ނުކުޅެދުންތެރިކަން ހުރުމުގެ ގޮތުން ޚާއްސަ އެހީއަށް ބޭނުންވެފައިވާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ރައްކާތެރި ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ މިފަދަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމާއި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލް އަގްވާމީ މުއާހަދާތަކާއި ތަންފީޒު ކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތަށް ޚާއްސަ އެހީއަށް ބޭނުންވާ މިފަދަ ފަރާތްތަކުގެ ޚާއްސަ ދަފްތަރެއް މިހާތަނަށް ވެސް އެކުލާވާފައި ނެތް ކަން އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް އެކަށީގެންވާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވެސް ހިނގަމުން ނުދާ ކަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން މިފަދަ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ވިލަރެސް ކުރުން އެއް މުއައްސަސާއަކުން ބެލެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އެ ގަރާރުގައިވެއެވެ. އަދި އެ ކަންކަން ހަރުދަނާ ކޮށް އެ މުއައްސަސާއެއްގެ ބެލުމުގެ ދަށަށް މިފަދަ ކަންކަން ބަދަލު ކުރުމަށް އެ ގަރާރުގައި ގޮވާލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަލީ

  އެމީހުންނަށް ދޭ 2000ރފ ބޮޑު ކުރާނެވާހަކަ މިސަރުކާރުން ބުނި

 2. އިންސާފުގެދަތުރު

  މިރާއްޖޭގެ ބޮޑެތި ބަލިތަކުގައި ފަރުވާ ކުރަމުންދާ އެތައް މައުސޫމު ތުއްތުކުދިން އެކަށީގެން ނުވާވަރުގެ ކުޑަތަންކޮޅެއް މާލޭގައި ދިރިއުޅެން އުޅެން ވަނީ މަޖުބޫރުވެފައި. މިކަހަލަ ކުދިންގެ ލިބެން އަސާސީ ހައްޤެއް ކަމުގައި ބޯހިޔާވެކަމުން މިސަރުކާރުން ވަނީ ނިގުޅައިގެންފައި. މިހައްޤުތައް ހޯދުމުގައި ވަކާލާތު ކޮށްދެއްވުމަށް އެދި އިދިކޮޅު ކޯލިޝަނުގެ އިސްފަރާތަކަށް ގޮވާލަން. އަދި މިފަދަ ބޮޑެތިބަލިތަކުގައި ބޭސްފަރުވާ ކުރަމުންދާ ކުޑަކުދިންނަށް ލިބިފައިވާ ބޯހިޔާވެހިކަން ހައްޤުން މަހުރޫކުނުރުމަށް އެދި ސަރުކާރަށް އިސްފަރާތަކަށާއި ރައީސް ސޯލިހު ގޮވާލަން.

 3. ޒަންޖަބީލު

  އެމް.ޑީ.ޕީ ސަރުކާރުން ހާލަތު ބަލަން އައިރު އިތުވެފައިވާ ދަރިންނަށް ވެސް ޕޮއިންޓް ދިނުމުގައި އިހުމާލު. ސޯލިހުގެ ދައްތައްއަށް ޕޮއިންޓް ދިނުމުގައި އެމް.ޑީ.ޕީ ސަރުކާރުން ބެލި މިންގަނޑު ދިވެހި ރައްޔިތުންނަށް އެގެން އެބަ ބޭނުންވޭ! މިކަން އެގޭނެ މީހަކު ހުރިނަމަ ކޮންމެޓެއްގެ ގޮތުގައި ލިޔެލަ ދިނުން ވަރަށް މުހިއްމު؟ ސޯލިހުގެ ދައްތައް ބަލަން ޖެހިފާއިވާ ދަރިންގެ ޢަދަދު އަދި 18 އަހރު ނުފުރޭ ދަރިންގެ މައުލޫމާތު ވެސް އެބަ ބޭނުންވާ؟

 4. ދިވެހިދަރިއެއްގެއާދޭސް

  ރާއްޖޭގެ އެކިބަލިބައްޔަށް ފަރުވާ ކުރަމުންދާ ވަރށް ނާޒުކު ތުއްތު ކުދިންގެ ހައްޤު ނިގުޅައިގަތުން އެއީ އެފަދަ ކުދިންގެ މައިންބަފައިންނަށާއި، އެފަދަ ކުދިންނަށް މިސަރުކާރުން ދިން ވަރަށް ބޮޑު އަނިޔާއެއް. މިއަނިޔާ ދިން ފަރާތަކަށް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން؟ މިފަދަ ކުދިންގެ ހައްޤުގައި ވަކާލުތުކޮށް ދިނުމަށް އެދި ދިވެހި ދައުލަތުގެ ބެލުމުގެ ދަށުގައި އެންމެހާ ފަރާތަކަށް ގޮވާލަން؟ މިފަދަ ކުދިންނަށް އެކަށީގެންވާފަދަ މާހުލެއްގައި ބޯހިޔާކަން ހޯދުމަށްޓަކައި އެފަދަ ކުދިންގެ ހައްޤުގައި މައިންބަފައިން ވާ ޤުރުބާނީގެ އަދޭސް މިއީ! މިއަދު އެފަދަ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރު ކުރަންވީ ކޮވިޑު19 އިން ނޫން! އެފަދަ ކުދިންނަށް އުފާވެރިކާއެކު ހަމަޖެހިލައިގެން އުޅެވޭނެ ބޯހިޔާވަހިކަން ކަށަވަރު ވަރަށް މުހިއްމު.