16:02

ކޮވިޑް-19ގެ ވޭދަނަތައް ފެނުމުން މިހާރު މޮނީޓަރިންގއަށް ލާފައިވާ ހއ. ބާރަށު ރައްޔިތުންނަށް އެހީވުމުގެ ގޮތުން، އެ އަތޮޅު މުރައިދޫ ރައްޔިތުންގެ ފަރާތުން އެ އަރަށް އެއް ޓަނަށްވުރެ ގިނަ ކަނޑު މަސް ހަދިޔާ ކޮށްފި.

11:46

ކ. ގާފަރުގައި ހޯމް ކަރަންޓީންގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

09:51


ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަށަށް ނުގޮސް ހާލަތު އަދިވެސް ދަނީ ގޯސްވަމުންނެވެ. މިއަދު ވެސް އިތުރު 136 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ފައްސިވާ މީހުންގެ އަދަދު ސަތޭކައިން މަތީގައި ހުންނަތާ ދޮޅުމަސް ދުވަސް ވާން ކައިރިވެފައި ވާއިރު މިހާރު އޮތް އެންމެ ބޮޑު ބިރަކީ ކޮވިޑް ޖެހިގެން އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް މައްޗަށް ދިއުމެވެ. މިރޭގެ ތަފާސް ހިސާބަށް ބަލާއިރު މިހާރު 2615 މީހުން ތިބިއިރު އޭގެތެރެއިން 187 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދާނަމަ އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު މައްޗަށްގޮސް، ބަލި މީހުންނަށް ފަރުވާ ނުދެވޭ ހިސާބަށް ހާލަތު ގޯސްވުން އެއީ ދުނިޔޭގެ އެތައް ގައުމަކުން މިހާރު ވެސް ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އެތައް ބަޔަކަށް ފަރުވާ ނުދެވި، މަރުވާން ދޫކޮށްލަން ޖެހޭ ފަދަ ހާލަތެއް ވެސް ކުރިމަތިވެދާނެއެވެ.

އެހާލަތު ކުރިމަތިވިޔަ ނުދިނުމަށް ކުރަން ޖެހޭ ކަމަކީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން ވެސް ބޯލެނބުމެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗިޕް

    ރޯދަމަސް ކައިރިވާ ވަރަކަށް ކަލޭމެން ކިޔާނީ ތިޔަހެން . ތިޔައުޅެނީ ރޯދަމަހު އަޅުކަންތައް ކޮށްފާނެތީ އެކަމާ ... ކޮންބައެއްތީ