"ޓެސްޓު ކުރެވިފައިވާ" ލީޑަރުންނާ މެދު ދެން އަލުން ކުރާނެ އުއްމީދެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ ނަމުގައި އިސްލާހީ ހަރަކާތެއް އިފްތިތާހު ކުރުމަށް މިރޭ ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ އެކި ކުލަަކުލައިގެ ޕާޓީތައް ވެރިކަން ކުރިނަމަވެސް މައްސަލަތަކަށް ހައްލެއް ނުލިބޭ ކަމަށެވެ. "އެކިއެކިވެރިން ދިވެހިރާއްޖޭގެ ވެރިކަމަށް އައިސްފައި ގޮސްފި. އެކި ކުލަަކުލައިގެ ޕާޓީތައް ވެރިކަން ކޮށްފި. ނަމަވެސް ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ނާދޭ. މަސައްކަތް ކުރާ ދިވެހިން މަގުތަކުގައި ބިއްޖެހި، ސަލާންޖަހަން، ކުނިގޮނޑު ހޮވަން އުޅޭއިރު ބިދޭސީ ސިފައިން ރާއްޖޭގެ ހަތަރު ސަރަހައްދަކަށް އެމީހުންގެ އުޅަނދުތަކާއިއެކު ފައިބައިފި." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މީގެ 16 އަހަރު ކުރިން މަލްޓިޕާޓީ ވެރިކަމުގެ ނިޒާމެއް ތާއާރަފް ކުރުމުން ހީކުރެވުނީ ދެން އުފެދިގެން އަންނާނީ ޒިންމާދާރު ސަރުކާރުތަކެއް ކަމަށެވެ. ނަމަވެސް ހީކުރިގޮތައް ކަންކަން ނުވިކަމަށް އުމަރު ވިދާޅުވިއެވެ. "ނަމަވެސް ތިޖޫރީގެ ދޮރުފަތް ގެއްލި، ވެރިންގެ އަބުރު ގެއްލި، ދައުލަތުގެ ކަރާމާތް ގެއްލުން ނޫންކަމެއް ނުވި." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ސިޔާސީ މަސައްކަތަކީ ހެޔޮލަފާ މީހުން ކައިރިވާން ފަސް ޖެހޭ ކަމަކަށް މިހާރު ވެއްޖެއެވެ. މިހާރު ދިވެހިން އިންތިޒާރު ކުރަނީ އިހްލާސްތެރި ޓީމެއް ސިޔާސީ ދާއިރާއިން ފެންނާނެ ދުވަހަކަށް ކަމަށް އުމަރު ވިދާޅުވިއެވެ. "ދިވެހިން މިހާރު އިންތިޒާރު ކުރަނީ ތައުލީމާއި ތަޖުރިބާހުރި، ތެދުވެރި އިހްލާސްތެރި ޓީމެއް ފެންނާނެ ދުވަހަކަށް. މި ދައުލަތް އަލުން ތަރުތީބުކޮށްދޭނެ އާ ބަޔަކަށް،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ސިޔާސީ ގޮތުންނާއި ތައުލީމީ ގޮތުން ގާބިލް ގިނަ ބަޔަކު ޖަމާވެ، "ޑްރީމް ޓީމެއް" އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފައެވެ. އެ ޓީމުގެ މަގްސަދަކީ، ކޮރަޕްޓް ވެރިންގެ އަތުން ގައުމު އަތުލައި، ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުން ކަމަށް އުމަރު ވިދާޅުވިއެވެ. ގައުމީ މި މަސައްކަތް، ގޯޅިގޯޅި ކަންމަތީގައި، ޓްވިޓާގައި ނުވަތަ ފޭސްބުކްގައި ދައްކައިގެން ހައްލު ނުވާނެ ކަމަށާއި ނިކުންނަން ޖެހޭނީ ސިޔާސީ ރޭހަކަށް ކަމަށް އުމަރު ވިދާޅުވި އެވެ.

މިރޭ އިފްތިހާހް ކުރި ސިޔާސީ ހަރަކާތުގައި އުމަރުގެ އިތުރުން ކުރިން އެމްއެންޑީއެފްގައި އުޅުއްވި ކެޕްޓަން އަލީ އިހްސާނާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މާޒް އަހުމަދު ސަލީމާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހްމަދު ފަޔާޒާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) އާއި ކަރެކްޝަނަލް ސާވިސްގެ ކުރީގެ ވެރިޔާ އަބްދުﷲ މުނާޒް ހިމެނިވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

 1. އިބިލީސް

  އަސްލު އުމަރަށް އަހަރެން ވ ތާއީދު. ޢުމަރަކީ ޤައުމި ދެކެ ލޯބިވާ ވަރަށް ހިންގުންތެރި ރަގަޅު މީހެއް. މައްސަލަ އަކީ ރައްޔިތުން އަދިވެސް ދުވަނީ ކޮރަޕްޓް މީހުން ފަހަތުން ވީމަ

  42
  29
  • ވިސްނާލުމަށް އެދެމޭ

   ގައުމުދެކެ ލޯބިވުމަކީ ގައުމު އަޅުވެތިވެ ނިމެންދެން ބަލަންހުރެފަ ފބގަ ނޫނީ ޓްވި ޓާގަ އެހެންނޫނީ ޕޯޑިޔަމެއްގަ ވާހަކަދައްކަމުން ވަރަށް ވަތަނީވެގެން ބަހެއް ބުނެލުންތަ..އިސްލާމީތާރީޙުން ފެންނަނީ ތަފާތުކޮށް..ދިވެހިތާރީޙުން ފެންނަންއޮތީވެސް އިސްލާމީތާރީޙުން ފެންނަފަދަ ވަތަނުގެ ލޯބި،.އިލްމުވެރިންވެސްގެވެސްއޮތީ.. ފބ އާ ޓްވި ޓާ ޓީވީގަ އާޔަތެކިޔާފަ ނޫނީ ހަދީސްއެއްކިޔާފަ ފަތުވާއެއް ބުނެލީމަ ޒިންމާއަދާވީ...އިސްލާމްދީނަށް ނަސްރުދޭން އިސްލާމީގައުމެއްގެ ގޮތުގަ މިތަން ބޭއްވުމައް ޓަކާ އެމީހުންގެ ހަރަކާތް އަމަލީމައިދާނުން އިސްވެތިބެ ރައްޔިތުންނާއެކުަ މަސައްކަތަށް ނުކުންނަންނުޖެހޭތަ،ފިލާތިބި އެހެންވަނީ މިހެންވަނީ އެކަންކުރޭ ކިޔާކަށްނުޖެހޭ..އަންދަލުސްއިންވެސް ފެނުނުކަމަށްވަނީ އިލްމުވެރިން ކުޅިބަލަންތިބުން..އުމަރުގެ ވަތަނީ ލޯބިވެސް ފެންނަނީ ފބއިން ނޫނީ ޕޯޑިޔަމުން...އަހަރެންވެސް ކުރިން ވަރަށް ތާއިދުކުރިން އުމަރަށް އެކަމަކު އުމަރުގެ ހަސީލަތަ ރަގަޅުނޫންކަން ފެންނަންެއޮތީ އެހެންވީމަ އަހަރެން ޓާ ޓާ..

   34
   4
   • ވިސްނާ

    އުމަރުގެ ހަސީލަތް ނުބައިކަމަށް ތިޔަ ނިންމަނީ ޔާމީނު މިނިވަން ކުރަން ނުގޮވާތީތަ؟ ހާދަ އަމިއްލަ އެދުންވެސް ބޮޑޭދޯ! ޔާމީނު ނޫނީ ވެރިކަން ކުރެވޭނެ މީހަކުނެތް ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް. އުމަރަށްވެސް ފުރުސަތެއް ދިނީމަދޯ އެނގޭނީ އުމަރުގެ ހުރި ގާބިލުކަމެއްވެސް.. ހޯމް މިނިސްޓަރުކަމުގައި ހުރިއިރުވެސް ނަތީޖާގެ ކޮޅުމަތި ފެނުން. އެނގޭހާވެސް އެއްޗަކީ މިވީހާތަނަށް ހަގީގަތާ ޚިލާފު ވާހަކައެއް އުމަރު ދައްކާފައި ނުވާކަން.

    2
    1
 2. ވިސްނާލުމަށް އެދެމޭ

  އުމަ ރަކީވެސް ޓެސްޓް ކު ރެވިފަހު ރި މީހެއް.. ތިބުނާގޮތުން މިގައުމަކީ ޓެސްޓް ލެބޯޓަ ރީއެއްތާ.. އަބަދު ޓެސްޓްކު ރަން އާމީހަކު ގެންނަންވީ..ހޮޅިވާހަކަ ދައްކަންއުޅޭނެކަމެނެތް... ރީތިކޮށް މިބުނަނީ އުމަ ރަކީ ދިވެހި ރާއްޖޭގަ ވެ ރިކަ ކު ރަން ކަމުދާމީހެއްނޫން...އުމަ ރަގެ ފަހަތުގަ ފޮ ރުވިގެން އެތިބަ ވަގުންނާ ޙާއިނުން އެބަފެނެޔޭ..ފުޅައް ފީވެ ހާއަޅާފައޮތީމަ ބޮދައިގެންތިބި ހު ރިހާ ވަގުން އެބަފެނޭ..ޕޕމގަ ތިބޭނެ ވެ ރިކަން ކު ރެވޭނެ ލީޑަ ރުން..ޑ ރ ޝަހީމު..ސައީދު..އާދަމް ޝަ ރީފް..

  49
  6
 3. ާއަބުދުﷲ

  ޥަރަށް ރނގަޅުކަމެއް.

  11
  21
 4. އައު ލާދު

  ތި މީހުންނަކީ ރައްޔިތުން ދަންނަ ބައެއް ނޫން!

  30
  4
 5. ގެރި

  މީނަ މީ ގައުމުގެ ހަލާކު

  23
  14
 6. މާލް

  ތިޔަ މޫވްމަންޓަކަށްޑޮކްޓަރު ދަތް ލީމަ ދެން ތިކަމަށް ތިޔަމޫވްމަންޓަށް ކިޔާނެ އެއްޗެއް. ހިޔަޅުން ލައިގެން ކަންބަޅި ފާމްއެއް ހިންގަން އުޅުމުން ނިކުންނާނެ ނަތީޖާ ނޭގެނީބާ.

  36
  1
 7. ގެރި

  ކަލޭ ކޮންމެ އެއްޗެކޭ ކިޔަސް އަހަރުމެން ތާއީދު ކުރާނީ ރައީސް ޔާމީން އަށް

  54
  6
 8. ޖަމީލު

  ތިޔަތަނުގައި މުޅިންވެސް ތިޔަތިބީ ޓެސްޓްކުރެވި ފެއިލްވެފައި ތިބި ސިޔާސީ ހައްޕުނޑު

  40
  2
 9. އެލެކްސް

  އުމަރު ނަސީރަކީ ވެސް ދިވެހިން ޓެސްޓް ކޮށްފައިވާ ފޭލިއަރެއް އަމިއްލަ އެދުން ބޮޑުވެގެން. ދުންޏާ އަކީ ވެސް ޓެސްޓް ކޮށް ފެއިލް ވެފައި ހުރި ކަނބަލެއް. މިހާރުގެ މަގުސަދު ވަރަށް ސާފު ޣައްސާނު މައުމޫނަށް ސިޔާސީ ޕްލެޓްފޯމް ކަށަވަރު ކުރުން. ޕީޕީއެމް ގެ ޓިކެޓް ނުލިބިއްޖެއްޔާ ޑީއެންއޭ އިން ނައިބު ރައީސް ކަން ހޯދުން. ދެން ފެންނަނީ ކާފަރު ރަފީއު އެއީ ޓްރާންސްޕޯޓް މިނިސްޓްރީ އިން މިހާތަނަށް ކުރި ހުރިހާ ވައްކަމެއް ކުރި މީހެއް.

  26
  3
 10. ޓްރަމްޕް

  މަ ތާއީދު އުމަރަށް

  5
  30
 11. ޝާނީ

  ތެދެއް ޓެސްޓު ކޮއްލީމަ މި އެނގުނީ ރ. ޔާމީންގެ ހުންނެވި ކުޅަދާނަކަންވެސް. މަދެން މި ގައުމުގެ ވެރިޔަކަށް އެހެން ބޭފުޅެއް ބޭނުމެއް ނޫޫން. ރ. ޔާމީން އަކީ ދުރުވިސްނޭ ކަންކަން ރާވާލަން އިނގޭ އަދި ފިއްތުންތަކާ އެކުވެސް ގައުމަށް ކުރިއެރުން ގެނުވައިދިން ވެރިއެއް

  45
  5
 12. ޚިޔާލީފޮޅާ

  ތީިގެ މާނައަކީ އުމަރާ ދޭތެރޭގައިވެސް އިތުރަށް އުއްމީދު ނުކުރުންބާ؟

  27
  4
 13. މައުމޫނު

  1. އުފެ އްދި . އައިޑޕީގެ. ރަ އީސް ކަން ނުކުރެވި.ފެ އިލް
  2. ޑީ އާރޕީގެ. ޑިޕިއުޓީ ލީޑަރ ކަމުންްް ފެއިލް.
  3. ޖޭޕީގެ ތެރޭއޮވެ ފެއިލް.
  444. 4. ހޯމް މިނިސްޓަރ ކަން ދިނީމަ އެކަން ނުކުރެވު ފެއިލް....އެހެންވީމަ ތިޔައީ ސިޔާގޮތުން ނާކާމިޔާބު އުމަރެއް... ބަލައެއް ނުގަނެވޭނެ. ސޮރީ. ވީއާރ ވިތް ރ.ޔާމިން. އެއީ އަހަރަމެންގެ ސިޔާސީ ވިސްްނުން.

  40
  4
  • ތުވާލި

   ތި ހުރިހާ ތަނަކުން އުމަރު ފެޔަށް ޖެހިގަތީ ތި ތަންތާގައި ތިބި މީހުން ކަރަޕްޓް ވީމަ.. ކަލޭ ތިގޮތަށް ވާހަގަ ތި ދެއްކީ ކަލެއަށްވެސް ބައެއް ލިބިފަ އޮތީމަ..

   3
   2
 14. ނާޅި

  ދިވެހިރާއްޖެއިން ފެންނަނީ މުޅިންވެސް ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ! މިސިޔާސީ މީހުންގެ ކަމަކީ ރައްޔިތުންނަށް ދޯކާދިނުން ލަޑު ދިނުން !

  24
  2
 15. ޑްރީމް

  ޥެރިކަން ބޭނުންވީ...........ބޯގޯސް

  19
  2
 16. ދެފުއްމިޔަ

  އަނެއްކާ މިޤައުމުގާ ކޭތައެއްހިފުމަށް ޖާގައެއްދޭން
  ޖެހެނީ ކީއްވެ. އަދި އަދަށްދާންދެން ޢުމަރު ހޯމް
  މިނސްޓަރކަމުގަ ހިއްޕިކޭތައިގެސަބަބުން އަދި
  އަދަށްދާންދެންވެސް މިޤައުމަށް އަލިކަމެއްނުލިބޭ. މުޒާހަރާތައްޕޭމަންޓްމައްޗަށްބަދަލުކުރި. 10ޖަހާއިރަށްފިހާރަތައްބަންދުކުރަން ކަނޑައެޅި. މާލޭގެ މަގުތަކުން މުދާއުފުލަންހުރި މަގުތައް ބަންދުކުރި.އަދިވެސް އެތައްއެތައްކަމެއް. ޤައުމުގައުޅޭ ކޮންމެ މީހަކަށް އެގޭ ކޮންމެގޮތަކުން
  ވެސް ޢުމަރު ކުރަންބޭނުންވަނީ ރައީސްކަންކަން.
  ހީކުރިން އިބޫ ޞޯލިހުވެސްވަރަށް ރަނގަޅުވެދާނޭ.
  އެކަމު އިހަށްދުވަހު ވަކިކުރި މިނިސްޓަރ އެއީ ސީދާ އިބޫގެވިސްނުމެއްކަންގިނަރައްޔިތުންނަށް
  ޤަބޫލުކުރެވޭނެކަމެއް. އެއްބައަކުބުނަނީ އިންޓަނެޓް އަގުހެޔޮނުކުރިވާހަކަ. އެހެންބުނާއިރު އެމިނސްޓްރީ
  އިންކުރަންޖެހޭކަންކަންކޮށްނިއްމާ ރައީސްއޮފީހަށް
  ފޮނުވި އެއޮފީހުގައުޅޭ ޝައުނާ އަށް މިކަންދޮގެއް
  ނުކުރެވޭނެ. ދެން ޔާމީނު ދެވަނަ ނަމެއްދެއްވި މަޖިލީސް ގެއިން ދެއްކި ވާހަކައާ އަނގައާވެސް ދިމާއެއްނުވި. އެގެންވީމާ މިޤައުމުޙާލުގެ ދުލުން ގޮވަންދޫކުރަން ހަމަހިލާ އެއްބާރުލުމެއް މަށެއް
  ނުދޭނަން.

  11
  1
 17. ފަޅުވެރިޔާ

  ތިތާ ތިބީ ޔާމީން ކައިރީގަ އުޅެފަ އެމަނިކުފާނު ނިކަމެތިވި ދުވަހު ޔާމީނު ދޫކޮށްފަ ދިޔަ ފޭލިއަރުން!! ޢެމް ޑީ ޕީ ލާދީނީ މީހުން! ޤައުމް ގައި 30 އަހަރު ކުރެނު ކަމެއް ކުރެވިފައި ހުއްޓާ 5 އަހަރުގެ ދައުރެއް ފުރިހަމަ ކޮށްފަ ދިޔަ ޔާމީން ކުރިކަމެއް ފެންނަން އޮތީ!! ޢެހެން މީހުން ޚަރަދުކުރި އެއްޗެއް ފެންނާކަށް ނެތް!! ދެލޯ ކަނު މީހަކަށް ނުފެންނާނެ!! ޢެމް ޑީ ޕީ މީހުން ތިހާ އިންސާފު ޥެރިއްޔާ ބަލަންވީނު ވެރިކަން ކުރި މީހުން ވެރިކަމުން ފޭބި އިރު ޤައުމުގެ ދަރަނި ވެރި ވެފައި ހުރި ވަރާއި، އެސެޓް ހުރި ވަރު!! ޠާމީން ނެގި ލޯނުތައް ދެއްކޭނެ ހޮތް ތަންދޮރު ދަންނަ މީހުންނަށް ފެންނާން އެ އޮތީ!! ޢެހެން ވީމާ އަޅުގަނޑު ބޭނުންވަނީ ޔާމީން !! ތަޢްލީމެއް ނެތް ވެރިޔަކު ބެނުމެއް ނޫން!!

  31
  3
 18. މަނީމަނީ

  ކަލޭ ތީ އެއްކަލަ ބަނޑު ހައި ހޫނުކަމުގެ ހަލްތާލެކޭ ކިޔައިގެން ޗޮކުލެޓް ކައިގެން އޮތްމީހާ ހުސްއަނގަ އަހެރެމެން އަތަކުނެތް ކަލެއަށްދޭނެ ވޯޓެއް

  24
  2
 19. އަލްޖިބްރާ

  ޓެސްޓް ކުރެވިފަ ތިބި ލީޑަރުންނަށް ކުރާ އުއްމީދެއް ނެތޭ ތިގޮވަނީ އުމަރު ވެރިކަން ބޭުނުންވެގެން ކަން އެގޭ ! އެކަމަކު އުމަރަކީ ދިވެހިރާއްޖޭގެ ވެރިކަމަށް ކުފޫ ހަމަވާ މީހެއް ނޫން !

  22
  3
  • އިބިލީސް

   ކަލޭމެންނަށް ކުފޫ ހަމަވަނީ ވައްކަން ކުރާ ހުސް ދޮގު ހަދާ ކައިރި މީހުންނަށް ލާރި ބަހާ ގޯތި ބަހާ ޤައްދާރުންތަ؟

   1
   4
 20. ކާލި

  ސިޔާސީ މީހުން ޤައުމު ހިންގާ ގޮތަކީ ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން ލޯނުގެ ބޮޑުބަޔެއް ސުވިސް ބޭންކު ފަދަ ބޭންކު ތަކުގައި ހުޅުވާފަ ހުންނަ އެމީހުންގެ ސިއްރު އެކައުންޓަށް ޖަމާކުރުން، ދެން ރައްޔިތުން އުޅެން މިޖެހެނީ ފަޤީރު ހާލުގައި ، ލޯނެއް ދިނަސް ބޮޑު އިންޓުރެސްޓުގައި މިދެނީ އެއްކަލަ ސުވިސް ބޭންކަށް ޖަމާކުރި ފައިސާ ކަވަރު ކުރަން ! ވޯލްޑް ބޭންކް ދިރާސާ

 21. ޞިރާޠު

  ތިތާ ތިތިބަ 7 މީހުންނާ ދެން ތިބިހާ ސިޔާސީ ބަޔަކު އެއްކޮށްލިޔަސް ޤަވްމު ހިންގުމުގަ ރައީސް ޔާމީންއާ ފައިހަަމަނުކުރެވޭނެ! އެކަން އެއޮތީ ބުނެލާ ބަހަކަށްވުރެ ބޮޑުކޮށް ޢަމަލުން ދައްކާފަ!

  18
  2
 22. ސސ

  ދިވެހިންގެ ބާނީ އުތީމްރަދުން ޢާޒީ މުހައްމަދު ތަކުރުފާނު ބޮޑުތަކުރުފާނު ދިވެހި ޤައުމު ބިނާކުރި އަސާސު :
  1/ ދިރާއްޖެއަކީ މުސްތަޤިއްލު މިނިވަން އިސްލާމީ ޤައުމެއް.
  2/ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން .
  3/ ދިވެހި ރައްޔިތުން ނަކީ މުސްލިމުން .
  4/ ދިވެހި ބަހަކީ ޢަރަބި ތާނަ .
  ދިވެހި ޤައުމު އަބަދުވެސް އޮންނަންޖެހޭނީ މިއަސާސުގެ މަތީގައި !

  13
 23. ކާފަބޭ2020

  ސަލާންޖަހައިގެންވެސް ޕީޕީއެމް/ޕީއެންސީއިން ޖާހައެއްނުދިނީމަ ޖާގައެއްކަށަވަރުވާންއޮތީ މިކަހަލަދެބޯގެރިއެއް ދުއްވައިގެންކަމަށް "ހިޔަޅު"ވިސްނައިދިނީމައުފެއްދިހަރަކާތެއް! ފަރުދާގެފަހަތުގައިތިބީ "ހިޔަޅުންގެ"ޓީމެއް! އެމްއާރްއެމްހަދައި ގޮޅާބޯގޮވިމީހުންގެ އުނގަށް ވެއްޓުނީމަވެސްލިބުނީ "ގޮނޑު" ހޮވާމީހުންވެސް ހޯބޯލަވާވަރުގެ ވަޒީފާތަކެއް ކިޔަވައިގެންތިބި ތައުލީމީ މީހުންގެމައްޗަށް އުޑެއްބުޑެއްނުދަންނަމީހުން އިސްކުރީމަ މިހާރުއަތްޖަހަންލަދުން ތިޔަދެބޯގެރިދުއްވަނީ!!!!!

  13
  1
 24. ސޮރީ

  އުމަރުތިޔައީޑަސްބިން

  9
  1
 25. ޖަނާޒާ

  އުމަރާ! ތިޔައީ ޓެސްޓްކުރަން އުޅުމުގެރެތޭގައި އެތައްތަނަކުންއަތަށް ގޮވާފައިވާ ،ފަސްޓްއެއިޑް ދޭންޖެހިފައި އޮތް ޓެސްޓް ކުރަންވެސް ނުގޮވި މިސައިލެއް!

  15
  1
 26. Anonymous

  ތިމިޤައުމުގެ ރައްޔިތުން ޓެސްޓުކޮށްފަހިރި މީހެއް ދެން ބޭނުމެއް ނޫން އުމަރުގެ އެޙީތެރިކަމެއް މިޤައުމަކަ.އުމަރު ކިޔާމީހުން ވަރަށްފޮނިވެފަ ބޮޑާވާނެ
  ތެދެއް ޓެސްޓު ކޮއްލީމަ މި އެނގުނީ ރ. ޔާމީންގެ ހުންނެވި ކުޅަދާނަކަންވެސް. މަދެން މި ގައުމުގެ ވެރިޔަކަށް އެހެން ބޭފުޅެއް ބޭނުމެއް ނޫޫން. ރ. ޔާމީން އަކީ ދުރުވިސްނޭ ކަންކަން ރާވާލަން އިނގޭ އަދި ފިއްތުންތަކާ އެކުވެސް ގައުމަށް ކުރިއެރުން ގެނުވައިދިން ވެރިއެއް

  16
  1
 27. ލައި

  އުމަރުވަނީ ޓެސްޓް ކުރެވިފައި. ވަރަށް ރަނގަޅަށް އަޖުމަ ބެލިފަ. ލީޑަރެއްގެ ގޮތުގައި ޕާޓީ ހަދައިގެން އެމްޑީޕީއަށް ވީވަރުވެސް ނުވެ ހަމަ ސީދާ ފެއިލްވީ.. ކޮންމެ ސަބަބަކާއި ހުރެނަމަވެސް ނަތީޖާއަކީ ފެއިލްވުން. ދެން އެއވެސް ބަޔަކާއި އެކީ އުމަރުގެ ހުދުމުހުތާރު ކަމުން ނޫޅެވުނު... މިއަދުވެސް ތި ނުކުތީ ފޭލް ދެތިން ކެނަައި ގޮވައިގެން.. އޯޕަނިންވެސް ފޭލް.. އުމަރު މިނިސްޓަރު ގޮތުގައި ޕާޓީ ލީޑަރު ގޮތުގައި ޓެސްޓް ކުރެވި ފެއިލް ނުވޭތޯ؟

  11
  1
 28. ގަނ1ބަލަ

  އުމަރުގެ ރިޔާސީ ކެމްޕޭން ފަށަނީދޯ ކޮންމެވެސް އެހެން އެއްޗެކޭ ކިޔައިގެން ބަޔަކު ހައްދައިގެން ނޫނީ އުމަރަށް ތިކަމެއް ނުވާނެ

  12
 29. ކޮވިޑް

  ރަނގަޅު ވަހަކަ އެއް އުމަރު ބުންޔަސް.މާނައަކީ މަނިކުފާނަކީ ވެސް އިންތިހާބު ތަކުގައި ވާދަ ކޮށް ބާތިލް ވޯޓަށް ވުރެ މަދުން ވޯޓް ލިބިފައިވާ ބޭފުޅެކޭ އެހެން ވީމާ ދެން އަވަހަށް ސިޔާސީ ކަންކަމުން އެއްފަރާތް ވެލާފަ ސަބުމެރީން ދުއްވުމައިގެން ކުރިޔަށް ވަޑައިގަތުން މާ ސަޅިވާނޭ. އެކަމު އަދި ވެސް ހަރުގަނޑުން ފާރަށް އަރަން ޓްރައި ކުރިޔަސް އޯކޭ ހަމަ.

  13
  1
 30. ކެތި

  އުމަރަށްތާއީދުކުރަން.. އުމަރުއަށްވެރިކަންލިބޭތޯ ދުއާވެސްކުރާނަން. ސަބަބަކީ ރެސޯ ޓުދާއިރާގަ އަދިވެސް އުޅެންމިޖެހެނީ ވަރަށްހާލުގަ.. ރަނގަޅަށްކަންތައްކުރާރެސޯ ޓުތައްވެސް އެބަތިބި .. އެހެންނޫނީ އުޅެންމިޖެހެނީ ދިނިއްޔާކައިގެން ނުދިނިއްޔާނުކައޭބުނާއުސޫލުގަ.. މުސާރަކޮޅައްވާ ތިރީހަކަށްޕަސެން ޓުވެސް ތިންހަތަރުމަސްވާއިރުވެސްނުލިބި ނުލިބިލަސްވަނީކީއްވެގެންކަންވެސްނުބުނެ ހޮރުހޮރަށްވަދެތިބޭތީ އުމަރަށް ވެރިކަން ލިބިއްޖެނަމަ މިކަމަށްހައްލެއް ލިބިދާނެކަމަށް ފެންނާތީ އުމަރަށް ތާއީދުކުރަން!!!!!!!!

  1
  12
 31. ޟަމީރު

  ބަލަގަ ރައީސް ޔާމީނުވަނީ ޓެސްޓުންފާސްވެ ރައްޔިތުންގެ ހިތްތަކުން ޖާގަހޯދާފަ ދިވެހި ރައްޔިތުންގެ އުއްމީދު މިހާރު ގުޅިފައިވަނީ ރައީސް ޔާމީނާ

  11
  1
 32. ޅިނދުކަށި

  ތި މީހާއަށް ކުރާނެ އިތުބާރެއް ނެތް، މަގޭ ވޯޓެއް ނުދޭނަން އުމަރަކަށް!

  8
  1
 33. މަސްއޫދު

  އޭ މިހިރަ ޢުމަރުގަޑާ ކިޔަން އުޅެނީ ކޮންވާހަކައެއް! ބޮޑުތަނުން ފޭލުވީ އުމަރު ދެން އެންޑީޕީ ޕާޓީ! ޕީޕީއެމް އިތުރަށް ވަރުގަދަވެ މުޅިގައުމަށް ފެތުރެނީ

  9
  1
 34. ކެޔޮޅު

  އަބަދު ޓެސްޓުތަ ކުރަންވީ ނުވާނެތިކަމެއް ޤައުމުހަލާކުވެއްޖެ ޓެސްކޮއް ނަތީޖާ ނެރެދިންލީޑަރުއެބަހުރި އެއީ ރ ޔާމީނު އެމަނިކުފާނާ ޤައުމު ހަވާލުކުރޭ.

  6
  2
 35. އަލި ދީދީ

  އުމަރަށް އަހަރެން ވޯޓު ދޭނަން..
  ގޭންގްތަށް މުލުހުން ލުހެލައި މާލޭގައި އަމާންކަން ޤާއިމް ކުރާނެ ކަމުގެ 100 އަހަންނަށް އެބައޮތް.. އޭނާ ހޯމް މިނިސްޓަރަކަށް ހުރި އިރު މާލޭގެ ގޭންގޭ މިކިޔާ ހައެއްކަ ކެނާ ތިބެން ޖެހެނީ ސައިޒްގަ.. ގޭންގް ވެގެން އުޅޭ މީހެއް ވިއްޔާ ޓެގް އަޅުވައި މައިތިރި ކުރި..
  އުމަރަކީ ވަކި މީހަކު ބުނީތީ ކުރަން ޖެހޭ ކަމެއް ނުކޮށް ދޫކޮށްލާނެ މީހެއް ނޫން.. އެކަން މާޒީގައި ފެނިފައި އެބަހުރި.. މި ޤައުމަށް ބޭނުންވަނީ ޤައުމު ދެކެ ލޯބިވާ ވަޠަނީ މީހެއް.. އެ ރޫޙު އުމަރުގެ އެބަހުރި.. ޕާޓީ ރޫޙުގައި ޖެހިފައި ތިބި މީހުން، ޤައުމު ފަނާވެ ދަރިންގެ ދަރިން އަޅުވެތި ވަމުންދާ އިރު "ހީވެސް ނުވުމަކީ" ގޯހެއް. މިނިވަން ކަމެއް ނެތުމަކީ ހާދަހާ ހިތްދަތިކަމެކެވެ.

  2
  4
 36. ހާކިމު

  އުމަރާ އުމަރަށް ވެރިކަން ދޭން މީހުން މޮޔަވެގެން އެބަ އުޅޭތަ؟؟؟ ތި ބޭކާރު ޚިޔާލު ދޫކޮށްފަ ސަލާމަތުގެ އައްސޭރިއަށް ރާއްޖެ ގެނައުމަށް އިދިކޮޅު ޕޕމ ޕނސ އާ ގުޅޭ

 37. ވގ

  ތިތާތިތިބީ ވަކި ކޮންބައެއްތަ ވެރިކަމުގެ ރަހަ އަރުތެރޭން އަދި ނުކެޑޭނެ ތީގޭން އެކަކުގެވެސް އެހެންވެ ވެރިކަމުގެ ދަހިވެތިކަމުގަ ކޮންމެމީހަކުވިސް

 38. ރަސް

  ރާއްޖެ މިހާރު ހިންގަން މަސައްކަތްކުރާ ލާ މަރުކަޒީ ނިޒާމް (ފަނާކުރަނިވި ނިޒާމް) އެހެން ގޮތަކަށް ބަދަލުކޮށް އާ ލާމަރުކަޒީ ނިޒާމަކަށް ހިންގުމަށް އުމަރު އެއްބަސްވާނަމަ އަޅުގަނޑު މި ހުރީ އުމަރާ އެކު.