ޖިންްސީ މައްސަލަތަކަކާއި ގުޅިގެން ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމާއި އެކު އޭނާ ފުރުއްވީ ލަންޑަނަށް ނޫން ކަން ހާމަވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އިން ފޮނުވި ސިޓީގައި ވަނީ އަލީ ވަހީދު ފުރުއްވީ ފެބްރުއަރީ 9، 2021ގެ ރޭގަނޑު 11:09 ގައި ޓާކިޝް އެއާލައިންސްގެ ޓީކޭ 731 ފްލައިޓުން ތުރުކީގެ އިސްތަންބޫލް އަށް ކަމަށެވެ.

ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރު ބާތިލް ކުރުމާއި އެކު އޭނާ ލަންޑަނަށް ފުރުއްވި ކަމުގެ އަޑުތައް ފެތުރިފައި ވީނަމަވެސް ޕީޖީއިން މިވަނީ އެކަން ދޮގުކޮށްފައެވެ.

އެ ސިޓީގައި ޕީޖީ އޮފީހުން ވިދާޅުވީ އަލީ ވަހީދު ފުރައިގެން ދިއުމުގެ ހުއްދަދީ ކޯޓުން ޕާސްޕޯޓު ދޫކޮށްފައިވަނީ، މިބާވަތުގެ އަމުރުތައް ނެރުއްވުމުގައި އަމަލުކުރާ އުސޫލާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލަ ކަމާބެހޭ މުވައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވިއެވެ.

ޕީޖީން ވިދާޅުވި ގޮތުގައި ވަހީދު ފުރައިގެން ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ވަނީ ދައުލަތުން އެމައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިންނެވެ. އަދި އަމުރު ކޯޓުން ނެރުއްވާފައިވަނީ ރަނގަޅަށް ނޫން ކަމަށް ކަމަށް ޕީޖީން ވިދާޅުވެފައިވެއެވެ.

އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ކުރި އެ އަމުރުގައި ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވަން ޖެހޭކަން ކަށަވަރު ކުރުމަށް ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ބަޔާން ނަގާފައިވާނެ ކަމަށެވެ. ޑޮކްޓަރު ވަނީ ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެފައެވެ.

ޓްރެވަލް ޑޮކިއުމެންޓެއްގައި ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ދޭން ދައުލަތުން އެދުމުން ބޭނުން ގައުމަކަށް ވަޑައިގެންނެވޭ ގޮތަށް ޕާސްޕޯޓް ދޫކުރި މައްސަލަ ޕީޖީ އޮފީހުން ވަނީ ޓުގައި އިސްތިއުނާފް ވެސް ކޮށްފައެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޕުޗުސް

    އެހެން؟ ތި މައްސަލަ ނިމުނީނު އެހެންވީމަ. މީހުން ރުޅިއައިސް ހުރީ އޭނަ ލަންޑަނުގަ ހުރީމަ އެންނު. އެކަމަކު އޭނަ ހުރީ ތުރުކީގަ. އޯކޭ. ހޭވް ފަން ބޫމް ބޫމް.

    38
  2. އަލީ

    ތުރުކީ ކަނބަލުންނައް ބޮޑު ތުރާލަކައް ތިކަމުންވާނީ.

    11
  3. އެމަންޖެ

    އަންނިމެންގެ ރޭވުން ހުސްވެސް.

    13
  4. އައިއޭ

    ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ

  5. ޖ

    މިމީހުން ކޮންތާކުން ހޯދިލާރިޔަކައްތަ ބޭރުގަ ދިރިއުޅެނީ ބޮޑުވަރު ދިވެހިރަތްޔަތުނގެލާރިކައިގެން ކުއްވެރިން އަރާމުގަ.

    12
  6. ހިތާމަ

    އެހެންވެ އެކަންދޯ މިހިރަ ބީތާ ކަށަވަރުކުރީ. މިހާރު މިއެނގެނީ މުޅިންވެސް ޑްރާމާކަން މިކުޅެނީ. ބުރާންޗަށްތަ ޖެހެނީ ހުރިތަންވެސް ބަލައި ބުނަން

  7. ހަރުކަށި ނަޝީދު ބުނެގެން ލިޔުނު ކޮމެންޓް

    ޢަލީ ވަހީދު މިހާރު ހުރިތަނެތް ބެލުމުގެ މާބޮޑު ޝައުގެއްނެތް. ސަރުކާރު ސޯޓް ބޭލިދާނެތީ އެވަނީ ރަބަރު ލައްވާފައި. ވ.ވާހަކަ

  8. ދިފާޢީ ލޯޔަރ

    މީނާގެ މައްސަލަ ވެއްދީ ބައިންނަލްއަޤްވާމީ ކޯޓަކަށްތަ؟ ނޫނީ ތުރުކީގެ ކޯޓަކަށްތަ؟ ނޫނީ ލަންޑަންގެ ކޯޓަކަށްތަ؟ ޖަވާބު ދީބަލަ .

  9. އަމީ

    ބޮއްޅަބެގެ އެހީތެރިކަން ލިބިގެން ހިންގާ ޖަރީމާއެއްމީ. މިކަލޭގެ އަތުނުވާނެދެން.

  10. ނަމަ

    ތުރުކީގައި ހުންނަވައިގެން ޖިންްސީ ފުރައްސާރައެއް ނުކުރިއްޔާ ކިތަންމެހާވެސް ރަގަޅު