ތިލަފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ 2023 ވަނަ އަހަރު ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތިލަފުށީގައި މެހި އާލާވެ ދުން އެރުމުގެ މައްސަލަ ހައްލު ނުވާ ސަބަބާ ގުޅޭ ގޮތުން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހުސައިން ވިދާޅުވީ 1997 ވަނަ އަހަރުން ފެށިގެން ތިލަފުށީގައި ކުނި އަންދަމުން ދިޔަ ކަމަށެވެ.

އެހެންކަމުން ދިގު މުއްދަތަކަށް ކޮށްފައިވާ ކަމެއްގެ ސަބަބުން ކުރިމަތިވަމުން އަންނަ މައްސަލަތައް ހައްލު ކުރުމަކީ ދަތިކަމެއް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިހާ ހަމައަށް އައިއިރު، އެ މައްސަލަ ހައްލު ކުރަން އެއްވެސް މިންވަރަކަށް ހޭދަކޮށްފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ކުނިގޮނޑަކީ އޭގެ އަމިއްލަ ޒާތުގައި ވެސް ހުޅު ރޯވެ އަނދަމުންދާ ތަނަކަށް ވާތީވެ މިކަމަށް ހާއްސަ މެޝިނަރީތަކެއް ނެތި އޭގެ އެހީއާ ނުލައި އެތަނުގައި އަލިފާން މިހާރު ނިއްވައެއް ނުލެވޭނެ. އެއީ ނުރައްކާތެރި އެކަމުގައި ބޮޑެތި ރިސްކުވެސް ހިމެނޭކަމެއް. މިތަނަކީ ބަަޔޯޑިގްރޭޑަބަލް ކުނި ޖަމާކުރަމުންދާ ތަނެއް. އެހެންކަމުން މިފަދަ ތަކެތި ފަނާވެ ދިއުމުން ފުޅައިގެ ސަބަބުން މެހި އާލާވޭ. އަދި އަށަގަންނަ ބެކްޓީރިއާގެ ސަަބަބުން ގޮނޑުގަ އެކި ދިމަދިމާލުގައި މީތޭން ގޭސް އުފެދޭ. އޭގެ ސަބަބުން އަލިފާން ރޯވަމުންދާކަން ފާހަގަވޭ،" ތިލަފުށީގެ މައްސަލަ ތަފްސީލް ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ މެޝިނަރީތައް ތިލަފުއްޓަށް މިހާރު ވަނީ ގެނެވިފައެވެ. އެ ކަމަށް ބޭނުންވާ ހުރި މެޝިނަރީއެއް ގެނެވޭނެ ކަމަށް ކޮންޓްރެކްޓަރުން މިހާރު ބުނަނީ މެއި މަހުގެ ނިޔަލަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މެޝެނަރީތައް ގެނެވި މަސައްކަތް ފަށައިގެން ގޮނޑުން ދުން އެރުން މި އަހަރުގެ ނިޔަލަށް ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިނުވެ މިނިސްޓްރީން ޕްލޭން ކުރެވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގޮސްފިނަމަ ތިލަފުށީގެ ކުރި މެނޭޖް ކުރަން 2023 ވަނަ އަހަރުގެ ފަހު ކުއާޓާގައި ތިލަފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް އަންނާނެ ކަމަަށް އަޅުގަނޑު ގަބޫލު ކުރަން،" މިނިސްޓަރު ހުސައިން ވިދާޅުވިއެވެ.

ތިލަފުށީގެ ކުނީގެ މައްސަލަ އާއި ދުން އެރުމާއި އޭގެ ސަބަބުން ކައިރީގައި މީހުން ދިރިއުޅެމުންދާ ރަށެއް ކަމުގައިވާ މާލެ އަތޮޅު ވިލިނގިލީގައި އުޅޭ ރައްޔިތުންނަށް ވެސް ސިއްހީ މައްސަލަތައް ފަދަ އެކި ޒާތުގެ އުނދަގޫތައް ކުރިމަތިވާ ކަމުގެ ޝަކުވާއަކީ އާންމު ޝަކުވާއެކެވެ. ވިލިނގިލި މިހާރު ބެލެވެނީ މާލެ ސިޓީގެ އެއް އަވަށުގެ ގޮތުގައެވެ. އަދި ރަސްމީ ނަމެއްގެ ގޮތުގައި ވަނީ ވިލިމާލެ ނަން ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފާތުމަތު

    އޭ މިނިސްޓަރާއެވެ. ނަޖިހުން ހަކަތަ އުފައްދާ ވާހަކަވެސް ކަލޭ ބުނީމު ނޫންހެއްޔެވެ. ވީ ކަމެއް ހަރާމުން ހަރާމެވެ. އެކަމަށް ވީ މުޅިންވެސް ބޭވަފާތްތެރިއެވެ. ދެން ކުނީގެ ވާހަކަ ނުދައްކާ ކަލޭ މަޑުން ހުންނާނެ ނަމައޭ ހިތަށް އަރައެވެ.

  2. މުއްލާ

    މާސްކުއަޅަން ދަސްކޮށްދޭ ކޯހުން 1 ވަނަ ހޯދުމުން ދޭ އެވޯޑް.(.................)

  3. މަރީނާ

    އެޗްޕީއޭގެ ޤަވާޢިދާ އެއްގޮތަށް މާސްކު އެޅުމުންދެވޭ ޝަރަފުވެރިކަމުގެ އައްޑަނަ.

  4. އަބްދޫ

    ރާއްޖޭގެ ކުނީގެ މައްސަލަ ހައްދުން ނައްޓުވާލީ 2008 ގަ އައި އެމްޑިޕީ ވެރިކަމުގަ. މާލެ ކުިނިގޮނަދަކަށް ހަދާލި މަގުމަތީގެ ކާނުތައް ގަސަކަނާ އުފައްދާ މެސިންތަކަކަށް ބަދަލު ކޮށްލި ކުނިއުފަުލަން ހުރި ލޮރީތަކާއި ކޮޅުވެއްޓި ތައް ވީރާނާ ކޮށްލި . ޔަމީނުގެ ވެރިކަމުގާ ވެމްކޯ އުފައްދާ ކުނީގެ ހައްލު ހޮދި މިހާރު އެމްޑިޕީ ވެރިކަމަށް އައީމަކުނި ގިނަވެއްޖެ. މިވާގޮތަކަމެދު ރައޔިތުން ވިސްނާހޭލުންތެރިވަނެް ނުވެތަ؟

  5. ސައްފަތު

    5 އަހަރުގެ ދައުރު ނިމޭއިރުވެސް މައްސަލަ ޙައްލު ނުކުރެވޭނެ ވާހަކަ ތިޔަ ވިދާޅުވީ. މީނައަށް ކޮން އިތުބާރެއް ކުރެވޭތީބާ މި ހުންނަނީ؟ ކޮންކަމެއް ރައްޔިތުންނަށް ކޮށްދޭތީބާ މި ހުންނަނީ؟

  6. ވެރިން

    ތިބުނުއްވަނީ ރިޔާސީ އިންތިހާބަށް ވައުދެއްވާން ތިލަފުށި ކުނި ގޮނޑު ބާއްވަނީ އޭ ތޯ

  7. ޟައިނާ

    އަވައައް މަގާމު ދިފާއު ނޮކޮށް އިސްތިއުފާދީ

  8. ނެތީމޭނެތީމޭ

    ތަމެންނަށް ރަނގަޅަށް މިފަހަރު ވިޔަފާރިވެރިންގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓް ލިބޭނެއޭ މަމެން ބުނަން ނެތީމޭ ކަނޑަށް ކާތަކެތީގެ ކުނި އެޅި ނަމަވެސް އެއީ ތިމާވެއްޓަށް ވެސް އަދި ކަނޑަށް ވެސް އެއްވެސް ގެއްލުމެއް ވާނެ ކަމެއް ނޫނޭ ތަމެން ތިޔާ އުޅެނީ އަބަހައްދަވެގެންނޭ މަމެން ބުނަން ނެތީމޭ..