މިހާރު ރާއްޖޭގައި ކުރިއަށްގެންދާ "ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ އެއަރފޯސްގެ މެޑިކަލް ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މިއަދު ހަވީރު އައި މި ޓީމްގައި ހިމެނިވަޑައިގަންނަވަނީ 10 ނަރުހުންނާއި، 7 މެޑިކަލް އެސިސްޓެންޓުން އަދި އެނެސްތިޒިއޮލޮޖިސްޓެެކެވެ.

މި މެޑިކަލް ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޑރ ޝާހު މާހިރުގެ އިތުރުން ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެއަރ އެޑްމިރަލް (ރޓ) ނަޒްމުލް ޙަސަން އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓް ކާނަލް ހުސައިން ފައިރޫޝް އަދި ލެފްޓިނަންޓް ކާނަލް ހަސަން ބުޝްރީއެވެ.

މި ޓީމް، ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުން ދަނީ މާލޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ އިތުރުން ގދ ތިނަދޫ، ލ ގަން، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ހިންގަމުންދާ ވެކްސިން ޕްރޮގްރާމްތަކުގައެވެ.

މިއީ ރާއްޖެއަށް ދެ މަހުގެ މުއްދަތަކަށް އައި ޓީމެކެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ސިއްހީ މާހިރުން އިތުރަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ބަންގްލަދޭޝްއިން ރާއްޖެއަށް މިފަދަ ޓީމެއް ފޮނުއްވިކަމީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް ބަންގްލަދޭޝްއިން މެދުކެނޑުމެއްނެތި ވެދެމުންދާ އެހީތެރިކަމުގެ މިސާލެެއް ކަަަމަށެވެ.

"ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނުގެ ދަށުން ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭހެން އެންމެންނަށް، ހަމަހަމަ ފުރުސަތުތަކެއްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި މިކަމުގައި ގަވާއިދާ އެއްގޮތަށް އުޅޭ އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ދެއްްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސުބަޅި

    ގަންބޯޓް ޑިޕްލޯމަސީ! މީ ވަރަށް ވަރަށް ވާހަކަ.

    9
    2
  2. ޕާން

    ސޯޝަލް ޑިސްޓެންސިންގް މައި ފުޓް

  3. ބަންގޯ

    ބަންގާޅިން ގިނައީ މި ރާއްޖޭގަަ... މީ އެމީހުން ނަށް ދިރި އުލެން ކާންބޯން ވަޒީފާ އަދާ ކުރަން އޮތް ތަނެއް އެ ވެސް ދިވެހިންނަށް ނުދީ...ބަންގާލިން ނަށް އެހީވަން އަންނާނެތާ

    1
    1
  4. Happy

    ދެން ކަދުރޭމެން ގޮވާނެ ބަންގްލާ އައުޓް ބަންގުލާ އައުޓް🤭🤭

    1
    2
  5. ޕިސްޕސް

    އަނެއްކާ ތިކުދިންތައް ފިލަިގެން ވަގު ވިޔަފާރި ފަށައިގެން އުޅޭނީ.

  6. ސަލާމް ތިބައިގަނޑަށް

    އަންނާނެ ކަމެއް ނެތް. ގަވާއިދާ ޚިލާފަށް މިގައުމުގައި އުޅޭ ކަލޭމެންގެ މީހުން ގޮވައިގެން އަނބުރާދޭ. އައުޓް މިހާރު ހަމަ އައުޓްވޭ