ރާއްޖެއިން އިތުރު 136 މީހަކު ކޮވިޑަ-19 އަށް ފައްސިވެއްޖެ އެެވެ.

މިއަދު ރާއްޖެއިން 4،262 ސުންކު ވަނީ ނަގާފައެވެ. މީގެ ތެރެއިން 136 ފައްސިވެފައިވާއިރު، 124 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. މިއަދު އަތޮޅު ތެރޭގެ ރަށްތަކުން އެއްވެސް މީހަކު ފައްސިވެފައެއް ނުވެއެވެ. ނަމަވެސް ރިސޯޓްތަކުން 10 މީހަކު ވަނީ ފައްސިވެފައެވެ. އަދި ސަފާރީތަކުން ދެ މީހަކު ކޮވިޑަށް ފައްސިވިއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 20،280 އަށް ވަނީ އަރާފައެވެ. މީގެ ތެރެއިން 17،595 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި މިހާރު 2،615 މީހަކަށް ފަރުވާދެމުން ދެއެވެ.

ރާއްޖެއިން ކޮވިޑް-19 ބަލީގައި ނިޔާވެފައި ވަނީ 63 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މީ ހުސް މި ސަރުކާރުގެ ބަލާވެރިކަން.. ރައްޔިތުން ލޮކްޑައުންކޮށްގެން މި މީހުން ބަލި ފަތުރަނީ

  2. އެޖެންޑާ ބަކަރި

    މީވެސް ރައީސް ޔާމީން ކުރިކަމަކަށް ވެފަ އޮންނާނީ އިރުކޮޅަކުން.. ނާގާބިލުކަމުގެ އިންތިހާ

  3. ޖަޒީރާ ގެރިމަސް ރިހަ

    ވެކްސިންޖަހައިފިން.. އަދިވެސް މަށަށް 6 ޖަހާއިރު ގެއަށް ވަންނަން ޖެހޭ.. ކޮމިއުނިސްޓް ވަގު ސަރުކާރު އިސްތިއުފާ

  4. ބަނާނާ

    ރައީސް ޔާމީން ވަރުގެ ހަރުދަނާ ޑިމޮކްރެޓިކް ލީޑަރެއް ގެނެސްދެއްވި ތަރައްގީއެއް މި ކޮމިއުނިސްޓް އަނިޔާވެރި ސަރުކާރަކަށް ނުގެނެވޭނެ.. މަމީ އެމްޑީޕީ މީހެއް.. މަގޭ ވިޔަފާރި ލޮކްޑަުން ކޮށްގެން ފުޑާލި ފަހުން މަށަށް އެނގިއްޖެ މި ރީނދޫ އެއްޗެހިން ރައްޔިތު މީހާއަށް ހެވެއް ނޭދޭނެކަން

  5. ގެރި

    މީ ހަމަ އެޗްޕީއޭއިން ހާއްސަ ހުއްދަ ދީގެން ފަތުރުވާ ބައްޔެއް.. ހާއްސަ ހުއްދަ ދީގެނާ ރޯޔަލް ޕާޓީ ބާއްވައިގެން މި ބަލި ފެތުރީ

  6. ފާ ބިލެމަގު

    ކޮމިއުނިސްޓް ވަގު ސަރުކާރު އިސްތިއުފާ