އއ.މަތިވެރީ ކައުންސިލުގެ 3 ވަނަ ޤުރުއާން މުބާރާތް މާދަމާ ފަށާގޮތަށް ހަމަޖެހިއެވެ.

މަތިވެރީ ކައުންސިލުން އިސްނަގައިގެން 153 ބައިވެރިނާއެކު މާދަމާ މި މުބާރާތް ފަށަން ހަމަޖެހިފައިވަނީ ހަވީރު ހަތަރެއް ޖަހާއިރުއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މަތިވެރީ ކައުސިލްގެ މެންބަރު އިލްޔާސް އިބްރާޙީމް ވިދާޅުވީ މާދަމާ ފަށަން ހަމަޖެހިފައިވާ މި މުބާރާތަކީ ކައުންސިލްގެ ތިންވަނަ ގުރުއާން މުބާރަތް ކަމަށެވެ.

"މި މުބާރާތަކީ ރަށު ލެވެލްގައި ހަމަ އެކަނި ރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް, ރަށު ލެވެލްގައި އެންމެ ބޮޑު މުބާރާތަށް މި މުބާރަތް ވެގެންދާއިރު އެންމެ ގިނަ އަދަދަކަށް ބައިވެރިން ބައިވެރިވި މުބާރަތަކީ ވެސް މި މުބާރަތް" އިލްޔާސް އިބްރާހިމް ވިދާޅުވިއެވެ.

އިލްޔާސް އިބްރާހިމް ވިދާޅުވީ މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ކޮންމެ އުމުރު ފުރައަކުން އެއްވަނަ ދެވަނަ ތިންވަނަ ހޮވަން ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގައި ވަނަ ވަނަ އަށް އަންނަ ފަރާތްތަކަށް ވަނީ ހާއްސަ އިންނާމުތަކެއް ދޭން ނިންމާފައެވެ.

"ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ދެވަނަ ތިންވަނަ އަދި ނުބަލައި ކިތެވުމުގެ ގޮފިން ވެސް އެއްވަނަ ދެވަނަ ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައި" އިލްޔާސް އިބްރާހިމް ވިދާޅުވިއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އެސްޓީއޯ އެވެ. ކޯރ ސްޕޮންސަރ އަކީ ސިލްވަރ ސްޕޮޓްއެވެ. އަދި މީޑިއާ ޕާޓްނަރ އަކީ "ވަގުތު" އެވެ.

މި މުބާރާތުގެ އިތުރު ސްޕޮންސަރުންގެ ތެރޭގައި އެމްޑަބްލިއުއެސްސީ، ޓެޕްކޮން ހާރޑްވެއަރ، ފެނަކަ، އެމް.އެސް އިންސްޓިޓިއުޓް އޮފް ޟިއާޢުލް ޤްރުއާން، ރަހުމަތް ދޯނި، ހިއްވަރު ދޯނި، ހޮލިޑޭ މަތިވެރި އިން، ނަސްރު 5، އީކުއޭޓަރ ދޯނި، ރާސްތާ ދޯނި ، އަލްފާޟިލް މުޙައްމަދު ޝާހިދު ، ވެލިބީޗް ހިމެނެއެވެ.