ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން އިތުރު 5،759 މީހަކަށް މިއަދު ދީފިއެވެ.

ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފައި ވަނީ ޖެނުއަރީ މަސް ތެރޭގައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާރު ދެމުންގެންދަނީ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް" އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 5،759 މީހަކަށް މިއަދު ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 1،967 މީހަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅު ތެރެއިން 3،792 މީހަކަށް ވެކްސިން ވަނީ ޖަހާފައެވެ.

މިއާއެކު ރާއްޖެއިން ވެކްސިން ދިން މީހުންގެ އަދަދު 129،424 އަށް އަރާފައެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 81،323 މީހަކަށް ވަނީ ވެކްސިން ދީފައި ވެއެވެ. އަދި އަތޮޅު ތެރެއިން 48،101 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ރާއްޖޭގެ ގިނަ މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިވަގުތު ވެކްސިން ދީފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު އަންނަނީ ހަލުވި ކަމާއި އެކީ ވެކްސިން ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  ތީ ދެން މާ އުފާވެރި ހަބަރެއްތަ.. ވެކްސިންޖެހީމަވެސް މި ކޮމިއުނިސްޓް ސަރުކާރުން އަހަރުމުން ގެއަށް ވައްދާ ގޭބަންދު ކުރޭ ކޮންމެ ދުވަހަކު އިރުއޮއްސޭ އިރަށް.. ޑިމޮކްރަސީ ގިރައިގެން ބޮއެގެން ތިއްބެވި ބޭފުޅުންގެ ހާލަތު.. ސައިކަލަށް ކަންނޭގެ ފުރަތަމަ ވެކްސިން ޖަހަންވީ ވެސް

 2. ބަކަރި

  ކޮމިއުނިސްޓް ވަގު ސަރުކާރު އިސްތިއުފާ

 3. ގެރިމަސް

  ތި ވެކްސިނަށް އޮތް އިތުބާރު ކުޑަވެއްޖެ.. ވެކްސިން ޖަހާފިން. އަދިވެސް 6 ޖަހާއިރު ގެއަށް ވަންނަން ޖެހޭ

 4. ފަށަން

  ދުވާލަކު ފަސްހާސް މަހަކު އެއްލައްކަ ފަންސާސްހާސް އާބާދީގަ ހަތަރުލައްކަ ފަންސާސްހާސް ޖަހަންފެށިފަހުން މަހެއްނުވޭ މިހާރު ލައްކައަކައްވުރެންމައްޗައް ހިނގައްޖެ މިހާރުޖަހަމުންދަނީ މިފަހަރު ޖެހެންއޮތް އެންމެދައް އުމުރުގެ ކުދިންނައް ބާކީނުޖަހާ ދެލައްކަފަންސާސްހާސް އެކަމަކު މިހާރުޖަހަންޖެހޭ ހުރިހާއުމުރުފުރައެއްޖަހާނިމެނީ ދެންމީތި ދިމާކޮއްދީބަލަ