ދައުލަތުގެ ލިޔުންތައް ފޮނުވަން ބޭނުން ކުރާ ނިޒާމް ޖެމްސް ސިސްޓަމް ސުޕްރީމް ކޯޓުން ހުއްޓުވާލަން އެންގި ކަން ސާބިތުވެގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމް ކުރި މައްސަލައިގެ އިސްތިއުނާފު ޝަރީޢަތް ނިންމާ ހައިކޯޓުން މާދަމާ ޙުކުމް އިއްވަން ތައްޔާރުވެއްޖެއެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ހައިކޯޓުން ޙުކުމް އިއްވުން ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:15 އަށެވެ.

ސުޕްރީމް ކޯޓުން ޖެމްސް މެދުކަނޑާލަން އަބްދުﷲ ސައީދު ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އެނގީ ފެބްރުއަރީ 01 ވަނަ ދުވަހު އަމުރު ނެރުމަށް ފަހުއެވެ.

ޖެމްސް މެދުކަނޑާލަން އަބްދުﷲ ސައީދު އެންގެވުމުން ދައުލަތުން ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައެވެ. ކްރިމިނަލް ކޯޓުން ވަނީ އެދައުވާ ސާބިތުވާކަމަށް ނިންމާ އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހުގެ ޖަލަށް ލުމަށް ހުކުމެއް އިއްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފް ކުރުމުން، އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ ނިންމާލައިފަ އެވެ.

އެ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާ ނިމޭއިރު ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ފަނޑިޔާރުކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޮއްބެ

    ކޮންފަދަ ރީތިކޮށް އުޅެންވީ މީހެއްމީ؟ އެކަމަކު ހަމަ ނުލަފާކަމެއް ކުރަން ދިމާވުމުން ބޮޑެތި ޢަދަދުތަކުން ހުށަހެޅި ރިޝްވަތަށް ދީލާލާ ގައުމު ފުނޑިގެން ދާފަދަ ނުބައި އަމުރެކޭ ނެރުނީ. ދެންމިއަދު ކިތަންމެ ހުދު ގަމީހެއްލާފަ ހުއްޓަސް އެތެރެހަށި ތިއޮތީ އަޅާފަ ތިޔަހަރަ ޓައީ ފަދައިން ކަޅުވެފަ.

  2. ޔޯ

    މަހީކުރީކަށުނަމާދުކަމަށް