ރ. އަތޮޅު އަލިފުށީގައި ސްކޫލް ކުދިންތަކެއް އަރިދަފުސް ރޯގޭގެ އަލާމާތްތައް ހުރުމުން، އެ ކުދިން ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެކަން ހާމަކޮށް އެރަށު ކައުންސިލް ރައީސް އަބްދުﷲ ރާޒީ ވިދާޅުވީ، އެރަށު ސްކޫލްގެ ދަރިވަރުންތަކެއްގެ ގައިން އަރިދަފުސް ރޯގާގެ އަލާމާތްތައް ފެންނާތީ ސްކޫލަށް ނުދާތާ މިއަދަށް ދެ ދުވަސް ވާނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، އިއްޔެ އެރަށު ސްކޫލްގެ 111 ދަރިވަރަކު ސްކޫލަށް ހާޒިރުވެފައެއް ނުވެއެވެ. އަދި މިއަދުވެސް އެ އަދަދު އުޅެނީ އެހާ ވަރުގައެވެ.

ރާޒީ ވިދާޅުވީ، އެ ކުދިންގެ ކޮވިޑް ސުންކު ނެގުމަށް އެރަށަށް އުނގޫފާރު ހޮސްޕިޓަލްގެ ޓީމެއް އައިސްފައި، މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިހާރު އެރަށުގައި ކޮވިޑް ޖެހިފައި ތިބި އެއްވެސް މީހަކު ނެތެވެ. އަދި ބަލީގެ އަލާމަތްތައް ހުރި މީހަކުވެސް ފާހަގަވެފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަަށް ފައްސިވި މީހުންގެ އަދަދު ވަނީ 20،144 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު