އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި އެވެ.

އިންޑިއާ ސަފީރު އިއްޔެ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރީ ވެރިކަންކުރާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން އިންޑިއާ އަށް އެތެރެވިޔަނުދީ އަނބުރާ ގައުމަށް ފޮނުވާލުމުން އެކަމުގެ ހިތްހަމަނުޖެހުން ދިވެހި ސަރުކާރުގެ ފަރާތުން ހާމަކުރައްވަން ކަމަށް ވެއެވެ.

ނަމަވެސް ފޮރިން މިނިސްޓްރީ އިން ވިދާޅުވީ ސަފީރު އެ މިނިސްޓްރީއަށް ވަޑައިގެންނެވީ ކަމަށާއި މަޝްވަރާކުރެއްވީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކަމަށެވެ.

ކޮންމެ ގައުމަކުން ވެސް އެގައުމެއްގެ ފޮރިން މިނިސްޓްރީއަށް ގައުމެއްގެ ސަފީރު ހާޒިރު ކުރުމަކީ ހާރިޖީ ދާއިރާގައި ކަމަކާއި ދެކޮޅު ހެދުމަށް އަޅާ އެންމެ ވަރުގަދަ އެއް ފިޔަވަޅެވެ. ރައީސް ވަހީދުގެ ވެރިކަމުގައި އޭރު އިންޑިއާގެ ސަފީރަކަށް ހުންނެވި ބޭފުޅާ ވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކުރިއެވެ. އެއީ ރާއްޖޭގެ ތާރީޚްގައި ވެސް ސަފީރަކު ފޮރިން މިނިސްޓްރީ އަށް ހާޒިރުކުރި ފުރަތަމަ ފަހަރު ކަމަށް އެނގިފައިވެއެވެ.

ނިހާން އިންޑިއާ އަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލި މައްސަލައިގައި އިންޑިއާ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް ރަސްމީ ވާހަކައެއް އަދި ނުދައްކަވައެވެ. ނަމަވެސް ނިހާން ރޭ ވަނީ އިންޑިއާގެ އަމަލުތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގެރިމޮދީ

    ޔާމީނުގެންގުޅެނީ ނުގޯވާސޫފި ބާރަށް ދަތްއަޅާ ވައްތަރުގެ ސިޔާސަތެއް، އިންޑިޔާއަށްބަލާއިރު ރަނގަޅު ސިޔާސަތެއް އެއީ،

  2. އަލްޖިބުރީލް

    މިހާރު އޮންނާނީ އިންޑިޔާ ބަނޑަށް ޖެހިފަ?

    • ޖޮއްބެ

      އަނހަ ލާދީނީ އަލްޖިބްރާ ނަން ބަދަލުކުރީތަ އަލްޖިބްރީލަށް.....؟ ކަލޯ އިންޑިޔާ ބަނޑަށް ޖެހިގެން ނޫންތަ އެވަރަކުން މިގައުމާ ޖައްސާލައިގެން އެ އުޅެނީ؟ ކެރަފާ ޕަޕެޓް އެމީހުންނަށް މިގައުމު ވިއްކައިގެން ދިން ލާރިގަނޑުގެ މަތިން ދުވަހަކުވެސް އެމީހުން ހަނދާނެއް ނުނެތޭނޭ.

  3. ވެންއިޓް

    ނިހާންގެ މައްސަލާގައި އިންޑިއާ ސަފީރު މިޝްރާ، ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އިންޑިއާ އަށް ނިހާނު އިންޑިއާ އަށް އެތެރެވިޔަނުދީ އެއްވެސް ސުވާލެއް ކޮށް ނުލާ ފޮނުވާ ނުލެވޭނެއޭ އެއީ ސާރކްގެ ޗާރޓަރާއި ވެސް ޚިލާފު ކަމެކޭ ރާއްޖެ އަވަހަށް ސާރކް އިން ވަކި ވާންވީއޭ އެއީ ބޭނުން ޖަމްއިއްޔާ އެއްނޫނޭ އެ ޖަމްއިއްޔާގެ ސަބަބުން ރާއްޖެ އަށް އިގްތިސާދީ ގޮތުން ހިންދެމިޔަ ނުދީގެން މިއުޅެނީ. އިންޑިއާ އިން ޖެހޭނެ ރާއްޖޭން އަޅާ އިކޮނޮމިކް ސެންކްޝަންސް ތަކާއި ކުރިމަތިލާން މަމެން އިންޑިއާއިން ރާއްޖެ އަށް އެތެރެ ކުރާ ހުރިހާ އެއްޗެއް އެތެރެ ކުރަނީ އެއީ ފައިސާ ދީގެން ގަނެގެންނޭ އެކަން ކޮށްދޭނެ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް. ވެން އިޓް ކަމްސް ޓު ޔޫ ނޯ ލިމިޓް އޮން ރިސްޓްރިކްޝަންސް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް..

  4. ސަނދުވާ

    މިރާއްޖޭގައި ބަންގާޅުމީހުން ފަދައިން، ވިސާއެއް، ވޯރކްޕާމިޓެއްނެތި ދިގު މުއްދަތަށް އިންޑިއާ މީހުން އެބައުޅޭ. ފޮރިންއިންވެސްޓްމަންޓް ޤާނޫނާޚިލާފަށް، އެއްވެސް ހުއްދައެއްވެސްނެތި، ރަޖިސްޓަރީވެސްނުކޮށް، ކުދިވިޔަފާރިތަށް ޙައްދުފަހަނަ އަޅައިފި. ޤާނޫނާ ޚިލާފަށް މިރާއްޖޭގައި އުޅޭ ހުރިހާބިދޭސީ ޑީޕޯރޓްކޮށް މި ޤައުމު އަމާންކޮށްދެއްވުމަށް ސަރުކާރަށް ގޮވާލަން.