1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ ޢަބްދުﷲ ލުތުފީ ޖަލު ހުކުމުގައި ހުއްޓާ ފިލައިގެން ދިޔަ މައްސަލައިގައި ދައުލަތުން ކުރިއަށް ދައުވާއަށް އޭނާ އިއުތިރާފްވެއްޖެއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގައި ލުތުފީ ވަނީ ކުށަށް އިއުތިރާފުވެ، އޭނާ އަށް ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށް އެދިފައެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ލުތުފީ ފިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އޭނާ ދިޔައީ 2019 ވަނަ އަހަރު މެއި 01 ވަނަ ދުވަހު އެވެ.

ލުތުފީ ލަންކާގެ އެމްބަސީއަށް ދިއުމުން އޭނާ އަށް އެމްބަސީ އިން ހިމާޔަތްދީ، އެތަނުގެ އެޕާޓްމަންޓެއްގައި އޭނާ ބަހައްޓައި އެކަން ސަރުކާރުން ސިއްރު ކުރިއެވެ. ނަމަވެސް މީސް މީޑިއާއަށް އެވާހަކަތައް ތިލަވުމުން ސަރުކާރުން އެންމެފަހުން ވަނީ ލުތުފީ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރިކަމަށް އެއްބަސްވެފައެވެ.

ލުތުފީ މާލެ ގެނައީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ މިހާރު ތަންފީޒު ކުރަމުން ދަނީ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ ބާކީ ބައެވެ.

ލުޠުފީއަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން އިރު އެންމެ އިސްކޮށް ހުރި މީހާއެވެ.

މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫން ވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ހެހެހެ

    މުއްދަތު ހަމަވިކަމަށް ނިންމާ ގެޔަށް ފޮނުވާ ބޭކާރު ކަރަދު ކުރަން ޖަލުގަ ބަހައްޓާނެކަމެއްނެތް

    9
    4
    • ދޯދި

      މާރިޔާގެ ބަދަލު ގަ ސިފައިންގެ ހިންގަން ލާން ވީ.... ބަޑިޖަހާ މިހުން މެރުމުގެ ތަޖުރިބާ ހުންނާނެ

  2. ބުލްށިޓް

    ކޮބާ، އިމްރާނޫ،، އަވަހަށް މި ބާޢީ ކަލޭގެ ނިދާ މެށިނަކަށް ލާންޖެހޭ ކަމަށް ނިންމާފަ، މުލިއާގެއަށް ބަދަލު ކޮށްލަދީ؟؟ އޭރުން ފުރިހަމަވާނީ

    16
  3. ރަދީފް

    މިނޫންތޯ ހަގީގީ ބާޢީން.ބޮޑު ބާއީ ލުތުފީ.

    21
  4. ރަށްވެހި ނަޖިސް

    އަވަހަށް މިނިސްޓަރުކަމާ ހަޒާނާގެ ތަޅުދަޑި ދީފަބަހަށްޓަ

    19
    • ދޯދި

      މާރިޔާގެ ބަދަލު ގަ ސިފައިންގެ ހިންގަން ލާން ވީ.... ބަޑިޖަހާ މިހުން މެރުމުގެ ތަޖުރިބާ ހުންނާނެ

  5. ދަލޭކާ ދިޔެ

    ތިކަންތައް ތިދެން ނިމުނީ. ތީ ހަމަ ރޭގަ އުފަންވި ކުށެއް ނެތް މައުސޫމު ތުއްތު ކުއްޖެ ފަދަ ހަމަ..

    20
  6. މޯދި

    ގާސިމް ވެސް ބޭސް ފަރުވާއަކައް ރާއްޖެން ބޭރައް ފޮނުވީމަ ފިއްލެެެވީއެއް ނުންތޯއެވެ. ކީއްވެތޯ އެމައްސަލަ ތަހުގީގު ނުކުރެއްވީ.

    19
  7. މަނީމަނީ

    ދެން ބާޣީ ވަހީދު ވެސް ފިލި

    6
    17
  8. ފާރިސް

    ކުއްކޮއްފައި ކުށަށް އެއްބަސްވާމީހުން ނަށް އެއްވެސް އަދަބެއް ދޭނެކަމެއްނެއް. ޢަދީބު ބަހައްޓާފްއި ހުރިގޮތައް ބަހައްޓާ.

    20
  9. އކ

    ދޫކޮއްލަން ފެނޭ

    7
    5
  10. ނާދިރާ

    ފިލި އެންމެންނަށް ބޮޑު އަދަބު ދޭންޖެހޭ

    14
    1
  11. މަބޭ

    ލުތުފީ ފިލީކީނޫން ރައީސްނަސީދު ބޭނުންވީ.ލުތުފީ މިނިވަންކުރަން ނަމަވެސް އެކަންކޮއފިނަމަ ރައަޔިތުންކެކިއަރާނެތީ ބޭސްފަރުވާނެނަމުގަ ފުރުވާލީ 2010 ވަނައަހަރުންފެށިގެން ލަންކާގަ.އުޅެމުންދިޔައީ ސިއްކަގެ އެހީތެރިކަމާއެކު.

    27
    1
  12. ސަތަރޭ

    މިހާރު އެއެުޅެނީ އޭނަ ދޫކޮއްލަން.. ސާބަހޭ އިބޫ ތިޔަ ކުރަނީ ހެއޮވެރިކަން

  13. ދޮންކެޔޮ

    މުއްދަތު ހަމަވިކަމަށް ނިންމާ ގެޔަށް ފޮނުވާ ބޭކާރު ކަރަދު ކުރަން ޖަލުގަ ބަހައްޓާނެކަމެއްނެތް ތިޔަހެން ވިއްޔާ ޖަލުގަ ތިބި އެންމެން ގެއައް ފޮނުވަންވީ ބުރޯ

  14. ޙހހ

    ރާވައިގެން ވެރިންބުނެގެން އެމްބަސީއަށްއައީ ލަނކާގައި ވިށާނުޖަހައި އުޅޭދިވެހިން ހޯދަމުންދިޔަ ދަނދިވަޅެއްގަ. އެއީ ރޭވުމަކުން ސަރުކާރު ޚަރަދުގަ ރާއްޖެ ގެެނައުމަށް ކުރިކަމަކަށް ވެދާނެއެވެ.

  15. ބުއްޅަބޭ

    ކަލެއަށް ދޭންވީ އެންމެ ކުޑަ އަދަބަކީ " to be hanged until death"

  16. ނަރެލް

    ބަގާވާތް ކުރި އެންމެންގެނަމުގެ ކުރިއަށް ބާޣީ ކިޔަންހަމަސަޅި ބަގާވާތެއް ކާމިޔާބުކުރި 7ފެބްރުއަރީ ޓީމުވެސް ހިމެނޭހެން ބާޣީ ވަހީދު އަށް ލުތުފީ ހެން ފިލި ބާޣީ ވަހީދު ކިޔަން ހަމަ ސަޅި

    2
    2
  17. ަސދަސދ

    ކޮށްމެހެން ބާއީލުތުފީ އޭކިޔަން ޖެހޭތަ ؟
    މީހުންނަށް އިހްތިރާމް އާއި އެކު މުހާތަބް ކުރުމަށް ވަގުތު ނޫސްވެރިންނަށް ދަންނަވަން.

    1
    11
    • ބާޣީ

      ބޭފުޅާ ލުތުފީ ދެކެ ލޯބިފުޅުން އުޅުއްވިޔަސް، ލުތުފީ އަކީ ބާޢީ އެއް .. އެހެންވީމަ ކިޔަންވާނީ ހަމަ ބާޣީ ލުތުފީ .. ޝުކުރިއްޔާ ވަގުތު

    • ހުސޭނުބޭ

      ކަލޭގެ ސިކުނޑި ޅަކަމާއޭ! ބާޣީ ލުތުފީގެ ލަޤަބު އެއީ! ލަޤަބު އަތުނުލެވޭނެ! ކަލޭ ފަހަކަށްނުދާނެ އިބިލީހަށް ޝައުޚެއްގެ މަޤާމް ދޭކަށް

  18. ާދަލޭކް

    ދެން ޙުދު ކާފޫރު ކޮޅަކަށް ބަދަލުވީ އަވަހަށް ޓެލެކޮމިއުނިކޭޝަން މިނިސްޓަރުކަން ދެއްވާ ނިމުނީ.

  19. ޓުކުރި ޝޭޚު

    77 އަހަރު އެކަމަކު ހީވަނީ 57 ހެން! 88 ވަނަ އަހަރު އެއީ 45 އަހަރު ފުރިފައި އިން މީހެއް