އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ކޮމިޝަންގެ ވެރިޔާ މުހައްމަދު ޒާހިދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މި ސަރުކާރު އައި އިރު ޒާހިދު ހުންނެވީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނައިބު ރައީސްގެ މަގާމުގައެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޒާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ފާސްކުރިއެވެ.

ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ދުރުކޮށްފައިވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ އެ މަގާމު ދިނީ ދާދި ފަހަކުންނެވެ.

މި ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އީސީގެ މެންބަރުން ހާޒިރުކޮށް މިކަމާ ގުޅޭ ގޮތުން ކޮމިޓީގައި ތިއްބެވި މަޖިލީހުގެ މެންބަރުން ސުވާލު ވެސް ކުރައްވާފައިވެއެވެ.

ޒާހިދު އިސްތިއުފާ ދެއްވާފައިވާ ކަން އިލެކްޝަންސް ކޮމިޝަން އިން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވިއިރު އޭނާ މަގާމުން އިސްތިއުފާ މި ދެއްވީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެމްޑީޕީގެ މެންބަރުން މި ކަމުގެ ތެރެއަށް ވަދެފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވެފައިވަނީ އެމްޑީޕީގެ މެންބަރުން ހުށަހަޅާ ޝަކުވާތައް ބަލައިނުގަތުމުގެ ފުރުސަތު ޒާހިދަށް ލިބޭނެއެވެ. އަދި މަޖިލީހުގެ އިތުބާރު ނެތް މީހަކަށް އެހެން މިނިވަން މުއައްސަސާއެއްގެ މިފަދަ އިސް މަގާމެއް ދެވިގެން ނުވާނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފުވައްމުލަކު ޒުވާންޖީލު

    ޚުދުމުޚުތާ ރުކަމުގެ ލާމަަސީލުން .. ކޮބާ ބޮޑުއޮނިހަނު ކީކޭބާބުނަނީ ؟؟ ވޯޓުމަތިން ހަނދާންނައްތާލާ !!

    44
    1
  2. ސަންޓޭ2

    ހައްތަހާ ހިލާނެ ގޮތަކައް ހިލުމުގެ ޗާންސްލިބުނީ

    23
  3. އަޙްމަދު

    ތިޔަކަހަލަ ފިތުނަވެ ރި ހަސަދަވެ ރިން ނަކީހަމަ ޑިމޮކޮ ރަސީގެ އަސާސްތޯ ވޯޓުހަ ރާން ވާނެ މ ޑޕއަށްނުދޭނަން

    27
    2
  4. އިސްތިއުފާ

    ޚޮދުމުޚުތާރު ސަރުކާރު އިސްތިއުފާ

    23
    1
  5. ދަރަނި ދަންތުރަ

    ރީނދުލަށް ތަބާނުވާ ކޮންމެ މީހަކު ނޮޅާކާލާތި ހެޔޮވެރިކަން ބަލާވެރިކަމަކަށް އިންސާފުގެ ދަތުރު ހިޓުލަރު އަތްދަށަށް

    36
    1
  6. ނ

    މަޖިލީހު މީހުން ނުރުއްސަވައިފިއްޔާ މިގައުމުގައި ވެސް މިހާރު ނޫޅެވޭނެ މިބައި މީހުން ނިމުން އިރާދަ ކުރެއްވިއްޔާ ވަރަށް ހިތިވާނެ .. މީހަކަށް ނެތް އަމިއްލަ ވިޔަފާރި އެއް ވެސް ކޮށްލެވޭކަން މިމީހުން އިތުބާރު ނެތިއްޔަ ބަލަ ކަލޭމެން ޒާހިދާ ޖައްސާލައިގެން ތިޔަ އުޅެނީ އޭނަ ކީއްތަ ކަލޭމެނަށް ކުރީ އަނެއްކަ ޒާހިދަކީ ޔޫއެން ޑީ ޕީގައި ހުރެގެން ވެސް އެތައް ޚިދުމަތެއް ގައުމަށް ކޮށްދިން މީހެއް ނ. އަތޮޅު ރައްޔިތުން ކައިރީ އަހާލަ ބަލަ