ސަރުކާރު ހިނގާ މައި ޕާޓީން ސިލްސިލާކޮށް ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެމްޕޭނުގެ ތެރެއިން ރޭ ބޭއްވި ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ުރީގެ ރައީސް މުހައްމަދު ނަޝީދު ހެލްތު މިނިސްޓަރ އަހުމަދު ނަސީމް އަށް އިހްތުރާމް ނުކުރިކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން އެމަނިކުފާނަށް އަމާޒުވެއްޖެ އެވެ.

ޒޫމް މެދުވެރިކޮށް ލައިވްކޮށް ރޭ ބޭއްވި ޕްރޮގްރާމްގެ ތެރެއިން ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ރައީސް އޮފީހުގައި ތިއްބެވި ރައީސް ނަޝީދު އަދި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ނަސީމް ވާހަކަ ދެއްކެވި ވަގުތުގައި އޭނާގެ އަޑު ލިބޭގޮތް ނުވުމުން ނަޝީދު ވަނީ މިނިސްޓަރ ނަސީމްގެ ''މައިކް އިނީ މިއުޓްވެފައި'' ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެވަގުތު ޓީވީ ބަލަން ތިބި މީހުންނަށް މިނިސްޓަރުގެ އަޑު ދިޔައީ އިވެމުންނެވެ. އެ ވަގުތު ނަޝީދު ވަނީ ހިނިފުޅުވަޑުވައި އެ މައްސަލަ ދިމާވަނީ މިނިސްޓަރ ނަސީމް އަދި ރ. އަނގޮޅަތީމުން ވާހަކަދެއްކެވި ކެނޑިޑޭޓުންނަށް އެކަނި ކަމަށް ވިދާޅުވެފައެވެ.

އެއަށް ފަހު ނަސީމްވެސް އަދި އެއްވެސް އިތުރު ބޭފުޅަކު ވެސް ވާހަކަ ނުދައްކާ އިރުގަނޑެއް ވުމަށް ފަހު ރައީސް ނަޝީދު ވަނީ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވާފައެވެ. އެއަށް ފަހު ނަޝީދު ވަނީ ''ކޮންމެވެސް ބޭފުޅަކު'' ނަސީމަށް ގުޅުއްވާ މިކަން ވީގޮތް އޮޅުން ފިލުވާދެއްވުމަށް އެދިފައެވެ.

އެއަށް ފަހު އަނެއްކާވެސް ވަނީއިކޮނޮމިކް މިނިސްޓްރ ފައްޔާޒް އިސްމާއީލަށް ފަހު މިނިސްޓަރ ނަސީމަށް ފުރުސަތު ދެއްވާފައެވެ. އެފަހަރު މިނިސްޓަރ ނަސީމް ނަޝީދުގެ ކިބައިން މައާފަށް އެދިވަޑައިގަތެވެ. އަދި ދެން ރެއަކު އެފަދަ މައްސަލައެއް ނުޖެހޭނެ ކަމަށް އުންމީދު ކުރައްވާކަމަށާއި، އަބަދުވެސް އެކަހަލަ މައްސަލަތައް ޖެހޭ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަޝީދު ވަނީ މިނިސްޓަރ ނަސީމްގެ އަޑު ލިބޭތޯ އެއްސެވުމުން ރުންކުރު ޖަވާބެއް ދެއްވާފައެވެ.

"ނަސީމް ކުރިއަށް ގެންދަބަަލަ. ތިހެން ނާއްސަވަބައްލަވާ. އެއްސެވީމަ ލަސްވެގެން އެކޯވެގެންނޭ އަޑު އިވެނީ. އަޅުގަނޑުވެސް ހަމަ ދެން ކޮންމެސް ވަރަކަށް ނަސީމް..." އެހިސާބަށް ރައީސް ނަޝީދު ވިދާޅުވުމުން އެމަނިކުފާނުގެ މައިކު ކެނޑެ އެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ކޮށްފައިވާ ޓްވީޓުތަކުގައި ވަނީ ހިތް ތިރި ކަމަށް ދެއްކިގެން އުޅުއްވިޔަސް އެއީ ރައީސް ނަޝީދުގެ އަސްލު ސިފަ ނޫން ކަމަށް ބުނެފައެވެ. އަދި ނަޝީދަކީ ރުންކުރު ބޭފުޅެއްގެ ގޮތުގައި އެމީހުން ވަނީ ސިފަކުރައްވާފައެވެ. މިކަމާއި ގުޅިގެން ނަސީމުގެ އާއިލާއިންވެސް ނުރުހުން ފާޅުކުރިއެވެ.

 

މިނިސްޓަރ ނަސީމް އާއިލާ ފަރާތަކުން ކުރެއްވި ޓްވީޓާއި ގުޅިގެން ރައީސް ނަޝީދުގެ ފޭކް އެކައުންޓް ކަމަށް ތުހުމަތު ކުރެވޭ އަލެކްސް އަހުމަދު އެކައުންޓުން ވަނީ އެއީ ރުޅިގަދަވެގެން ވިދާޅުވި އެއްޗެއް ނޫން ކަމަށާއި އެހެން ހީވާނަމަވެސް މައާފަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ކެނެރީގޭ ނަސީދުގެ ހިތްތިރިކަމުން އޭނާގެ ހިތް އިންނަނީ ކަކުލު ހުޅުގައި ދެން މީހެއްގެ ހިތް ތިރިވާނީ މިވަރަކަށްދޯ....

  64
  2
 2. ދަރަނި ދަންތުރަ

  ކެންޕެއިން ކުރަން ރައީސް އޮފީސް ބޭނުންކުރުން މިއީ ކޮރަޕުސަން އެއްނޫންތަ ވަށްކަމާ ފަސާދަ މިމީހުންނަށް ހަރާމް ހަލާލް ވެސް ވަކިނުވޭތަ...

  64
  2
 3. ކާފަ

  ތިއީ އާއްމުކަމެއް.. ބަޔަކު މާ ބޮޑު ކަމަކަށްހަދަނީ.. ނެޓްގެ މައްސަލަ އެކަނި ފާހަގަވަނީ

  23
  5
 4. ޢަދުރޭ

  ކޯއްޗެއް ހަމަ ރުޅިގަދަވެގެން އެއީ. އަހަރުމެން ދުށީމޭ 7 ފެބްރުއަރރީގައި ބަނޑޭރިކޮށި ތެރޭ ނަނެއްގަ ގަނެގެން އުޅުނު ކޮރަކަށްޔެއްހެން ސިފައިންނަށް ހަޑި ހުތުރރު އެއްޗިހި ގޮވަމުން ތެޅުނު ގޮތް. އެއީ އެރޭ ލޮނުޒިޔާރަތް ކޮޅުގައި ބޮޑު ސިންގާ ހަމަނުޖެމުހުމެއް ހިނގަމުން ދިޔައިރުވެސް މުޅި ޤައުމު އެކަމާ ހާސްވެގެން އުޅުނު އިރު މީނަ މުލިއާގޭ ތެރޭ ޝަރުބަތު ހިއްޕަވަނީ .މީހަކު ބުނި މަނިކުފާނު މިވަރުން ދަންޏާ ވެރިކަން ވެސް ވެއްޓިދާނެއޭ. މީނަ ބުނި ކަމަށް ވަނީ މަގުމައްޗަކުން ވެރި ކަމެއް ނުވެއްޓޭނެއޭ!! އެ ހުރިހާ ހަޑިއެއް ހާވާފައިވެސް ސިފައިންގެ ބޮލުގައި ބަދުނާމު އެޅުވީ .. ތީ މިހާރު ދިވެހިން ނުދަންނަ މީހެއް ނޫން.

  12
  1
 5. އޯކޭ

  ޕާޓީ ކެމްޕެއިން ހަރަކާތަށް ރައީސް އޮފީހުގެ ކަރަންޓާ ފެނާ އެހެނިހެން ސާމާނު ބޭނުން ކުރުމަކީ ކަރަޕްޝަންގެ އަމަލެއް. އޭސީސީ އިން މިކަން ބަލާ ފިޔަވަޅުއެލުމަށް ގޮވާލަން

  12
  1
 6. ދެފުއްމިޔަ

  ކެރަފާ ނަސީމު އާއި، ނަޝީދާ ދެކުދިން ތިބީ
  ދެބުރަކަށި ޖައްސައިގެންކަމަށް ދެއްކުމަކީޤަބޫލުކުރެވޭކަމެއްނޫން. އެހެންނަމަ އެއީ
  ކުޅޭ ޑްރާމާއެއް.މީގެކުރިން ފައްޔާޒާ އެކުގަވެސް
  އެކަހަ ޑްރާމާއެއްކުޅުނު. މިހާރުވެސް އެއަށް ދިރިއުޅުމަކީ މިއީނޫންބާ ހަދައިގެން ކުޅޭނެ.

 7. ލ

  އަންނި އަކީ މާސްކަށް އެލާޖިކް ބޭފުޅެއް ތާ!!! ހުރިހާު ބޭފުޅުން މާސްކް އަޅައިގެން ތިއްބެވިއިރު އަންނި މާސްކް ނާޅާ

  7
  1
 8. ކާފަބޭ2020

  ޖޯޖްކޯބިނަށް އިޙްތިރާމްނުކުރިމީހަކަށް އެހެންމީހަކުއޭނާއަށް އިޙްތިރާމްނުކުރިއަސްހެޔޮ ހެލްތްމިނިސްޓަރކަންދިނަސް ހަމަގައިމުވެސް އަހަރެންއިޙްތިރާމްކުރާނެމީހެއްނޫންތިޔައީ ☹

 9. ދިވެހި ދިދަ

  ކެމްޕޭންކުރުމަށް މުޅިދައުލަތް ބޭނުންކުރަނީ...ނަންވާނީ ހީރޯ ޔާމީން

 10. އަލީ

  ތިޔަ ނަޝީދުގެ ގޮތް ރަނގަޅަށް އެނގުނީ މަޖިލީހުގެ ރައީސް އަކަށް އައިފަހުން. ބޮޑާ ކިބުރުވެރި މީހެއް ތީ. ޔާމީނެކޭ ނަޝީދު އެކޭ މައުމޫނު އެކޭ ނެއް ތަފާތެއް. ރަށްޔިތުން ގުނބޯ ހައްދަން އުޅޭ ބައިގަނޑެށް ތީ.

  5
  1