އައިޖީއެމްއެޗް އަށް ނިޔާވެގެން ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމުން އެ ބައްޔަށް ފައްސިވެއްޖެއެވެ.

ރޭ ފަތިހުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންދިޔައީ ސިފައިންގެއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރި ގ.ގުޑްލައިފް، އަބްދުއްލަތީފް ހަސަން 67، އެވެ. އަބްދުއްލަތީފް އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައި ކަމަށް "ވަގުތަށް" ވަނީ މައުލޫމާތު ލިބިފައެވެ.

އަބްދުއްލަތީފް ކޮވިޑް-19 އަށް ޓެސްޓް ކުރުމުން އޭނާގެ ނަތީޖާ ވަނީ ފައްސިވެފައެވެ. އެހެންވެ، އަބްދުއްލަތީފްގެ ކަށުކަމާ ކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.

އެކަމަކު، މިއީ ކޮވިޑް ބަލީގައި ނިޔާވި މީހެއްގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަދި ނުނިންމައެވެ.

މިދިޔަ މަހުގެ މެދު ތެރޭގައި އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ދެ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެ ދެމީހުން ނިޔާވެފައި ވަނީ ކޮވިޑް-19 ބަލީގައި ކަމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅައިފައެވެ.

ރާއްޖޭގައި ފަހަކަށް އައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އައިއިރު، ކޮވިޑްގެ ވޭދަނަތައް ކޮންޓްރޯލް ކުރެވިފައި ނެތުމުގެ ނަތީޖާއެއްގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެކަމަކު، އެ ފިޔަވަޅުތައް އެޅިތާ ދެ މަސްވާން ކައިރިވާ އިރު، ވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

ރާއްޖޭގައި ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ދަނީ ފައްސިވަމުންނެވެ.

ރާއްޖެ އިން މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި އިރު، މި ބަލީގައި ފަރުވާ ހޯދަމުންދާ 2،600 އަށް ވުރެ ގިނަ މީހުން އެބަތިބިއެވެ. އޭގެ ތެރެއިން 180 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖެ އިން މިހާތަނަށް އައިއިރު މި ބަލީގައި 62 މީހުން ވަނީ ނިޔާވެފައެވެ. އެއީ އަށް ބިދޭސީންނާއި 54 ދިވެހިންނެވެ.

ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި އިރުއޮއްސި ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މީހުން ބޭރަށް ނުކުތުން މަނާ ކުރުން ހިމެނެއެވެ. މީގެއިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ކުރުން ހިމެނެއެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ކޮވިޑް ފެތުރޭތީ ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާތުމާ

    މިހާރު ތިޔަ ޕޮޒިޓިވީ ތިޔަ ގެންގުޅޭ ކިޓްތައް.... ވަޅުލާ ނިންމީމަ ބުނޭ ނެގެޓިވޭ ދެން ބުނޭ އެރޯ އެރީޔޭ މިވާ ސަރުކާރުކާރެއް މި އޮތީ

  2. ހަަނާ

    އެޗްޕީއޭ މީހުން ކަޑައީ، ކަންޖޫސީ، ޕޮލިސީ ހަދަން ނޭނގެނީ، އަޅާފަ ނާޅޭނެ ފިޔަވަޅެއް ނޭނގެނީ..
    ދެން ވާނީ މިކަހަލަ ގޮތެއްް.. ހާދަ ދެރަޢޭ

  3. ހުސެންބެ23232

    ކެނެރީގޭ ބޮޓުންނާއި އެމީހުންގެ އައުވާނުން ކްރިސްމަސް ފާހަގަކޮށް ނިއު އިޔާ ޕާޓީ ބޭއްވި އިރު އަހަރެމެން ދެނަހުރިން މިހެން މިކަން ވާނޭކަން. މިހާރުން މިޙާރަށް ނަޝީދު އިސްތިއުފާދީ. ނިޔާވީ ބޭފުޅާއަށް ރަޙްމަތް ލައްވަވާ، ފާފަފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި. އާމީން

  4. ޖުހާ

    ކޮވިޑައްވުރެން ފުލުހުންގެ ބަލާ މާބޮޑު ގެ ދޮރުމަތީގަ މާސްކު ނާޅާ ހުއްޓަސް ހީވަނީ މޮޔަވެގެން އުޅޭހެން އެކަމު މިމީހުން ޑިއުޓީ ނިމިގެން އުޅެނީ ހަމަ މާސްކުވެސް ނާޅާ ރައްތިތުންގެ ފައިސާއިން މުސާރަ ދޭއިރު މިވަރެއް ނެތިގެން ރައްޔިތުންނަށް ބަލާ ބޮޑުކުރަން މިއުޅެނީ

  5. ބަކަރި

    މި ސަރުކާރު އައިފަހުން މީހުން މާގިނައިން މަރުވާ ހަބަރު ހުންނަނީ...ރައީސް ޔާމީންގެ ވެރިކަމެއްގަ މި މަރުތައް ތަހުގީގު ކުރައްވާ އިހުމާލެެއް އޮތްތޯ ބެއްލެވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް