޑިމޮކްރަސީއަކަށް
    ނުވޭ ރީކޯމޫސައަށް، އެމް،ޑީ.ޕީގެ އެހެންބޭފުޅުންނަށްވީގޮތުން

  39. ބަލާތި

    އިބޫ އަންހެނުން ރަންރީނދޫ ޓްވިޓަރޭ މެން އީވާ މެން މީ އަދި ރާއްޖޭގެ ސިޔާސީ މައިދާނުގައި އަލިފުބާ ޖަހާ މީހުން ދޯ. އެމެންނަށް ނޭގޭނެ ޕޮލިޓިކަލް ސައެންސް އެއީ ކޯއްޗެއް ކަން ސަބަބަކީ ރަންރީނދޫ ޓްވިޓަރޭ މެންނަށް ފުރަތަމަ ޕޮލިޓިކަލް ސައެންސް ވިސްނޭނީ ސިކުޑިން ވިސްނުމުގެ ބަދަލުގައި އުނގުންނެވެ. އެޒާތަށް ވިސްނައިގެން ރާއްޖޭގެ ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުވާނެއެވެ. އިދިކޮޅުން އެއް ކެންޑިޑޭޓް ނެރެން ބޭނުން ނަމަ ނެރޭ އެމެން ޕްރޯ އުގައިލު އެއިރުން ކިރިޔާ ވެސް ދެން ފައިޓެއް ދެވޭނީ. ޔަގީނުން ވެސް ކެނެރީގެ ނަޝީދުގެ ނަމެއް ނޯންނާނެ ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ރޭހުގައި. އެއީ ކަށަވަރު ކަމެކެވެ. އެމްޑީޕީ ކޮންގްރެސް އެއްވެސް ނުބޭއްވޭނެ އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑު ކަމުން އެކަން ވެސް ފެންނާނެ ތަމެންނަށް. އެމްޑީޕީ އަށް ހީވަނީ ދެން އަންހެން ވެރިން ތަކެއް އެމްޑީޕީގެ ކުރީ ސަފަށް ނެރެގެން ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ރޭސް ކާމިޔާބު ވާނެ ކަމަށް ނުވާނެ އެކަމެއް އެކަން ޖެހޭނީ ހަނދާން ނައްތާލަން. ޕްރޯ އުގައިލު އެމެން ނެރެފިނަމަ އައްޑޫއިން ލިބޭނެ ރަނގަޅު އަދަދެއް ދެން ގދ. އިން ޕްރޯ އަށް ދޭނެ ރަނގަޅު އަދަދެއް. ގދ. ގައި ސިޔާސީ ގޮތުން އެންމެ ޓަފް ވާނީ ތިނަދޫ އާއި ފަރެސް މާތޮޑާ އެކަންނެވެ. ދެން ތިބޭ ރަށް ތަކަކީ އެމެން ބުނާ ގޮތަށް ހަދަން ތިބޭ ރަށް ތަކެވެ. އެހެންވެ ރައީސް ޔާމީން ފަރެސް މާތޮޑާ އެއާރޕޯރޓް ވެސް އެއަޅަނީ. އެއީ އެހަދާ މެޖިކް އަކީ. ކުޅުދުއްފުށި އެއާރޕޯރޓް ރައީސް ޔާމީން މަރުފަލި ޖަހައިގެން އަޅަނީ އެއީ ކުޅުދުއްފުށީގެ ކަލްޗްރަލް ވޯޓްސް ތައް އެއްކޮށް އުފުރާލަން އެއީ އެހަދާ މެޖިކް. މިއަންނަ ދައުރުގައި ކުއްޓި އަށް ނުދޭނެ ޕީޕީއެމް އިން ކުޅުދުއްފުށީ އެމްޕީންގެ ޓިކެޓް ވެސް މިކަން ވެސް ހިނގާނެއެވެ. އޭނާގެ ޗެޕްޓަރ ކްލޯސް ކޮށްލާނެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭނާ އެއްފަރާތް ކުރުމަށް ފަހު. މީވެސް ހިނގާނެ ކަން ކަން އަދި. ރައީސް ޔާމީންތޭ އައްޑޫ ހިތަދޫ އަށް ވެސް ހަދާނެ ވަރުގަދަ މެޖިކް އެއް އަދި މާލެ އަށް ވެސް ހަދާނެ ވަރުގަދަ މެޖިކް އެއް ހަދާ އެމްޑީޕީ ކޮސްވާވަރަށް މާލޭގެ ވިޔަފާރިވެރިންގެ ވޯޓްސް ތައް ވެސް ރައީސް ޔާމީން ކޮޅަށް ފުރޮޅާލާނެއެވެ. މާލޭގެ ވިޔަފާރި ވެރިން އަތުއަޅުވާލެވޭއިރު މާލެ އޮންނާނީ އަތުއަޅުވާލެވިފައެވެ.

  40. އެކުވެރި

    ޢިބޫ އަކީ ލޮނުމަޑު މަޑުމައިތިރި ބޭފުޅެއް، މި ގައުމަށް މި ދަނޑިވަޅު ބޭނުންވަނީ ހީވާގި ކުރޭ އަޒުމްނުގުޑާ ހިތްވަރު ހުރި ބަތަލެއް . މިގައުމް ހަމަޔަށް އެޅުވޭފަދަ ޟަހުސިއްޔަތަކަށް ވާންޖެޖޭނެ ބޭފުޅެއް.

  41. ދަވޭ

    އިބޫ އަކީ ހިންނަވަރު މީހެއް. އެހެން ކަމަށްވާނަމަ އިބޫ އަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް އާދެވޭނީ އެއީ ވޯޓް ލާ ރައްޔިތުންގެ %50 އަށް ވުރެން މަތިން ވޯޓް ލިބިގެން ކަމަށްވާތީވެ މާލެ ސަރަހައްދުން އިބޫ އަށް ނުލިބޭނެ ވޯތެއް އަދި އައްޑޫ އަދި ފޯއްމުލައް އަދި ގދ. އަދި ގއ. ގެ ވޯޓްސް ތައް ނުލިބޭނެއެވެ. ދެން ބޮޑު ތިލަދުން މަތި ވޯޓް ނުލިބޭނެއެވެ. އިއްޔެގެ ވޯޓް އެއް ދެން ޖެހިގެން ނަގާ ވޯޓް އަކަށް ރިފްލެކްޓް އެއް ނުކުރެވޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. އިބޫ އެއް ނުހޮވޭނެ ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް އިދިކޮޅުން އިބޫ ނެރެފިނަމަ ހުރިހާ ވެސް މައްސަލަ އަކީ އެއީ އިބޫ ކުޑަ އާބާދ އަކުން އައިސްފައި ހުރުމެވެ.

  42. ތިބެބަލަ

    މަހޭ ކުރި ޓްވީޓް އަކާއި ގުޅިގެން ބަޔަކު ރަންބުއްދި ވާނެ ކަން ތަމެން އައިމިނަތު ސޯލިހް މެންނަށް ނޭގުން އެއީ ތަމެން ނަށް ރާއްޖޭގެ ޕޮލިޓިކަލް ސައެންސްގެ އެޕްލިކޭޝަންސް އިންޖިނިއަރިންގް ގެ އަލިފުބާ ވެސް ނޭގޭތީއޭ. މިއުޅެނީ ބަދިގޭގައި ތިބެގެން އަންހެން ވެރިން ހަނޑޫ ހޮވަން ތިބޭއިރު އޭނާ އިނދެފި މީނަ ވަރިކޮށްފި އެ ވާހަކަ ކިޔަން ނޫނޭ މިއުޅެނީ ރާއްޖޭގެ ރިޔާސީ އިންތިޚާބާއި ކުރިމަތި ލާން އޭ. ރާއްޖޭގެ ރިޔާސީ އިންތިޚާބު ތަމެން ދަ ރާއްޖެތެރެއަންސް ހީކުރާ ރަނޑު ގޮތަށް ނޫނޭ ދާނީ ތަމެންނަށް ހީވަނީ ތަމެން ދަ ރާއްޖެތެރެއަންސް ވަން ސެންސް މިސިނޭ މެން ރައީސް ޔާމީން އާއި ނުލައި ރާއްޖޭގެ ރިޔާސީ އިންތިޚާބު އޮންނާނެއޭ ބުނުމުން ސިފައިން ނިކުމެ މަމެންގެ ވެރިކަން ވައްޓާލާނެ ކަމަށްތޭ ނުވާނެ އެކަމެއް ވެރިކަން ވައްޓާލާނެ ކަމަށް ހީކޮށް ބޯދިއްކޮށްލި ސިފައިންގެ ކޮންމެ އެއްޗެއް ވެސް ވަޒީފާ އިން ވަކި ކޮށް ޖަލަށް ގަޅާލާ އުއްތަމައޭ އާއި އަދި ކުރީގެ ޕޮލިސް ކަމިޝަނަރަށް ހަދާ ގޮތަށް ހަދާލާނީ. އެއްކަމެއް ވެސް ނުކުރެވޭނެއޭ މީ މަމެންގެ ވެެރިކަން އަދި މީ މަމެންގެ ގައުމު ދޯ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް އިނގޭނެ ޕޮލިޓކަލް ސައެންސް އެއް ނުހުންނާނެއޭ ތަމެން ތިޔާއީ ވަން ސެންސް މިސިންގް ދަ ކަންޓްރީ ސައިޑޭ މެންނޭ ތަމެނަށް ވިސްނޭނީ ތަންކޮޅުން އެކަނި އޭ އެއިރުން ވިސްނޭނީ ފައިގެ ބޮޑުވާ އިނގިއްޔާއި ހަމައަށް އެކަނި އޭ. އިބޫ އަކީ ހިންނަވަރު މީހެއް އޭނާ އަށް ނާދެވޭނެ ރާއްޖޭގެ ރައީސް ކަމަށް ތަމެން ދައްކަގަ ތިޔާ ނޫން ކެންޑިޑޭޓެއް އެ ކެންޑިޑޭޓަކު ވާން ޖެހޭނެ ރާއްޖޭގެ އެންމެ ބޮޑެތި ދެ އާބާދީން އައިސްފައިވާ މީހަކަށް. އެނޫންނަމަ ވޯޓް ނުލިބޭނެއޭ ތަމެން ދަ ރާއްޖެތެރެއަންސް އިން ބުނުމުން ދެން ތިބޭ ދަ ރާއްޖެތެރެއަންސް ތަމެްނ ދައްކާ ވާހަކަ ގަބޫލު ނުކުރާނެއޭ ދަ ރާއްޖެތެރޭ ކަލްޗަރ އަކީ އެއް ރަށާއި އަނެއް ރަށް ޖެހިފައި އެއް އަތޮޅާއި އަނެއް އަތޮޅު ޖެހިފައި މީގެ އެޑްވާންޓޭޖް މަމެން ނަގާނަމޭ މެކްސިމަމް ލެވެލް ގައި.

  43. ކުޅުދުއްފުށި އެމްޑީޕީ

    އަހަރެމެން ބޭނުން ވަނީ އިބްރާހިމް މުޙައްމަދު ސާލިހް އިބޫ.. ކެނަރީގެ ނަސީދެއް ދެންބޭނުމެެއް ނުވޭ..ވ.ސ

  44. މަލަކާ

    ބަލަ، މައުމޫނު ޖަލަށް ލާފައި އެއޮތީ ވެލުދޫ އަބްދުﷲ ޔާމީނު. ނަސްލީ ތަފާތުކުރުމަކީ މާ އޯލްޑު ސިސްޓަމެއް.

  45. ާއަހުމަދު ނިހާނު ހުސެން މަނިކު

    ޢިބޫ ގަޔަކުނެއް ރައީސް ކަންކުރާނެ ވާން ކަމެއް

  46. ގުޑްގުޑް

    އިބޫ ރިޔާސީ ކެންޑިޑޭޓަކަށް ހަދަން ފުރަތަމަ ކެނެރީގެ އާއިލާ ވެސް އެއްބަހެއް ނޫނޭ. އިބޫ އެއީ ސިއްކަ އިސްމާއިލް ގެ އަންހެން ދަރިއަކާއި ކައިވެނި ކޮށްގެން އުޅޭ ހިންނަވަރު މީހެކޭ ދެން ކެނެރީގެ އާއިލާ އުޅެނީ ސިއްކަ ފެލާލައިގެން ސިއްކަގެ ތައްޕާހުންނޭ މިހާރު ވެސް ކެނެރީގެ ނަޝީދަށް އެޚަރަދު ކުރަނީ އެއީ ސިއްކައޭ އެބަދަވި ލަންކާގައި ހުންނައިރު ވެސް. ތަމެން ރަންރީނދޫ ޓްވިޓަރޭ ދަބީތާ ދަ ގަމާރާ އަށް ނޭގޭނެއޭ މި ސްޓޯރީ އެއް އިބޫ ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކަށް ވާން ކެނެރީގެ ނަޝީދު ގަބޫލު ނޫންވީމަ ދޯ އެބަދަވި ބުނާނީ ރާއްޖެތެރޭ ބޯއިޒް އިން ނަށް ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް ވުން އެއީ ނުހިނގާނެއޭ އޭނާނޫންތޭ ބުނީ ސްޕެޝަލީ އިބޫ މެން ފަދަ ކުޑަ އާބާދީ އެއްކަމަށްވާ ހިންނަވަރުން އައި މީހަކު އެމަގާމަށް ލައިގެން ދާނީ ޗޮކުންނޭ. މީސީދާ އޭނާ ބުނި ގޮތޭ ރަންރީނދޫ ޓްވިޓަރޭ ދޮގެއް ނޫނޭ އޮނެސްޓްލީ އޭނާ ބުނި ގޮތޭ ތަމެން ބީތާ ކަމުން ތަމެން ގާތު އެބަދަވި ނުދައްކާނެއޭ މިޒާތުގެ ވާހަކަ އިނގޭތޭ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  47. ނުވާނެއޭ

    އިބޫގެ އަނބިކަނބަލުންގެ ތަފާތު ޓްވީޓެއް ކުރިނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ކެނެރީގެ ނަޝީދާއި ޑރ. ޖަމީލާއި ގާސިމް އިބްރާހިމް އާއި އަދި ޕްރޯ އާއި އެކު އެއްބަސްވެގެން ނިންމީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޕްރޯ ނެރެެންވެގެން އެކަމަކު ކުއްލި އަކަށް ކެނެރީގެ ނަޝީދު ވެެރިކަމާއި ހެދި ހޭބަލިވެފައި ހުރުމުގެ ސަބަބުން އޭނާ އަމިއްލަ އަށް އެމްޑީޕީ ޕްރައިމަރީ ތެރެއަށް ފާވެގަތީއޭ. މަމެންނަށް ޔަގީނޭ ކެނެރީގެ ނަޝީދު އިބޫ އަށް ކުޑަ ވެސް ފުރުސަތެއް ނުދޭނެ ކަން އިބޫ އަންހެނުންނަށް މިހާރު އިނގޭނެ އެއް ނޫންތޭ ކެނެރީގެ ނަޝީދު ގެ ހުރި އަމިއްލަ އެދުން ބޮޑު ކަމާއި އަދި ޚުދު މުޚުތާރު ކަން ބޮޑު ކަން. އީވާ ކީއްވެތޭ އިބޫ އެއީ އިދިކޮޅު ކޯލިޝަން އިން ނެރެން އުޅޭ ކެންޑިޑޭޓް ކަަމަށް ތާއީދު ނުކުރީ މަހޭ މެން ތާއީދު ކުރި އިރު. ހެލޯ ހެލޯ ހެލޯ އާރ ޔޫ ވެލް އެވަރ އޮފް ދިސް. މަމެންނަށް ފެނެއޭ މިޒާތުގެ ކިތަންމެ ސީން އެއް މަމެންގެ މެޓްރިކްސް ގޭމް އިން.

  48. ދިސްވޭ

    އިބޫ އަނބި ކަނބަލުން ބުނާ ގޮތަށް ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް ވާން ޖެހޭނީ މާ މޮޅު ނަސަބަކުން އައި މީހެއް ނޫނޭ އެކަމަކު މަމެން ހިތަށް އަރާ އެއްޗަކީ އެއީ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ނަގާ ވޯޓް އަކީ އެއީ އެހެން އިންތިޚާބު ތަކާއި އަޅާ ބަލާއިރު ތަފާތު ވޯޓް އެކޭ އެއީ ވޯޓް ލާމީހާއާއި ސީދާ ކެންޑިޑޭޓް އާއި ދެމެދު އޮންނަ ބޮންޑް އެކޭ އެއީ ވަރަށް ތަފާތު ވޯޓް އެކޭ. އެވޯޓް ލާމީހުން ވަރަށް ބޮޑަށް ބަލާނެއޭ ކަލްޗްރަލީ ކެންޑިޑޭޓް އާއި ވޯޓް ލާމީހާ އާއި އޮންނަ ގުޅުމަށް. މާލޭގެ ތަރައްގީ އާއި މެދު ޖެލަސްވާ ބަޔަކު ވެސް ތިބެއޭ އެހެން ކަމުން މާލެ ސަރަހައްދުގައި ވޯޓް ލާން ތިބޭ އެންމެން ވެސް ބޭނުންވަނީ މާލެ ސަރަހައްދުން ކޮންމެ މީހަކަށް ފްލެޓެއް އަދި ކޮންމެ މީހަކަށް ވިޔަފާރި ކުރާނެ ބިމެއް އެކަން ކޮށް ދޭނީ އެމެން ގަބޫލުކުރާ ގޮތުގައި މާލެ އިން އަންނަ މީހަކު އެކަނި އޭ މިިއަށް މަމެން މިކިޔަނީ އެއީ ކަލްޗްރަލް ވޯޓްސް އޭ ކަލްޗްރަލް ވޯޓްސް ހޯދަން އިބޫ ނެރޭ ފޯރމިއުލާ އަކީ ކޮބާތޭ އެއީ ހޯދަން އުނދަގޫ ވޯޓް އަކަށް ވާނެއޭ..

  49. އައިކުޑް

    އިބޫ ރިޔާސީ ކެންޑިޑޭޓަކަށް ހަދަން އިބޫގެ އަނބިމީހާ ބޭނުންވިނަމަ ވެސް ކެނެރީގެ ނަޝީދުގެ އާއިލާ އަނެއް ފަރާތުގައި އޮތް އިރު އެމެން ބޭނުން ނުވާ ކަމުގެ ނިޝާން ތަކެއް ނޫންތޭ ރޭގައި ވެސް ރާއްޖެ ޓީވީ ގައި އައްޑޫ ހިތަދޫ އަސްލަންޓޭ އަރާ ރޯ ބުހުތާނު ދޮގު ހަދައިގެން އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން ބުނީ އެމްޑީޕީގެ މެމްބަރުން އިބޫ ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް ހޮވަން ބޭނުމެއް ނޫން ކަމަށް އެމެން ބޭނުން ވަނީ ކެނެރީގެ ނަޝީދު ހޮވަން ކަމަށް. ކެނެރީގެ ނަޝީދުގެ ނަމެއް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ނޯންނާނެއޭ ނޯންނާނެއޭ ތަމެން އެމްޑީޕީ އާލާތުން މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް އާއި ނުލާ ރިޔާސީ އިންތިޚާބު ބާއްވާނަމޭ ބުނުމުން ޕާރސަނަލް ލެވެލެއްގައި މަމެން ދައްކާނަމޭ ކެނެރީގެ އާއިލާ އަށާއި ގާސިމް އިބްރާހިމް އަށް ތަމެންގެ ނަން ނެތި ކަން މިފަހަރު މަމެން ރިޔާސީ އިންތިޚާބު ބާއްވާނީ. އައި ކުޑް ސްޓޭ އަވޭކް ޖަސްޓް ޓު ޑިކްލެއަރ އިޓް އައި ކުޑް ސްޕެންޓް މައި ލައިފް ޓު ސީ އިން ދިސް ސްވީޓް ޑްރީމް

  50. ދޭންޖެހޭނެއޭ

    ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރިޔާސީ ޓިކެޓް އިދިކޮޅު ކޯލިޝަން އިން ލިބޭ މީހަކީ އެއީ ރަންބުއްދި ވާ ވަރުގެ މަގާމް އެކޭ އެެހެންވީއިރުން އެމަގާމް އަށް އަންނަ މީހަކީ އެއީ ދަ ރާއްޖެތެރޭން އަންނަ މީހަކު ނަމަ ދަ ރާއްޖެތެރޭގެ އާބާދީ ބޮޑެތި ރަށް ތަކުން ވެސް ރަންބުއްދި ވާނެއޭ އެމެން ބޭނުންވާ ކެންޑިޑޭޓަކު އެއީ އިދިކޮޅު ކޯލިޝަން އިން ނެރެން ޖެހޭނެ ކެންޑިޑޭޓަކަށް ވުމަށް. އެމްޑީޕީގެ މެމްބަރުންގެ ކޮމްޕޮޒިޝަނަށް ބަލާއިރު އެއްވަނައިގައި އުޅޭނީ އައްޑޫ އޭ އެއިން ވެސް ފާހަގަ ކުރެވޭނެއޭ އައްޑޫ ހިތަދޫ. ދެވަނައިގައި އުޅެނީ އައްޑޫ ހުޅުދޫއޭ. މި ދެރަށަކީ ވެސް އެއީ ރިޔާސީ ކެންޑިޑޭޓް ކަން ކުރާނެ މީހުން ތިބި ރަށަކަށް ވާއިރު އެމެން ވެސް ބޭނުންވޭ އިބޫ އަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަން ދޭނަމަ އެމެން ވެސް ނެރެން ބޭނުންވާ ކެންޑިޑޭޓަކަށް ރިޔާސީ ޓިކެޓް ދޭން. މިކަން އެންމެ އިންސާފުވެރިކޮށް ކުރެވޭނީ އެއީ ދެ ފުށް ފެންނަ ގޮތަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވައިގެންނެވެ. އެފުރުސަތު ދޭން ޖެހޭނެ ޕްރޯ އުގައިލަށް

  51. ޑޯންވޮނާ

    އިބޫ އަންހެނުން ނޫން އެމްޑީޕީގެ ޑިސިޝަންސް މޭކް ކުރާނީ އެކަން ކުރަން ޖެހޭނީ އެމްޑީޕީގެ ގައުމީ މަޖްލީހުންނޭ އިބޫގެ އަންހެނުން ނަކީ އެއީ އެމްޑީޕީގެ ގައުމީ މަޖްލީހުގެ މެމްބަރެއްވެސް ނޫން އިބޫ އަންހެނުން ކުރާ ޓްވީޓަކަށް ހަމްދަރުދީވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް އިބޫ އަށް ދޭން ނުޖެހޭ ބިކޮޒް އިބޫ ހުރީ މިހާރު ރާއްޖޭގެ ރައީސްގެ މަގާމަކު ނޫން. ކެނެރީގެ ނަޝީދަށް އެމްޑީޕީގެ ޕްރައިމަރީގައި 43 ހާސް ވޯޓް ލިބުނޭ ކިޔައިގެން އެމެން ރަންރީނދޫ ޓްވިޓަރޭ މެން އިއުލާން ކުރި ވޯޓް އަކީ އެެއީ މީހުންގެ ކަރު ވަޅު ތެރެއަށާއި އަދި ރިހާކުރު ރުނބާ ތެރެއަށް ވޯޓް ލައިގެން ހޮވާފައިވާ މީހެއް ކަމަށް އެމެން ބުނަނީ އެނަތީޖާ ވެސް ގަބޫލު ނުކުރެވޭނެއޭ. އެމްޑީޕީގެ ޕްރައިމަރީ ސައްހަ ގޮތުގައި ދެފުށް ފެންނަ ގޮތަށް ބާއްވަން އެބަޖެހޭ އަލުން އިއުލާން ކުރަން އެމްޑީޕީގެ ކޮންގްރެސް ބާތިލް ކޮށްލަންވީއޭ ސަބަބަކީ އެއީ އަސާސީ ގަވާއިދާއި ޚިލާފު ނިންމުމެއް ކަމަށްވާތީއޭ. އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ..

  52. ޖައްސާތި

    އިބޫގެ އަނބިކަނބަލުންގެ ތަފާތު ޓްވީޓެއް ކުރުން އެއީ މަމެން އުފާ ކުރާ ކަމެކޭ އެގިގެން މިދަނީ ކެނެރީގެ ނަޝީދު އެއްބަސްވާ ކަން އޭނާ އަށް ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓު ކަން އެމްޑީޕީ ތެރޭން ނުލިބޭނެ ކަން. އެމްޑީޕީގެ ގައުމީ މަޖްލީހުން އާދަޔާއި ޚިލާފު ކޮންގްރެސް އެއް މިޖޫން މަހު ބާއްވަން ނިންމި ނަމަވެސް ވޯލްޑް ކަޕް ފުޓް ބޯޅަ މުބާރާތް ވެސް މަތިވަމުން އަންނާތީވެ ދަ ރާއްޖެތެރޭން އަންނަ މީހުން ނާންނާނެ ވޯލްޑް ކަޕް މެޗް ތައް ދޫކޮށްފައި. ކަން މިހެން ހުރުުމުން އެމްޑީޕީން އިބޫ ނެރެނީ އެއީ ކެނެރީގެ ނަޝީދު ބެކިން އެކަމުގައި ވަރަށް ބޮޑަށް ލިބިގެން ނެވެ. އެހެން ކަަމަށް ވާނަމަ އެމްޑީޕީގެ ޕްރައިމަރީގައި ކެނެރީގެ ނަޝީދު ބައިވެރިވުން އެއީ ބޮޑު ގޯހެކެވެ. އެޕްރައިމަރީގައި އިއުލާން ކުރި ވޯޓް ތަކަކީ އެއީ އައްޑޫ އަސްލަންޓޭ ދެފައިކޭޓްތެރެއިން ރުނު ނަތީޖާ އެކޭ ބިކޮޒް ޓްވިޓަރޭ މެންދުރު ނަތީޖާ އިއުލާން ކޮށްފި. ނަތީޖާ ޖެހޭނީ އެމްޑީޕީގެ ގައުމީ މަޖްލީހުން ބާތިލް ކުރަން. އަލުން ޕްރައިމަރީ އެއް ބާއްވަންވީއޭ.

  53. ދަވޭ

    އިބޫގެ ދައްތަ ތަފާތު ޓްވީޓެއް ކުރައްވާ ރަންބުއްދި ވާ ވާހަކަ ދެެއްކުން އެއީ ރަނގަޅު ފާލެކޭ އެމްޑީޕީން ނެރޭ ރިޔާސީ ކެންޑިޑޭޓް އަކީ އެއީ މުޅި އެމްޑީޕީގެ ގޭމް ޗޭންޖް ކުރާނެ މަގާމް އޭ އެ ސީން ވަރަށް ބޮޑަށް ފެންނާނެއޭ މިހާރު ޕީޕީއެމް ތެރޭން. ކެނެރީގެ ނަޝީދު ކިނބިގަސް ދޮށުގެ މައުމޫނު އެއީ އެއް ފޮތަކުން ކިޔަވާފައި ތިބި އައުޓް ޑޭޓެޑް ޕޮޮލިޓިޝަނުން އެމެންނަކީ އެއީ ސިޔާސީ ގޮތުން ފެއިލް ވެފައިވާ ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ވެސް ނުދަންނަ ކޮލޭޓްރަލް ޑެމޭޖް އިންނެވެ. އެމްޑީޕީ ވެސް އެބަޖެހޭ މޭޖަރ އޯވަރހޯލެއް ކުރަން. އެގޮތުން އެމްޑީޕީ އެބަޖެހޭ ރިބާރތް ކުރަން ކެނެރީގެ އާއިލާ ދުރުކުރުމަށް ފަހު. އިބޫ ހުއްޓަސް މައްސަަލަ އެއްނެތޭ ކެނެރީގެ އާއިލާ އެންމެން ޖެހޭނީ ފެއްސެން އެމްޑީޕީ ތެރޭން. އެއީ ހުރިހާ ނުބަޔަކީ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޭޓަކު ހޮވަން ޖެހޭނީ ވާދަވެރި ޕްރައިމަރީ އެއް ބާއްވަން ސަބަބަކީ އެއީ އެމްޑީޕީ އޮތީ މިވަގުތު ވެރިކަމަކު ނޫނެވެ. އަސާސީ ގަވާއިދުގައި ބުނާ އަދަދަށް ވޯޓް ހޯދަން ޖެހޭނެއެވެ.

  54. ދިއެންޑް

    އިބޫގެ އަނބިގޮއްޔެ ޓްވީޓް ކޮށްލަ ކޮށްލާ ހުންނަން ޖެހޭނީދޯ އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ ކޮބާ ރާކަނި މަސްކެވިފައި ހުންނާނީ މިހާރު އިނގޭތޭ ތަމެން އިބޫ ގެ އަނބިގޮއްޔެ އަށާއި ރަންރީނދޫ ޓްވިޓަރޭ މެންނަށް ދޯ. މިހާރު ތިލަވަމުން އަންނަ އެއްޗަކީ އެއީ ކެނެރީގެ ނަޝީދު އަށް ދެން ރިޔާސީ އިންތިޚާބުގައި އޭނާ އަށް ޓިކެޓް ނުލިބޭނެ ކަން ޔަގީންވެ ކަށަވަރު ވަނީ ކަން ދޯ. މީ މަމެން ވަރަށް ދެކެން ބޭނުންވާ ޑްރީމް އެކޭ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ކަލްޗްރަލީ އިބޫ ކޮލިފައި ނުވެއޭ އިބޫގެ އަނބި ގޮއްޔެ އެކަމާއި ގަޔާ ނުވާނަމަ ނުވާންވީއޭ އިބޫގެ ދައްތަ އެކަމާއި ދެރަވާނަމަ ދެރަވާންވީ ނައްޓާނަމަ ނައްޓަންވީ މީ ޕޮިލިޓިކްސް އޭ ޕޮލިޓިކްސް ގައި އޮންނަ އެއްޗެއް ނޫނޭ ދެރަ އާއި ހިތާމަ އަކީ ތަމެން އެމްޑީޕީ ފުނޑާނަމޭ މަމެން ރިޔާސީ އިންތިޚާބު ބޯމަތި ވުމުގެ ކުރިން ތަމެން ނޫންތޭ ބުނީ މަމެންގެ ވެެރިކަން ވައްޓާލާފައޭ ރިޔާސީ އިންތިޚާބު ބާއްވާނީ ހައި ޕްރައިސް ޓު ބީ ޕެއިޑް ވީ ވުޑް ނެވަރ ލޭ އަވަރ އާރމަރ ޑައުން އޯއް ޔޫ ގޮޓާ ހޭވް ޓު ލޭ ޔުއަރ އާރމަރ ޑައުން ވީއާރ ޑައިންގް ޓު ނޯ ޔުއަރ ޝަޓް ޑައުން ޑޭޓް ސޫން ދިސް އިޒް ލުކިންގް ލައިކް އަ ކޮންޓެސްޓް. އިޓްސް ދަ ސްޓޯރީ އޮފް ޔޫ ވީއާރ ސްޕީކިންގް ނައު ނައު ނަައު ނައު ނައު ދިއެންޑް..

  55. ޖޭމްޖޭމް

    އިބޫގެ އަންހެނުން ހިތް ހަމަ ޖެހޭތޭ ނުޖެހޭތޯ މަމެން ޕިންކީން ބަލަން ނުޖެހޭނެއޭ ބިކޮޒް އެމްޑީޕީ އާލާތުން ނޫންތޭ ބުނަނީ އެއީ މަމެން ޕިންކީންގެ ވެރިކަން ވައްޓާލާފައޭ އެމެން ރިޔާސީ އިންތިޚާބު ބާއްވާނީ އެހެން ކަމަށްވާނަމަ އެމްޑީޕީ އަށް ކުޅަދާނަ އެއް ނޫނޭ މާލެ ސަރަހައްދުގައި ވެސް އެމްޑީޕީގެ ކޮންގްރެސް އެއްވެސް ބާއްވަން އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ކެނެރީގެ ނަޝީދަށް ވެސް ނާދެވޭނެއޭ އިބޫ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ނެެރޭނަމަ އިބޫ އަށް ޕީޕީއެމް ގެ ބޮޑުން ތާއީދު ކުރާ ކަމަށް ދަޅަ ދައްކާ އިބޫގެ ކެެރެކްޓަރ ނޮޅާލާނަމޭ މީ ރައީސް މައުމޫނުގެ ރަނޑު ވެރިކަމެއް ނޫނޭ މީ ވައްޑެކެ އަންހެންދުޅައިގެ ވެރިކަމެއް ނޫނޭ މީ މަމެންގެ ވެރިކަމޭ މީމަމެންގެ ގައުމޭ މަމެން ދުލެއް ނުދޭނަމޭ. ޖޭމް ޖޭމް ޖޭމް ހިއަރ ކަމްސް ހިންނަވަރު އިބޫ ޖޭމް ޖޭމް ޖޭމް އެމްޑީޕީ ރިޔާސީ ކެންޑިޑޭޓޭ އެހެންތޭ ޖިންގޯ ޖިންގޯ ބިންގޯ ބިންގޯ ބިންގޯ ޖޭމް ޖޭމް ޖޭމް ޖޭމް ކޮން އެއް ކެންޑިޑޭޓެއް ތޭ އެއް ކެންޑިޑޭޓް އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ..

  56. އާއްހާއް

    އިބޫގެ އަނބިކަނބަލުންގެ ތަފާތު ޓްވީޓެއް ކުރުމުން މަމެންނަށް ކީއް އެއީ މަމެންނާއި ބެހޭ ކަމެއް ނޫނޭ އިބޫ ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް އެމެން ކެނެރީގެ ނަޝީދުގެ ބަދަލުގައި ލިޔަސް އަދި ނުލިޔަސް މަމެން ނަށް ކީއް. އެމެން ބުނަނީ މަމެންގެ ވެރިކަން ވައްޓާލާފައި މަމެންގެ ރައީސް އާއި ނުލައޭ ރިޔާސީ އިންތިޚާބު ބާއްވާނީ ތަމެން ނަށް ރަނގަޅަށް އެގޮތަށް އިންތިޚާބު ބޭއްވިޔަދޭނަމޭ ރަންރީނދޫ ޓްވިޓަރޭ މެންނޭ ތެޔޮ ލައިގެން ތައްޔާރަށް ތިބޭތި ކުޅަދާނަ އެއް ނޫނޭ ކެނެރީގެ ނަޝީދަށް ވެސް ރިޔާސީ ކެންޑިޑޭޓަކަށް ވާން އަދި ކުޅަދާނަ އެއް ނޫނޭ އިބޫ އަށް ވެސް ކޮމަން ކެންޑިޑޭޓަކަށް ވާން ޖޭޕީން ނެރޭނީ އެއީ ޕްރޯ އުގައިލް އޭ އެއިރުން ތަމެންނަށް ހުންނާނީ ރަނގަޅަށް އެއް ކެންޑިޑޭޓް ނެރެވިފައި ރަނގަޅަށް. ޔޫނޯ އައި ރިއަލީ ހޭޓް ޓު ސީ ދީސް ރަންރީނދޫ ޓްވިޓަރޭ މެންގެ ކްރުއަލް ތިންކިންގް ޔޫ ކޭން ނެވަރ ލޭއަވަރ އާރމަރ ޑަައުން. އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް. ހާއްހާއް..

  57. ބީޓްއިޓް

    އާއް. އާއް އާއް ހާއް ހާއް ހާއް އިބޫގެ އަނބިކަނބަލުންގެ ތަފާތު ޓްވީޓެއްތޭ ކުރީ އެހެންތޭ ސޯ ވަޓް މަމެންނަށް ކީއްތޭ މަމެންނަށް ކަހިރުވަކެކޭ ވެސް ހީނުވެއޭ އިބޫ ނުހޮވޭނެއޭ ކޯލިޝަންގެ ކޮމަން ކެންޑިޑޭޓަކަށް ވެސް އެއީ ޔަގީން ކަމެކޭ. ބިކޮޒް ޖޭޕީ އަށް ވެސް އިނގެއޭ ކެނެރީގެ ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަން ދެން އިބޫ އަށް ކަލްޗްރަލް ވޯޓްސް ރާއްޖޭން ނުލިބޭނެ ކަން ޖޭޕީ އަށް ވެސް ޔަގީން ވާތީވެ އެމެން ވެސް ނެރޭނީ ވަކިން ކެންޑިޑޭޓެކޭ އެއިރުން ކޯލިޝަން ދާނީ ފަޅަފަޅައިގެންނޭ އެމްޑީޕީ އެއްކޮށް އެެއރުން ރޫޅޭނެއޭ އެއްކޮޅުގައި އޮންނާނީ ކެނެރީގެ ނަޝީދު ފެކްޝަން އަނެއް ފަޅީގައި އޮންނާނީ އިބޫ ފެކްޝަން ޕާރޓީ ތައް ފަޅާލުމުގަިއ ވަރަށް ކުރީގައޭ މަހޭ މެން އުޅެނީ މަހޭ މެން ނޫންތޭ މިކަމުގައިވެސް މިހާރު ތިޔާ އުޅެނީ. މަމެން ހާސް ނުވެއޭ އިބޫ ނިކުމެދާނެތީވެ އެކަމަކު ތަމެންނަށް ތިޔާ ކޮންގްރެސް ނުބޭއްވޭނެއޭ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. މަމެން ބީޓް ނުކުރެވޭނެއޭ ޖަސްޓް ބީޓް އިޓް ބީޓް އިޓް ބީޓޭއިޓް ބީޓޭ އިޓް ބީޓް އިޓް ބީޓް އިޓް ސޯ ބީޓް އިޓް ޖަސްޓް ބީޓް އިޓް ބީޓޭއިޓް ބީޓް އިޓް ބީޓް އިޓް ހޯއް ހޯއް ހޯއް އޯނޯ އޯނޯ ހޫސް ގޮނާ ލީޑް ޖަސްޓް ބީޓް އިޓް އިޓް ޑަޒުން މެޓަރ ބީޓޭ އިޓް ބީޓޭ އިޓް ބީޓޭ އިޓް ބީޓް އިޓް ހާއު ހާއު ހާއު ހާއު ހާއު ހާްއު ހާއު ހާއު ހާއު ހާއު ހާއު ހާއު ހާއު..

  58. ވިސްނާ ފިކުރު ކުރޭ

    Luqman 31:34

    إِنَّ ٱللَّهَ عِندَهُۥ عِلْمُ ٱلسَّاعَةِ وَيُنَزِّلُ ٱلْغَيْثَ وَيَعْلَمُ مَا فِى ٱلْأَرْحَامِۖ وَمَا تَدْرِى نَفْسٌ مَّاذَا تَكْسِبُ غَدًاۖ وَمَا تَدْرِى نَفْسٌۢ بِأَىِّ أَرْضٍ تَمُوتُۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۢ

    ހަމަކަށަވަރުން، قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، اللَّه ގެ حضرة ގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި رحِم ތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نفس އަކަށް އެ نفس އެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.

  59. އަލީ

    ޔާ ﷲ. މިޤައުމު ނަޝީދުގެ ނުބައިކަމުން ސަލާމަތް ކުރައްވާށި. އާމީން

  60. ގިވްއިން

    އިބޫގެ އަނބިކަނބަލުންގެ ތަފާތު ޓްވީޓެއް ކުރުން އެއީ މަމެން އުފާ ކުރާ ކަމެކޭ އިބޫގެ އަނބި ކަނބަލުން ވެސް މަމެން ޕިންކީންގެ ފަސްޓް ލޭޑީ އެކުރާ އުސޫލުން ބުރަ ކޮށް މަސައްކަތް ކުރަންވީ އިބޫ ރިޔާސީ ކެންޑިޑޭޓަކަށް ހަދަން ބޭނުން ނަމަ. އިބޫ ގެ ކަލްޗަރ އާއި އިބޫ އުފަންވެފައިވާ ރަށުގެ ކަލްޗަރ އަށް ބަލާއިރު ކެނެރީގެ ނަޝީދު އަޑިން ވަރަށް ބޮޑަށް ނެގެޓިވް ރޯލް ކުޅުވާ އެމްޑީޕީ ތެރޭގައި ރަންރީނދޫ ޓްވިޓަރޭ އާއި އައްޑޫ ނިޒޭ އާއި އަސްލަންޓޭ އާއި ވަގު ޑީބީ މެން މެދުވެރިކޮށް. މިކަމަކީ މީ ޗެއަރޕާރސަން ލައްޗޭ އަށް ވެސް އެގިގެން ހިނގާ ކަމެއް ނޫނޭ މިކަން ރާވާ ހިންގަނީ ރަންރީނދޫ ޓްވިޓަރޭ މެދުވެރިކޮށް ކެނެރީގެ ނަޝީދު އޭ. އިބޫ އަންހެނުން މީންސް ހުރި ގޮތެއްގައި އިބޫ ކުރިއަށް ނެރެން ބޭނުން ނަމަ ރަންރީނދޫ ޓްވިޓަރޭ މެންގެ ދަ ހަރާމްކޯރު ދަބަތާހަރާމީ ސިފަ ދަސްކޮށްލާ އެމެންނާއި ދުރުން ވަކި ފެކްޝަނެއް އެމްޑީޕީ ތެރޭން އުފައްދައިގެން އިބޫ ކުރިއަށް ނެރެން އުޅޭށޭ މަމެން ޕިންކީންގެ ބެކިން ދޭނަމޭ ލާރޖް ކޮށް އެއިރުން. ދިސް އިޒް ދަ ފީލިންގް. ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް..

  61. އިބޫ ކޭން ޑު އިޓް

    އިބޫ އަށް ވާނެ

  62. މާރިޔާ

    މިގައުމުކައް މިވަގުތު ޔާމިން ނޫންމީހަކުބޭނުމެއްނޫން

  63. ތަކުރު

    ކޮބާތޯ އެސިފައަކީ....ބުނެދެއްވަފާނަންތޯ؟މަރިޔަމު