ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ އެ މުއައްސަސާގެ ބޯޑަށް އައްޔަން ކުރާ އާންމުންގެ މެންބަރަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު އައްޔަން ކުރަން އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފިއެވެ.

ގާނޫނުގައިވާ ގޮތުން އާންމުންގެ ފަރާތްތަކުގެ ތެރެއިން ޕޮލިސް ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ބޯޑަށް އައްޔަން ކުރާނެ ފަރާތެއް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ނަމެކެވެ. މި ގޮތުން ދެ ނަމެއް މަޖިލީހުން ކަނޑައަޅަން ޖެހެއެވެ. މިހާރު ހިނގަމުންދާ ނަވާރަވަނަ މަޖިލީހުގައި އޮތީ ހާމިދު މަސައްކަތް ކުރާ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން މިހާރު ވަނީ ހާމިދުގެ ނަން ފާސްކޮށްފައެވެ.

ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނަވަނިކޮށް ނޮވެމްބަރު 16، 2012 ގައި ހދ. ހޮނޑައިދޫގައި ހުއްޓައި މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރިއެވެ. ފުލުހުންގެ އެންގުމަށް ކުޑަކަމުދާ ތަކެތި ދިނުމަށް ދެކޮޅު ހެދި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ ވެސް އުފުލިއެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.

ޕޮލިސް ބޯޑަށް އާންމުގެ ތެރެއިން ކުރިމަތިލައިފައިވާ ފަރާތްތައް

1. ލަބީގް މުހައްމަދު މާހިދު / މ. މަނަދޫވިއު
2. ޒުބައިރު އަހުމަދު މަނިކު / ގ. މަލްވިނަ
3. ޒީނަތު އަލީ / ދަފްތަރު ނަންބަރު 1626
4. އަލީ މުހައްމަދު މަނިކު / ދަފްތަރު ނަންބަރު 1851
5. ހާމިދު އަބްދުލް ޣަފޫރު / ހ. ޝޭޑީ ކޯނަރު

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޕޮލިސް ބޯޑަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި، ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް އުފައްދާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

މި ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންގެ މައްޗަށެވެ. ރައީސް އައްޔަން ކުރާ ދެ މެންބަރުންނާއި މަޖިލީހުން ކަނޑައަޅާ އާންމުންގެ ދެ މެންބަރަކު އޮތުމުން އެމްޑީޕީގެ މެޖޯރިޓީއެއް މި ބޯޑުގައި އޮންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އަޙްމަދު

    ސުބްޙަނަﷲ!

    38
    1
    • ދޯދި

      ފުލުހުންނަށް ކުރި ބޮޑު މަލާމާތެއް ތީ،،، ވެރިކަން ބަދަލުކުރަން ނުކުންނަން ވީ ވަގުތު ޖެހިއްޖެ

      10
  2. އެޖެން19 ތަފާތު

    ފުލުހުންނަށް ފަހަރުވާ ފޮދު ނުދިން ހާމިދު ފުލުހުންގެ ބޯޑަށް ދެން އަވަހަށް އަށްޖަހާ.

    52
    1
    • ވެރިން

      ތި ބޯޑު ތިޔައްވުރެންވެސް ފުރިހަމަ ވީސް ކޮއްމެވެސް ގޮތެއް ހަދާފަ ޖާބިރުވެސް ލީނަމަ

  3. ރަދީފް

    ކޮބާ ފެނޭތަ؟؟ ފެނޭ ދޯ؟؟ ތަމެން އަދިވެސް ވޯޓް ދީފަ ބަހައްޓާތި.އޭރުން ގައުމުގެ ކަންކަން ހުންނާނީ ރަނގަޅު މިސްރާބުގަ.ހެހެހެހެހެ.ވ.ވެދުން

    50
  4. ރާގޮޑިރާޖަ

    ދެންތިތަނަށްލާންވީ ލުތުފީ އޭ ރުން ކަލޭމެންގެމޮޅުކަން މިދީބުގެ ތާ ރީހުގަ ރަންއަކުރުން ލިޔެވިގެންދާނެ.

    57
  5. ޙހހހ

    މިއަދު މުއައްސަސާގެ އަގަކީބކޮބާތޯ ، ހަމީދު ސަރ ، މިއަދު ކުއްވެރިޔާ ހުންނަނީ އަމުރު ކުރަންތޯ ، ފުލުހުންގެ ވި ޤުރުބާނީގެ އަގަކީ މީތޯ

    58
  6. ކީކޭ؟

    ޔޫރިން ނުދިނީމަ އެކަމަށް ވެލްކަމްކީޔޯލަ!

    55
  7. ގައުމުގެހަލާކު

    ހެޔޮނުވާނެ ރައްޔިތުންނޭ މިސަރުކާރު ހަމަބިމައް ތިރިކުރުމައް
    މަގުތަކައް ނުކުންނަވާ މިދާވަރުންދަންޏާ މިގައުމުގަ އޮންނާނީ ދުވަހަކު އަރައިނުގަނެވޭ ވަރުގެ އަނދަވަޅެއްގަ

    56
  8. އަލީ

    ލުތުފީވެސް ލާންވާނެ އަދި ތީގެ ކޮންމެސް މަގާމަކައް. އޭރަކުންނު އަދި ފުރިހަމަ ވާނީ.

    37
    • އައްޔާ

      ލުލުފީއަށް ރަގަޅުވާނީ މާރިޔާގެ މަޤާމް

      29
  9. މާމީ

    މީ އެއްކަލަ ހޮނޑާދޫ ގަ ސަންރައިޒު ބަލަން މޫނުގަ ފުރެންދެން ވެލިއުނގުޅާގެން އިންނެވި ބޭފުޅާ ދޯ.. އަޅެ ސޯލިހު ކަލޭލަދެއްވެސް ނުގަނޭ ދޯ މިވަރު ވީމަ ވެސް..

    39
  10. ދަރަނި ދަންތުރަ

    ތިޔައީ ވަރަށް ފައްކާގޮލައެއް ދަހިކަމުން ކުޑަކަމުދާ އެތިކޮޅެއްވެސް ފުޅުހުންނަށް ނުދިން ދަހިސާދާގަރު ފުލުހުންގެ މަށްޗަށް...

    38
  11. ދަރަނި ދަންތުރަ

    އިބޫސޯލި ސާބަސް ފުލުހުންގެ މޫނުމަތީ ތިޔަޖެހީ ތަފާލެއް މިއޮތީ ގައުމު އިސްލާހުވެފަ ދެން ތިޔަތަނަށް ހޯރައިއްބެ ހަމަޖައްސާ ވާވާ

    45
  12. ހާލުގެދުލުން

    ފުލުހުންގެ ބޯޑަށް މިފަހަރު ލަނީ އައްޗިކޮށް އުޅޭ އައްޗި ޕުއްޕުއެއް

    40
    • ދޯ

      ފުލުހުންނަށް ކުރި ބޮޑު މަލާމާތެއް ތީ،،، ފުލުހުން ނިކަން ވިސްނަން ޖެހޭ މިކަމާ ދޯ

  13. ހުސޭނުބޭ

    ޔޫރިން ބެއްޔާ

    27
  14. ފަނީ

    ގައްބަރޭ، ހާބަރޭ ކޮބާ

    25
  15. އޮޅުންބޮޅުން

    ގައުމީ ޔުނިވަރުސިޓީގެ ކައުންސިލުގައިވެސް އިންނަވަނީ ހަމަމި ބޭފުޅާތޯ.އަނެއްކާ ހާދަ ފައްކަލޭ މިސަރުކާރު.

    10
  16. ނަސީ

    މީދެން ކަމެއްކުރަން އިގޭމީހެއްވެސް ނޫން ދެން ކޮންތާކައް އައްޔަނުކުރާކައް

  17. އައްބެ

    ހޮނޑައިދޫ ބޭފުޅާ މިމަޤާމަށް ކުފޫ ހަމަވެފައި އިލެކްޝަންގެ ކޮމްޕްލައިންސް ބިއުރޯގެ ހެޑަކަށް ހަމަޖެއްސި ޒާހިދު ކަމަކު ނުދިޔަ. ވެދާނެ އެބޭފުޅާ ސަންސެޓް ބަލަން ނުދިޔައީމަ މަޖިލީސް ރައީސް ހިތްޕުޅާނުވީކަމަށް.

  18. Anonymous

    މިޤައުމުގެ ވަލިއްޔުލް އަމުރުގެ މަޤާމުގައި މިވަގުތު ހުންނެވި ބޭފުޅާ ލަދުވެތިވާންޖެހޭ ކަމެއްމީ. ކިޔަވައިގެން ތިބި ޤާބިލު އެތައް ދިވެހި ދަރިންނެއް ތިއްބާ ލައްގަނޑު ޖެހި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މީހުންނަށް މިފަދަ މަޤާމްތައް ދިނުމުން ވެރިމީހާގެ އަގުވެސް ވެއްޓިއްޖެ. އިތުބާރު ގެއްލިއްޖެ. ނާޤާބިލް މީހުންގެ ސަބަބުން ޤައުމުގެ ހަލާކުވަނީ. އިސްތިއުފާ ޙައްޤު ވެއްޖެ

    11
  19. ދިވެހި ދަރި

    އަދި ޕޮލިސް ބޯޑުގެ ރައީސްކަންވެސް އެސޮރަށް ދޭނެ.. ދުނިޔެ ނިމެން ކައިރިވީމައި އިންސާނުންގެ ތެރެއިން ފެންނާނެ ހުރިހާ ކަމެއް މިގައުންވެސް މިފެންނަނީ،، އިޙްތީރާމް، ގަދަރު ގެއްލިފައިވާ މީހުން އަމުރުވެރިންނާއި، ލަފާދާރުންނަށް ވާނެ،، އިސްލާމްދީނާއި މެދު ޝައްކު އުފައްދައިއުޅޭ ބަޔަކު ފާޅުވާނެޔޭ, މަގުތަކަށް އެއްވެ މީހުންނަށް އުނދަގުލާއި ދުއްތުރާ ވާގޮތަށް އަޑުގަދަކޮށް، ހަޅޭއްލެވުމަކީ ރީތި، އަދި ކޮންމެހެން ކުރަންޖެހޭ ކަމަކަށްހަދާ ޒަމާނެއް އަންނާނެޔޭ.. ހެޔޮގޮތަކީ ކޮބައިކަމެއް,، ގޯސްގޮތަކީ ކޮބައިކަމެއް ވަކި ނުވާހާ ހިސާބަށް އިލްމުވެރިންނާއި އަމުރުވެރިންގެ ބަސްމަގު ދާނެޔޭ..

    10
    • ޙަސަން

      ތިޔައީ ވަރަށް ރަނގަޅުވާހަކަ އެއް؟ %100 ތިޔަ ކޮމެންޓަށް👏👏

  20. ވަޓޭ

    މީބަޔަކައް ޖެއްސުމައް ކުރިކަމަކާ ވައްތަރީ

    12
  21. ޭދަމާލާ

    އަކްސޭމެން އެކުޅޭ ފިލްމެކޭ އެއްގޮތެއްނޫންތަ. ތިހަމަ ސޯލިހުގެ ނިންމުން. އޭނާއަކީވެސް ހަމަ އޭގެ ގޮލައެއް. ގޮލަޔާވާނީ ގޮލަޔައް.

  22. ހަލި

    އެ ބޯ ރޑަށް ކު ރިމަތި ލާފަ ތިބި އިލްމީ ޤާބިލް މީހުން އެއްކިބާ ކޮއްފަ އެތާހު ރި އެންމެ ނާޤާބިލް މީހާ ހޮވީމަ މި ސަ ރުގެ އިތުބާ ރު ގެއްލިޖެ. ޤާނޫނީ ދާއި ރާއިން މާސްޓާ ހަދާފަ ތިބިމޫނާ ޝަ ރިއަތާއި ޤާނޫނީ ދާއި ރާއިން މާސްޓާ ހަދާފަ ހު ރި މީހަކުވެސް އެ ބޯޑަށް އާއްމުންގެ ތެ ރެއިން ލާފަ އޮތް. ކިހާ ރީތި ކަންކު ރި ގޮތް.