ކޮވިޑް-19 އަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ދިފާއީ ނިޒާމު ދެރަ މީހުންނަށް މި ބަލި ޖެހުން ގާތެވެ.

އެތެރެހަށީގެ ނިޒާމު ބަލިކަށިވުމުގެ ސަބަބުން މި ބަލީގެ އަސަރު ކުރާ މިންވަރު އެތައް ގުނައަކަށް ބޮޑުވެގެން ދެއެވެ. މިގޮތުން ވީ އެންމެ އަވަހަކަށް ރައްކާތެރިވުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން ވެކްސިން ވީ އެންމެ އަވަހަކަށް ޖެހުން މުހިންމެވެ.

ކޮވިޑް-19 ވެކްސިންގެ ސަބަބުން ސިއްހީ ގިނަ ބަލިތަކުން ފަސޭހަވެއެވެ. ތަޖްރިބާ ކާރުން ބުނެފައިވަނީ ރާއްޖެ ބަލި ހުންނަ މީހުންނަށް ވެކްސިން ދިނުމުގައި ވަރަށް މުހިންމު ކަމެއް ދޭން ޖެހޭނެ ކަަމަށެވެ.

އާންމުކޮށް ކޮވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒް ދެނީ، ވެކްސިން ޖަހާތާ 15 ދުވަސް ފަހުންނެވެ. ރާއްޖެ ބަލި ހުންނަ މީހުންނަށްް ވެކްސިން ދިނުމަށްފަހު ބައެއް ފަހަރަށް ޑޮކްޓަރުން އެ ބަލި ހުންނަ މީހާގެ ބޭސް މަދު ކޮށްލާނެެއެވެ.

މިހާތަނަށް ކޮވިޑް-19 އަށް އުފައްދާފައި ހުރި ވެކްސިން ޖެހުމުގެ ސަބަބުން ރާއްޖެ ބަލި ހުންނަ މީހެއްގެ ފަރާތުން ނޭދެވޭ އަސަރެއް ކޮށްފައިވާ ކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ.

ވެކްސިން ޖެހުމުގެ ސަބަބުން ދިމާވާނެ އަލާމާތްތަކުގެ ތެރޭގައި މަސްތަކުގައި ރިއްސުން، ހުން އައުން އަދި ހުޅު ތަކުގައި ރިއްސުން ހިމެނެއެވެ. ނަމަވެސް މިއީ ހާސްވެ ކަންބޮޑު ވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. މިގޮތަށް ކަންތައް ވަނީ ވެކްސިން މަސައްކަތް ކުރާތީއެވެ. އެ ތަދު ދުވަސް ކޮޅަކުން ހިނގައިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު